މާލޭގެ މަގެއްގައި އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ. - ފޮޓޯ: މިހާރު
19 އޮކްޓޯބަރ 2018 - 16:41
މާލޭގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މާލޭގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ނަމަވެސް، އެ މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
މާލޭގައި މި ދުވަސްކޮޅު އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފައި ވާތީ، އެކަން ހުއްޓުވުމަށް، ފުލުހުން ވަނީ ހާއްސަ އިސްކަމެއް ދީގެން މީހުން ބަލައި ފާސް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
މި މަހުގެ 11 ވަނަ ދުވަހުގެރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް 14 ވަނީ މަރާލައިފަ އެވެ. އެ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މާގިނަ އިރުތަކެއް ނުވެ ވަނީ ހައްޔަރުކޮށްފަ އެވެ.
ޝައްފާން މަރައިލި ފަހުން ވެސް މާލޭގައި މާރާމާރީތަކެއް ހިނގައި ބައެއް މީހުން ޒަހަމް ކޮށްލާފައިވެ އެވެ. އަދި މާރާމާރީ ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ
20 October 2018
ރައްބީގެ ސަލާމުން ސަލާމްޖަހައިފައި ބުނަން. އޭ މިލޮބުވެތި ދިވެހި ޤައުމުގެ ސިފައިންނާއި, ފުލުހުންނޭ. މި ލޮބުވެތި ޤައުމުގެ ލޮބުވެތި ރައްޔިތުންގެ ހަށިފާރައަށްޓަކައި ޤައުމީ ޢާންމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި މީހުންގެ ފުރާނައިގެ ޙުރުމަތަށްޓަކައި ފުރަތަމަ ފުރަމާލޭ އަދި ހުޅުމާލޭ މަގުތަކުގައި 500 ފޫޓުންނަމަވެސް ފުލުހުންނާއި ސިފައިން ފޯރިމަރާ ދެއްވުން އެދި އާދޭސްކުރަން.
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
20 October 2018
މިކަހަލަޚަބަރު ކިޔާކިޔާ އެއްގޯސްވެއްޖެއެވެ! ޒިންމާދާރުކަމާއިއެކު މިކަންޙައްލުކުރަން އެއްވެސްބަޔަކު ނޫޅެއެވެ. ސަލާމަތީބާރުތައް ތިކަމަށް ޙައްލެއްހޯދަންނޫޅެ، ޙައްލުހޯދަން ރަޢިއްޔަތުންދޫކޮށްލަދެއްވާތާ 2 ހަފުތާތެރޭގައި ތިކަން ޙައްލުކުރާނެކަން ޔަޤީނެވެ!
ޢާސިދާ
19 October 2018
ޚޮކޮބާތަ ފުޅުހުން މިމީހުނަށް ރޭންކާއި މުސާރަ ދިނީމަ ނިނުނީ ހެއްޔޯ ވަރައްގިނަ ބަޔަކު ބުނަމުންދަނީ...މީކޮންދުވަހުން މި މީހުންގެ އައުޓްޕުޓެއް ފެންނާނެ ބަެއްބާ މީހުން ވައްދާވަރުން ކެނޑިނޭޅި ވައްދާކަމަށް ބުނަނީ ..ދުވަހަކުވެސް ބާރު ސްޕީޑެއްގެ މީހަކު ހުއްޓުވާތަން ނުފެނެ އަދި ފާޑު ފާޑު ބަރުގޮނާއި ފާޑުފާޑު ލައިޓް މީހުންގެ ލޮލައް އެޅޭގޮތައް ހަރުކޮށް ހުންނަކަންވެސް ހުދު އަހަރުމެންނަށް ފާހަގަވޭ.. އަދި ކޮބާތޯ ނަނަބަރު ބޯޑް ބޭނުން ފޮންޓަކުން
ސަމާ
19 October 2018
މިގައުމުގަ ފުލުހުންނޭ ކިޔާ ބަޔަކު އެބައުޅޭތަ؟
އައްޑެ
19 October 2018
މި ގައުމުގަ މާރާމާރީ ހިންގަނީ ހަމަ އެއްބަޔަކު. އެބައިމީހުންގެ ވެރިކަމުގަ ހަމަހިމޭން ދުވަސްތަކެއް، ވެރިކަން ދާތީ ހަލަބޮލި ކޮށްލަނީ، އެމީހުންގެ ދަރިން ތިބޭނީ ލޯ ފާރުތެރޭވިއްޔާ. ކޮންމެވެސް ދުވަހެއް މަމެންނަށްވެސް އަންނާނެ، އެދުވަހަކަށް އެމެން އިންތިޒާރު ކުރޭ،،،
މަހަށްދޭދޭ
19 October 2018
ކޮބ ތަމެންގެ ވެރިކަން ކައިރިވާ ވަރަކުން މިފެންނަ ބިރުވެރި ހުވަފެން ތައް ހާދަ ގިނައޭ މަމެން ބުނަން ނެތީމު ދޯ ތމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ...
ޢުދާސް
19 October 2018
ވަކި ބަޔަކު ޤައުމު ހަލަބޮލި ކޮށްލާފި....
ދަތްނެތްކުއްޖާ
19 October 2018
އެއްދޮރުން ވައްދާނެ. އަނެއްދޮރުން ނުކުންނާނެ. ކިހިނަކުން މިވަރުން މިކަން ހުއްޓާނީ. މިކަމުގައި އެއްވެސް ވަރަކަށް އިންޓެލިޖެންސް ރިޕޯރޓް އެއް ނުލިބޭ ދޮތަ!