އިބޫ: ރައީސް ޔާމީނާ އެކު ދެއްކެވި ވާހަކަތައް އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެމްބަރުންނާ ހިއްސާކުރެއްވި.
25 ސެޕްޓެމްބަރ 2018 - 20:05
ރިޔާސީ އިންތިޚާބަށް ފަހު، ރައީސް އަބްދުﷲ ޔާމީނާ އެކު އިއްޔެ އޮތް ބައްދަލުވުމުގައި ދެއްކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ވާހަކަތަކެއް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.
ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް އިބޫ އިއްޔެ ރައީސް އޮފީހަށް ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި، ދެ ބޭފުޅުންގެ ދެމެދު ދެކެވުނު ވާހަކަތައް، އިދިކޮޅު ކޯލިޝަންގެ މަޖިލީސް މެމްބަރުންނާ އިބޫ ހިއްސާ ކުރެއްވީ ކުނޫޒްގައި މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގަ އެވެ. މިއީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން، ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ އެކު އިބޫ ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް ވާތީ، ވަރަށް ގިނަ މެމްބަރުން ވަޑައިގަތެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވީ، އިންތިޚާބުގައި ރައީސް ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތުމުން އެމަނިކުފާނު ހުންނެވީ ވަރަށް "މާޔޫސް ވެފައި" ކަން އިބޫއާ އެކު ދެއްކެވި ވާހަކަފުޅުން ޔަގީންވާ ކަމަށެވެ. ރައްޔިތުން ވޯޓު ނުދިނީ ކަމަށް، ރައީސް ޔާމީން އަމިއްލަފުޅަށް ވިދާޅުވެ އިބޫ އަށް މަރުހަބާ ދެންނެވި ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
މެމްބަރަކު ވިދާޅުވި ގޮތުގައި، ދެ ބޭފުޅުންގެ ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއް ކަމެއް އިބޫ މެމްބަރުންނާ ހިއްސާއެއް ނުކުރެއްވި އެވެ. އެއީ، ރައީސް ޔާމީންގެ އަމިއްލަފުޅު ކަމަކާ ގުޅޭ ވާހަކައަކަށް ވާތީވެ، އިދިކޮޅު ހަތަރު ލީޑަރުންނާ އެކަނި އެކަމާ މެދު މަޝްވަރާ ކުރައްވަން އިބޫ ވަނީ ނިންމަވައިފަ އެވެ. އޭގެ ކުރިން އެ ވާހަކަ މެމްބަރުންނާ ހިއްސާ ކުރައްވަން އިބޫ ބޭނުމެއް ނުވެ އެވެ.
ރައީސް ޔާމީނާއި އިބޫ: ދެ ބޭފުޅުންގެ ދެމެދު ވާހަކަތަކުގެ ތެރެއިން މެމްބަރުންނާ އިބޫ ހިއްސާ ނުކުރައްވަނީ އެންމެ ކަމެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންތިޚާބުގެ ކެމްޕޭންގައި ރައްޔިތުންނަށް އިބޫ ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯއްދަވައި ދެއްވުމެވެ. މި ވާހަކައާ ގުޅޭގޮތުން ރައީސް ޔާމީން ސުވާލު ކުރެއްވި ކަމަށް އިބޫ މެމްބަރުންގެ ގާތު ވިދާޅުވި އެވެ.
"ރައީސް ޔާމީން އެއްސެވި ކަމަށް ވަނީ އިބޫ އެ ފައިސާ ހޯއްދަވާނީ ކިހިނެއްހޭ؟ ތިމަން މަނިކުފާނަށް ވެސް އެ ފައިސާ ނުހޯއްދެވުނުއިރު އިބޫ ހޯއްދަވާނެ ގޮތަކީ ކޮބައިހޭ؟ އަދި ވިދާޅުވި ކަމަށް ވަނީ [ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު] އަދީބު އެ ފައިސާ ނުދެއްވާނެ ކަަމަށް. އެ ފައިސާ ހޯދަން 10 މީހުންނާ އެކު އަދީބު ބޭރަށް ފޮނުއްވިއަސް ފިއްލަވާފާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވޭ،" މެމްބަރު ވިދާޅުވި އެވެ.
