ރައްޔިތުންގެ މަޖިލިސް ކުރާ ގެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށި ފަހުން މިހާތަނަށް ބޭއްވީ 10 ޖަލްސާ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އޮކްޓޯބަރ 2018 - 14:35
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން އެއްވެސް ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަސް ވާން ކައިރިވުމާ ގުޅިގެން އިދިކޮޅު ބައެއް ބޭފުޅުން މަޖިލީހުގެ ރިއާސަތަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު، ދައުރު ފެށުނު ފަހުން މި މަހުގެ މެދާ ހަމަ އަށް ދިޔަ އިރު، ވެސް މަޖިލީހުގެ ޖަލްސާއެއް އަދި ނުބާއްވަ އެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ބައެއް ކޮމިޓީތަކުގެ ބައްދަލުވުންތަކެއް މީގެ ދުވަސްތަކެއް ކުރިން ބޭއްވި އެވެ.
މިކަމާ ގުޅިގެން މަޖިލިހުގެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަހާ ގާތަށް ދިޔައިރު، ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ވިސްނުން މިހާރު ބޮޑަށް ގެންގުޅުއްވަނީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދުގަ އެވެ.
މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މި ވަގުތު ތިއްބެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހިމަނައިގެން 40 މެމްބަރުންނެވެ. އިދިކޮޅު ކޯލިޝަންގައި ތިއްބެވީ 34 މެމްބަރުންނެވެ. އެއީ، އެކަމަކު، ޖިނާއީ ކުށެއް ސާބިތުވެފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ނުހިމަނަ އެވެ.
މަޖިލީހުގައި ތިއްބެވި އަށް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ އެއިން އެއްވެސް މެމްބަރަކަށް މަޖިލިހަށް ވަނުމުގެ ފުރުސަތެއް ނުދެ އެވެ. އަދި އެ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ އެ މައްސަލަތައް ވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ.
މިހާތަނަށް އައި އިރު، ގޮނޑި ގެއްލުނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ އެވެ.
ފަހު ދައުރުގައި މައިގަނޑު މަސައްކަތަކަށް އަންނާނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފާސް ކުރުމެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މި މަހުގެ ނިޔަލަށް ހުށަހަޅަން މާލިއްޔަތު ގާނޫނު ލާޒިމް ކުރެ އެވެ.
ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޖަލްސާތައް ނުބާއްވައި މަޑުކޮށްގެން ތިބީ ދައުލަތުން ބަޖެޓު ހުށަހަޅައި ނިމެންދެން ކަމަށެވެ. އެކަމަކު، އިންތިޚާބުން ޕީޕީއެމަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ދެން ވިސްނުން ގެންގުޅުނީ އާ ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތައް ބަޖެޓުގައި ހިމަނަން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މަޖިލިސް ކުރާގޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެއް ސަރުކާރަކުން، އަނެއް ސަރުކާރަކަށް ނަގުލުވުމުގެ އިހްތިޔާރުތަކެއް ގާނޫނުގައި ބަޔާންވެފައި އޮންނަ ހަމަތަކުގެ މަތިން ދަނީ ހިނގަމުން. އެ ފުރުސަތަށް މަޑުކޮށްގެން ތިބި ތިބުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލިހުގެ ޖަލްސާއެއް (ނުބާއްވަނީ). އެއީ އެއްޗެއް އައިސްގެންތާ އަޅުގަނޑުމެންނަށް ބޭއްވޭނީ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި، ކޮމިޓީތަކަށް ފޮނުވާފައި ހުރި ބިލްތަކުގެ މަސައްކަތް ކޮމިޓީތަކުގަ ހިނގަ އެވެ.
ނިހާން ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު، ބަޖެޓަށް މަޑުކޮށްގެން ތިބީމަ، ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް ނިހާން ވިދާޅުވި އެވެ.
ނަމަވެސް، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ނުބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޖަލްސާތައް ނުބާއްވަނީ މަޖިލިހުގެ މެޖޯރިޓީ ޕީޕީއެމަށް ގެއްލިފައި އޮތީމަ އެވެ.
މަޖިލިހުގެ މަސައްކަތަކަށް ހުރަސް އަޅައި، އެތަނުގެ ބާރު ކަނޑުވާލާފައި އޮތް އޮތުމަށް ވީހާވެސް އަވަހަކަށް ނިމުމެއް އަންނަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. ތިން ބާރުގެ ތެރެއިން އެއް ބާރު ހިންގުން ހުއްޓުވާފައި އޮންނަ އޮތުން ތަހުގީގު ކުރެވޭނެ ދުވަސް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި ބޭއްވި މަޖިލިހުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާއާ އެކު، ބާއްވާފައިވަނީ ޖުމްލަ 24 ޖަލްސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާދަ
17 October 2018
އަހަރެންވެސް ބޭނުން ތިހާ ޗުއްޓީ ލިބޭ، އެހާ މުސާރަބޮޑު، އަމިއްލަ އެއްވެސް ވިސްނުމެއް ނެތި ޕާޓީގެ ފަރާތުން ބުނާހާ ފިތަކަށް ފިތާލަައިގެން އުޅެވޭނެ ޖޮބެއް. މިހާރު ހެސް ކިޔާފަ މަސައްކަތް ކޮށްގެންވެސް މަސް ނިމޭ އިރަށް އަތްމަތި ހުސްވޭ. އަނބި ދަރިން ގޮވައިގެން ޗުއްޓީއެއް ހޭދަކޮށްލަން ތަނަކަށް ދާ ރާވަން ފައިސާކޮޅެއް އެއްކޮށްލެވޭ ވަރުވެސް ނުވޭ. ރައްޔިތުންގެ މަޖިލީހޯލަ.. ނަން ބަދަލު ކުރަންވީ ޕާޓީންގެ މަޖިލީހަށް.
