ޚަބަރު / އީޕީއޭ

ރުއްގަސް ނަގާ މައްސަލަ އީޕީއޭ އިން ތަހުގީގު ކުރަނީ

ދ. އުއްދޫން ރުއް ނަގަނީ: ރުށް ނަގާ މައްސަލަ ތަހްގީގުކުރަން ފަށައިފިން: އީޕީއޭ

ރާއްޖޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ރުއްގަސް ނަގައި ވިއްކުމުގެ މައްސަލަ ފެންމަތި ވުމުން، އެ މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މައްސަލަ ތަހުގީގު ކުރާ ކަން އީޕީއޭ އިން މި ހާމަކުރީ، ގަވާއިދާ ޚިލާފަށް ރުއްގަސް ނަގާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

ގަވާއިދާ ހިލާފާށް ރުއްގަސް ނެގުމާ ގުޅޭ ގޮތުން އީޕީއޭ އިން ކުރި ޓްވީޓް

އީޕީއޭ އިން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބަޔަކު ހިންގަމުންދާ ގޯސްތަކުގެ މައުލޫމާތު، ހާމަކުރަމުން އަންނާތީ، އެ މުއައްސަސާ އިން ވަނީ ރައްޔިތުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ވިއްކުމުގެ މަސައްކަތް ކުރާ މައްސަލަ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްލައިފަ އެވެ. އޭގެތޭރޭގައި ކުނި ގޮނޑަކާއި ކުޑަކުދިންގެ ޕާކެއް ހެދުމުގެ ނަމުގައި ށ. ޅައިމަގުން 500 ރުއް ނެގި މައްސަލަ ހިމެނެ އެވެ.

މި ރަށުން ނެގި ރުށްތައް ވިއްކީ މާލެ އަތޮޅުގައި ހިއްކައިގެން ހަދަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށެވެ.

ރާއްޖޭގެ ރަށްތަކުން ރުއް ނަގައިގެން ބޭރަށް ގެންދަން އުޅޭ ކަން ވެސް ވަނީ ފަޅާ އަރައިފަ އެވެ.

13 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 29%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުއްގަސް ވިއްކާ ފާމެއް

06 December 2018

ރުއްގަސް ވިއްކާ ފާމެއް ހެދުން ބުއްދިވެރި، އަލައްހިއްކާ ރަށްރަށާ، ރުއްގަސްމަދު ތަންތަނާ، ހުސްބިމުގައި އިންދަން ވިއްކިދާނެ!

The name is already taken The name is available. Register?

ދދދދދދދ

01 November 2018

އެއީ ކަންކަން ތަޙްޤީޤުވެސް ކުރާ ބައެއްތަ؟ އަބަދުވެސް ފެންނަނީ ހަމަ ތިބެލާފަ މިވެނި ކަމެއް އެވެނި ކަމެއް މިތަކަށް މިލިއަނުން ޖޫރިމަނާއޭ ބުނެ ލިޔުމެއް ނެރޭ އަޑު. ދުވަހަކުވެސް ކަމެއް ބަލާ ތަޙުގީގެއް ކުރި ބައެއް ނޫން.

The name is already taken The name is available. Register?

މޯޑު.

01 November 2018

އީޕީއޭއަކީ ދޫނިހިފާމީހުން ޖޫރިމަނާ ކުރަން އޮންނަތަނެއް. އެކަމަށް އެމީހުން ފާރަވެސްލާ. ޤައުމީ ދޫނި ކާޅު ގޮވާހެން ރަށްރަށުން ރުއްކޮޅު ކޮށާވާހަކަ ގޮވަންފެށީމަ ބޮލަށް އުންދަގޫވެގެން ކުރާއުސޫލުން ތިކަމެއް ބަލަން ފެށީ ވެސް. ތިތަން އުވާލަން ފެންނަނީ. ތިކަންކުރަން އަމިއްލަ ބަޔަކާ ހަވާލުކުރަން ފެނޭ.

The name is already taken The name is available. Register?

ބަރުޖޯރާ

01 November 2018

ތީ ނަމަކަށް އޮންނަ ކަމެއް ނުވާ ތަނެއް

The name is already taken The name is available. Register?

މޯޑު.

01 November 2018

އީޕީއޭއަކީ ދޫނިހިފާމީހުން ޖޫރިމަނާ ކުރަން އޮންނަތަނެއް. އެކަމަށް އެމީހުން ފާރަވެސްލާ. ޤައުމީ ދޫނި ކާޅު ގޮވާހެން ރަށްރަށުން ރުއްކޮޅު ކޮށާވާހަކަ ގޮވަންފެށީމަ ބޮލަށް އުންދަގޫވެގެން ކުރާއުސޫލުން ތިކަމެއް ބަލަން ފެށީ ވެސް. ތިތަން އުވާލަން ފެންނަނީ. ތިކަންކުރަން އަމިއްލަ ބަޔަކާ ހަވާލުކުރަން ފެނޭ.

The name is already taken The name is available. Register?

ބައޯކަލޯ

01 November 2018

ތިޔަ އީޕީއޭ ގައި އުޅޭ އިބްރާހިމް ނަޢީމްއަށް ދެލޯ މެރި ހުޅުވޭ ސޮރެއް.......

The name is already taken The name is available. Register?

އައްޑޫ ރަދުން

31 October 2018

މިއީ އަރަތެއް ދޯ...ބޮޑު މުސާރަ ކައިގެން ބޮޑެތި އޮފިސްތައް ހަދައިގެން ތިބޭ މީހުންނަށް މިވަރުކަންތައް ހިގަމުންދާއިރު ނުވެސް ރޭކާލާ.މިމީހުންނަށް ވެސް މިވާވަރަކީ.އަހަރުމެންނެކޭ އެއްގޮތަށް މިމީހުންވެސް "މިހާރު" ބުނީމަ މިއެނގެނީ

The name is already taken The name is available. Register?

ހިތާދޫ ފޮށާ

31 October 2018

2020އަށް ތި ތަހުގީގު ނިމިއްޖިއްޔާ ރަގަނޅު.

The name is already taken The name is available. Register?

ޙުސްއަނި

31 October 2018

ސާބަހޭ ހޭވެރިކަންވީ އަދި ކިރިޔާތަ.ނޫނީ ކުރިން ހަމަ އެއްޗެއް ބުނެވެން ނެތީތަ.؟ އެމީހަކާ އެމީހެއް. ތަފާތު އަޑުއަޑު އިވޭ އެބަ.

The name is already taken The name is available. Register?

ފާނު

31 October 2018

ބުރިޖު ހެދުމަށް ގެނައި ބިޔަ ދަގަނޑު ހޮޅިތައް ފަރުތައް މަތީ ބެހެއްޓި މައްސަލަވެސް ބަލަންޖެހޭ... ހުރިހާ މައްސަލައެއްވެސް އެއްތަރާދަކުން ކިރަންޖެހޭ... ތިމާވެށި ރައްކާތެރިކުމަށް މުހިންމު ކަމެއްކަމަށް ދެކެން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454