އިބޫ ހުވާކުރެއްވުމާއި ސަރުކާރު ބަދަލުވުމުގެ މަރުހަލާތަކާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީނާއި އިބޫ ވާހަކަ ދެއްކެވި އެވެ. އެއާ އެކު، ސިޔާސީ ކަންކަމުގައި ދެމިހުންނަވާނެ ކަން ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އިބޫ މެމްބަރުންގެ ގާތުގައި ވިދާޅުވި އެވެ.
"މެމްބަރުންނަށް ޔަގީން ކަން ދެއްވި ސިޔާސީ ހުރިހާ ބޭފުޅުން މިނިވަން ވާނެ ކަމަށް. އެއާ އެކު، ލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީސް ވެސް ފެށިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި،" މެމްބަރަކު ވިދާޅުވި އެވެ.
ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ އިބޫ މިއަދު ބައްދަލުކުރައްވާއިރު، އަރިހުގައި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް.---ފޮޓޯ: އެމްޑީޕީ
މިއަދުގެ ބައްދަލުވުމުގައި، އިބޫ އަށް މަރުހަބާ ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން އެދިވަޑައިގަތީ، ވެރިކަމަށް ވަޑައިގަތުމަށް އިބޫ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުގެ މަތީގައި ސާބިތުވެ ހުންނެވުމަށެވެ. ތަރައްގީ ގެންނަވާއިރު، ރައްޔިތުންނަށް އަނިޔާވެރި ނުވެ އިންސާފު ގާއިމްކޮށްދެއްވުމަށް ވެސް މެމްބަރުން އެދިވަޑައިގަތެވެ.
"ރައްޔިތުން އެދޭ ގޮތަށް، ހައްގުތައް ކަށަވަރުކޮށްދީގެން ސަރުކާރު ހިންގަވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވި،" މެމްބަަރަކު ވިދާޅުވި އެވެ.
ިސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަންގައި ދިރިއުޅުއްވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވީޑިއޯ މެދުވެރިކޮށް، އެ ބައްދަލުވުމުގައި މެމްބަރުންނާ ވާހަކަ ދެއްކެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދއނ
26 September 2018
ކޯލިޝަންގަ މިހާރު ވެސް ރެދު ލާން ފެޝި ވާހަކަ އެބަ އަޑުއިވޭ....އެމްޑީޕީން ބުނަނީ މީ ހަމަ އެކަނި އެމީހުންގެ ވެރި ކަމެއްކޯ. 2008 ގަ އެމްޑީޕީން ކާމިޔާބު ވުމަށް ފަހު ވެސް މާގިނަ ދުވަހަކު ކޯލިޝަން އެއް ނެތް. ކުރިން ކޯލިޝަން ހެދި ފަރާތްތަކުން 2012ގަ އެމްޑީޕީ ވެރިކަމުން ބޭލުވީ. މި ފަހަރު ކިހިނެތްބާ ވާނީ
ޔާސްމީން
26 September 2018
ޤާނޫނީ ގޮތުން ރައީސް ޔާމީން އާ އޭނަގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ. އެއީ ކީ 4 ލީޑަރުންނަކަށްވެސް އަދި އިބޫއަކަށްވެސް ޤާނޫނުގެ ބޭރުން އެއްވެސް ގޮތެއް ނިންމޭނެ ކަމެއް ނޫން. ރައްޔިތުން ވޯޓު މިދިނީ އަދުލު އިންސާފު ގާއިމުކޮށްދެއްވާނަމޭ ވިދާޅުވީމަ. އެކަން ކޮއްދެއްވަންވާނެ.
މާޒީ
27 September 2018
ހަމަ އެގޮތަށް ކޯޓު ޙުކުމެެއް އޮތް މިހަކު މިނިވަން ކުރެވެން ވާނިވެސް ކަނޑައެޅިފައިވަ އުޞޫލުގެ ތެރެއިން.
