ޑިފެންސް މިނިސްޓަރު މާރިޔާ ރައްޔިތުންގެ މަޖިލިހަށް މިއަދު ޖަވާބުދާރީވާއިރު، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަރިހުގައި.---ފޮޓޯ: މަޖިލިސް
04 މާޗް 2019 - 10:04
އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި ބޭނުން ނަމަ އިންޑިއާ އަށް ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއާ މެދު ހިތްހަމަނުޖެހޭ ނަމަ، މާފަށް އެދިވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އިންޓަވިއުގައި ދޭން ބޭނުންވި މެސެޖަކީ އިންޑިއާ އަކީ ވަރުގަދަ އަސްކަރީ ބާރެއް ކަމާއި އެ ގައުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމް ކުރާނެ ވާހަކަ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދޭތެރޭ މުއާމަލާތް ކުރަނީ ހަމަހަމަކަމާއެކުގައި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އިންޑިއާ އަކީ ރާއްޖޭގެ އުތުރުގައި އޮންނަ އަވަށްޓެރި ބޮޑު ގައުމެއް ކަމަކު، އިންޑިއާ ދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އިންޓަވިއުގައި ފާހަގަކުރެއްވި ކަން މާރިޔާ ވިދާޅުވި އެވެ. އަދި އިންޓަވިއުގައި އަސްކަރިއްޔާގެ ގުޅުމާއި ޓެރަރިޒަމްގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.
ބަޑި ޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ނޫން. ނަމަވެސް އަސްކަރިއްޔާ ބާރުގަދަ ވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ މިނިސްޓަރުގެ ވާޖިބެއް. އަޅުގަނޑު މިނިސްޓަރު ކަމުގައި ހުންނަވައިގެން މި ކުރަނީ އެ މަސައްކަތް: މާރިޔާ
"ނަމަވެސް ބައެއް ބޭފުޅުންގެ ހިތްޕުޅަށް ނުތަނަވަސްކަން އައިސްގެން ތިއުޅެނީ މި 22 މިނިޓްގެ ތެރެއިން ފަސް ސިކުންތުގެ ވާހަކަ އަށް،" އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) ދެއްވި އިންޓަވިއުއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.
"އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާއެކު މާފަށް އެދެން،"
މާރިޔާ މާފަށް އެދިވަޑައިގަތުމާއެކު، ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މަޖިލިހުގެ ގިނަ މެމްބަރުންތަކެއް އަތްތިލަބަޑި ޖެއްސެވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް މާރިޔާ (ވ) ޖަވާބު ދެއްވަނީ. --- ފޮޓޯ: މަޖިލިސް
މިނިސްޓަރު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުމެވެ. އަދި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުފޭރޭ މީހުންގެ އުނދަގުލާއި ޓެރަރިޒަމާއި މަސްތުވާތަކެތި އެތެރެކުރުމުގެ ބިރުވެރިކަން ރާއްޖެ އަށް އޮތް އެކަންކަން ހުއްޓުވުމުގެ ގާބިލްކަން އަސްކަރިއްޔާގައި ހުންނަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެހެންވެ، އަސްކަރިއްޔާއަކީ ގާބިލް ބަޔަކަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާއެކު މައާފަށް އެދެން: މާރިޔާ
"ބަޑި ޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ނޫން. ނަމަވެސް އަސްކަރިއްޔާ ބާރުގަދަ ވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ މިނިސްޓަރުގެ ވާޖިބެއް. އަޅުގަނޑު މިނިސްޓަރު ކަމުގައި ހުރެގެން މި ކުރަނީ އެ މަސައްކަތް. އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ އަސްކަރިއްޔާ ކުރިއަރުވައި ބާރުގަދަ ކުރުވުމަށް،" މާރިޔާ ވިދާޅުވި އެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. މާރިޔާގެ ވާހަކަތަކާ ގުޅިގެން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވި އެވެ.
މާރިޔާ މަޖިލިހަށް ހާޒިރު ކުރިއިރު، ހަމަ އެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅައިފަ އެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
05 March 2019
މާރިޔާ ބުންޏަސް އެބުނަނީކީ ދޮގެއްވެސްނޫން އަސްކަރީގޮތުން ބަލާއިރު. މިސާލަކަށް އިންޑިޔާގެ ފައިޓަރ ޖެޓެއް އައިސް މިޤައުމަށް ބޮންއަޅަނީ ރައްދުގަ ހަމަލަދޭނެ ޤާބިލުކަން މިޤައުމުގަ އެބަހުރިބާ. އެމީހުންގެ އަސްކަރިއްޔާ ބޮޑު ބާރުވެސް ގަދަ ދިވެހި އަސްކަރިއްޔާއަށްވުރެ. މިއީކީ މާރިޔާ ބުންޏަސް ނުބުންޏަސް އެންމެނަށްވެސް އެނގޭކަންކަން. މާތްﷲ މިދިވެހިފަސްގަނޑު އެއްވެސް ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަނުދީ އިސްލާމީ އަމާން ފަސްގަނޑެއްގެ ގޮތުގައި ލައްވާށި.އާމީނ
ބައްދު ދަލޭކަ
05 March 2019
ކަމަނާ މައާފައް އެދުމަކުންނުފުދޭ އަޅުގަނޑުމެން ބޭނުންވަނީ ކަމަނާ މިހާރުން މިހާރައް އިސްތިއުފާދެއްވުން ސަބަބަކީ ކަމަނާ ދިވެރާއްޖޭގެ ދިފާއީވަޒުކަމައް ކުފޫހަމަނުވާކަން ކަމަނާގެ އަމަލާބަހުންވަނީ ސާބިތުކޮއްދީފަ. އަދިމަގާމުގާ ހުންނަވައިގެންވަނީ ދިވެހިންނައް އާޑަފުރައްސާރަ ކުރައްވާފަ.
