ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސިއްރުން މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 އެޕްރީލް 2019 - 07:28
ޖުމްހޫރީ ޕާޓީ (ޖޭޕީ) ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެފައި ނުވާ ކަމަށާއި އެފަދަ ބަޔަކު ވަނަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ އިސްލާމް ދީނާއި ގައުމިއްޔަތާއި ގާނޫނާ ހިލާފު ކަމެއް ކުރަން އެއްވެސް ބަޔަކު ޖޭޕީގެ ތެރެއަށް ވަދެފައި ނުވާ ކަމަށެވެ. އަދި ދީނާއި މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށާއި އެމަނިކުފާނު ތާއީދު ކުރެއްވި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ދަންނަވާނީ ރަނގަޅު ވާހަކައެއް ނޫނޭ. ކަނޑުފޭރޭ އެއްވެސް ބަޔަކު ވަދެފައި ނުވާނެ. ނުވެސް ވަންނާނެ. ވަނަ ނުވެސް ދޭނަން،" މާދަމާ ބާއްވާ މަޖިލިހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާ އަށް ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު ތަން ދޭ ގޮތަށް ބަލާއިރު، އަޅުގަނޑަށް އިހްތިޔާރު ނެތް ކަމެއް ނުކުރަން. ގާނޫނީ، ދުސްތޫރީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު ހުރިހާ ކަމެއް މި ކުރަނީ. ފަހަރެއްގައި ބަޔަކު ހިތްހަމަނުޖެހޭ ކަމެއް އޮވެދާނެ،" --- ގާސިމް
އެމަނިކުފާނު އެގޮތަށް ވިދާޅުވި އިރު، އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ބައްދަލުވުމުގައި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ ޕާޓީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަނީމަ ހިތާމަކުރައްވާ ކަމަށެވެ.
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެފައިވާ ކަމަށް އަލީ ވިދާޅުވި އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނުގެ އަރިހުގައި އެ ދުވަސްވަރު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ގިނައީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ.
ގާސިމް ވަނީ އެމަނިކުފާނަށް ބާރު ނުލިބޭ ކަންކަން ކުރެއްވި ކަމަށް ވިދާޅުވެ، ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފަރާތުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައެއް ނުވާނެ އެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާ ގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އެހެން ބައެއް އިސްބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގާސިމް އެ އިޝާރާތް ކުރެއްވީ، މާދަމާ ބާއްވާ މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވުމަށް ގާސިމް ނިންމެވުމުންނެވެ. އެއީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް ބާއްވައިގެން ނިންމި ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ޖޭޕީގެ އިސް ބައެއް ބޭފުޅުން ކުރިން ވަނީ އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު ތަން ދޭ ގޮތަށް ބަލާއިރު، އަޅުގަނޑަށް އިހްތިޔާރު ނެތް ކަމެއް ނުކުރަން. ގާނޫނީ، ދުސްތޫރީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު ހުރިހާ ކަމެއް މި ކުރަނީ. ފަހަރެއްގައި ބަޔަކު ހިތްހަމަނުޖެހޭ ކަމެއް އޮވެދާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މަސައްކަތްޕުޅަކީ މި މަޖިލިސް އިންތިޚާބުގައި ޖޭޕީ އަށް ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދައި ދިނުމެވެ. އޭގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމަށް މަސައްކަތްކޮށް، ޕާޓީ ވަރުގަދަ ކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ނިޒާމެއްގައި މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ސަރުކާރުގެ ޒިންމާތައް ފުރިހަމަ އަށް އަދާކުރޭތޯ ބަލަން އޮންނަ ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވައި، ޒިންމާދާރުކުރުވުމުގެ މަސައްކަތް ކުރަން ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ އެކަމަށް ތަސައްރަފް ފުދޭ ގާބިލް ބޭފުޅުންނަށް ވާން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން، އިންތިޚާބު ކުރާ އަންހެން ބޭފުޅުންގެ އަދަދު ގިނަވާން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އަންހެނުންގެ އިހްސާސްތައް ބޮޑަށް އެނގޭނީ އަންހެން ބޭފުޅުންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖޭޕީގެ އަމާޒެއް އޮތް ކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެ ޕާޓީގެ ބޭނުމަކީ ދިވެހިންގެ ބިން ދިވެހިންނަށް ހޯދައި ދިނުން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދިވެހިންގެ އަތްމަތީގައި ބޭއްވުމާއި، އިސްލާމް ދީން ދެމި އޮތުމަށް ޖޭޕީން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ވެސް ޖޭޕީގެ އަމާޒެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
08 April 2019
ޤާސިމަށް މިހާރު ހުންނާނީ ރަކަނި މަސް ކެވިފަ!
