ޚަބަރު / ސިވިލް ސާވިސް ކޮމިޝަން

އާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ޕީއެސްއިންނަށް އަންގައިފި

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް އިއްޔެ އަންގައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު އިއްޔެ ވަނީ ޕާމަނަންޓް ސެކްރެޓްރީންނާ އެކު ބައްދަލުވުމެއް ބާއްވަވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޑރ. ޝަމީމު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާ ވެސް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިއުމަށް ސިވިލް ސާވެންޓުންނާއި އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

ވެރިކަން ބަދަލުވާ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕާމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މަރުހަލާގައި ކަން ކުރުމަށް ގާނޫނުގައި އަންގާފައިވާ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ބެލެހެއްޓުމަށް އިބޫގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.

DGT ge magaamah inthihaaby raees ge faraathun Seaweed Ahmed Latheef

DGT ge magaamah inthihaaby raees ge faraathun Seaweed Ahmed Latheef

The most trusted news source in the Maldives

Mihaaru

ޑީޖީޓީގެ މަގާމަށް ލަތީފް އައްޔަން ކުރެއްވުން--

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

15 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކީނާއްތަ

04 December 2018

ފުރަތަމަ ކުރަން ވީކަމަކީ އަލީ ޝަމީމް ބޭރުކޮއްފައި ދެޓާމްއަށް ވުރެ ގިނަދުވަސް ވެފައި ތިބި ޕީއެސްއިން ބޭރުކުރަންވީ.

The name is already taken The name is available. Register?

Shiyam

01 October 2018

ފުރަތަމަ ބާޣީން ބޭރު ކުރޭ

The name is already taken The name is available. Register?

އައިނާ

01 October 2018

އުމަރު ބުނު އަބުދުޅް އަޒީޒް ގެ ވެރިކަން

The name is already taken The name is available. Register?

ޕީއެސް

01 October 2018

ޕީ އެސް ނެތް ދެ ވުޒާރާ (ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ) ގެ ކަންތައް ދާނީ ކިހިނެއްބާ؟ މިނިސްޓަރ ބޭނުންވީމާ އައްޔަން ނުކުރެވިވާ ދެ މިނިސްޓްރީ. ހެއްވާ. ސިވިލް ސަރވިސް ގާނޫނު ތަންފީޒު ކުރަނީ ކޮންތާކުންތޯ؟ ތަންފީޒު ނުކުރެވުމުން ބަލާނެ މީހަކުނެތް ގައުމެއް. ދެން މިކިޔަނީ ގާނޫނާއި ގަވާއިދު ތަކާއި އެއްގޮތަށް އުޅޭށޯ ރައްޔިތުން. ޖޯކެއް.

The name is already taken The name is available. Register?

ނައިބު

01 October 2018

ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅުންގެ ވަޒީފާގެ މައްސަލަތައްވެސް އިންސާފުން ނިންމަވާ ދެއްވުމަށް ގޮވާލަން... އެއްބާރުލުން ދޭށޯ ބުނާއިރު މީނަގެ ބުނާހާ ގޮތެއް ނެހެދީމަ ވަޒީފާއިން ވަކިކޮށްފަ މީހުން ފޮނުވާލަނީ މި ހީވަނީ މީނަގެ އަމިއްލަ ކުންފުންޒެއްގަ ވަޒީފާއަދާ ކުރަން ތިބޭ ބައެއްހެން ސިވިލް ސާރވަންޓުންނަކީ. ހޫން ޝުކުރިއްޔާ

The name is already taken The name is available. Register?

އިހޫ

01 October 2018

އެއްބާރުލުން ދިނުމާއި ނުދިނުމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސަށް އަދި ޕާރމެނެންޓް ސެކްރަޓަރީންނަށް އިޚުތިޔާރަށް ދޫކޮށްލާފަ އޮންނަ ކަމެއް ނޫން. ތިމޭރުމުން ވާހަކަ ދެއްކީމަވެސް ވަރަށް ހުތުރު ދެއްތޮ. ޕީއެސް އިން އައްޔަނުކުރާ އުޞޫލު ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް ސީއެސްސީއަށް ގޮވާލަން. މިމަޤާމަކީ ކޮންމެހެން ރައީސަކަށް ހުންނަ މީހާ ހިތްހަމަޖެހޭ މީހަކަށް ދެވެންޖެހޭ މަޤާމެއް ނޫން. ތައުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލް މީހުން ނަގަންޖެހޭ މަޤާމެއް މީ

The name is already taken The name is available. Register?

