އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ރިސޯޓު. --- ފޮޓޯ: މިހާރު
05 ޑިސެމްބަރ 2018 - 14:07
ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑްކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ 41 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އަދި އެ ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ. މި ބިލް ބޭރުކޮށްލީ ސަރުކާރު ކޯލިޝަންގެ މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ޕީޕީއެމުން އިސްވެ، ޓޫރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ބިޑް ކުރުމެއް ނެތި ދެވޭ ގޮތް ހަދައިފަ އެވެ. އޭރު އެ އިސްލާހަށް، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކި އެވެ.
ރިފާއު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑަޅައި އުސޫލުތަކެއް މަތިން ކަމަށެވެ. އަދި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށް އިސްލާހުގައިވެ އެވެ.
ރިފާއު ވިދާޅުވި ގޮތުގައި، މިހާރު އޮތް އޫސުލަކީ ކޮރަޕްޝަނަށް މަގުފަހިވާނެ އެތައް ކަމެއް ކުރެވިދާނެ އުސޫލެކެވެ. އަދި އުސޫލާ މެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިފާއުގެ އިސްލާހުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ރަށެއް، ބިމެއް، އަދި ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ ރައްޔިތުންނަށް މަންފާ ކުރާނެ އުސޫލެއް ނޫނެވެ.
ޕީޕީއެމްގެ އަޣުލަބިއްޔަތު ކުރިން އޮތް މަޖިލީހުން، ބިޑްނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސްވެރިން ކުރިން ވިދާޅުވީ ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ދޫކުރާ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށާއި އެ މޮޑެލް ދޫކޮށްލަންޖެހޭ ކަމަށެވެ.
ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭރު އަމާޒުވި އެވެ. އެމީހުން ދެކޭ ގޮތުގައި، ޓޫރިޒަމްގެ ގާނޫނަށް އެ އިސްލާހު ގެނައީ ގާނޫނު އަސާސީއާ ހިލާފަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރީ
08 December 2018
މަޖާ ބަޔެކޭ ބޮޗޭމެންމީ. ކުޅޭ ކުޅިވަރެއްތަ؟
2020 ތަޞައްވަރު
06 December 2018
ތިބޭރުކޮށްލާނެ ކަން މާކުރިންވެސް އެނގޭ! ތިއިއްޒަތްތެރިންނަކީ ހަމަ އަމިއްލަ ފައިދާއަށް އުޅުއްވާ ޕަޕެޓުން، ކޮންމެ ބޭފުޅަކަށް ރަށެއްދޭން ހުށަހަޅާބަލަ، ފާސްކޮށްލާނެ، ހަމަޔަޤީން! ތިބިލް ބަލައިގަންނާނީ އަދި ފާސްވާނީ ވެރިކަންކުރާ ޕާޓީއަށް މަޖިލިސް މެޖޯރިޓީ ގެއްލި އަދި ނަޒާހަތްތެރިކަންހުރި މެންބަރުންކޮޅެއް ހޮވުނު ދުވަހަކުން، ނަގޫނުފިތި ތިބެވޭ ދުވަހަކުން! މީހަޤީޤަތް! ނޫންނަމަ ފުރަތަމަ ބާތިލްކުރީހީ ފަރަންޖީންނަށް މިފަސްގަނޑުން ބިންގަނެ މިލްކު ކުރެވޭ ބިލް!
ޖުނައިދު
06 December 2018
ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑްކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު މާކުރިންވެސް އިނގޭ ބޭރުކޮށްލާނެކަން. ތިކަންކަމަކީ ގާސިމްއާއި އާއި ގުޅުންހުރިކަންތައްތައް.
ބެރިންމަދޫ ކުޑޭ
06 December 2018
އެއްވެސް ޕާރޓީ އަކުން ބޭނުމެއް ނުވޭ ތިމާމެން ވެރިކަމުގައި ތިބޭ ދުވަސްތަކުގައި ވައްކަން ނުކުރެވޭނެ ގޮތައް ގާނޫނެއް ނުވަތަ ގަވައިދެއް ހަދާކައް. ހާއްސަކޮއް އެމްޑީޕީ އަދި ޕީޕީއެމް ( ޔާމީން ) މި ދެބައި މީހުން ފާަހަގ ކުރެވޭ އަމިއްލަ އެދުން ބޮޑު ގައުމު ދަވާލުމައް ވީަހާ އަވަސް ގޮތަކުން މި ދެބައިމީހުން ބޭނުންވަނޫ .. ދެން ހުރީ ސޭޓް މީޏަބޭނުން ހުރިހާ ފަޅަކާ ފަޅުރަށެއް އަދި އެއަރޕޯރޓެއް ބިޑް ކުރުމެއް ނެތި ލާރިވެސް ދައްކަން ނުޖެހޭ ގޮތައް މީނައަށް ލިބޭން..
ާބިތުފަންގެ
06 December 2018
އެއް ބައެއްގެ ކިބައިގަވެސް އިޚްލާޞްތެރިކަމެއް ނެތް. ވެރިކަން ލިބުނީމަ ބޭނުން ގޮތެއް ހަދަނީ.
ކަދުރޭ2
06 December 2018
އިޚްލާސްތެރިކަމުގެ ޓެސްޓެއް. ވީ ފެއިލް.
ހުސްއެކައްޗެއް
06 December 2018
އޭރު ބުނި ބިޑްނުކޮށް ދީފަ ހުރި ތަންތަން އަތުލާނަމޭވެސް. އޭރު އެހެންވެސް ބުނި. މިހެންވެސް ބުނި.
މުކޮސް
06 December 2018
މިއޮތީވާ މަޖިލިހެއް! ވިޔަފާރިވެރިންނާ މަހުޖަނުން އެބަޖެހޭ މަޖިލިހުން ބޭރުކުރަން. އަމިއްލަ އެދުމައިގެން ތެމިފޯވެފަ!
އިޔާޒު
06 December 2018
ރައްޔިތުން ނަށް މިވާނުވާ ދަސްވާނީ ކޮންއިރަކުން ބާ،،،،ހަމަ މަޖުލިސްއިންތިޙާބުގައި މިއިއްޒަތެރި ބޭފުޅުންނަށް ވޯޓްހަމަދޭނަންތޯ....ޕާޓީލޯބި، ތިޔަވިދާޅުވާ މާމޮޅުފިކުރެއްގަ ޖެހިތިޔަބައިމީހުން ތިޔަ އަވަދިވަނީ
ހުސްފޭކުމީހުން
06 December 2018
އިންޓަގުރިޓީ އައިމެދު ސުވާލުއުފެދޭ، އަމިއްލައެދުން، އަމިއްލަމަސްލަހަތު ކުރިޔަށްނެރޭކަން އަނެއްކާވެސް ސާބިތުމިވީ، ރައީސްމީހާއެދޭޮތްކަމަށްވާނީ ހަނުހުރިހާދުވަހަކު، ޕަޕޭޓްކިޔާފަ އަބަދު ފޭސްބުކުގަ ކުރީގަކޮމެންޓްކުރިބޭފުޅުން ހަނުގަތިބީކީއްވެ