ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން. --- ފޮޓޯ: މިހާރު
18 ނޮވެމްބަރ 2018 - 09:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ބަލިވެ އުޅުއްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި، އެތައް ހާސް ބަޔަކު އެއްވި ރަސްމިއްޔާތަކީ އަސްލު ރައްޔިތުންގެ މަޖިލިހުގެ ރަސްމީ ޖަލްސާއެކެވެ. މި އަހަރުގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި 60 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ތިއްބެވި އެވެ.
އެކަމަކު ޕީޕިީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނެތުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޖަލްސާއަށް ވަޑައިނުގެންނެވުނީ ބަލިވެއުޅުއްވާތީ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވައި ވިދާޅުވި ގޮތުގައި އޭނާ ނޫނަސް އެ ޖަލްސާއަށް ވަޑައިނުގަންނަވާ އެހެން މެމްބަރުން ވެސް ތިއްބެވި އެވެ.
ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ނިހާން، އިއްޔެގެ ރަސްމިއްޔާތުން ނުފެނުނު ނަމަވެސް ގިނަ ބަޔަކަށް ހައިރާން ކަން ލިބުނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް ވަޑައިގަތުމުންނެވެ. މަޖިލިހުގެ ރައީސްކަމުން މަސީހު ބޭރުކުރަން މިހާރު ސަރުކާރުގެ މެމްބަރުން އެކަމަކު އޭރުގެ އިދިކޮޅު ފަރާތްތަކުން، އިތުބާރު ނެތްކަމުގެ މައްސަލަ ތިން ބުރަކަށް ވެއްދި އެވެ. އެންމެ ފަހުން އިސްތިއުފާ ދެއްވީ، ވޯޓަށް އެހުމުގެ ޖަލްސާގެ ކުރިންނެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ވަޒީރު، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަން
19 November 2018
ދެން ތިނޫންވަރެއް ނުވާނެ، ޖަލުގެ އަނދިރި ތޭރިތަކުގެ ތެރޭގައި ބަންދުވަންދެންވެސް ތިޙާލެއްގަ އުޅެން ޖެހޭނީ، ތީ މިހާރު މިޤައުމުގައި ހައްޕުނޑު، އެންމެހައި ރައްޔިތުން ވެގެން ތިއޮތީ ފިސާރިބާރަކަށް ފޮޅާލާފަ،
ހަނީ
19 November 2018
ބަލަގަ ހުވާކުރާ ރަސްމިއްޔާތަކީ މަޖުލިސް ޖަލްސާއެއް، މެންބަރުން ހާޒިރީގައި ސޮއި ވެސް ކުރަން ޖެހޭނެ
ީސަނާ
19 November 2018
ޜަސްމި ޖަލްސާތަކަށްވެސް ނުގޮސް މުސާރަ ނަައިގެންގޭގަ ތިބެނީ ދެން ތިޔަ ހުވާކުރާ ޖަލްސާ އަށް ނުދިޔައްޔާ ވާނީ ކީއްތަ މިހީވަނީ މިޖަލް ސާއަކަށް ނުދާ މީހަކު ފާފަވެރި ވަނީހެން އަދި ކަނދެއްކުމުގެ ގޮތުން ކުރާ ކަންތަކުގަ ބައިވެރި ނުވިއްޔާ ރަގަޅީވެސް ކައިވެނީގެ ހަފްލާއަށް ދިއު މަކީވެސް ސުންނަތެއް ކަމަށްވަނީ އެކަމަކު އެކަމުގަ އިސްރާފާކަންދެއްކުން ނުވާނަމަ ތިޔަ ޖަލްސާއަކީ އިސްރާފާ ކަންދެއްކުމަށްކުރި ކަމެއް 1ގަޑިއިރުގެ ކަމަކަށް 17މިލިއަން ރުފިޔާ ޚަރަދު ކުރީ
ބީފާނު-
18 November 2018
އިންތިޚާބުން ބަލިވެއުޅޭތީ
ސްޓޭޑިއަމް
18 November 2018
ދިޔަނަމަ އިތުރައް ބަލިވީސް..ލޮލް.. ^_^
ސްވެކާ
18 November 2018
ދޮގެއް އޮތިއްޔާ ހަދާތި
ލޯންޗުކޮޅު
18 November 2018
ރައީސް ޔާމީންގެ ދެކަނބަލުން ހައްޖުން އެނބުރި މާލެވަޑައިގަތް ދުވަހު އަދީބުވެސް ބުނީ ތިހެން.
ރޮބިން
18 November 2018
އިބޫ ހުވާކުރުމުގެ ޖަލްސާއަށް ދައުވަތު ލިބުނަސް ދިއުމާ ނުދިއުން އެކަން ނިންމާނީ އެމީހަކު މާބޮޑައް ޒާތިވެގެން އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅެނީ
ސާފުކޮށްލަދިނީ
18 November 2018
މިދައްކަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ފަސްއަހަރުން އެއްއަހަރު އޮންނަ އެންމެމުހިންމު ޖަލްސާއަށް ހާޒިރުވެފައިނުވާތީ އެވާހަކަ. އާންމު ރައްޔިތަކު ޖަލްސާއަށް ނުގޮސްގެން އެވާހަކައެއްނޫން!
ކިއްލިބާޝާ
18 November 2018
ހައްގުތައް ގެއްލުނީމަޔޯ ރައީސް ނުދިޔައީ. ނިހާނުވެސް ނުދިޔައީ ނިހާނުގެ ހައްގުތައް ގެއްލުނީމައެއްނޫންތަ؟
ޔާރާ
18 November 2018
ދެން މީނަ ދިޔަތޯ ނުދޭތޯ ކީއްވެތޯ ބަލާކަށް ބޭނުމެއް ނޫން. މިމީހުންނަށްވެސް އަމާނާތްތެރިކޮށް އަދި އިޚްލާސްތެރިކޮށް މިކަން ކުރަން ފުރުސަތު އޮތް އެކަމަކު ހެދީ ކިހިނެއް؟ އަނެއްކާވެސް ސޭޓު މިކަމުގެ ތެރެއަށް ވަންނަންވެސް ފުރުސަތު ލިބުނީ އެންމެ ފަހުން. މީ ހަމަ ބޮޑުތަނުން ފޭލުވެފަ ތިބި ބައިގަނޑެއް!