ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ، --. ފޮޓޯ: ނިޝާން އަލީ
18 ޑިސެމްބަރ 2018 - 10:19
އޮޅުވާލައިގެން މެމްބަޝިޕް ފޯމު ހުށަހަޅާ މީހުން ޕްރައިމަރީއަށް ކުރިމަތިލައި ވޯޓުގައި ބައިވެރިވުން ހުއްޓުވާނެ ކަމަށް އެމްޑީޕީން މިއަދު ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީ އަށް ވަނުމަށް އެދި ގިނަ އަދަދެއްގެ ފޯމު އެ ޕާޓީގެ އޮފީހާ ވަނީ ހަވާލުކޮށްފަ އެވެ. އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދި މިހާތަނަށް 35،000 އަށްވުރެ ގިނަ ފޯމް ހުށަހެޅިއިރު، ގިނަ ބަޔަކު ފޯމް ފުރަނީ ޕްރައިމަރީގައި ވާދަކުރާ މީހުން މެދުވެރިކޮށެވެ. އަދި އަލަށް އެމްޑީޕީއާ ގުޅޭ މީހުންގެ ފޯމްތައް ޕާޓީގެ އޮފީހާ ހަވާލުކުރަނީ ވެސް ޕްރައިމަރީގައި ވާދަކުރާ މީހުންނެވެ.
ނ. ކެނދިކުޅުދޫން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގެ ނުވަ މީހެއްގެ ފޯމު ލާފައި އޮތީ އެމީހުންނަށް ނޭނގި ކަމަށެވެ. އަދި އެއީ ސައްހަ ވާހަކައެއް ކަން ކަށަވަރުވުމާއެކު، ޕްރައިމަރީގެ ވޯޓު ލިސްޓުން އެމީހުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި މި އަމަލު ހިންގި މީހެއް މިހާތަނަށް އަދި ކަށަވަރުކުރެވިފައި ނެތް ކަމަށެވެ. އެކަމަކު، މި އަމަލަކީ ގާނޫނޫލްއުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތަކުގެ ކުށާއި، އެ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލު ގެނައުމުގެ ކުށަށް ފެތޭ ޖަރީމާއެއް ކަމަށް އެމްޑީޕީން ބުންޏެވެ. އެހެންވެ، މިފަދަ އަމަލެއް ހިންގީ އެމްޑީޕީ މެމްބަރެއްކަން ކަށަވަރު ކުރެވިއްޖެނަމަ، ޕްރައިމަރީއަށް ކުރިމަތިލުމާއި ވޯޓުގައި ބައިވެރިވުން މަނާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރަން ނިންމައިފަ އެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 18 ގަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާ އިރު، އިންތިޚާބުގައި ކުރިމަތިލާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަދައިތަ
18 December 2018
މިޢަމަލުހިންގިމީހެއްނޭންގެ ދެންހާދަހެއްވައޭ ތީއެކަމަކު ދަވްލަތުންޚަރަދުކޮއްގެން ހިންގާޕާޓީއެއްދޯ ސެކްރެޓްރީޖަނަރަލްއަކުވެސްހުރޭ އިދާރީމުއައްޒިފުންވެސްތިބޭ އެކަމަކުވެސްފޯމްތައްބަލައިގަންއިރު ނޭންގުނު ބަލައިގަނެވުނީކާކުގެނައި ފޯމްތަކެއްކަން އޮޅުވާލަންއުޅުނަސް ތީދެންބޮޑުވަރެއް
ޣާސިމު
18 December 2018
ކުޑަރިކިލުމީހުންވެސް އެބަތިބި އެމްޑީޕީއައް ފޯމުނުފުރަނީސް ވައްދާފ
ޙައިސަމް
18 December 2018
އެމް.ޑީޕީ ޕުރައިމަރީގައި ވޯޓް ލުމަށް އެކި ޕާޓީގެ މީހުން ވެއްދި، އެމީހުން ޕުރައިމަރީގައި ވޯޓް ދީފައި ޕާޓީއިން ކެނޑޭ ގޮތަށް
އިއްސޭ
18 December 2018
އިމާދޫ ސޯލިހް ވެސް ވަރަކަށް އެބަ ފޯމް ފުރާ. 299 ވޯޓް މަޖިލިސްގައި ނުލިބޭ މީހަކު އެމްޑީޕީއަށް 348 ފޯމް ހުށައެޅި ކަމަށް ބުނީމާ ދެން ސުވާކލު އުފެދޭ
ބަންކޭލާ
18 December 2018
އައްޑޫ މީދޫ ދާއިރާ، ސ.މީދޫ ގެ ގިނަ ޕީޕީއެމް މީހުން ތިބި މިހާރު އެމް.ޑީޕީ ދަފްތަރުގައި.
ސައީދު ޢަބޫބަކުރު
18 December 2018
އީސީ ދަފުތަރުގަ ނެތްމީހުންވޯޓުލާނަމަ ތިޓިކޭތުތައްލިބޭނި ޕީޕީއެމް އިން އެމްޑީޕީއައްޓިކެޓުހޯދަން ވަންމީހުނައް އަންނި ބޯގަމާރީ
އިސްމާލި
18 December 2018
މި ވާ ގޮތަކީ، އަންނި ބޭނުންވާ މީހުން ނޫން މީހުން ޕްރައިމަރީގައި ވާދަކޮށް ކުރި ހޯދާފާނެކަމަށް ފެންނާތީ ކޮންމެވެސް ގޮތަކުން އެފަދަ ބައެއްގެ ވޯޓުތައް ފޮއްޓާ ދުރުކުރެވޭތޯ މި އުޅެނީ. ބޭނުމަކީ ޕާޓީތެރޭގައާއި މަޖްލިސް ތެރޭގައި އަންނި ބޭނުން ގޮތަކަށް އެނބުރޭނޭ މީހުން ގިނަކުރުން. މިކަމަށް ބާރުލިބިދޭ ހެއްކަކީ ޕްރައިމަރީގައި ވާދަކުރަން އިއުލާނުކުރި ކިތައްމެ ފަރާތަކަށް ގުޅައި ނަން ނެގުމަށް އަންގާފައިވުން.
ބޭރު
18 December 2018
ބަލަން ތިބެމާ ހިނގާށެވެ. މި ފަހަރު އެމްޑީޕީއަށް ރަގަޅު ލަނޑެއް ލިބޭނެއެވެ.
ކައްމަތިން
18 December 2018
އެމްޑީޕީގެ ސައިޒު 40000- 50000. ޢީސީގެ އަށް
ކަރީމުއްދީން ބާޝާ
18 December 2018
އޮޅުވާލާމީހުންނަށް ދޯ އޮޅުވާލުމުގެ ވައްޓަފާޅިވެސް އިނގޭނީ.