27 ނޮވެމްބަރ 2018 - 19:46
ރާއްޖެ އާއި އިންޑިއާ އިން، އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި، އިންޑިއާގައި މިހާރު ހުންނެވި ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިސާގެ އާ އެއްބަސްވުމުގައި ސޮއިކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ކަމަށެވެ. ރައީސް، އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ.
"އޭގެ [ވިސާގެ އާ އެއްބަސްވުމުގެ] ސަބަބުން، އިންޑިއާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ،" ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
A new visa agreement between Maldives and India will be signed during the upcoming State visit of President Solih. It will ease the current difficulties faced by parents and guardians of Maldivian students studying in India and Maldivians who travel to India for medical treatment
— Abdulla Shahid 🎈 (@abdulla_shahid) November 27, 2018
ޝާހިދު، އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މިއަދުގެ ބައްދަލުވުމުގައި ވިސާގެ ކަންތަކާ ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާ ދަތުރުގައި، ސުޝްމާއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އުފާވެރިކަމާއި ހިތްހަމަޖެހުން، އެ މަޝްވަރާތަކުން ފާހަގަކުރެއްވުނު ކަމަށެވެ. ނަމަވެސް ސުޝްމާއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލެއް މިނިސްޓަރު އޭރު ނުދެއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫނިގަޑު.
28 November 2018
މަލިކު އަތުލިހެން ދިވެހިރާއްޖެ އަތުލުމަށް ފެންބޮވައިގެންފާ ތިބި ބަޔަކަށް އެކަމަށް މަގު ފަހި ވާގޮތައް އެއްވެސް ވާހަކައެއް ދައްކާފިނަމަ އެކަމުގެ ހިތި ނަތީޖާއާއި ކުރިމަތި ލަންޖެހޭނެ، ފޮރިން މިނިސްޓަރުކަންލިބުނީމާ ވާނުވާނޭގިގެން ނޫޅުމަށް ގޮވާލަން.
ބަޖޫ
28 November 2018
ގައުމުގެ ރައްޔިތުންނަށް ރަނގަޅުވާނެ ކަމެއްވީޔާ ކުރަންވީ. ކޮންމެހެން އިންޑިޔާ އެއް ޗައިނާއެއް އިގިރޭސިވިލާތެއް ބަލާކަށް ނުޖެހޭ.
ހޮޓްކިންގ
28 November 2018
އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނީ ޝާހިދަށާއި ބައިވެރިންނަށް. ދިވެހިރައްޔިތުންނަށް ތިޔަ އިންޑިއާއިން ލިބޭނެ އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތް. ގައުމަށްވެސް ލިބޭނީ ގެއްލުން. އުޅެންޖެހޭނީ އިންޑިއާގެ އަޅުވެތިކަމުގައި.
ޏ. ސިޓީ
28 November 2018
މާދަމާ މި އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރު ބަދަލްވީމަ ކިހިނެއްތޯ ތި އެއްބަސް ވުމަށްވާނީ... ކަލޭމެން މިހާރުވެސް ފެއިލްވެއްޖެ. އަހަރެމެން ވޯޓުދިނީކީ ކަލޭމެން ހިތަށްއެރިހާ ގޮތަކަށް ކަންތަށް ކުރާކަށެއް ނޫންކަން ހަނދާން ކުރާތި. ޟާހިދުގެ އިސްތިއުފާ އަށް ގޮވަން ފަށާ.
ސޯބު
28 November 2018
ތީ ހިތްޕުޅާނުވެއްޖާ އެއްބަސްވުމަކަށް ބަލާ ބައެއްނޫން.
ބަނާނާ ޕްރެޒިޑެންޓް
28 November 2018
މިގޮތަށް އެއްބަސްވާ އެއްބަސްވުންތަކުގައި ހުންނަ ކަންކަން ރައްޔިތުންނަށް ހާމަކުރަން އެބަޖެހޭ. ޤައުމީ ސަލާމަތާގުޅޭ ކަންކަން ފިޔަވާ އެހެންކަންކަން ހާމަކުރެވެންވާނެ. ދިވެހިންނަށް ވިސާގެ ލުއިދޭއިރު އިންޑިއާއަށް ލިބެނީ ކޯންޗެއްތޯ. އެހެންނޫނީ އަޑިއަޑިން ޤައުމު ވިއްކާވެސް ލެވިދާނެ.
ވާނުވާ
28 November 2018
ވިސާގެ ކަންކަމުގައި ދިވެހިންނަށް ދުއްޕާންޖެއްސީ ހަމަ އެމްޑީޕީގެ އެދުމުންފޯވެފަތިބި ބައެއް ވެރިންވެގެން އިންޑިޔާއާއި ގުޅިހެން.....މިބައިމީހުން ނިކަންމޮޅުވާނެ ޑްރާމާ ކުޅެން....މިހާރު އަނެއްކާ މިއުޅެނީ ފަސޭހަ ކޮށްދޭކިޔައިގެން ކިހނެއް ހަދަންބާ....ނޭޕާލަށް ވިސާ ފްރީ ކުރިހެން ދިވެހިންނަށް ވިސާ ފްރީ ކޮށްފަ އިންޑިޔާގެ ސިފައިންނަށް ނޭޕާލްމީހުނަށް ވަދެވޭއުސޫލުން ދިވެހިންނަށް ފުރުސަތު ހުޅުބާލަންބާ....އަޅުވެތިކަމާ ވަރަށްގާތް
ފަޅުވެރިން
27 November 2018
އެއްބަސްވުން ކިތަންމެ ވަރަކަށް ހެދިއަސް ދެން ދިވެހިން އިންޑިއާއަށް އެނބުރި ނުދާނެ! ރައީސް ޔާމީން ގެންނެވި ތަރައްޤީގައި މިހާރު މާލެ، ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެތައް ރަށެއް ވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި! ބޭރު ޚިޔާރު ކުރާ ދިވެހިންވެސް ދެން ދާނީ މެލޭޝިއާ ފަދަ ތަންތަނަށް! އިންޑިއާގެ ބޭނުމެއް ދިވެހިންނަކަށް މިހާރަކު ނެތް! އެމީހުންގެ ކެހިވެރިކަން ދިވެހިންނަށް ވަރަށް ރަނގަޅަށް މިހާރު ދަސްވެއްޖެ!!
ބޯގޯސި
27 November 2018
ކުރީގަ ހާއްސަ އެއްބަސްވުމެއް ނެތި ތިކަން އައީ ފަސޭހަކޮށް ވަމުން. ދެން އެމީހުން ޖެއްސުމަކަށް އިންޑިޔާގައި ތިބި ހުރިހާ ދިވެހި އާއިލާތަކަށް ވިސާ ދިނުން ހުއްޓާލީ. ދެން އޯކެ؟؟ ތީގެ ބަދަލުގައި މިތާ މިއުޅޭ އިންޑިޔާ ސިފައިނާއި ވަޒީފާވެރިންގެ އާއިލާތަކަށް ޕާމަނެންޓް ރެސިޑެންސް ދެނީތޯ؟؟
ދފަސދފަސދ ފ
27 November 2018
ތީ ފޭކް ބަޔެއް އަމިއްލަ އެދުމާއިގެން ފޯވެފަ. ކިހިނެތްބާ ތިކަން ނިމޭނީ ....