ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލިހުގައި އެމްޑީޕީ މެމްބަރުންގެ ރުޅިގަނޑު ގާސިމަށް!

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު، ގާސިމް ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް "ބަޣާވާތެއް" ކުރައްވަން އުޅުއްވާ ކަމަށް ތުހުމަތު ކުރައްވައި، މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންގެ ބަހުގެ ހޫނު ހަމަލަތަކެއް އެމަނިކުފާނު މިއަދު އަމާޒުވެއްޖެ އެވެ.

މިއީ، މިދިޔަ ނޮވެމްބަރު މަހު މަޖިލިހުގެ ރައީސް ކަމަށް ގާސިމް އިންތިހާބުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނަށް މަޖިލިހުގެ ތެރެއިން ބޮޑެތި ފާޑު ކިއުންތަކެއް އަމާޒުވި ފުރަތަމަ ފަހަރެވެ.

ޖަލްސާގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް އާންމު ކޮމިޓީން ފާސްކޮށްފައިވާތީ، އެކަމާ މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ހުށަހެޅި މައްސަލައިގަ އެވެ. އަދި އެ މައްސަލައިގެ ބަހުސްގެ މެދު ތެރެއިން ގަރާރެއް ހުށަހެޅުމުގެ ފުރުސަތު ގާސިމް ދެއްވަން އުޅުއްވުމުން، އެމްޑީޕީން އެކަމާ ވެސް ހިތްހަމަނުޖެހުނެވެ.

"މަޖިލިހުން ނިންމާ ކޮންމެ ކަމަކީ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ކަންކަމެއް ނޫން... ވެރިކަން ކުރުމާއި މަޖިލިސް ހިންގުމާއި މި ހުރިހާ ކަމެއް މަނިކުފާނުގެ (ގާސިމް) ގެ ރަހްމަތްތެރިން ކަމަށްވާ ސުޕްރީމް ކޯޓުގެ ފަސް ބޭފުޅުންނަށް ހަވާލުކޮށްފައި އެހެން ބޭފުޅުން ގެއަށް ދާންވީނުންތޯ؟" --- އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ގާސިމް ހަމައެކަނި ހިލާފުވެވަޑައިގަންނަވަނީ ގާނޫނުއަސާސީ އާ އެކަނި ނޫން ކަމަށެވެ. އަދި ގާސިމް "އޮޅާލަނީ" ގަވައިދު އެކަނި ނޫން ކަމަށާއި "ހަރާންކޯރު" ވެވަޑައިގަންނަވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމަށް ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ ދައުލަތުގެ މުޅި ނިޒާމު ރޫޅާލަން ފުރުސަތު ނުދެއްވޭނެ ކަމަށެވެ.

މަޖިލިހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ. --- ފޮޓޯ: މަޖިލިސް

"މަނިކުފާނު (ގާސިމް)ގެ ޒިންމާއެއް މަޖިލިސް ނެގެހެއްޓުން. މަނިކުފާނުގެ ޒިންމާއެއް ގާނޫނުއަސާސީ ދެމެހެއްޓުމަކީ. މިތަނަކީ ބޭނުންހާ ގޮތަކަށް ހަދަން އޮތް ތަނެއް ނޫން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ އެންމެން އެކުވެގެން، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ. އަދި ކޯލިޝަނަށް ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދަމަހައްޓަން ކަމަށް އީވާ ވިދާޅުވި އެވެ.

"އެމީހުން ބޭނުންވީކީ ކޮންމެހެން ޔާމީންގެ ބަދަލުގައި، ޔާމީން ކަންކަން ކުރިހެން ކަން ކުރާކަށް ނޫން. މަސީހްގެ ބަދަލުގައި ކަން ކުރި ގޮތަށް ކަން ކުރާކަށް ނޫން. އަޅުގަނޑުމެންނަށް ގާނޫނުއަސާސީއާ ހިލާފު ނުވެވޭނެ. ދައުލަތުގެ ނިޒާމު ރޫޅައެއް ނުލެވޭނެ،" އީވާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ މަޖިލިހުގެ ތެރެއިން ގާސިމް މަސައްކަތް ކުރައްވަނީ ބަޣާވާތެއް ގެންނަވައި ދިވެހި ދައުލަތް ހިސޯރު ކުރައްވަން ކަމަށެވެ.

ގާނޫނުއަސާސީގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ހުށަހަޅަން ވާނީ ގަރާރެއްގެ ދަށުން ކަމަށް ބުނެފައިވާ އިރު، އާންމު ކޮމިޓީގެ ނިންމުން މަޖިލިހުގައި އެޖެންޑާ ކުރީ ކުއްލިއަކަށް ކަމަށާއި އެންމެ ފުރަތަމަ އެޖެންޑާ އާންމު ކުރި އިރު، ގަވައިދުގެ މައްސަލައިގެ ވާހަކަ ނެތް ކަން ވެސް އީވާ ފާހަގަ ކުރެއްވި އެވެ.

އީވާ ވިދާޅުވީ މަޖިލިހުގައި ގަރާރެއް ދައުރު ކުރެވޭނީ ބިލެއް ވެސް ދައުރު ކުރަން އޮންނަ އުސޫލުން ކަމަށެވެ. އަދި ބަހުސެއްގެ މެދު ތެރެއިން ގަރާރެއް ހުށަހަޅަން ނިންމައި، އެ ފުރުސަތު މަޖިލިހުގެ ރައީސް ގާސިމަށް ނުދެއްވޭނެ ކަމަށް އީވާ ވިދާޅުވި އެވެ. މަޖިލިހުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ، ތިން ބާރު ވަކިވެފައިވާ ނިޒާމާ މުޅިން ހިލާފަށް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"ފުރަތަމަ ކިއުން އައިސް، ދިރާސާ ކުރެވޭނެ ވަގުތު ދީގެން ގަރާރެއް ދައުރު ކުރަން ޖެހޭނީ،" ރިޔާސަތުގައި އިންނެވި ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އީވާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ މަޖިލިހުގެ ތެރެއިން ގާސިމް މަސައްކަތް ކުރައްވަނީ ބަޣާވާތެއް ގެންނަވައި ދިވެހި ދައުލަތް ހިސޯރު ކުރައްވަން ކަމަށެވެ. އަދި މަޖިލިހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީ މެމްބަރުން ނުދެއްވާނެ ކަމަށް ދީދީ ވިދާޅުވި އެވެ. ދީދީގެ ވާހަކަ އަށް ތާއީދު ކުރައްވައި، އީވާ ވެސް ވިދާޅުވީ މަޖިލިހުން އުޅެނީ ބަޣާވާތެއް ކުރަން ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސަ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"މަޖިލިހުން ނިންމާ ކޮންމެ ކަމަކީ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ކަންކަމެއް ނޫން... ވެރިކަން ކުރުމާއި މަޖިލިސް ހިންގުމާއި މި ހުރިހާ ކަމެއް މަނިކުފާނުގެ (ގާސިމް)ގެ ރަހްމަތްތެރިން ކަމަށްވާ ސުޕްރީމް ކޯޓުގެ ފަސް ބޭފުޅުންނަށް ހަވާލުކޮށްފައި އެހެން ބޭފުޅުން ގެއަށް ދާންވީނުންތޯ؟" އީވާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ލަފައަކަށް ގައުމު އެއްކޮށް ހިންގަން ނިންމަންވީނުންތޯ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެއަށް ވަޑައިގަންނަވަންވީނުންތޯ؟ މަޖިލިހުގެ 85 މެމްބަރުން ގެއަށް ދާންވީނުންތޯ؟ ސުޕްރީމް ކޯޓާ ގައުމު ހަވާލުކޮށްފައި އަޅުގަނޑުމެން އެންމެން ނިންމާލަންވީނުންތޯ؟"

ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް ދާން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިއީ މަޖިލިހުގެ ހައިބަތާއި އިއްޒަތާއި ގަދަރު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ލަފައަކަށް ގައުމު އެއްކޮށް ހިންގަން ނިންމަންވީނުންތޯ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެއަށް ވަޑައިގަންނަވަންވީނުންތޯ؟ މަޖިލިހުގެ 85 މެމްބަރުން ގެއަށް ދާންވީނުންތޯ؟ ސުޕްރީމް ކޯޓާ ގައުމު ހަވާލުކޮށްފައި އަޅުގަނޑުމެން އެންމެން ނިންމާލަންވީނުންތޯ؟" --- އީވާ

