ރައްޔިތުންގެ މަޖިލީހުގެ އިދާރާ. - ފޮޓޯ: މިހާރު
09 އެޕްރީލް 2019 - 11:08
ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމައި، އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކު، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނައި މި އިސްލާހު އުވައިލަން މިދިއަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނޭ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެޖޯރިޓީ އޮންނަ ކޮމިޓީގައި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލަ ބޭއްވުމަށް ފަހު ގާނޫނުއަސާސީގެ އެ އިސްލާހު އުވާލަން ފާސްކުރީ މީގެ 15 ވަރަކަށް ދުވަސް ކުރިން ކަމަށެވެ.
"އެ އިސްލާހު އުވާލަން ކޮމިޓީން ފާސްކޮށްފައި ވަނީ. އަންނަ ހަފްތާގައި ބާއްވާ ޖަލްސާއަށް މައްސަލަ އެޖެންޑާ ވެސް ކޮށްފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ،" މިހެންނެވެ. އެކަމަކު ޔާމީން ސަރުކާރުގައި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ބާބު ގާނޫނުއަސާސީއަށް ލާން، އޭރު 251 ވަނަ މާއްދާ އިސްލާހުކުރީ "މި ގާނޫނުއަސާސީގެ 302 މާއްދާގައި ބަޔާންކޮށްފައި ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރަށެވެ،" މި އިބާރާތުންނެވެ.
ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ ބާބު ގާނޫނުއަސާސީގައި ހިމެނީ 302 ވަނަ މާއްދާ އިން 309 ވަނަ މާއްދާއަށެވެ. އެކަމަކު ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ކުރީގެ އޮތް ގޮތަށް އިސްލާހުކޮށްފި ނަމަ، މި ބާބުގެ ހުރިހާ މާއްދާއެއް އުވޭނެ ކަމަށް ބެލެވެ އެވެ.
ބޮޗޭގެ އިސްލާހު ފާސްކުރަން މަޖިލިހުގެ ތަޅުމަށް ފޮނުވާ އިރު އާ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް، މަޖިލިހުގެ ތާރީޚު ބަދަލުކޮށްފަ އެވެ. އެކަމަކު އާ މެމްބަަރުންނާ އެކު އާ މަޖިލިސް ފެށޭނީ އަންނަ މަހު ފަހުކޮޅުގަ އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކުރަނީ: އާ މަޖިލިސް ފެށޭނީ އަންނަ މަހުގެ ފަހުކޮޅު - ފޮޓޯ: ހުސެން ވަހީދު /މިހާރު
ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެހެންކަމުން ބޮޗޭގެ އިސްލާހު ފާސްވެދާނެތޯ ސުވާލު އުފެދެ އެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ އިސްލާހު ބާތިލްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ކެމްޕެއިންގައި ވެސް ވިދާޅުވެފަ އެވެ. ކެމްޕެއިންގައި އެމަނިކުފާނު އެންމެ ކަންބޮޑުވުން ފާޅުކުރެއްވި އެއް މައްސަލަ އަކީ ވެސް އެއީ އެވެ.
ޖުލައި 22، 2015 ގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި ބުނެފައި އޮންނަނީ ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކުކުރެވޭނެ ކަމަށެވެ. އެ ބަދަލު ގާނޫނުއަސާސީއަށް ގެނައީ 70 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ދެކޮޅުހެއްދެވީ އެންމެ 14 މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖްލިސް
10 April 2019
މިހާރު އޮތް މަޖިލީހުގެ މިފަދަ ކަމެއް ނިިންމުމުގެ މޭންޑޭޓް އޮތްކަމަކަށް ނެބެލެވޭ. މަޖިލީގެ މިހާރު މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނަށް ރައްޔިތުންވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައި. އެހެންކަމުން މިފަދަ ކަމެއް ފާސްކުރަންވާނީ ރައްޔިތުންގެ ރުހުން ލިބިފައިވާ މެންބަރުން.
ޖޯެެދ
10 April 2019
އިންޑިއާއިން ދިވެހިންނަށް ބިން ނުގަނެވޭއިރު (ގަނެވޭނަމަ މުއްސަނދިވެގެން މަލިކު ގަންނާނަން) ދިވެހިންގެ ބިން އިންޑިއާއަން ވިއްކަން އެމްޑީޕީން އުޅެޔޭ ކިޔާ ފެތުރޭ އަޑުތަކަށް ރައީސާ ސުވާލު ކޮށްދިނުން އެދެން.
ޑރ. ރާމީ މ.ވައިނުޖެހޭގެއާގެ
10 April 2019
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފަ އޮތް ތަނުގެ ގޮތުން ބިން ވިއްކުމަކީ ވަރަށް ނުރައްކާތެެރި ކަމެއް. ބޮޑެތި ބާރު ހުރި ގައުމު ތަކުން ބިންގަނެ އެމީހުންގެ ނާޖާއިޒު ފައިދާ އަށް ބޭނުން ކުރުމަކީ ވަރަށް އެކަށީގެން ވާ ކަމެއް.
ސާމަރާ/
09 April 2019
ހައްދަވާ ގެންގުޅުއްވާ އިލާހް ޔާ ﷲ އަންނިއާ ޔާމީނުގެ ނުބައި ރޭވުންތަކުން މިގައުމު ސަލާމަތްކުރައްވާ ފާނދޭވެ!
