ޚަބަރު / ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ކެމްޕެއިނަށް ލ. އަތޮޅުގައި

ނައިބު ރައީސް މިއަދު ލ. ގަމުގައި ބޭއްވި އެމްޑީޕީގެ ސައިކަލް ބުރުގައި ބައިވެރިވެވަޑައިގަންނަވަނީ.

ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ކެމްޕެއިނަށް ލ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ފައިސަލް ވަނީ ލ. ގަމަށް ވަޑައިގެން އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ތާއީދު ހޯއްދެވުމަށް ބޭއްވި ސައިކަލް ބުރެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ ފައިސަލް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މިއަދު ގަމަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ނައިބު ރައީސް މިއަދު ލ. ގަމަށް ވަޑައިގަތުމުން އެ ރަށުގައި ދިރިއުޅޭ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވަނީ. --ފޮޓޯ:އެމްޑީޕީ

ނައިބު ރައީސް ފައިސަލް، ވިސާމަށް ތާއީދު ކުރައްވައި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި އިރު، ގަމު ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަނީ އާދަމް އާސިފެވެ. އާސިފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ފޮނަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު އޮތީ އެ ދާއިރާ އަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ލީޑަރު އަދި މިހާރު ވެސް ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށެވެ.

ނައިބު ރައީސް މިއަދު ލ. ގަމަށް ވަޑައިގެން، އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ވިސާމް (ވ) އާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ފަހަކަށް އައިސް، ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާތީ ގާސިމް ވަނީ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ. އަދި ޖޭޕީގެ ސިޔާސަތުތަކާ ދެކޮޅު ޖޭޕީގެ ބޭފުޅުންނަށް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޖޭޕީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެބޭފުޅުންނަށް މަގާމު ލިބިވަޑައިގަތީ ޖޭޕީގެ "ބުރަކަށި މަތިން"ނާއި ޕާޓީ އަށް "ސަވާރުވެގެން" ހުންނެވީމަ ކަމަށެވެ. ޖޭޕީ ނިކަމެތި ކަމުގައިވިޔަސް، އެ ލިބުނު މަގާމެއް ވެސް ލިބިވަޑައިގެންފައި ވަނީ ޖޭޕީއާ ހުރެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ވީ އިރު، އިހްލާސްތެރިވުމަކީ ތެދުވެރިވުމަކީ، އަމާނާތްތެރިވުމަކީ އިންސާނިއްޔަ ވަންތަކަމަކީ މި ނިކަމެތި ޖޭޕީ އަށް ހިދުމަތްކޮށް ދިނުން. ޖޭޕީ ނިކަމެތި ވާނެ ކަމެއް ނުކުރެއްވުން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ގާސިމާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނީ އިންތިހާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ގާސިމް ނިންމެވުމުންނެވެ.

ޕީޕީއެމް ކެންޑިޑޭޓުންނަށް ޖޭޕީން ތާއިދުކުރަން ދެކޮޅު ހަދާ ބޭފުޅުންގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އެންވަޔަރްމަންޓް މިނިސްޓަރު ހުސައިން ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

27 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 1%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

16 March 2019

މިހިރީ މިމީހުންގެއަމިއްލައެދުންހުރިވަރު ތިމާއައްމަގާމުލިބުނީ ޖޭޕީގެ ބުރަމަސައްކަތުން އެކަމުޕާޓީގެކެންޑިޑޭޓެއްނުކުމެހުއްޓާ އެމްޑީޕީގެކެންޑިޑޭޓައް ތާއީދުކުރުމަކީ އަމިއްލައެދުމުންފޯވެފައިވާމިންވަރު ދައްކުވައިދޭކަމެއް ގާސިމްއައް ގޮވާލަން ޕާޓީގެކެންޑިޑޭޓައް ތާއީދުހޯއްދެވުމައް މިދާއިރާއައް ދަތުރެއްކޮށްދެއްވުމަށް

The name is already taken The name is available. Register?

ޔާންޓޭ ޕޕމ

17 March 2019

ތިޔަ ފެންނަނީ ހައްޤު ފެނި އެއަށް ތަބާވާމީހުން

The name is already taken The name is available. Register?

އަލީ ރަމީޒު

16 March 2019

އަނިޔާވެރި ބަޔަކާ ގުޅޭނީވެސް އަނިޔާވެރިން، ނިިމިދިޔަ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް. ގާސިމަށް އެކަން ނޭންގެނީތޯ

The name is already taken The name is available. Register?

ޝުކުރިއްޔާ ގައުމު

15 March 2019

ގާސިިމު ޫ ޫ ކިތައް ފަހަރު ކަށި ޖަހަންވީ؟ މިހާރު ތިހިރީ ހޭ އަރާފަތަ؟ އަދިވެސް ރީނދޫ ބާގައަށް ހޭހަން ކުރާނަމުތަ؟ ރަނގަޅު ބޮނޑިއެއް ބޮވިއްޖެނު.

The name is already taken The name is available. Register?

ޔާންޓޭ ޕޕމ

17 March 2019

ޔާމީނުގެ ހުރަގޭން އަމިއްލަ ނަފުސާއި ދަރި ނެރެ މިނިވަން ކުރީ ތިޔަ ބުނާ ރީނދޫ ލަސްކަރު!!

The name is already taken The name is available. Register?