"މަޖިލިހުގައި ކަން ކުރަންވާނެ ގޮތް ނޭނގިގެން ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅޭ ގޮތުން ލަފައަކަށް އަހާކަށް ހިއެއް ނުވޭ ޖެހޭނެ ހެން، މިއީ ކުރަން ޖެހޭ ކަމެއް ނޫން،" ނާޝިދު ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވިދާޅުވީ ގަވައިދަށް ގެންނަން އުޅޭ ބަދަލަށް ސުޕްރީމް ކޯޓުގެ ހިޔާލެއް ހޯދަން މަޖިލިހުން ހުށަހެޅުމަކީ ވެސް މަޖިލިހަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓަށް ވިޔަސް، އެއްވެސް ކަމެއް ހުށަހަޅާނަމަ، މަޖިލިހުގެ މެމްބަރުންގެ ރުހުން ފުރަތަމަ ހޯއްދަވަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައްޔިތުން އެކުގައި އުޅެވޭނެ މާހައުލެއް ރާއްޖޭގައި ގާއިމުވުމަށް ބޭނުންވާ އިރު، ރާއްޖޭގެ ކަންކަން ހިނގަނީ އެ މަގަށް ނޫން ކަމަށެވެ. ސިޔާސީ ބޭފުޅުން ހިންގާ ކަންކަމަކީ ރައްޔިތުންނަށް ދުށްތުރާވާ ކަންކަމަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކަންކަން ކުރާ ތަނެއްގެ ގޮތުގައި މަޖިލިސް ބާއްވައިގެން ރައްޔިތުންނަށް ފައިދާ ނުވާނެ. އަޅުގަނޑުމެން އުންމީދުތަކެއް ދީގެން މި ވެރިކަން ގެނައީ. މި ވެރިކަމުގައި ހުރި ފޮނި މީރުކަން ރައްޔިތުންނަށް ލިބެން ޖެހޭނެ. އެކަމަކު، ފެންނަނީ ސިޔާސީ ބޭފުޅުން، ސިޔާސީ މަގްސަދު ހާސިލް ކުރުމަށް، ގޯޅި އަޅަމުން ގޮސް ގެއްލިގެންދާ މަންޒަރު." ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި ސިޔާސީ ކޯޅުމުގެ ތެރޭގައި ރާއްޖެ "ލައްކަ ދުވަހު" ބޭއްވިއްޖެ އެވެ. މިހާ ހިސާބަށް ދާން ޖެހުނީ ސިޔާސީ ބައެއް ބޭފުޅުންގެ އަމިއްލަ އެދުން ބޮޑުވީމަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "ލަދު ހަޔާތް ކެނޑި" ބޭނުން ގޮތެއް ހަދަން މަޖިލިހުގެ ތެރެއިން ހަދަން ދިމާކުރީމަ ކަމަށް ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުން މަޖިލިހަށް ވައްދައިގެން އަޅުގަނޑުމެން ބުރަކަށީގައި ބޫޓުން ނެރެ އުކާލީ. ހަނދުމަފުޅެއް ނެތްތޯ މަނިކުފާނު (ގާސިމް) އެ ދުވަހެއް؟ މިއަދު ކީއްތޯ ކުރަންވަން ތިއުޅެނީ؟ އަޅުގަނޑަށް ހީވަނީ އަދި ހަނދާން ނެތިގެންދާ ދުވަހެއް ނުދޭ ހެން،" ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އަނިޔާވެރިކަމާ ދިމާލަށް ގައުމު ދާން ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އަދި ރާއްޖެ އޮންނަން ޖެހޭނީ އަބަދުވެސް ރައްޔިތުންގެ ގައުމެއްގެ ގޮތުގައި ކަމަށް ޣަފޫރު ވިދާޅުވި އެވެ. މަޖިލިހުގެ ބާރުވެރިކަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަތް މައްޗަށް ދޫނުކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

26 ކޮމެންޓް, 169 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 2%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންބެއްޔާ

27 March 2019

ފިލްމު ގެ ފަހުތަޅާލުން ވަރަށް ފޯރިގަދަވާނެ ކަމަށް ފެންނަނީ.

