ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި (ވ) ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު. --- ފޮޓޯ: މިހާރު
25 އެޕްރީލް 2019 - 08:33
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މިއީ އާންމު އިންތިޚާބަށް ފަހު، ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުންތަކެއް މިހާ ބޮޑަށް ސަރުކާރަށާއި ރައީސަށް ރައްޔިތުންގެ މަޖިލިހުގައި ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ބަލިވި ދެ ބޭފުޅުން، ރައީސަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގަ އެވެ. ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އިލްހާމާއި ލަތީފްގެ އިތުރުން، ސަރުކާރު ކޯލިޝަންގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑު ހުރީ ޖަލުގައި، އަޅުގަނޑުގެ އާއިލާ އޮތީ ތިޔަ ބޭފުޅުންނާ އެކީގައި ކެމްޕެއިންގައި. އަންހެނުން ލައްވައި އިންޓަވިއު ނަގައިގެން އިލްހާމަށް، އާއިލާ އަށް އަނިޔާ ކުރަމުންދާ ކަމަށް، ރައީސް ޔާމީންގެ ވެރިކަން ވައްޓަން ވޯޓު ދޭށޭ ކިޔާފައި އަންހެނުންނާއި ދަރިން ލައްވައި އިންޓަވިއު ނެގީ. މި ހަގީގަތްތަކެއް އޮޅުވައެއް ނުލެވޭނެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަށް މަސް ދުވަސް ވަންދެން ޖަލަށް ލާފައި ހުރި އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ވިސްނުމަކީ ކޮމިޝަންތައް އުފައްދައިގެން، ބަދަލު ހިފައި މީހުން ޖަލަށްލުމެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުކުރީ ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރަން ފެށުމުންކަން އިލްހާމް ފާހަގަ ކުރެއްވި އެވެ.
"އެންމެން ބޭނުންކޮށްގެން، ގާސިމްގެ ޖޭޕީ ބޭނުންކޮށްގެން ވެރިކަމަށް އައީ. ދެހާސް އަށެއްގައި ވެސް އެހެން [ވެރިކަމަށް] އައީ. ހަނދާނެއް ނެތް ވައުދާއި އަހުދެއް،" މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް އިޝާރާތް ކުރައްވައި އިލްހާމް ވިދާޅުވި އެވެ.
އަބަދުވެސް މިހާރު ދައްކަނީ މީހުން "ކޮމިޝަނަށް ހާޒިރުކުރާ ވާހަކަ" އާއި މީހުން "ޖަލަށްލާ ވާހަކަ" ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއާ ދެކޮޅަށް ވާހަކަ ދައްކައިގެން ނޫންތޯ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރީ. ބަދަލުކޮށްފައި ބަހައްޓާފައި އަނެއްކާ މި ވާހަކަތައް ދައްކަން ފެށީ." މި ފަހަރުގެ އާންމު އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި އިލްހާމް ވިދާޅުވި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އާންމު އިންތިޚާބުގައި އަށް 65 ގޮނޑި ލިބުނަސް، ރައްޔިތުން އަދިވެސް ތިބީ އެ ޕާޓީއާ އެއްކޮށް ނޫން ކަމަށް އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ ފިޔަވައި އެހެން ފިކުރުތަކަށް ވޯޓު ދިން ރައްޔިތުންގެ އަދަދު މާ ގިނަ އެވެ.
"އެންމެން ބޭނުންކޮށްގެން، ގާސިމްގެ ޖޭޕީ ބޭނުންކޮށްގެން ވެރިކަމަށް އައީ. ދެހާސް އަށެއްގައި ވެސް އެހެން [ވެރިކަމަށް] އައީ. ހަނދާނެއް ނެތް ވައުދާއި އަހުދެއް،" އިލްހާމް
ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން ހުންނެވި އަދި ގާސިމް އެންމެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް ވިދާޅުވީ، އެމްޑީޕީ އަށް ގިނަ ގޮނޑިތަކެއް ލިބުނަސް، ކުރިމަގުގައި މަޖިލިހުގައި ކަންކަން ކުރާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.
