ޚަބަރު / ފުލުހުން

ހިޔާނާތުގެ މައުލޫމާތު ކުރިއާލާ ރައީސަށް ދިނިން: ފައިރޫޝް

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ޑޮލަރުގެ ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށާއި އެ ވައްކަން ކުރައްވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް، އެމަނިކުފާނު މަގުފަހިކޮށް ދެއްވާފައިނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ވާހަކަފުޅު، ފުލުހުންގެ އޭރުގެ އިންޓެލިޖެންސް ހެޑް، ޢަބްދުﷲ ފައިރޫޝް ދޮގުކުރައްވައިފި އެވެ.

މިހާރު އޮސްޓްރޭލިއާގައި ދިރއުޅުއްވާ ފައިރޫޝް ވިދާޅުވީ 2012 އިން ފެށިގެން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދެވި ބައެއް ބޭފުޅުން ހިންގަވަމުން ގެންދިޔަ ކޮރަޕްޝަނާއި ޖިނާއީ ބޮޑެތި ބައެއް ކުށްތަކުގެ މައުލޫމާތު ހިމެނޭ ތަފްސީލީ ރިޕޯޓެއް ޑިސެމްބަރު 2013 ގައި، އޭރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދަށް ހުށަހެޅި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރު 17، 2013 ގައި ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޔާމީނަށް ވެސް އެ ރިޕޯޓުގެ މައުލޫމާތު ފުލުހުން ހިއްސާކުރި އެވެ.

އެކަމަކު އެ ރިޕޯޓް ހުށަހެޅުއްވި މަހު ފައިރޫޝް ވަނީ ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މަގާމުން ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓަށް ބަދަލުކޮށްފަ އެވެ.

އޮސްޓްރޭލިޔާއަށް ވަޑައިގެންނެވި ގޮތަށް އެނބުރި ރާއްޖެ ވަޑައިނުގަތުމުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

ފައިރޫޝް ވިދާޅުވި ގޮތުގައި އޭނާއާ މެދު ފިޔަވަޅު އެޅީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުންނެވެ. އަދި އިންޓެލިޖެންސުން ތައްޔާރުކުރި ރިޕޯޓް، މައްސަލަތަކާ ގުޅޭ ސިޔާސީ ބޭފުޅުންނަށް ފުލުހުންގެ ތެރެއިން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިރޫޝްގެ ޓުވީޓްގައި، އެ ތަހުގީގު ހިންގަން "އަމުރުކުރި މީހާއަށް އަދަބު ދިން" ވާހަކަ ލިއުއްވި އެވެ. ބޮޑަށް ބެލެވެނީ އެއީ އޭނާގެ މަގާމަށް ގެނައި ބަދަލަށް ކުރެއްވި އިޝާރާތެއް ކަމަށެވެ.

ފައިރޫޝްގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު، އެކަން ގުޅުވީ ރިޔާސީ އިންތިހާބާ އެވެ. އެގޮތުން އޭނާ ވިދާޅުވީ އިންތިހާބާ ކައިރިކޮށް އެފަދަ އެތައް ވާހަކައެއް ފެންމަތިވާނެ ކަމަށެވެ. އަދި އެހުރިހާ ތުހުމަތަކަށް ޖަވާބު ދެއްވަން ވެއްޖެ ނަމަ އިތުރު ކަމެއް ކުރައްވާނެ ވަގުތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފައިރޫޝް އެ ވިދާޅުވާ ރިޕޯޓް ސިޔާސީ ބޭފުޅުންނަށް ފުލުހުންގެ ތެރެއިން ލިބުނުތޯ ދެންނެވުމުން، އެ ސުވާލަށް އޭނާ ވަކި ޖަވާބެއް ނުދެއްވަ އެވެ.