ޚުރިހާ
05 March 2019
ޢެމީހާ މާއާފައް އެއެދުނީ ރައްޔިތުން މަޖްލީސް އެމްޑީޕީ ގޮނޑިތައް ހޯދަން ރައްޔިތުންގެ ލޮލުގަ އެޅުވި އަނދުނެއް އެއީ ނިކަން ހޭއަރާތިބޭތި ރައްޔިތުން އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކުޅިދައްކާލާނެ މިމީހާމެން ތިއީ އެންމެން ދަންނަ މަޖުލީސް ގޮނޑި މައްޗައް ކޮޅުފައިން އެރާފަ ޑާންސްކުރި ގޮތެއްނެތް އަންހެނެއް ކީއްވެ އެދުވަހު މާއާފައް ނުއެދުނީ ކަލެއާ ނަސީދުއާ ތީ އެއްވަރު ދެމީހުއް ކޮސްނުގޮވާ އިސްތިއުފާ ދީ
ހާމަ322
05 March 2019
މާރިޔާގެ ގަމާރުކަން ބޮޑުކަމާއެވެ...ދިވެހި ރައްޔިތުންގެ ޑިފެންސް މިނިސްޓަރުތޯ ނޫނީ މިއީ އިންޑިއާއިން ފޮނުވާފަ ހުރި ސަފީރެއްތޯ މިހާރު އޮޅުން އަރާ ހިސާބަށް ކަންކަން ގޮއްސި.
ޝޮކްތެރަޕީ
04 March 2019
މާފްކުރަނީ ކޮމްމެހެން ރަގަޅުވެގެންނެއްނުން. އަދިވެސް މާރިޔާ ކުރަން ބޭނުންވެގެން އުޅޭ ކަންތަހަސިލްކުރަން. މަކަރުވެރިންގެ ސިފަ މިފެންނަނީ.
މަދޮށި
04 March 2019
ކުށެްްކުރެވުނީމަ މަޢާފަށް އެދެންޖެހޭނެ. މަޢާފު ކުރަންވެސްޖެހޭނެ. ނަމަވެސް މާރިޔާ އެވާހަކަދެއްކުމުގެ މަޤުސަދަކީ ކޮބާކަމެއްނޭގެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މިސަރުކާރުންވަނީ ނަގާލާފަ.ޤައުމު އިންޑިޔާ އަށް އަޅުވެތި ކޮށްފަ.
ާމަންޖެ
04 March 2019
އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާއެކު މާފަށް އެދެން،" މީތަ މާފަށް އެދޭގޮތަކީ، އޮޅުމެއްއަރާވަރުގެ އެއްޗެއްނޫނޭ ބުނީކީއެއް، ހަމަސީދަލަށް ބުނެފައޮތީ ހިފޭނޭ.
ސީފު
04 March 2019
ބަޑިޖަހަން ނޭގޭ މީހަކު ޑިފެންސް މިނިސްޓަރަކަށް ހުރުމަކީ ކައްކަން ނޭގޭ މީހަކު ހެޑް ޝެފަކަށް ހުރުން ކަހަލަ ކަމެއް.
ވާނުވާގަދޯ
04 March 2019
އެއްވެސް ގައުމެއްގައި އަސްކަރިއްޔާ އާއި ބެހޭ މަދަނީ ވެރިޔާއަކީ އަސްކަރީ މީހަކަށް ވާކަށް ނުޖެހޭ. އެއީ ސިޔާސީ މަގާމެއް. އަސްކަރީ މަގާމެއް ނޫން.
މަރޭމިތުރު
04 March 2019
ކިރިއާ ބަހެއް ބުނެލާއިރައް ރުޅިއަންނަނީ! ހުރިހާކަމެއް ގޯހޭކިޔައި އަޑުއަރުވަނީ!.......... އެދެން އެވަރުގެ ބަހެއްތަ؟ ނަމަނަމައިން ކެކޭނެ ރިހައެއް އޮވޭތަ؟
ފެނޭދޯދޯ
04 March 2019
މާފަށް ނޭދި ކީއްތޭ ކުރާނީ ކުރާނެ އަދި ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެއޭ ވަށައިގެން ކަނޑުވިއްޔާ އޮތީ ދޯ..