ބާތިލް
09 April 2019
އިއްޔެ ގޯސްވިބިލް މިއަދު މޑޕއަށް ރަގަޅު. ތިޔަ ބިލަށް މިހާރު މޑޕ އަކުން ތާއިދެނުކުރާނެ. ހުވާކޮއްފަ ތިބިލް އަލުން ފާސްކުރާނެ. އެކަމަކުވެސް ތިބިލް މިހާރުއޮތް މަޖުލިހުން ބާތިލްކުރަންވީ ދެން މޑޕ އަކަށް ނުބުނެވޭނެ ތިމަންނަމެން ވެރިކަމަށް އައިއިރުވެސް އޮތްބިލެއްގެ ތެރެއިން އިންޑިޔާއަށް ބިންވިއްކީއޭ. ދެން މޑޕ ބިލެފާސްކޮއްފަ ބިންވިއްކާ. އެތިބީ ވެރިކަން ހޯދަދޭން ފައިސާދިންމީހުން ކިޔުގަ ބިންގަންނަން.
ހަނުހުންނަ މީހާ
09 April 2019
އެމްޑީޕީގެ ވެރިކަމުގައި ބޭރުމީހުންނަށް ބިން މިލްކުކުރެވޭގޮތަކަށް ނަހަދާ. އެކަން ކުރީ ޔާމީނު. އަދި 25 އަހަރަށް ކުށްޔަށްދިން އެއަރޕޯޓް ވިއްކާލީކަމަށް ބުނެ ސޮގުވާހަކަ ފެތުރީވެސް އެމީހުން ނޫނީ ކުށްޔަށްދިނުމާއި ވިއްކުމުގެ ތަފާތު ނޭންގޭ ވަރުގެ ބަޔަކަށް ޕީޕީ ކުދިންކޮޅު ވަނީކަންނޭންގެ. ދެން ތިހެން ދައްކާ ދޮގުވާހަކައަށް ނުހެއްލޭނެ ކަން ދިވެހި ރައްޔިތުން މިދައްކާދިނީ. މިކަމުންވެސް އިބުރަތްލިބިގަނެ ކެމްޕޭނު ކުރާގޮތް ބަދަލުކޮށްލާކަށް ނުވޭތަ؟
ހާސަރު
09 April 2019
ބިންވިއްކުން މިއީ ވެސް މާ ސިޔާސީ ޓޮޕިކެއް! ބަލަގަ ބިން ނުވިއްކުނަސް ، ފްލެޓާ ވިލާއާއި ބޭރުމީހުނަށް ވިއްކުން މައްސަލަ އަކީ ކޮބައި!؟ ސޯސަލް ހައުސިންގް ގެ ފްލެޓެއް ނުގަނެވޭނެ. އެކަމަކު ކޮންޓޯ ތަކާ ވިލާތައް އެބަޖެހޭ ވިއްކެން. ދިވެހިން ދުނިޔޭގެ ގައުމުތަކުން ކިތައް ތަން ގަނެގެން އެބައުޅޭ.
އިނޫ
09 April 2019
އިންޑިޔާ އެންބަސީ އަޅަންށޭކިޔާފަ ސޯސަންމަގުގަ ހުންނަ ފޮތިފިހާރަ ކުރިމަތީ އެއޮތް ބޮޑުބިން އިންޑިޔާ ސަރުކާރަށް ދިނީ 2008 ގައި އުފެދުނު އެމްޑީޕީ ސަރުކާރުގައި. އޭރުގެ ޤާނޫނު އަސާސީއާ ޚިލާފަށް. ޤާނޫނު އަސާސީ ބަދަލުކޮށްގެންވެސް ކުރުމަށް އަޅުގަނޑު ނޭދޭކަމެއްއެއީ.
ޔޫއައުޓޮ
09 April 2019
މިބޮޗޭއަކީ އެބިލްފާސްކޮށް އެއިގެ ދިފާއުގަ ހުރިހާ މީޑިއާތަކެއް ކުޑައަށްލައިގެން އެވަރެއްނެތިގެން އުޅުނު މީހެއް.. މިއަދު މިކިޔާއެއްޗެއްނޭގެ... ހީވޭ ފަޅޮލޭ ކުނިކުރޮޅިޔޭ ކިޔާހެންވެސް، ވޯޓުން ތެޅިތެޅީނުން އެހުރީ ބުރާންތިވެފަ..
މަރޭމިތުރު
09 April 2019
ވިއްކައި ވިއްކައި ހޮސްކޮށްފާނޭ! ހިއްކައި ހިއްކައި ބޮޑުކޮށްފާނޭ!................. ނޭދެވޭ ހިއްކިޔޭކިޔާފަ ހިބަވާގޮތައް ބިން ދޭކަށް. ޔާމީނު ނެތޭ ގައުމުގެ މުސްތަގުބަލަށް ރަނގަޅައް ކަމެއްކޮށްފައި. މުޅީންވެސް ހުރީ ޖީބައް އަންނަގޮތައް ކަންކަން ކޮށްފައި.
ރުޅި
09 April 2019
ތިމާމެން ވެރިކަމުގައި ތިބޭނަމަ ކޮންމެބަޔަކަށްވެސް ބިންވިއްކުން އޯކޭ. އެކަމަކު ތިމާމެން ވެރިކަމުން ފޭބުމުން ބިންވިއްކުން ގޯސް. މިއީ މިއަދުގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުންގެ ވިސްނުން ހުރިގޮތް. މިއަށްކިޔާނީ އަމިއްލައެދުންނޫން ދެންކޯއްެޗެއް؟