އަނެއްކޮޅުން އެ ރިޕޯޓުގައި ހިމެނޭ މައުލޫމާތު ހިއްސާކުރައްވަން ފައިރޫޝް ދެކޮޅުހައްދަވަ އެވެ. އޭނާ ވިދާޅުވީ އޭރު އޭނާ ހުންނެވި މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގެންނެވި މައުލޫމާތު ހިއްސާކުރެއްވެން ނެތް ކަމަށެވެ.

ކުރީގެ ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސް ޢަބްދުﷲ ފައިރޫޝް

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި 2012 ގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އަހުމަދު އަދީބު އައްޔަންކުރި ފަހުން ރިސޯޓް ހަދަން ރަށްތައް ކުއްޔަށް ދިނުމުގައި ހިންގި ހިނާޔާތުގެ އަމަލްތައް، ހެއްކާ އެކު، އެ ރިޕޯޓްގައި ހިމެނެ އެވެ.

ފައިރޫޝް ވިދާޅުވީ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފިޔަވަޅު އެޅި ނަމަ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް އެހާ ބޮޑު ހިޔާނާތެއް ވުމުގެ ފުރުސަތު ނުލިބުނީސް ކަމަށެވެ.

"އެހާ ހިސާބަށް ނުދަނީސް އެކަން ބަލާ، އެފައިސާ ދައުލަތަށް ހޯދޭނެ. ގޭންގުތަކާއި ސިޔާސީ ފަރާތްތަކާ އޮންނަ ގުޅުން ވެސް ކުޑަވެގެންދާނެ،" ފައިރޫޝް ވިދާޅުވި އެވެ.

ގައުމީ ޔުނިވަސީޓީ، އެމްއެންޔޫ އިން، އިންތިޒާމްކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގީ ނިޒާމުގެ މައްސަލައަކުން ކަމަށެވެ. އަދި އެފަދަ ބޮޑު ޚިޔާނާތެއް ހިނގާކަން ނިޒާމްގެ ތެރެއިން އެނގިވަޑައިގެންނެވި ނަމަ ވަޒީރު ކަމުގައި އަދީބު ނުބަހައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

19 ކޮމެންޓް, 344 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 1%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެެޭޏާ

19 September 2018

ނިޒާމުއޮތީ ރައީސްގެ ހިތުގަ

The name is already taken The name is available. Register?

ފުރަހަޅަ

19 September 2018

ޙަރާމަސް ޙަލާލަސް ވަރިހަމަ ޖީބަށް އަޅާ ފުރާލެވިއްޖެއްޔާ އޯކޭ ކަމުގައި ހައްދަވައިގެން ނުތިއްބަވާ، ޢަދުލު އިންސާފަށް ހުކުރުކުމަށް އެންމެ ބޭފުޅުންނަށް ދަންނަވަން. ޔާ ﷲ އަޅަމެންގެ ޢަމަލުތަށް ތެދުމަގަށް ސީދާކުރައްވާންދޭވެ. ޢާމީން.

The name is already taken The name is available. Register?

ގަމަރިއްޔާ

19 September 2018

ސީޕީ ހުސައިން ވަހީދަށް ހުށަހެޅީމަ އެއީ ރައީސް ޔާމީން އަރިހަށް ހުށަހެޅުން ކަމަށް ވާނެތަ؟ ހުސައިން ވަހީދު އެރިޕޯޓަށް ސަމާލުކަން ނުދީ ރައީސްއަށް ހިއްސާ ނުކުރުމަކީ ޔާމީންގެ ކުށެއްތަ؟ މިވާހަކަ ކޮމެންޓްކުރާ ކުދިން އަޅުގަނޑަށް އޮޅުންފިލުވައި ދީބަލަ

The name is already taken The name is available. Register?