އެޑްމުންޑޯ

01 October 2018

ވިސްނާލަބަލަ މިމީހުންވެސް ސިޔާސި މަގާމަށް ބަދަލުކޮށް މުޅިގައުމު ސިޔާސީ ކޮއްފި ، މިސިލްސަރވިސް ގެ ވެރިންނަކީވެސް ހައްދުފަހަނަޅާފައިވާ ސިޔާސީ ބައެއް، ހިތައްއަރާ މިސިލްސަރވިސް ކޮމިޝަން މުސްތަގިއްލުވެ އަމިއްލަ ބާރުގައި ހިގަންފަށާނީ ކޮންދުވަހަކުންބާވައޭ

The name is already taken The name is available. Register?

އެ ތޫފާނީރޭ.

01 October 2018

މަމެން ފުރިހަމަ އެއްބާރުލުން ދޭނަން. ބޭނުންވަނީ އިބޫގެ ވެރިކަމުގެ ފުރަތަމަ 3 މަހުގެ ތެރޭގާ ހުޅުމާލޭ އެޕާޓްމަންޓުތަކުގެ ކުލި ކުޑަކޮށްދެއްވުން. އިރާދަކުރެއްވިއްޔާ ތިންކޮޓަރީގެ އެޕާޓްމަންޓަކަށް 3600 ރުފިޔާ މަހުކުލީގެ ގޮތުގާ ދައްކާލައިގެން އުޅެވޭ ދުވަސް ވަރަށް ގާތް. މީނޫންތަ މަމެންބޭނުންވާ ގޮތަކީ.

The name is already taken The name is available. Register?

ފެރފދފދ

01 October 2018

އަހަރުމެންގެ ޕީއެސް ނުކުރައްވާނެ މުވައްޒަފުންނަށް ރަގަޅަކަށް އެއްކަމެއްވެސް.

The name is already taken The name is available. Register?

ހުއްބުލްވަތަން އަސްލު

01 October 2018

ޔާމީނު ހޮވަން ކެންޕޭނުކުރި އެންމެން ކަނޑާލަންޖެހޭނެ، އެއި އެފަދަ މަގާމެއްގާ ހުރެ ކޮށްގެންވާނެ ކަމެއްނޫން. ފުރަތަމަ ސިވިލްސަރުވީސްގެ ރައީސް އެ މަގާމުން ދުރުކުރަންވާނެ އެހެން ބޭފުޅުންނަށް އިބުރަތެއްގެ ގޮތުގައި. ބޭނުންނާ ގޮތަކަށް އުޅެފަ ކޮންމެކޮންމެ މަގާމެއްގާ ނުހުރެވޭނެކަން ދައްކުވައިދެންޖެހޭ.

The name is already taken The name is available. Register?

އިހޫ

01 October 2018

ވަރަށް ރަގަޅު ވާހަކައެއް. ހަމަ އެ ގޮތަށް ވެރީންގެ ގޮތުގައި ތިބެ ކެމްޕޭންކުރި މީހުން ވެސް. އަދި ހަމަ ކުންފުނިތަކުގެ އެމްޑީންނާއި މެނޭޖަރުންގެ ތެރެއިން ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވި އެންމެން ބޭރުކުރަންޖެހޭ

The name is already taken The name is available. Register?

އެނގޭ

01 October 2018

ހުރިހާ ޕީއެސްއިން އާކުރަންޖެހޭ. އެޑިޔުކޭޝަނުގައި ހުންނަ ޕީއެސް ފަދަ ބައެއް މީހުންނަކީ ފައިލްބޮޑިހިފައިގެން މަގުމަތީގަޔާއި ޖަގަހައިގައި ފާޅުކަންބޮޑުކޮށް ކެމްޕެއިން ކުރަމުން ދިޔަ މީހުން. ޕާޓީޖަލްސާތަކަށް ދާން ޓީޗަރުންނާއި މުއައްޒަފުންނަށް މަޖުބޫރުކުރި. މީސްމީހުންގެވަޒީފާ ބަދަލުކޮށް އިންޒާރުދެމުންދިޔަ މީހުން ތިމީހުންނަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454