ނައިބު

15 March 2019

ގައުމުގެ ނައިބު ރައީސަށް ވީމަތޯ ސައިކަލް ގެ ލޯގަނޑުވެސް ހަރުކުރަން ނުޖެހެނީ؟ ނިކަމެތި ރައްޔިތު މީހާނަމަ މިހާރު އެކައުންޓްގަ އެންމެ ރުފިޔާ އެއްވެސް އޮތަކަ ނުދޭނެ. މިއޮތީވާ ޤައުމެއް.

The name is already taken The name is available. Register?

ސަނީން

15 March 2019

އެމްޑީޕީ އާ ގުޅިމައް ފެނޭ

The name is already taken The name is available. Register?

ސްޓރެޗް

16 March 2019

ގާސިމް ސަރުކާރާ ދެބަސްވާއިރަށް އޭނާ އެކަން ކުރާނެ.

The name is already taken The name is available. Register?

ޖޮއްބެ

15 March 2019

ރަތްފޮތިގަނޑު ދެއްކީމާ ގެރި އެއާދިމާލަށް ދާހެން ރީނދޫ ފޮތިގަނޑު ދެއްކީމާ ހަމަ އެއާދިމާލަށް ދެވެނީ އިނގޭތޯ ގާސިމް.

The name is already taken The name is available. Register?

ޟަޑު

15 March 2019

ސީރިއަސްކޮން ކިހިނެއްތަ މިވަނީ. ޖޭޕީ ކަންގުރެސް އުން ނިންމީ ޔާމިންގެ ޕަޕެޓުންނަ ތާއީދު ކުރަން. ޢެކަމަކު އެނިންމި މީހުން މިއުޅެނީ އަންނީގެ ޕަޕެޓުންނާ އެކީ. ޢެހެންވީމަ މިއަހަނީ ކިހިނެއްހޭ މިވަނީ.

The name is already taken The name is available. Register?

މަސާޖު ހާނާ

15 March 2019

ގާސިމުގެ ބާރު ޖޕގަނެތްކަން ދައްކަން ގާސިމުގެ އަރިސްމީހުން ފާޅުގަ ގާސިމާ ދެކޮޅަށްނުކުތުމުން ދެރަލިބެނީ ޔާމީނަކަށްނޫނޭ ދަރަލިބެނީ ގާސިމަށް ޖޕއަށް. ޖޕގެ ކެންޑިޑޭޓަކު ވާދަކުރާ ދާއިރާގެ ޖޕގެ ވާދަވެރި މޑޕ ކެންޑިޑޭޓު ހޮވަން ނާއިބުރައީސް ނުކުތުމުން ޕޕމއަށް ވާނެއެއްކަމެވެސް. ދެރަދެވެނީ ގާސިމަށް. މާކުރިންވެސް ރައްޔިތުންބުނެފި ލަހެނުވެ ނާއިބު ޕާޓީ ބަދަލުކުރާނެއޭ މަގާމުލިބުމުން. ދިވެހި ގައުމުގެ މިނިވަންކަމާ ދީންނަށް ގެއްލުންދޭބަޔަކަށް ޕޕމގެ ތާއިދެނުލިބޭނެ.

The name is already taken The name is available. Register?

ތަމެންގެ މަމެން

15 March 2019

ޕޕމ އަކަށް ތާއީދެއް ނެތޯ.. ހަހަ..

The name is already taken The name is available. Register?

އެނގިއްޖެ!

15 March 2019

ޤާސިމްއަކީ ހިއްތިރިކަމުގެ މިސާލެއްނެތްފަދަބޭފުޅެއް އޭގެމިސާލަކީ ޤާސިމްއައްކޮންމެ ހަމަލާއެއްދިނަސް އަނެއްދުވަހުއެކަން ހަނދާނައްތާލާފަ އެބަޔަކާއެކީ ޤައުމީމަސައްކަތުގަހުންނަވާނީ އަނެއްކާވެސްލަނޑެއްދެންދެން ދެހާސްއަށެއްގާނަޝީދުވެސް ޤާސިމްއައްދިންގެއްލުން ވަކިކުޑައެއްނޫން އެފަހަރުވެސްޤާސިމް ޖަލައްލި ވިޔަފާރިވެސް ހަލާކުކޮއްލަންމަސައްކަތްކުރި އެކަމަކު މިފަހަރުވެސް ވެރިކަމައްއާދެވުނީ ޤާސިމްކުރިމަސައްކަތުން އެހެންވީމާމިބުނީހިއްތިރިކަމުގެމިސާލެއްނެތޭ

The name is already taken The name is available. Register?

falcon_autho

15 March 2019

މޮޔަމީހުންނަށް ވެސް ޖެހިގެން އަންނަ ގަޑީގައި ހަނދާނެއް ނުހުންނާނެ ކުރީގައި ހިނގިކަމެއް. ވަކިކަމެއްގެ ދަހިވެތިކަން މީހާގެ ސިކުނޑި މޮޔަކޮށްލާ.

The name is already taken The name is available. Register?

1111

15 March 2019

އެއީ ހިތް ތިރީ އކީނޫން. މިންވަރަށް ވުރެ އެދުންވެވެރިކަން ބޮޑީ. މީހާ މޮއްކޯރައީ މާބޮދަށް. ވެރިކަމަށް އާދެވެން އޮތްހެން ހީވާ ކޮންމެ ގޮތެއް ވަރިކަމައީ. އެކަމަށް ރާއްވާ އަޅާފަ ހުރީ.

The name is already taken The name is available. Register?

ހިތާދޫ ފޮށާ

15 March 2019

އެއްބައިވަންތަކަމުގެ ސަރުކާރުގާ ހުރިހާކަމެއްވެސް ހިނގާނީ އެއްބައިވަންތަކޮށް. އެހެންވީމާ މައްސަލައަކީ ކޮބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454