The name is already taken The name is available. Register?

ޒަބީބު

27 March 2019

އެމްޑީޕީ ބޭނުން ނުވާ ގޮތަކަށް ކަމެއް ހިނގާނަމަ އެއީ ބަޣާވާތް ކުރުން. މީދެން ބޮޑު ޖޯކެއް. ބަލަ މަޖިލިސް ކުރާގެޔަކީ އެމްޑީޕީ/އެމްޑީޕީ ގެ ރޫހާނީ ރުއްސަން އޮންނަ ތަނެއްތަ؟ އަދި މަޖިލިސް ރައީސް އަކީ އެމްޑީޕީގެ އަޅެއްތަ؟ 3 ބާރު ވަކިވެފަ އޮތުމުގެ ފުރިހަމަ ބޭނުމަކީ އެއްބާރުން އަނެއްބާރަށް ލަފާ ދިނުމާއި ވާގިވެރިވެދީގެން ދައުލަތް ހިންގުން. އެހެން ނޫންނަމަ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ބޭނުންްވާ ވާހަކަ ތިދައްކަނީ ކޮންބޭނުމެއްގަ؟ ރައްްޔިތުންނަށް އޮޅުވާނުލާ!

The name is already taken The name is available. Register?

ޑރ. ރާމީ ވައިނުޖހޭގެއާގެ.

27 March 2019

ގާސިމް ވަނީ ދިވެހިން ދެކެ " ގެރި ލޯބި ". ރާއްޖޭގައި ޓެކްސްގެ ގާނޫނެއް އޮންނަނަމަ ގާސިމް ދޭންޖެހޭ އަދަދު ބަލާލެވުނީސް. ޓެކްސް ނުނަގާ އޮތް ލާރި ގަނޑަކުން %2 ވެސް މީނާ ރައްޔިތުން ނަށް ހަރަދު ނުކުރޭ. ވީމާ އެކާންދެވެނީ ވެނުމަސް ވެނަށް. ޓެކްސް ގާނޫނެއް ނެތަސް ޓެކްނިކަލް ކޮށް ބަލައިފިނަމަ ޓެކްސް އަށްވާ ކަމަށް ބެލެވޭ ފައިސާ އަކީ އެއްގޮތަކުން އަހަރުމެންގެ ފައިސާ.

The name is already taken The name is available. Register?

ސަކީނާ

27 March 2019

ސަރުކާރުގެ %60 ގާސިމަށް ދިނީމަވެސް ހިތްފުރުނު ކަމަކަށްނުވޭ. ކީކޭ ދެން ބުނާނީ. ގާސިމަށް ވެރިކަން ނުލިބެނީހެއް ހަމަޖެހިލައިގެން އެހެންބަޔަކު އުޅުނަކަ ނުދޭނެ. ބޯހަލާކު މިހިރި ކަންކަމާހެދި

The name is already taken The name is available. Register?

ސާދާސީދާ

27 March 2019

ސޭޓާއި ނަހުލާ ނޫންގޮތެއް!

The name is already taken The name is available. Register?

އޮޅެނީއޭ

27 March 2019

އެމްޑީޕީ ތަމްސީލް ކުރާ މަޖްލީސް މެމްބަރުންނަށް ކުޑާ ކޮށް ސަައިޒު އޮޅިގެން އުޅޭހެން މަމެންނަށް ހާދަ ހީވެއޭ މަމެންނަށް ޔަގީނޭ މަޖްލީހަކީ އެއީ އެމްޑީޕީ މެމްބަރުންގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ އެހެން ކަމަށްވާނަމަ މަޖްލީސް ރައީސް ސްޕްރީމް ކޯޓުގެ ލަފައެއް ހޯދަން ބޭނުންވެއްޖެނަމަ މަޖްލީހުން ފާސް ކުރަންވީ ފާސް ނުވެއްޖެނަމަ ނުކުރާނީއޭ އެއީއޭ އެކަން އޮންނަ ގޮތަކީ އެމްޑީޕީގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ރާއްޖެ އަކީ ތަމެން ނަށް ކުޑާ ކޮށް ސައިޒު

The name is already taken The name is available. Register?

