ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ-- ފޮޓޯ: މިހާރު
17 އޮކްޓޯބަރ 2018 - 13:24
ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވާ ކަމަށް ތުހުމަތުކުރާ އިރު ބައެއް މީޑިއާތަކުން މިއަދު ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝައިނީ ވެސް ވަނީ އާއިލާއާ އެކު އިއްޔެ ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝައިނީ މިއަދު ވިދާޅުވީ މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށާއި ފިނޑިއެއްގެ ގޮތުގައި ގައުމު ދޫކޮށް ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ގައުމު ދެކެ ލޯބިވޭ. ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި ހިދުމަތް ކުރާނަން،" ޝައިނީ ވިދާޅުވި އެވެ.
އަދި އޭނާ ވަނީ ރައީސް ޔާމީންގެ ޓީމުގައި ރާއްޖެ އާއި ދިވެހިންނަށް ފޯރުކޮށްދެވުނު ހިދުމަތްތަކާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
އެނގިފައިވާ ގޮތުގައި ޝައިނީ ސްރީލަންކާ އަށް ވަޑައިގަތީ ދަރިކަނބަލުން ސްޓަޑީ ކޭމްޕެއްގައި އެމެރިކާ އަށް ވަޑައިގަންނަވަން ޖެހިފައި އޮތުމުން އެކަމަށް ވިސާ ހޯދުމަށެވެ.
ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ފަހުން ޕީޕީއެމުން ކުއްލިއަކަށް ބޭއްވި ކޮންގްރެސްގައި ޝައިނީ ވަނީ އެ ޕާޓީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލައްވާފަ އެވެ. ފަސް ބޭފުޅުން ކުރިމަތިލެއްވި އިރު ނާކާމިޔާބުވެ ވަޑައިގެންނެވީ ޝައިނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމަަ
18 October 2018
ނާނާ ހުވަފެން
ގޮބޮޅިއަލީ
18 October 2018
ދެން ކޮން އިރަކުންތޯ މަޝްވަރާތަކަށް ގޮވާލުން އޮތީ
ޏަޖީބް
18 October 2018
ޢައި ސަޕޯޓް ފޯ ދަ ބްރިޖް ފޯ އެވާ ..40 އަހަރުވެސް ނުވެވުުކަމެއް ވީމަ..ތޭންކްސް
ކަކުނިބޯ
18 October 2018
ހަމަ ނުފުރަތަ އަދިވެސް ތީ ކަލޯމެްގެ ފެނވަރޭ މިހާރު ފިލަންދުވެ ބެޗީ ގެންނަނަން
ލޮކިމަސް
18 October 2018
އެންމެ ރަނގަޅީ އަވަހަށް ފިލުން. ފިލާ، ދުވޭ ބާރަށް.
ދެކޭމީހާކިޔާމީހާ
17 October 2018
ބަހާއި ޢަމަލާ ދިމާނުވާމިހުންދައްކާ ވާހަކަ ޤަބޫލެއްނުކުރެވޭނެ. ރަނގަޅަށްވިއްޔާ ތިދިޔައީ ވާނުވާގޮތްބަލަންތިބޭނެ މަންޒިލެއްހޯދަން! ތީންއެކަކުވެސް ބެޗިޔަދީގެންނުވާނެ! ތިމީހުން ފުރަފުރައިގެންގޮސް ތިތަންތަނުގައި ކޭހާތަކެތި ހަޖަމުކުރަން ފުރުޞަތުދީނުމަކީ އަންނަންއޮތް ވެރިކަމުގެ އިތުބާރުގެއްލޭނެ ފުރަތަމަކަންތައް! ވިސްނާ!
މުރާސިލު
17 October 2018
އަނިޔާވެރިންގެ ކިބައިން ސަލާމަތްވުމަށް ޤައުމުދޫކޮށް ދިއުމަކީ ފިނޑިވުމެއްނޫނެވެ. ނަމަވެސް ޚުދުމުހުތާރު ވެރިއަކު ބުނާހާއެއްޗެއް ޤަބޫލުކޮށްގެން އެމީހަކުނަގާ އުޑަށްލައިގެން، އެމީހަކުހެއްދިހާގޮތެއް ހެދިގެން އުޅުމަކީ ވަރަށް ފިނޑި ނާތަހުޒީބު ކަމެކެވެ.
މަރޭމިތުރާ
17 October 2018
ޖައްސައިގެން ގަހުގަތިބި ކާޅުތައް އުދުހެންފެށީ! ފައްސައިލުމުގެ ކުރިން އެކިތަނަށް ޖައްސަންފެށީ!
ޅަބޭ
17 October 2018
ކޮބާތަ ތެޔޮ؟
އިހުމާލް
17 October 2018
ތެޔޮވަޅު ބަލާހިތުން އަދިވެސް މިހިރީ، އެނުފެނުނު، މަނިކުފާނައި ޓީމް ތިޔަވެއްޓުނީ އަނދަވަޅަށް،،