ލަތީފް ވެސް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ގާސިމްގެ ބުރަ މަސައްކަތްޕުޅުންނެވެ. އަދި މި ކަމުގައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ ގާސިމް ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރު ހިންގަމުން ދަނީ ޅ. ހިންނަވަރުގެ ފަޅުތެރޭގައި އަޅާފައި އޮތް ވަކަރު ދޯންޏެއްގައި "ޓޫޓީ އިންޖީނެއް" އަޅައިގެން ހިންގާ ގޮތަށް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިޚާބުގައި ވެސް ދިއްދޫ ދާއިރާ އަށް ވާދަކުރެއްވި ލަތީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ ކަމަށެވެ. އަދި ސަރުކާރުން ވި ވައުދުތައް ރައްޔިތުންނަށް ފުއްދައި ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރެއް ނުހިނގާ. ހިނގަންވާ މިންވަރާ ގާތަށް ވެސް،" އާންމު އިންތިޚާބުގައި އެންމެ ބޮޑު ތަފާތަކުން ބަލިވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ލަތީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
22 August 2019
އަނގަމަޑުންލާ ވަޓްއިޒް ދިސް ރަންކޮޅާ ތީތި ކަޑައޭ
ގާސިމެއް ކާސިމެއް
27 April 2019
ގާސިމެއް ކާސިމެއް ކިޔާނެކަމެއްނެތް ރައްޔިތުންއެއޮތީ އަޑުއިއްވާފަ ބޮޑާނުވެ ކިޔަމަންވޭ!
.. ..
27 April 2019
ކާލޯދެމީހުނޭ! ކާކަށް އިއްވަން ކިޔާއެއްޗެހިތަކެއް. ޔާމިންގާތުތިބެފަ ޔާމީންއަށް ...ކޯރުވީ އަމިއްލަ އެދުން އިސްކޮއްގެން. މިހާރު އެއެދުން 6ގުނައަށް ޖައްސައި މިސަރުކާރުން އެބައި ފުރިހަމަ ނުވީމާ ބީތާ ވަމުން ތިއޮށްދަނީ. ތިޔައީ ރައްޔިތުން ފޫހިވާ ބައިގަނޑެކޭ.
ދޮންކަމަ
27 April 2019
އިއްޔެ ހަދާންނެތިއްޖެ. އިއްތިހާދާއި ގުޅެންދެން އިއްތިހާދު ޕާޓީތައް އޮތީ މިލާމޯޅިވެފަ. އުއްމީދެއް ދިރުމެއްނެތް. ރައްޔިތުންނާ ތިޔަ ވިދާޅުވާ ލީޑަރުންވެސްތިބީ މާޔޫސްވެ ގޮތްހުސްވެފޢި. އެހާލަތުގައި އެމީހުން ނެގި ރިސްކު ނަގަންކެރޭނީ ކިތައް ދިވެހިރައްޔިތުންނައްތޯ؟ އުއްމީދުގެ ހުޅުކޮޅު ދެންދެން ނިވިދާނެ ހެން ހީވި ކިތައް ދުވަސް ދިޔަތޯ ހިތްވަރަކަށްވެސް ބާރަކައްވެސް ތިބީ އެވަގުތު 12 މެމްބަރުން ނޫންތޯ؟
އާދަނު2
27 April 2019
ގެއްލުނު އެތީގެ ބޮޑުކަމުން އެއުޅެނީ
ތަންހީދު
27 April 2019
ލަތީފާއި އިލްހާމު އެކަނި ރައީސްޔާމީން ކޮޅަށް އެރިޔަސް 43 މެމްބަރުން ހަމަވީސް. އޭރުން އޮންނާނީ އިލެކްޓްރޯނިކްސް ވޯޓް. އެމް.ޑީ.ޕީ ޕަޕެޓް ލަދުގައްނަން ޖެހޭނެ. ބޮޑު އެއްޗެއް ލިބިގެން ތިއުޅެނީ އެމީހުންގެ ވެސް މަސައްކަތުން.
