ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
16 މާޗް 2019 - 14:11
އަނބިމީހާގެ ޕެންޝަން ފައިސާ އިން ފިރިމީހާ އަށް، އަދި ފިރިމީހާގެ ޕެންޝަން ފައިސާ އިން އަނބިމީހާ އަށް ހައްޖަށް ދެވޭ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަން ބަދަލުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ އިންތިޚާބުގައި ނައިފަރު ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުން އެއްކޮށްފައި ހުންނަ ފައިސާ ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުން ހިފޭނެ ގޮތް ހެދުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެދެމުން ދިޔަ ކަމަށެވެ.
އެހެންވެ، ޕެންޝަން ގާނޫނަށް ބަދަލު ގެނެސް، ފަރުޟު ހައްޖު އަދާކުރަން ބޭނުންވާ މީހާ އަށް ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއަށް އިތުރު ބަދަލުތަކެއް އަދިވެސް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ އަނބިމީހާ އަށް ދެވޭ ކަހަލަ ފުރުސަތެއް ހޯދައިދިނުން. ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ ފިރިމީހާ އަށް އެ ފައިސާ އިން ހައްޖަށް ދެވޭނެ ފުރުސަތު ހޯދައި ދިނުން އެއީ ވިސްނާލަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ކުރެވިދާނެ ކަމެއްތޯ ޕެންޝަން އޮފީހާ އަންނަނީ ވާހަކަ ދައްކަމުންނެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
ޕެންޝަން ގާނޫނަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓެވެ.
ގާނޫނުގައިވާ ގޮތުން އެ އުސޫލު އާންމު ކުރަން ޖެހޭނީ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގަ އެވެ. މި ގާނޫނު ތަސްދީގު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަލަށް ހަދާ ގަވައިދުގައި ކޮންމެ އަހަރަކު ހައްޖުވުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދާއި ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަމާ ގުޅޭ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ވެސް ގާނޫގައި ވަނީ ލާޒިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަަަަދަމްބ
17 March 2019
ޥައުދުނުފުދެެ ފަންދުގައި ފައިސަަ ހުރިނަމަ ދެެޭނެވީނު އަތުގައިފައިސާއެއް ނެެއް
އާނިޔާ
17 March 2019
މިހާރު ބެލިޔަސް ފަންޑުގައި ބައިކުޅަ ބައި ވެސް ނުހުންނާނެ.ދިވެހި ރައްޔިތުންގެ އެފައިސާ މިހާރުވާނީ ސަރުކާރުން އެކިކަންކަމުގަ ނަގާ ހުސްކޮށްފަ.އެހެންވެ %50 އޭ އެކިޔަނީވެސް.އުމުރުން ދުވަސްވެ ގައިބާރުދޫވުމުން އެފައިސާ މަހުންމަހަށް އެލިބެނީއެކިޔަނީވެސް އޮޅުވާލަން.ފަތް ބޮއެގެން ޖަލުގަ 60 އަހަރު އޮވެފާ އަންނަމީހާއަށްވެސް 65 އަހަރުވުމުން -/5000 ރުފިޔާ އެބަދޭ.ކޮބާ ހަމަޖެހޭ އުސޫލަކީ. ހައްޖުގެ މާތް އަޅުކަން އަދާކުރަން އުޅުނީމަ އެބުނަނީ %50 އޭ ވެރިފަރާތަށް.
ހިލަބެ
17 March 2019
އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ ޕެންސަން ފައިސާއިން ދުރިއުޅޭނެ އަމިއްލަ ގެއަޅަން ހައްޖައްދާން އެފައިސާ ހުއްދަދިން ފަރާތްތައް ވިސްނަވާ މިކަން ވާނެގޮތް ހައްދަވައިދެއްވުން އާދޭސްކޮށްދައްނަވަން ދުރިއުޅެމުން މިދަނީ ކުއްޔަށް އުމުރުން 57 އަހަރު އާއިލާގަ އާމްދަނީ ހޯދަން މަސައްކަތް ކުރަނީ އަޅުގަނޑު އެކަނި
ޑޫލަން
17 March 2019
ވަރައް ބޯދާ އަދި ތަޖުރިބާއެއްނެތް ވިސްނުމެއް.. ރައީސް އޮފީހުގެ ބަޖެޓުން ހައްޖު ފައިސާ ހަމަޖައްސާށެވެ.. ޕެންޝަނަކީ ރިޓަޔާމަންޓައް ރައްކާކުރެވޭ އެއްޗެކެވެ.