ނަޒޫ
26 September 2018
ތަރައްގީ ގެންނަވާއިރު، ރައްޔިތުންނަށް އަނިޔާވެރި ނުވެ އިންސާފު ގާއިމްކޮށްދެއްވުމަށް ވެސް މެމްބަރުން އެދިވަޑައިގަތެވެ. "ރައްޔިތުން އެދޭ ގޮތަށް، ހައްގުތައް ކަށަވަރުކޮށްދީގެން ސަރުކާރު ހިންގަވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވި،" މެމްބަަރަކު ވިދާޅުވި އެވެ. އުންމީދަކީ ނިކަމެތި ރައްޔިތުން ބާކީ ނުކޮއްލާ ވަޒީފާގެ ބިރު ނުދައްކާ ހަމަ ހަމަ ކަމާ އެކު ރައްޔިތުންގެ ލޯބި ހޯއްދެވުމެވެ.
މައުރީން
26 September 2018
ކޮން ވާހަކއެއްކަން މި ޚަބަރު ކީ މީހުންނަށް އެނގިއްޖެތަ؟ ޖީއެމްއާރަށް އެއަރޕޯޓް ނުދެއްވުން އެދެމޭ ރޔ ވިދާޅުވި ވާހަކައެއް ވެސް ނެތެއްނު. އޭގެ ޖަވާބުގައި އިބޫ ވިދާޅުވީ ނަޝީދު ވަޑައިގަތީމަޔޭ ތިކަމާ އެއްޗެކޭ ބުނެވޭނީ. އެކަމަކު ކެންޕޭނަށް އިންޑިއާއިން ފަިސާ ގޯނި އޮއްސާލީ އެތަން ދޭން އެއްބަސްވެގެން. ޢެހެންވީމާ ހުރިހާ ލީޑަރުން ވެސް އެކަމާ އެއްބަސް.
ޢިޚީޢޫ
26 September 2018
ދެން ދޮގު ހަބަރު ފެތުރުމުގެ ބޭނުމެއް ނެތް. ފިތުނަ އުފައްދާ މީހުންތީ.
އޯޕްލީޒް
26 September 2018
މައުރީނޫ ދެން ރުޅި މަޑުކޮށްބަލަ
ކަޑަބައި
27 September 2018
އެެއަރޕޯޓް ޖީއެމްއާރަކަށް ނުދޭނަށް
މޯލްޑިވިއަން
26 September 2018
އަލުގަނޑު ވޯޓްދިނީ ރައީސް ޔާމިންއަށެވެ. އެއި އެމަނިކުފާނުގެ ޒައާމަތުގައި ގެނެސްދެއްވި ތަރައްޤީއަށް ބައްލަވާފައެވެ. އެހެންނަމަވެސް ސިޔާސީ ފިކުރަކީ އަޅުގަނޑުމެން އަބަދު އެއްގޮތަކަށް ބަހައްޓާންޖެހޭ އެއްޗެއްނޫނެވެ. ރައީސް އިބޫވެސް ވެރިކަމުގައި ރައްޔިތުންނަށް ހެޔޮބަދަލެއް ގެނެސްދީފިކަމަށް ވަނީ ނަމަ ދެން އަންނަ ދައުރަކު މަނިކުފާނަށްވެސް ހަމަ ވޯޓްދޭނަމެވެ.އެއީ ޑިމޮކުރަސީގެ މިސާލެވެ. ރައްޔިތުން އަބަދުވެސް ވިސްނަންޖެހޭނީ ޤައުމަށެވެ.