ދޮށީ ސޮރު

19 September 2018

ތިޔަވިދާޅުވާ ފަސްބައި ސާފުބޭފުޅާ ވަނީ މީގެ އަހަރުތަކެއް ކުރިން ދައުލަތަށް އެއްމެ ޑޮލަރެއްވެސް ނުދީ ޤާނޫނާ ޤަވައިދާ ޚިލާފަށް ވަގަށް ޓޫރިސްޓު ރިސޯޓެއް ހަށްދަވައިގެން އެތަންހާސް ޑޮލަރެއްހޯއްދެވިކަން ފަޅާއަރާ ކޯޓަކުން ޙުކުމްކޮށް އަރުވާލެވިފައި. މިވަރުންވެސް ފަސްބައި ހަމަ ސާފުދެއްތޯ؟؟؟

The name is already taken The name is available. Register?

ޖަމީ

19 September 2018

ހޮޅި ވާހަކަ

The name is already taken The name is available. Register?

6666

18 September 2018

ފައިރޫޒު ރިޕޯޓް ހެދީ ނަޝީދު ސަރުކާރުގެއާ ޑރ ވަހީދު ސަރުކާރުގެ ކުޑަ ދުވަސް ކޮޅެއްގެ. 2013 ގައި ބުނުމުން އެއީ ރައީސްޔާމީނާގުޅުން ހުރި އިރުގެ ވާހަކަ ނޫންކަން އެނގިގެން ހިނގައްޖެ.

The name is already taken The name is available. Register?

ހައިވަކަރު

19 September 2018

ބަލަ! އެ ދައްކަނީ ރައީސް ޔާމީނަށް އެހާ ކުރިން އެ މަޢުލޫމާތު ލިބުމުންވެސް އަޅާ ނުލައްވާ، ވަޒީރުކަން ދެއްވާ، ގާނޫނު އަސާސީ ބަދަލުކޮށް ނައިބު ރައީސްކަން އެމީހަކަށް ދިން ވާހަކައޭ! ޚިޔާނާތުގެ ވާހަކަ ދެއްކި މީހާ މަޤާމު ބަދަލުކުރި ވާހަކައޭ!

The name is already taken The name is available. Register?

ނާގާބިން

18 September 2018

ރައީސް ޔާމީން ހައްދަވާ އިތުރުފުޅުތަކުން އިތުރު ދައުރެއްދެވޭކަށް ނެތް! ކަންކަމުގައި އުޅުނު މީހުން އެކަން އެކިޔައިދެނީ! މަށާ މަގޭ އާއިލާގެ ވޯޓް ކޮރަޕްޝަނާ ދެކޮޅަށް! ޔައުނީ އިބޫފައިސަލް އަށް!

The name is already taken The name is available. Register?

ކައްތުބޭ

18 September 2018

މީނާވެސް މީހާދަ މީޑިއާ އެޓެންޝަން ބޭނުންވެގެން އުޅޭ އޯވަރ އެންބިޝަސް މީހެކޭދޯ! އެއްފައް ސަރުދާރަކައް ފުލުހުންގެތެރޭގައި ހުރިއިރުވެސް ތިމާއަކީ ކޮމިޝަނަރު ކަމުގައި ދެކިގެން މީނާ އުޅުނުތަން ފެނުނު!

The name is already taken The name is available. Register?

ކަނބާބެއްޔާ

18 September 2018

ރައީސް ޔާމިނުގެ ސަޕޯޓަރުންނަށް ދަންނަވާލާނީ، ލޯހުޅުވޭނީ ކަރަށް ބާރުވާދުވަހުންނޭ... އެދުވަސް މިއަދު ނުފެނުނަސް ފެންދުވަހުން ހޭވެރިކަންވާއިރު އޮނަނާނީ މާލަސްވެފައޭ...މިވަގުތު ފެންނަދަޅަތަކުން ލޯ ތަރަތަރަ ޖެއްސަސް މަދުވެގެން ގިރިޓީކޮށްފަ އޮތް އެމަންޒަރު ކުރިއަށް އޮތް 10 އަހަރުތެރޭ ބަދަލުވެގެންދާނެޔޭ.

The name is already taken The name is available. Register?

ކޮއްކުކުޅު

18 September 2018

ކޮބާ ކީކޭ ބުނާނީ ލަދުން ބޯ ހަލާކު މީ އެންމެ ޖަރީމާ އެއްގެ ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454