އައްޑޫ ކަލޯ
16 March 2019
ޕެންޝަން ފައިސާއިން ހައްޖުވެފަ، ހައްޖު ފައިސާއިން ކިޔަވާފަ، ކިޔަވަން ރައްކާކުރި ފައިސާއިން ގެދޮރު އިމާރާތް ކުރާ ވާހަކަ އަކީ ހެއްވާ ވާހަކައެއް. ހައްޖަށް ދާން ވާނީ ހަމަ ހައްޖަށް ދާން ރައްކާކުރާ ފައިސާއިން.. ސިޔާސީ ބޭނުންތަކަށް މިފަންޑު ބޭނުންކޮށް މިފަންޑުގެ ބޭނުން ކަނޑުވާލަނީ. މީގެ ކުރިން ޕްރޮވިޑެންޓް ފަންޑު ވެސް އޭގެ ބޭނުން ކެނޑުނީ އެކި ކަންކަމަށް އޭގެ ބޭނުން ކުރެވޭ ގޮތް ވެގެން. ދިވެހިންގެ ކުރު ރާސްތާގެ ވިސްނުން ކޮން ދުވަހަކުންބާ ރަގަޅު ވާނީ؟
ދޮހޮއްކޮބެ
16 March 2019
ތި ދައްކާ ވާހަކައެއް ނިމޭނީ ވޯޓުލާ ނިމޭފަހުން.. ޕެންޝަން އޮފީހުގަ ލާރި ނެތް ކަމެއްނޭގެ މުޅިންވެސް އިއުލާނު ކޮއްލާފަ ހުންނަނީ މެކްބުކް ފަދަ ލެޕްޓޮޕް ތަކަށް.. އާދައިގެ އެއްޗެއް ނުގަނޭ އެތަނަކަށް
ދޮންރަހާ
16 March 2019
ހުސްކޮށްލާ އޭރުން ހުރިހާކަމެއްހަމަވީ
މިއަދު
16 March 2019
އިންތިޚާބުގައި ވާދަކުރާ ކެނޑިޓޭޓުންނަށްވުރެ ރައީސައއްާއި ަނައިބުރައިސް ކެންޕެއިނުގައި އުޅުއްވާލެއްމާބޮޑަށް ބިޒީ މިކމުގައި އިންޑިޔާގެ ނުފޫޒު މިވެރިކަމަށް އޮތްވަރު ވ ރަގަޅަށް ހާމަވޭ މި ދެރައީސުންބުނާމީހަކަށް ވޯޓުނުދޭތި ގައުމު އޮތީ އަޅުވެތިކަމުގެމަގަށް މިސްރާބު ޖހާފައި
ޖުކުލް
16 March 2019
ހެޔޮނުވާނެ ރައީސް..ފުރަތަމަ ފަންޑްގެ ބައވެރިޔާއަށް ދެވޭގޮތް ހަދާ .އަދި ނުހެދޭނު .%50 ފުއްދޭގޮތްހެދީ..
މިކަމުންވެސް މިލާނީ މަނިކު
16 March 2019
ދެމަފިރިންނަށް ހައްޖަށް ދެވޭ ގޮތް ހަދަންވީ އެކަމަކު ފަންޑު ވެރިފަރާތަށް ހައްޖަށްދާން ބޭނުން ކުރެވޭނީ 50% ސޯ ؟؟؟؟
ރަގަޅު އެއް ގޮތްވެސް ނެތް
16 March 2019
ނަސީބެއް ނު 50 ޕަސެންޓް ވެސް އަތްލެވޭ ގޮތް ވިކަން. މިއޮތް ހުރިހާ ދުވަހު ޔާމީނު އޮތީ އޭގައިވެސް ބައްދައިގެން ވިއްޔަ. ބަލަ ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕެންސަން ފަންޑު އެކީ އެކަށް ހުސްކޮށްލާ އެއްޗެއް ނޫން އެއީ. ކޮންމެސް ޕަސެންޓެއް ނެގޭނީ. ޝުކުރު ކުރަން ނުދަންނަ ބައެއް ހެޔޮ ވެރިއަކު އަޔަސް މިދިވެހިން މީ ހުވާ