ހުއްބުލްވަތަން އަސްލު
26 September 2018
ހޭލާ ހުންނައިރުވެސް ފައިސާ ނިދާފަ އޮންނައިރުވެސް ފައިސާ، މޮޅުވާއިރުވެސް ފައިސާ ބަލިވީމާވެސް ފައިސާ. ފައިސާ ފައިސާ ފައިސާ މިނޫން ވާހަކައެއް މި މަނިކުފާނު ދައްކަވާ ހިތެއް ހަމަ ނުވަނީތަ؟ ވެދުމާ ސަލާމް
ބަލަ
26 September 2018
އެމަނިކުފާނަށްވެސް އިވެނީ ރައްޔިތުން އަބަދު ފައިސާގެ ވާހަކަ ދައްކާ އަޑު. ދެން ކީއްވެ ވަކި އެމަނިކުފާނު އެވާހަކަ ނުދައްކަންވީ؟ ޔާމީން ފައިސާގަ ޖެހުނު ކަމަށް "ހީވެ" އަނެއް ބަޔަކަށް "ޔަގީން"ވެގެން އިދިކޮޅަށް ވޯޓްދިނީ. އިންތިޚާބު ކާމިޔާބުކުރީ ފައިސާގެ ވާހަކަ ދައްކައިގެން ކަމަށްވާއިރު އެވާހަކަ ހުއްޓަންޖެހޭ ސަބަބެެއް ނެތް.
އާދަނު
26 September 2018
ޖީ.އެމް.އަރަށް އެއާރޕޯޓެއްވެސް ވިއަކައެއްނުލާޏެ. މިފަހަރު ކުރަންޖެހޭނީ ރައްޔޮތުން ބޭނުންވާގޮތަސް ރައްޔިތުންގެ ވެރިކަމެއް. ވޯޓުން ދިން މީހުން މެޖޯރިޓީ ހޯދައިގެން ނިކުމެ އަނެއްކާވެސް ބާލާނަން. ޔާޟީނު ވެރިކަނކުރި ގޮތަށް މިގައުމުގައި ވެރިކަން ކުރުމަށް ދެން ރައްޔިތުން ފުރުސަތެއްނުދޭނަން. މިއއްވަނަި އާދައިގެ ރައްޔޮތުމީހެއްގެ ބަސް. މީ ހަނދާން ކޮށްދިނުމެއް. ރައީސް އިބޫ.
ފޮނިބެ
26 September 2018
ކލޯ ނަޝީދު އެބުނަނީ ބަރުލަމާނީ ނިޒާމް ގެންނަ ވާހަކަ އޭރުން އޮންނާނެ ރައްޔޮތުމީހެއްގެ ބަސް ރަކިސް ބޮނޑު ކެވިފަ ަ
ކާޕޫރު
26 September 2018
އިބޫ. އެހެރަ މީހުންތައް ހެކިތައް އަންދަނީ.
މުއާޒް
26 September 2018
ޔާމީން އެހީ އިބޫ ކައިރީގަ އެއާޕޯޓް އަނެއްކާވެސް ބޭރުބަޔަކަށް ވިއްކާލާނަންތޯ؟ އިބޫ އަކަށް ނުކެރު ނުވިއްކާނަމޭ ބުނާކަށް. ބުނީ ސިޔާސީީ ހަތަރު ލީޑަރުން ނޭ ގޮތެއްނިންމަވާނީ. އެ ހަތަރު ލީޑަރުން އެއްބަސްވެފަ އޮތީ އިންޑިޔާއިން އެމީހުންގެ ކެންޕޭނަށް އެހީތެރިވެއްޖެއްޔާ އަނެއްކާވެސް ޖީއެއްމްއާރު އަށް އެއާޕޯޓް ވިއްކާލަން
ނާނި
26 September 2018
އެއަރޕޯޓް ނޫން ހުރިހާ ތަނެއް ވިއްކަންވީ؟ ރާއްޖޭގެ ރައްތަކާއި ފަޅުތައްވެސް؟
ހުވަނި
26 September 2018
ކޮންހާ ފިތުނައެއް. ޔާމީނު އަމިއްލަ ކަމަކު އެދުނުވާހަކަ ބުނީ. އެއާޕޯޓަކީ އޭނަގެ އަމިއްލަ މުދަލަކީތަ؟
ހެހެ
26 September 2018
ވިއްކާލިއަސް އެވާނީ މިގައުމުގެ 1 ލައްކަ 35 ހާސްމީހުންގެ ރުހުމާއެކު ކުރާ ކަމަކަށް.
ސޭކު
26 September 2018
ރަނގަޅު ވެރިކަމެއްކޮށް ދެއްވާނެ ކަމަށް އުންމީދުކުރަން