ހަސަނު

27 March 2019

މަޖުލީގެގާނޫނީ ބާރު ކޯޓުގެ އަތް މައްޗަށް ދިއުމަކީ ގައުމު ވިއްކާލުން އަމިއްލަ ފައިދާއަށް.. އެއީ ގައުމުގެ އިސްތިގްލާލާ ގުޅިފާ އޮތ ްކަމެއް.. މކަން މިހެން ވިޔަ ނުދިނުމަށްޓަކާ މަޖުލީހުގާ ކޮންމެ ފަދަ ހަޅޭކެއްލަވާ ކޮންމެ ފަދަ ގޮތަކަށް އުޅުނަސް އަޅުގަނޑަށް ވަރިހަމަ..

The name is already taken The name is available. Register?

ރައްޔިތުންގެ

27 March 2019

ރައްޔިތުންނަށް ފައިދާވާކަމެއް މަޖިލީހުން ކުރެވޭނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރެވިގެން. މިފަހަރު ރައްޔިތުން ވިސްނަވާފައި މަހުޖަނުންގެ ފައިސާއަށް ހުރިހާކަމެއް ބަރޯސާވާންނުޖެހޭގޮތަށް ވޯޓުދެއްވާނެކަމަށް އުއްމީދުކުރަން. އެމީހުން ބޭނުންނުވާނެ އިންކަމްޓެކްސް ނަގާށާއި މިނިމަމް ވޭޖެއް ކަނޑައަޅާށާއި ބޭރުމީހުންގެ މައްސަލަ ހައްލުކުރާށާއި މުވައްސަސާތައް މިނިވަންކުރަން. އެމީހުން ބަލާނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރެވޭނެގޮތްތައް ހޯދަން.

The name is already taken The name is available. Register?

މަހަށްދޭބަލަދެން

27 March 2019

މަޖިލިހުގައި އެމްޑީޕީ މެމްބަރުންގެ ރުޅިގަނޑު ގާސިމަށް އަމާޒު ކުރި ނަމަވެސް އެމެން މިހާރު މަޖްލީސް އެބޭނުން ކުރަނީ އެމެން ކެމްޕެއިން ކުރާ ހަރުގެއެއްގެ ގޮތުގައޭ މަޖްލީހުގެ ގަވާއިދަށް އިސްލާހު ގެންނާން އުޅެނީ ސްޕްރީމް ކޯޓުގެ އިންސްޓްރަކްޝަން އަށް ކަމަށްވާއިރު އެކަމުގައި ޚިލާފު ތަކެއް އުފެދިއްޖެނަމަ ދާން ޖެހޭނެ ސްޕްރީމް ކޯޓުގެ ޚިޔާލެއް ހޯދަން އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ވަޒީރުންނަކީ އެއީ ދާއިމަށް ވަކި ނުވެވޭ ގޮތަށް ތިބި ބަޔެއް ނޫނޭ ތަމެން

The name is already taken The name is available. Register?

‫މަމެން

27 March 2019

‫ތަމެން ކޮމެންޓް ތިކުރަނީ ހިތުން ވަރަށް ކަންތައް އެނގިގެން ހުރެދޯ?

The name is already taken The name is available. Register?

އިއްސޭ

27 March 2019

ކޯލިޝަންހެދިއިރު އެމްޑީޕީ އަށް ހަމަނޭންގޭތަ އޭނާއަކީ ޖާހިލެއްކަން އޭރުވެސް ހާދަވަރަކަށް ބުނެދިނީމޭ ބައިއަތުހިފަންވާނީ ތަންދޮރުވަކިވާވަރުގެ މީހުންނާއިއެކުކަމަށް. ތިޔައުދަގުލުން ސަލާމަތްވާން ދެންއޮތީ ހަނިފުރުސަތެއް ނުވަތަ ފަސޭހަ ފުރުސަތެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454