ކުޑަ ކުއްޖާ ސައިކަލް ވަށިގަނޑަށް ލައިގެން ދުއްވަނީ.
14 އެޕްރީލް 2019 - 14:10
ކުޑަ ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވި ފުލުސް މީހާގެ ލައިސެންސް އެއް އަހަރު ދުވަހަށް އަދި އެހެން ދެ މައްސަލައެއްގައި ހިމެނޭ އިތުރު ދެ މީހެއްގެ ލައިސެންސް ޓްރާންސްޕޯޓް އޮތޯރިޓީން ހިފަހައްޓައިފި އެވެ.
މާލޭގެ ރިންގް ރޯޑުގައި ކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އެކަން ކުރި މީހާ އަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތުގެ މި ވީޑިއޯ އިން ފެންނަ ގޮތުގައި ކުއްޖާ ވަށިގަނޑުގައި ބައިންދާފައި އިން އިރު، ސައިކަލްގެ ހެޑް ލައިޓް ވެސް ހުރީ އެ ކުއްޖާގެ ލޮލަށް ވާ ގޮތަށް ދިއްލައިފަ އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ސަމާލުކަމަށް އައި މި މައްސަލައިގައި ފުލުހުން ބުނީ އެކަން ކުރި މީހާއާ މެދު ފިޔަވަޅު އެޅީ އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. އަދި އެހެން ދެ މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ވެސް އެ ގާނޫނުގެ ދަށުންނެވެ.
އެގޮތުން ތ. ތިމަރަފުށީގައި މިދިޔަ މާޗް 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން ދިވެހި މީހާގެ ލައިސެންސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ އަށް ރާއްޖޭން ބޭރުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.
ފުލުހުން ބުނީ މިދިޔަ ފެބްރުއަރީ މަހު ސިނަމާލޭ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެއް ފުނޑުފުނޑުވި ހާދިސާއާ ގުޅިގެން އެ ކާރު ދުއްވި މީހާގެ ލައިސަންސް ވެސް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ލައިސެންސް ހިފެހެއްޓީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ޕާސަނަލް ސެކްރެޓަރީ އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫންގެ އެވެ.
މާލޭގެ ސެނަހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޓެކްސީ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އޭނާގެ ހުއްދަ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
15 April 2019
ދުއްވާ އެއްޗެއް ނުގަވައިދުން ދުވުމަށްވުރެ އޭނާ އެވަނީ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ކޮށްފަ އަދި ޖިސްމާނީ ބޮޑު އަނިޔާއެއް ލިބޭ ފަދަ ކަމެއް ކޮށްފަ.. އޭނައަށް އަދަބުދޭންޖެހޭ ކުޑަކުދިންގެ ގާނޫނޫން...
އިންޖީނު
14 April 2019
ލައިސަންސް ނުލާ ދުއްވާ މީހުންނަށް ފިޔަވަޅު އެޅޭތޯ!
ާއައިލީ
14 April 2019
މިދެން ކިހާ ދެރަކަމެއް.. އޭނަ ކައިރި ކުރިން ބުނެލިނަމަ، ވީޑިއޯނުކޮށް.... ކިހާބޮޑު ދެރައެއް މިލިބުނީ މިހާރު.. އޯގާތެރި ކަމެއް ނެތް މާހައުލެއް؟؟؟؟
ނޭގޭ
14 April 2019
އެއީ ކަންކަން ނޭގޭ ވަރު ކުޑަކުއްޖެއްތަ ބުނެދޭން
އައިލީމާމަ
15 April 2019
އައިލީ ތީ ލައިސެންސް ހިފެހެއްޓި މީހާތަ.. ޤަވާއިދާ ހިލާފުކަންކަން ކުރާ މީހުންނަށް ބާރު ތިދެނީ.
އިހްސާސް
14 April 2019
އާސަންދަ ވެސް ލިބޭ އަދި ފުލުހުންގެ ހާއްސަ މެޑިކަލް ސްކީމުން ހިލޭބޭސްފަރުވާވެސް ކުރޭ. އެކަމަކު އާދައިގެމީހާ އާސަންދައިގެ އިތުރަށް ދެންޖެެހެނީ ސަލާންޖަހަން. ވީއިރު ފުލުސްމީހާގެ ލައިސަންސް ހަމައެކަނި ހިފެހެއްޓީމަ ނިމުނީކީނޫން. އެހެން އަދަބުވެސް ދޭންޖެހޭ. އޭނަ ގާނޫނު ނަގަހައްޓަން ހުވާކުރިމީހާ ތިޔަހެން ދޫކޮށްނުލާ.
އެޑޯ
15 April 2019
ކަލޭ ދާންވީނު ޢޭނާ ދޫ ނުކޮށް ހިފަހައްޓާ އަދަބު ދޭން ފުލުހެކޭ ބުނާއިރަށް ތިބެނީ ކޮމެންޓް ކުރަން މޮޔަވެފަ
ނެޑް
14 April 2019
ލައިސަންސް ހިފަހައްޓައިގެން ނުނިމޭނެ. ކުޑަކުއްޖަކަށް އިހުމާުލުވެ ފުރާނައަށް ގެންލުންވާފަދަ ކަމެއް ކުރުން ކޮބާ؟
އަހްމަދު
14 April 2019
ލައިސަންސް ހިފެހެއްޓީމާ ދެން ސައިކަލެއް ނުދުއްވޭނެތަ؟
ޖަޒީރާމީހާ
14 April 2019
ފުލުހުންނަކީ މީހުން ގަވާއިދަށް އުޅުމައް ބާރުއަޅާ ބަލެހެއްޓުމުގެ ޒިންމާއުފުލާ ބައެއް. އެމީހުންނަށް އެކަން ނުކުރެވޭހާލު ގަވާއިދަށް ބޯނުލެނބޭނަމަ ވަޒީފާއިން ވަކިކުރެވެންޖެހޭ ކަމަށް ގަބޫލުކުރަން. ހަމައެކަނި ލައިސެންސް ހިފެހެއްޓުމަށްވުރެ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދައަމަލުތަކުގައި ހަރުކަށިވާންޖެހޭ
ޢިބޫ
14 April 2019
ހަމައެކަނި ލައިސަންސް ހިފެހެއްޓީމަ އެނިމުނީތޯ؟
ނަމަވެސް
14 April 2019
ހެހެ ތިހެން ލައިސަންސް ހިފެހެއްޓީމަ އެއްޗެއް ނުދުއްވާ ގޭގަ ބަސްއަހައިގެން ތިބޭވަރަށްވުރެ އަހުލާގީފެންވަރު ދައްމީހުން އުޅޭ ގައުމެއް މިއީ
ނޫވިލު
14 April 2019
ލައިސަންސްވެސް ހިފަހައްޓަންވީ. އަދި ބޮލުގާ ޓަތްކެއްވެސް ޖަހަންވީ.