ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ހިޔާލު ތަފާތުވި ނަމަވެސް ޑިމޮކްރަސީގެ އަސާސްތަކާއެކު ކުރިއަށް ގޮސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ ކަމަށް -- މިހާރު ފައިލް ފޮޓޯ
10 އޮކްޓޯބަރ 2018 - 19:01
ތަފާތު ހިޔާލުތަކާ އެކީ ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކަކީ ތަފާތު ފިކުރުތަކެއްގެ ބައެއް ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި ވެސް އެ ޕާޓީތަކުގެ ހިޔާލު ތަފާތު ވާނެ ކަމަށެވެ.
"އެހެނަސް އަޅުގަނޑުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކީގައި ހައްލު ހޯދޭނެ،" ނަޝީދު ވިދާޅުވި އެވެ.
Gulhifaiva Party thakuge ihthihad ga himenenee thafaath fikuru. Raajjeyge shar’ee nizaam islaah kuran hinganjehey kankamugaves party thah khiyaal thafaathu vedhaane.
— Mohamed Nasheed (@MohamedNasheed) October 10, 2018
Ehenas, alhugaduge nazaruga democracy ge asaas thakaa ehgothah khiyaal thafaathu vun thakaa ekeega hallu hoadheyne
ނަޝީދު އެހެން ވިދާޅުވެފައި މި ވަނީ ނިޒާމުގެ ތެރެއިން ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގެންނެވުމަށް އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފަ ވަނިކޮށެވެ.
ގާސިމް އެގޮތަށް ގޮވާލައްވާފައި ވަނީ އެމަނިކުފާނު ބަންދުން މިނިވަން ނުވި ނަމަވެސް "ވީ ހާލެއްގައި ވާން" އަންނަ މަހުގެ 1 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެވެ.
ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް މިއަދު ވިދާޅުވީ، ބަންދުން މިނިވަން ނުވެ، ރާއްޖެ ވަޑައިގެންފި ނަމަ ނަޝީދު ހައްޔަރު ކޮށްފާނެ ކަމަށާއި އެއިރުން ގައުމުގެ އަމަން ގެއްލޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ މި ތަން ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާލައި އަޅުގަނޑުމެންގެ ރައްޔިތުން އަނެއްކާ ޕެނިކް ސިޓުއޭޝަނަކަށް އައިސް ހަމަ އެއްވެސް އިންސާނަކަށް، އެއްވެސް މީހަކަށް ނިކަމެތިކަމެއް ލިބިގެންދާން،" ގާސިމް ވިދާޅުވި އެވެ.
ނިޒާމުގެ ތެރެއިން ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގަތުމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ނަޝީދަށް ގޮވާލައްވައި މިއަދު ކުރެއްވި ޓުވީޓު ގާސިމް ވަނީ ރީޓުވީޓު ކުރައްވައިފަ އެވެ. އެހެންވެ ނަޝީދުގެ ސަޕޯޓަރުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ ގާސިމަށް ފާޑުކިޔައިފަ އެވެ.
އެ މައްސަލައިގައި، ނަޝީދު މިއަދު ގާސިމަށް ފޯނުން ގުޅުއްވި ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އެ ފުރުސަތުގައި ވެސް ގާނޫނީ ގޮތުން ބަންދުން ވީއްލުމަށް މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދެންނެވި ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުފުރު ޑިމޮކްރަސީ
12 October 2018
އަހަރުމެން މުސްލިމުންގެ ހައިސިއްޔަތުން އިސްލާމްދީނުގެ ތެރެއިން ވެސް ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދެންވާނެ.