ލޮކިމަސް
06 April 2019
މީދެން ކޮންކަމެއް
ޙހހނހހޖ
06 April 2019
ވަހީދު ކީކޭ އެ ކިޔަނީ ގާސިމް ކައިރިގަ؟
ޑީޑޯސް
06 April 2019
އަލީ ވަހީދަކި އެންމެ ބޮޑުމީހާ ތިކަމުގައި. މިގައުމުގައި އެންމެ ގިނައިން ކަނޑު ފޭރުނު މީހާ، އަތުގައި ހުރި މިލްކީޔާތަށް ބަލާލީމައި އިގޭނެ
ފީކޯތް
06 April 2019
ޕައިރެޓުންގެ ލީޑަރ އެހެންބުނީމަ ޖެހޭނީ ގަބޫލުކުރަން. ޑީއާރޕީން، އެމްޑީޕީން، ޖޭޕީން ދެންދާންއޮތީ އަނެއްކާވެސް ވައިޖެހޭ ކޮޅައްބަލާއިރު އެމްޑީޕީ.މިދިގުދަތުރުތަކުގަ ދަތުރުމަތީގަ ކިއްލިތަޅައިގެން މިލިއަނަރަކައް ވެއްޖެ.
ނޫސް ބަލާމީހާ
06 April 2019
ފޭރޭމީހުން ފޭރެގަނެގެން ދާތަން މަނިކުފާނަށް ފެނިވަޑައިގަންނަވާނީ ކިތަށްފަހަރު ކަށިޖެހީމާކަން އިހްސާސް ކުރެވޭނެ. އދުވަހު ގޮވާނެ . މަށަށޭ އެ މކަރުހެދީ. ތަވކަށްލާފަ ޓިކެޓްދއްވި ބޭފުޅުންނަކީ ކޮންކަހަލަ އިޚްލާޞްތެރި ކަމެއްހުރި ބައެއްކަންވެސް ފެންނާނެ
ކޮބާ..ކޮބާ
06 April 2019
ގާސިމޫ.. ބިރު ނުގަނޭ..މޑޕ އިން ހޮވޭ މެމްބަރުން ވެސް ކައިރިއަށް ގެނެވޭނެ..ލާރި ހުރިއްޔާ
ޢައިސާ
06 April 2019
ނޫން އެމީހުން ތިބީ ފޭކް ލޯ ޖަހާ ފޭކް އަތެއްވެސް ޖަހާގެން ހެދުން މަތިން ހެދުން ލާގެން ކަނޑި ފޮރުވާގެން އެމީހުންނަށް އެނގޭ އެމީހުންނޭ ކިޔާގެން ފިލްމު ހަދާކަންވެސް .
ޑޮކްޓަރ ނާން
05 April 2019
ދިވެހިންގެ ބިން ދިވެހިންނަށް ދޭން ކަލޭ ތިގެންގުޅެ ރިސޯޓުތައް ނިކަން ދޫކޮށްލަބަލަ. ދަރިން ގޮވައިން ދަތުރެއް ދާނެ ރައްގަޑެއްވެސް ނެތޭ ތިކަހަލަ މަހުޖަނުން އެތަން ތަން ބައްކޮށްގެން ތިއުޅެނީ
ސަރީފް
06 April 2019
ނުޖެހެ ރަށެއް ބާއްވާކަށް
ބޭނުން
06 April 2019
އޭރުން ތިކަހަލަ އަނެއްޑޮކްޓަރ އަވަހައް އެތަން ހިފާނެ. ޗުއްޓީދާކައް ނުލިބޭނެ.
ނޫންނޫން
05 April 2019
ކަނޑުފޭރެންވީ ކީއްކުރަން. އެއްގަމުން ފޭރިގެންފައި ގެދޮރުގަނެފައި ހުރި އެކަކު ގައިމުވެސް އެބައުޅޭ.