އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލް-- ފޮޓޯ: މިހާރު
14 ފެބުރުއަރީ 2019 - 10:18
ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް، މަޑުނުކޮށް ދިޔަ ކާރަކުން ޖެހި ބޮލަށް އަނިޔާވި އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެ އެވެ.
އައިސީޔޫގައި ފަރުވާ ދެމުން އަންނަ، 46 އަހަރުގެ އެ އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާގޮތުގައި އެ އަންހެން މީހާ މިހާރު ވަނީ ހޭ އަރައިފަ އެވެ. ކާރުން ޖެހި، އަންހެން މީހާ ވެއްޓި އޭނާގެ ބޯ ޖެހުނީ ސްޕީޑް ބްރޭކަރުގަ އެވެ. ބޯ ޖެހުމުގެ ސަބަބުން އަންހެން މީހާގެ ސިނކުޑިއަށް ލޭ އެޅިފައިވެ އެވެ.
އެ އެކްސިޑެންޓް ހިނގީ ކަފިހި ހުރަހުން ދެ އަންހެނަކު މަގު ހުރަސްކުރަނިކޮށެވެ. ދެން އަނިޔާވި އަންހެން މީހާގެ ކަނާތުފައި ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.
ނުގަވައިދުން ކާރު ދުއްވި ޓެކްސީ ޑްރައިވަރާ ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު ހުސޭނު
15 February 2019
މާލޭގަ ރިންގްރޯޑުގަ ކޮންތާކުތޯ މަގު ހުރަސްކުރާ މީހުންނަށް ލައިޓް ހަރުކޮށްފަ ހުރީ؟ ބްރިޖަށް އަރާ ވެހިކަލް ތަކާއި އަދި ފައިބާ ވެހިކަލްތަށް ކޮންޓްރޯލް ކުރަން ޖަހާފަ ހުންނަ ޓްރެފިކް ލައިޓަކާއި މާދުރުގަ އިން ކަފި ހުރަހަކާއި އެއްވެސް ގުޅުމެއް ނެތް.
މަރޭމިތުރު
14 February 2019
ގްރީންލައިޓްގަ ހުއްޓާ ކަފިހި ހުރަހުން ގޮސްފިނަމަ ކުއްވެރިވާނީ ކާކު؟ހިނގާމީހާތަ؟ ޑުރައިވަރުތަ؟ މިމައްސަލަ ހިނގިގޮތެއް ބަޔަކަށް އެނގޭތަ؟ އަޅުގަނޑުއެދެނީ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް މަގުމަތީގެ އެކްސީޑެންޓްތައް ބެލޭ ފަހުގެ ކެމެރާތައް ހަރުކޮށްލުމަށް. މިހާރު ހުރޭ ވަގުތުން ވަގުތައް ބެލޭ ސޮޕްޓްވެއާރ ބޭނުންކުރެވޭ ކެމެރާތައް!މިކެމެރާތަކުން ޓްރެފިކްސެންޓަރަށް ވަގުތުން ރެކޯޑިންގ ފޮނުވައިދޭނެ!
ޔާސްމީން
14 February 2019
ދެން ތި ޓެކްސީ ޑްރައިވަރަށް އެއްވެސް އަދަބެއް ނެތީތަ؟ އަންހެންމީހާ ހާލުރަނގަޅުވީމަ އެނިމުނީ ދޯ ދެން އޭނަޔަށް ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް. އަޖައިބުވެދާނެ!
އަލީ ނާޒިމް
14 February 2019
ފުލުހުން ބުންޏެއްނު ކުރިން، މީހާ މަރުނުވާހާ ހިނދަކު އަދަބެއް ނުދެވޭނެޔޭ!!
މަރޭމިތުރު
14 February 2019
މީގައި ޑުރައިވަރުކަމެއް ކުއްވެރިވަނީ ނޭނގޭ! ދުއްވަދުއްވާ ހުއްޓާ ހުރަސްކުރިއަސް ޖެހިދާނެ! ބަލަންޖެހޭނީ ހަމައެކަނި ޑުރައިވަރުންތޯ؟ ނުވަތަ ހިނގާމީހުންތޯ؟ މިއީ އުފެދޭ ސުއާލެއްދޯ. ތަހުޒީބީ ގައުމުތަކުގައި މަގުހުރަސްކުރަންވާނީ ވެހިކަލްތައް ހުސްވުމުން. ނުވަތަ ހުރަސްކުރުމުގެ ނިޝާން ފެނުމުން އޭގެ ފަހުގައި.
ތުނިޔަ
14 February 2019
އަލްހަމްދުލިﷲ...އަވަސް ޝިފާއެއް ދެއްވުންއެދި ދުޢާކުރަން! އެއީ ވަރަށް ތުއްތު ކުއްޖެއްގެ މަންމައެއް، ވަރަށް ހިތަދަތިވޭ އެކުޑަ ކުއްޖާ މަތިން ހިތަށް އަރާފަ އެކަނިވެސް.
ރަދީފް
14 February 2019
ٱلۡحَمۡدُ لِلَّهِ.
ސަރުކާނު
14 February 2019
ޓެކްސީ ޑްރައިވަރަކީ ކޮންމެވެސް ޕާޓީއެއްގެ އެކްޓިވިސްޓެއްކަމަށް ހީވަނީ.
މަރޭމިތުރު
14 February 2019
ސޭވުކުރަންވީ ލައިފު، މަގުދައްކަންވީ އެމްބިއުލާންސައް، ދުއާކުރަންވީ ޕޭޝަންޓަށް.................................މަގުބޭނުންކުރެއްވުމުގައި އެންމެންވެސް ސަލާމަތައް ބައްލަވާ!