ކުރީގެ ރައީސް ޔާމީން.--ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ފެބުރުއަރީ 2019 - 23:37
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ މާލީ މަންފާ ލިބޭގޮތަށް ބޭނުންކުރައްވާފައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ތަހުގީގުކުރުމަށްފަހު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދެއްކުމަށް އެމަނިކުފާނަށް އެންގި ކަމަށެވެ.
ނަމަވެސް އެ އެންގުމާ ހިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެއް މިލިއަން ޑޮލަރު ދައުރުކޮށް މުއާމަލާތްކޮށްގެން ބޭނުންކޮށްފައި ވަނީ މާލީ މަންފާ ލިބޭގޮތަށް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން ވަނީ އެ އެއް މިލިއަން ޑޮލަރާ ގުޅުވައިގެން ދައުލަތުގެ އިދާރާތްތަކަށް ދޮގު މައުލޫމާތު ދެއްވައިފަ އެވެ. އެހެންވެ އެކަމާ ގުޅިގެން މީގެ ކުރިން ފުލުހަށް ހާޒިރުކުރުވުމަށް ފަހު މިއަދު ވަނީ އެ މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރުމާއި އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ޔާމީން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރާށެވެ. އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭތީ އާޒިމާގެ މައްޗަށް ވެސް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވެ އެވެ.
އާޒިމާގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެވެ.
އެސްއޯއެފުން ޔާމީނަށް ފައިސާ ޖަމާކުރުމުގެ ތަހުގީގު އޭސީސީން ނިންމައި 2017 ގައި މައްސަލަ ފައިލްކުރުމާއެކު އެމަނިކުފާނު ވަނީ އެ އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކުގައި ހުޅުވި އެކައުންޓް، އިންވެސްޓްމަންޓް އެކައުންޓަށް ބަދަލުކުރައްވައިފަ އެވެ.
އިސްލާމިކް ބޭންކުގައި ހުޅުވާ އިންވެސްޓްމެންޓް އެކައުންޓްގައި ހަމަޖެހިފައި އޮންނަ ގޮތުން، އެ އެކައުންޓެއްގައި ހުންނަ ފައިސާ އިން ބޭންކަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ އެވެ. އަދި އެ މުއާމަލާތްތަކުން ލިބޭ ފައިދާ ބައި އަޅާނީ އެކައުންޓުގެ ވެރިފަރާތާއި ބޭންކަށެވެ. ކޮންމެ އަހަރަކު ފައިދާ ލިބޭ ގޮތަށް ވެސް އެކައުންޓް ހުޅުވެ އެވެ. އެކަމަކު، ޔާމީން އެކައުންޓް ހުޅުވީ، އެނގިފައިވާ ގޮތުގައި، ތިން އަހަރުން ފައިދާ ޖަމަވާ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
07 February 2019
ޔާމީނު ތިހިރީ މިހާރު ރަނގަޅަށް ކޯނަރ ކުރެވިފައި. ޔާމީނަކަށް މިރާއްޖޭގެ ސިޔާސީ ދާއިރާއިން ޖާގައެއް ނެތް. ޖާގަ އޮތީ މާފުށީ ޖަލުން. ދެން ލަލަލާ.
އިސެެރ
07 February 2019
މި ސަރުކާރުން ޔާމީނުގެ މައްޗަށް މިއަށްވުރެ ސާފް ދައުވާއެއް ނުކުރައްވަނީ ކީއްވެތޯއެވެ؟ ގައިމު ކެމްޕޭންގައި ޔާމީނު ނުކުރާ ވައްކަމެއް ނެތޯލައެވެ. ވީއިރު މިހައި ސާފްނޫން ކަމަކަށް ދައުވާކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށެވެ
އެޑަމް
07 February 2019
އެމްއެމްޕީއާރުސީގެފައިސާ މަޖުލިސްގެމެމްބަރުންވެސް ބޭނުން ކޮއްފާވާކަމައް ޔާމީންވަނީވިދާޅުވެފައެވެ.ވީމާރައީސްސޯލިހު ރައްޔިތުންގެޙައްގުހޯދަދޭންވެރިކަމައްވަޑައިގެންނެވިނަމަޖުލިސްއިންތިޚާބުގެކުރިން މިމަސްއަލަބަލާފިޔަވަޅުއަޅަންޖެހޭ އެހެންނޫނީމިމީހުންހޮވިއްޖެނަމަސަރުކާރުހިންގާޕާޓީއާގުޅިގެންކުށުގެމައްޗައްފަސްއަޅާނެކަމީ ހުވާކަށަވަރުކަމެއް މިހާރުވެސްމަސްއަލަބެލިއަނުދީ މިހެންއުޅޭތާ10 އަހަރައްވުރެގިނަދުވަސްވީ މެމްބަރުންއެބަތިބިދެންވެސްވާނީއެހެން މިފަހަރުރައްޔިތުން ވޯޓުދިނީއެމްޑީޕީ ވެގެނެއްނަޫން ރައީސްސޯލިހު މިވައްކަންތައްބަލާދިނުމާ އިންސާފުގާއިމުކޮއްދިނުމައްވީވަޢުދައްއިތުބާރުކޮއްގެން؛
ގައިންދިޔާދޯ
07 February 2019
ޔާމީން ވަނީ އެމްއެމްޕީއާރުސީ ފައިސާގެ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިތޭ އެހެންތޭ ދެން އެމްޑީޕީގެ ފަރާތުން މަޖްލީހަށް ކުރިމަތިލާފައިވާ އެންމެން ވެސް އެއިރު ބްރޯ އަތުން މަންފާ ލިބޭ ގޮތަށް ހޯދި ފައިސާގެ ވާހަކަ އަކީ ކޮބައިތޭ އެވާހަކަ ނުދައްކަނީ ކިއެއްވެތޭ ތަމެން އެވާހަކަ ނުދައްކަނީ އެއީ ކިއެއްވެތޭ އެއީ މަމެން ހިތުގައި އުފެދޭ ސުވާލެކޭ ބުނަން މަމެން ނެތީމޭ ތަމެންގެ ވެރިކަމުގައި ކަމެއް ކޮށް ނުދެވޭތީވެ ތަމެން ތިޔާ ތިބީ އަބަހައްދަވެ ގައިންގޮސްފައޭ..