އިބްރާ
11 October 2018
އިސްލާހު ކުރިޔަސް ނުކުރިޔަސް މިހާރު ހުރިގޮތުން އެމަނިކުފާނު ރާއްޖެ ވަޑައިގެންފިނަމަ ޖެހޭނީ ހުޅުލެއިން ޖަލަށް ވަޑައިގަންނަވާށެވެ. ފަހުން ޖުޑިޝަރީ އިސްލާހުކޮށްގެން އެމަނިކުފާނު ބޭނުންވާގޮތަކަށް ކަންތަށް ނުކުރެވޭނެޔެކޭނޫނެވެ. އެމަނިކުފާނަކީ ހައްގަކާނުލައި ކޯޓްގެ ޣާޒީއަކު ބަންދުކޮށްގެން އެކަން ސާބިތުވެ ، ޝަރީއަތުން 13އ ޖަލުހުކުމެއް ތަންފީޒު ކުރައްވާ ގައިދީއެކެވެ. ބޭސްފަރުވާއަށޭ ކިޔައި އޮޅުވާލައިގެން ރާއްޖެއިން ބޭރަށްގޮސް ސިޔާސީ ހިމާޔަތް ހޯއްދަވައި
ވަތުބަތާނަ
11 October 2018
ޙަޤީޤަތަކީ އެތަނަކީ އިސްލާޙުކުރަންޖެހޭ އެއްތަން! މި ޤައުމުގަ އިޞްލާޙުކުރަން ނުޖެހެނީ ކޮންތަނެއްތޯ؟ 2008 ގައި ގެނެވުނު ޤާނޫނު އަސާސީގެ އަސާސްތަކާއި އެއްގޮތަކަށް އޭގެފަހުން ވެރިކަން ކުރި އެކަކުވެސް އަދި ވެރިކަމެއް ނުކުރޭ! ފަހަރުގަ އެއީ އޭގައި ހުރި ކަންކަން އުފުލަން ބޮޑުވީމަ ވާގޮތަކަށް ވުމީވެސް އެކަށީގެންވާކަމެއް.
އާދަމް ޝަރީފް
11 October 2018
ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާ ވާހަކަ. އެކަމުގަ ކޮބާ ކަންބޮޑުވާންޖެހޭ ކަމަކީ. އެހެންސިޔާސީ ލީޑަރުން މިނިވަންކުރިގޮތަށް އެމަނިކުފާނު މިނިވަން ނުކޮށް ލަސްކުރަނީ ކޮންބޭނުމަކު. އެމަނިކުފާނު ގެ މައްސަލަ ސްޕްރިމް ކޯޓްގަ ކުރިން އިސްތިއުނާފްކުރި. ދެން އަލުން އިސްތިއުނާފް ކުރެވޭތަ. ގާސިމް ވިދާޅުވާ އެއްޗެއް އެހާސާފެއްނޫން.
ޏ ސިޓީ
11 October 2018
މިގައުމުގެ ހަލާކު
މަންޑޭލާ
11 October 2018
ފަސާދަ އުފައްދާ ނަޝީދު އެމްޑީޕިން ބޭރުކުރަން ޖެހޭ.
ޝޮކްތެރަޕީ
11 October 2018
އެމްޑީޕީގެ މީހުން ހުންނަނީ ވާނުވާނޭގި ގަމާރުވެފަ. ނަޝީދު ބުނި ކޮމްމެކަމެއްކުރަން. މިހެންވީމަ މިރާއްޖެ އިސްލާހުނުވަނީ.
އަހުމަދު އަލީ
11 October 2018
ހުރިހާ ކަމެއް ކޮށް އިޖްތިމާއީފޭރާން އިރާލީ ކޮންބޭފުޅެއްތޯ ވިސްނައިފި މީހަކަށް އެގޭނެ
އަލިބެ
10 October 2018
އެމްޑީޕީ ކުދިންނަށް، މިރާއްޖޭގެ ޖުޑިޝަރީ ގަބޫލު ކުރެވޭނެ ދުވަހެއް އެއްވެސް އިރެއްގައި ނުފެންނާނެއެވެ. ގާޟީން ޙުކުމް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތީންނެވެ. އެމްޑީޕީގެ މޮޓޯއަކީ، އެއުރެންނަށް އޭރަކު ފެނުނު ގޮތަކަށް ކަންތައް ކުރުމެވެ. ބައެއްފަހަރު ޗާޓުގެ އެތެރޭން ދާނެއެވެ. އަނެއްބައި ފަހަރު ޗާޓުގެ ބޭރުންވެސް ދާނެއެވެ. އެހެންވީމާ އެމީހުންނަށް ޖުޑިޝަރީ ކަމުދާނެ އެއްދުވަހެއްވެސް ނާންނާނެއެވެ.
ރެކިފުތާ
11 October 2018
އެމްޑީޕީ އެއްނޫން ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނެގީ ހުކުމް ކުރީމާ ދެއްތޯ.
ޑިމޮކްރަސީ އޭޖަންޓް
10 October 2018
'ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށޭ'. އަޅުގަނޑުމެންގެ ދީނުގަ އަންގަވާފަ އޮތީ ޑިމޮކްރަސީގެ އަސާސްތަކުގެ ހިފަހައްޓައިގެން އުޅުމައްތަ.