މާމަ
17 October 2018
މުސާރަނުދޭ އެއްމެ މަހެއްވެސް ނާދޭނޫންތޯ. އެހެންވީމާ ކޮބަިތޯ މައްސަލައަކީ! އަޅުގަނޑުމެންނައްމިވާ ވަރަކީ ވިއްސާރަ ކަމުން އޮފީހަށް 1 މިނެޓްއަށް ލަސްވިޔަށް މުސާރައިން އެބައި އުނިކުރަނީ
އާނަ
17 October 2018
މަޖިލިސް މެންބަރުންގެ ޢަދަދުވެސް މަދުކޮއްލަންވީ. އާބާދީގެ ނިސްބަތުގެ ބަދަލުގައި ރާއްޖޭގައި ހިމެނޭ އާބާދީ ގިނަ އަތޮޅުތަކަށް 3 މެނަބްރަކު ނުވަތަ 4 މެންބަރަކު ހަމަޖއްސަވާ އާބާދީ މަދު އަތޮޅުތަކަށް 2 މެންބަރަކުހަމަޖައްސަންވީ. މިހާރުއޮންނަ އުސޫލް އުވާލަންވީ. ދެން ބާއްވާ ބައްދަލުވުންތަކަށް ވަކިވަރެއް ކަނޑައަޅަންވީ. މަޖިލިސް މެންބަރުން ރައްޔިތުންނަށް ކޮއްދެނީ ކޮންކަމެއްބާ؟
ރެކިފުތާ
17 October 2018
ނުބޭއްވޭ ސަބަބަކީ ކޮބާ؟ 70 ރައްޔިތުންގެ މަންދޫބުން ކޮބާ. ރައީސް ޔާމީނު މޮޑެން ގެންގުޅޭ ފުއްގުޅައެއްދޯ މަޖިލީހަކީ.
ނަސީދު
16 October 2018
މަޖިލީސް މުސާރަ ކަނޑައަޅަންވީ މަޖިލިސް ޖައްލްސާ އައް އަންނަ މީހަކައް ވަކިވަރެއްދޭއުސޫލެއް އޭރުން ތިތާ ޖައްލްސާ އެއްނުބާއްވައިގެންް މައްސަލަ ޖެހޭނީ
ހުވާ
16 October 2018
އެކަމަކުވެސް މަސް ހަމަކޮށްފަ މުސާރަ ނަގާދޯ؟ މީ އަހަރުންގެ ޓެކްސް ޕޭޔާޒް ލާރިން ޗެރިޓީއަކަށް ދޭ އެއްޗެއްތަ؟ އަތުންފައިން މަސައްކަތެއް ނުކޮށް މުސާރަނަގަން؟؟
ސަމާއާދަނު ލާރިބެހި
16 October 2018
މިއީ ޔާމީނު މުދާ ރައްކައުކުރާ ގުދަނެވެ މިތަނުން ދަގނޑެއް ނެރެންވީމަ ހުޅުވާލާފަ ބަންދުކޮށްލާނެ އެވެ މިއީ ގައުމާމެދު ވިސްނި މީހެއް ނޫނެވެ އެއަތަށް ދިޔަސް މިއަތަށް ދިޔަސް ހެއު އެއްވެސް މިސްރާބެއް ނެތް
ދަތްނެތްކުއްޖާ
16 October 2018
މި ހުރިހާމީހުންގެ މައްސަލަ ތައް ޖެހޭނެ ބެލެން.
އޯކޭ4ކޭ
16 October 2018
މަޖިލިސްގެ މުސާރަ 40000 އޯކޭ... ހާޒިރުވާ ދުވަހަކަށް 500 އޯކޭ.. ކޮމެޓީއަށް ހާޒިރުވާ ދުވަހަކަށް 500 ގެ ބަދަލު 800 އޯކޭ.... އަޔަސް ނަޔަސް ބޮޑު މުސާރަ އޯކޭ އެއްނޫން... ބެޔަސް ނުބެޔަސް ނުދެވުނު ވިއްޔަ... ނަމޫނާ ދައްކަންވީ މަޖިލިސް މެމްބަރުން... އޭރުން ސިވިލް ސާރވަންޓުންވެސް މިކަން ބަލާނެ..
ޢަލިދީދީއައްޑޫސިޓީ
16 October 2018
ދައުލަތުގެ 3 ބާރުންކުރެ އެއްބާރު ނަހަމަގޮތުގައި، ވަކިމީހަކަށް ފައިދާވާގޮތަށް ހައިޖެކް ކޮށްގެން ގެންގުޅޭ ގެންގުޅުމަކީ، ކަނޑައެޅިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިފައިވާ ބާރެއް ނިގުޅައިގަތުން. އެކަން ކުރައްވައިގެން އެތިއްބެވިފަރާތަށް އެކަމުގެ ފުރިހަމަ އަދަބު ދެވެންޖެހޭނެ.