ޝަހީދު
07 February 2019
ޔާމީންގެ ޤާނޫނީ ޓީމުން ނެރުއްވި ބަޔާނާއި ފުލުހުން ނެރުއްވި ބަޔާނުގައި ހުރި ތަފާތު ފެނެއެވެ. ފުލުހުން ނެރުނު ނޫސްބަޔާނުން އެއްވެސް އޮޅުމެއް ނެތި އެނގޭ ގޮތުގައި، ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގައި ޝަރުޢީ ކޯޓަކުން ގޮތެއް ކަނޑަނާޅަނީސް، މިވަނީ މަނީލޯންޑަރ ކުރުމަށް އެހީތެރިވެދިން ކަމަށް ބުނެ ޙަޤީގަތެއް ނެތް ދަޢުވާއެއް ކޮށްފަކަން އެބަޔާން ކިޔާލި ކޮންމެ ބޭފުޅަކަށް ސާފުވާނެއެވެ.
މިސްރާބު
07 February 2019
ޚިޔާނާތް ވިމިހެއް ވެސް ނޭގޭ. އެ ފައިސާ އެސްއޯއެފް އަ ދިން މިހެއްވެސް ނޭގޭ. އެސްއޯއެފް އިން ޔާމިނަށް ދިން ސަބަބެއް ވެސް ނޭގެ. އެ ހުރިހާކަމެއް ވެސް މުހިއްމެއް ނޫން. މިތާ ހިނގި ހަމައެކަނި ގޯހަކީ ޔާމިނު އެކައުންޓަށް ކޮންމެވެސް ގޮތަކުން ވަން ލާރިން 'މަންފާ' ހޯދި މައްސަލަ. ބޮޑު އަރަތެއް އަދި ބޮޑު ޖޯކެއް!
ލީޒާ
07 February 2019
އެސްއޯއެފްއަކީ ކުރީގަވެސް ވިޔަފާރި ކުންފުންޏެއް. އެހެންވީމަ ކިހިނެތް ބުނެވޭނީ އެއީ އެމްއެމްޕީއާރުސީގެ ލާރިއޭ. އެ ފައިސާގަ އެހެންލިޔެފަ ހުރި ނަމަތާދޯ
ރީތި މޫސަ
07 February 2019
އަވަސްކުރޭ އެހެންނޫނީ މަޖުލީސް އިންތިޚާބުގަ އެމްޑީޕީ ފެއިންވެދާނެ އަދި އާޒިމާ ސަލާމަތުންހުރެއްޖިއްޔާ ވަކާލާތުކޮށްގެން ސަލާމަތްކޮށްފާނެ
މާގިނައިންނުދުފާތިއެކަކުވެސް
07 February 2019
އަނހަ، ފައިސާގެވާހަކައޭ މިދެކެވެނީ، ފައިސާފޮއްޗެއް ލިބެން އޮތިއްޔާ އެއެއް މިއެއް ނުބަލާނެތާ؟ ހުދު އަނބިމީހާވެސް ނާހާނެއޭ ކިހިނެތް ހޯދި އެއްޗެއްތޯ.
ރަދީފުގެ ދަރި ކުމާރު
07 February 2019
ކޮބާ އަދީބު ހޯދިމަންފާތައް. އަދި ހީނުވޭ ބައިރުފިޔާގަނޑުވެސް ދައުލަތުގެ ތިޖޫރިއްޔަށް އަދީބު އެއްކޮށްފާހުރި މުދަލުން ނެގުނެކޭ.