ޢައްޔުުބް
26 April 2019
ބަލަ އަންހެނުންކީއްކުރަން އެންމެން ނިކުމެ އެކައްޗެއް ކިޔައިން ނިކުތިމަ ކަލޯމެން ތިތިބީ ސަލާމަތްވެފަ. ޜައްޔިތުން ނޫނެކޭ ބުނީމަ މައިތިރިވެ، ތިމާމިގައުމަށް އިހްލާސްތެރި މީހެއްކަމށް ދައްކުވާދިނީމަ ދެންވެސް ރައްޔިތުން ބަލައިގަންނާނީ.
ޒައިނާ ބިން ޤާސިމް
26 April 2019
ޢަހާ މިއީ އެއްކަލަ ފަޔަށް ހޫނުފެން އެޅުނުސޮރު ދޯ ! ޙަމަޖެހޭވާހަކައެއްވެސް ނޭނގޭނެ މިސޮރަކަށް ދައްކާަށް މިވަރު މީހުން މިނުކުމެ ހަށިފުއްޕަނީ ހޫން ވަރައްފޫހި !
ބިޝާމާ
27 April 2019
ޒައިނާ އަށް ކެރޭނެތޯ އެމީން ތިބި ހާލަތުގައި ކެތްކޮއްލަން. މާގަޓް ނުވެބަލަ. ބަލަ އިއްޔެ ހީރޯއިން މިއަދު ޒީރޯ އޭ ބުނީމަ އޭތި ކަޑައޭ. ހޭރާ ދުނިޔެ އަދި ހުސްނުވޭ. ދަރިންނަށް ނުވާލޯބި ވާނަމޭ ބުނީ އައްނިއޭ!
ބެޔަ
26 April 2019
މީ ފޭލް ވެފަ ތިބި ތާކުންތާކު ޖެހޭ ބައެއް ނޫން. މިމީހުން ދައްކާ ވާހަކަ ވެސް ހަބަރަކައްވޭތަ
ނަސަންދުރާ
26 April 2019
މީ ހުސް ދެބޯގެރި ދުއްވާމީހުން
ނަސަންކަރާ
27 April 2019
ދެބޯގެރި ދުއްވާގެން ވެސް ވެރިކަން ހޯދާދޭން މަސައްކަތް ނުކުރޭތަ. ކީކޭ ހިތާތަ ތިއުޅެނީ. ލޮލް.
އަލިކިލެގެފާނު
26 April 2019
ތިމަންނާމެން ބައިވެރިވެގެންނޭ ވެރިކަމަށް ގެނައީ ! އެދުވަހު އެނޫން ގޮތެއް ނެތް ! ކުރިމަތީ އޮތީ 2 ގޮތް ! ހުރިހާ ބޭފުޅުން ތާ އަބަދު ޖަލުބަންދުގައި ތިބުން ނުނީ ތިމާމެން ނުހައްގުން ވައްޓާލި ވެރިކަން އަލުން ސަލާމަތައްޓަކާ އިއާދަކުރުން ! ތަގުދީރުގެ ނިޔާ އައިސް އަރާ ހަމަވެއްޖެ ! މުޖުރިމުން ތިބީ ކަރުތާފެނުގައި ގައުމައްވީ ގައްދާރީގެ ބުރަދަން ގާނޫނީ ގޮތުން ބޮޑުކަމުން ތިލަހިސާބަކަށް އާދޭވަރެއް ނުވޭ ! ނަފްސައްޓަކާ ތައުބާ ވުން ބުއްދިވެރި !
މާޝާލަތުފީ
27 April 2019
ޙުސް ދޮގު ބިން ފިރާ ރަންވެސް އޭރުގެ ސަރުކާރަށް ދެވެއްޏާ ދޭން ތައްޔާރަށް ތިބީ. ނާށިގަޑު ހިފާގެން ސަލާންޖެހި ހަދާން ނެތިއްޖެ. ލަދެއް ހަޔާތެއް ނެތޭ ދޯ މި އަންނިގެ ސަޕޯޓަރުން.
ޖީނާ
29 April 2019
ހެހެ ތައުބާ އަމިއްލައަށް ވުން ބުއްދިވެރީ