ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
29 އެޕްރީލް 2019 - 12:06
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ދީ ނިންމުމަށް ފަހު، ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަން ފިނޭންސް މިނިސްޓްރީން އެ ޕާޓީ އަށް އަންގައިފި އެވެ.
ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މިދިޔަ އަހަރަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ނުދީގެން ފިނޭންސާ ދެކޮޅަށް އެ ޕާޓީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ އެއްކޮޅަށެވެ. އެހެންވެ އެ ފައިސާ ދޫކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސްގައި އެދުނެވެ. އެކަމަކު އެ ފައިސާ ދޫކުރުން ލަސްވީ އެ މިނިސްޓްރީއާ ހިސާބުންނެވެ.
ޕީޕީއެމަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީ އަށް ފައިސާ ދޫކުރާނެ ކަމަށެވެ. ޕީޕީއެމްގެ އިތުރުން އިލެކްޝަންސަށް ވެސް އެކަން ވަނީ އަންގައިފަ އެވެ. ވަކި ތާރީޚެއް ކަނޑައަޅައިފައެއް ނުވެ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޕީޕީއެމް މިހާރު އޮތީ ދަރަނިވެރިވެފަ އެވެ. ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޕާޓީ ދަރަނިވެރިވީ ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުންނެވެ. އެ ފައިސާ ލިބުނުހާ އަވަހަކަށް ދަރަނި އަދާކޮށް، ޕާޓީ ހަމަ މަގަށް އެޅޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ލީޑަޝިޕަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސް، އަލަށް ހަތަރު ނައިބު ރައީސަކު އައްޔަންކޮށްފަ އެވެ. ޕާޓީ އަށް އާއްމު މެމްބަރުން އިތުރުކޮށް، ގޮފިތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިއުލިޕް
29 April 2019
ކައުންސިލް އިންތިހާބު ނިމެންދެން ބެހެއްޓިނަމަ
ހުތްކިބަ
29 April 2019
ތިޕާޓީއަށް އެކައްޗެއްވެސް ދޭނެކަމެއްނެތް. ދިނަސް ދޭންވާނީ ވެފައިއޮތް ދަރަނިތަކަށް ކަނޑާފަ.
ދދދދދ
29 April 2019
ތީ ވަރަށް ފައްކާ ގޮތެކޭ. ރީނދޫ ބާގައި އެއްވެސް ވަގަކަށް އެކައްޗެއްވެސް އޭރުން ލިބޭކަށް ނޯންނާނެ. ތިހެން ހަދަން ފެނޭ ވަރަށް.
ހަސަން ނ
30 April 2019
ޑިމޮކްރަސީގެރީތިއުސޫލަކީ ހުރިހާފައިސާއެއް އމޑޕ ދިނުން
ގގގގގ
30 April 2019
އިންސާފާ ހަމައަކީ، މަގުމަތިން ހޯދާއެއްޗަކަށް ހަދާ ޖަނަވާރުންގެ ހަމަތައް ދިވެހި އިންސާނީ މުޖުތަމަޢަށް ގެންނަން މިއުޅޭ ގްރާސް ރޫޓްގެ އެކްޓިވިސްޓުންގެ ޖާހިލުކަމާއެ.
އިބުރާ
29 April 2019
ދައުލަތުން ކޮންމެ އަހަރަކުވެސް ގައުމު ހަލަބޮލިކުރާ ސިޔާސީ ޕާޓީތަކަށް މިލިޔަނުން ހޭދަކުރާއިރު، ދަރުމައަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކަށް ތިޔަ ފަދަ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ ގައުމަށް މާ ފައިދާ ބޮޑުވާނެ ކަމެއް.
ޙަގީގަތް
29 April 2019
ދިވެހިންބޭނުންވަނީ އިންޑިއާގެވެރިކަމުގެ ދިދަދަށުގައުޅެން އެކަމަށްއަޅުގަނޑުވެސް ތާޢިދުކުރަން ކުރިއަށްއޮތްތާގަ މިގައުމުގެރަތްޔަތުންބޭނުންވަނީ އިންޑިއާއިންމިގައުމުގެ ވެރިއަކުކަނޑައަޅަން ދިވެހިޕާސްޕޯރޓުއުވާލައި އިންޑިއާގެޕާސްޕޯރޓުގައިދަތުރުކުރަން މީބޭނުންވާގޮތް
މަންޑޭލާ
29 April 2019
މިހާރުވެސް މިފެންނަނީ ޔާމިންގެ ތަރައްގީ. އަދި މިސަރުކާރުން ކަމެއްނުފަށާ.
ޝޮކްތެރަޕީ
29 April 2019
މިރާއްޖެ މިއޮތީ ނޭގުމެއްގެ ތެރޭ. ރާއްޖެ ކުރިން ދިޔައީ މިނިވަންކަމާއެކީ އިގްތިސޯދީ ފުދުންތެރިކަން އިތުރުވަމުން. މިހާރުން އިންޑިޔާ މިރާއްޖޭގެ މުސްސަދިކަން ވެރިގަންނަނީ. ދިވެހިންނަ ދެރަ
އަސްރަފް
29 April 2019
އަޅެ މިކޮންކަހަލަ ސަރުކާރެއް. ކަންމަތީ ފިހާރަތަކުން ބުނާ ކަހަލަ ވާހަކަތަށް މިކިޔަނީ
ހަސަނުގެދަރި
29 April 2019
ފައިސާ ލިބުނީމާ ރުމާލު2 ޖަގަހަ ގޯތިތެރެ ސާފުކޮށްލަދެއްވުން އެދެން.
ދޮގެއްތަ؟
29 April 2019
ކުނި ކަހާ ސާފުކޮށް ބެލެހެއްޓުން އެއީ ކަލޭމެންގެ ކަމެއް. މުޅި މާލެ ގޮނޑު ކޮށްލައިފި ހައެއްކަ މަސްތެރޭ.
ނިޒަމު
29 April 2019
ޑދޭންވެއްޖެތަ އަދި މަޑުކޮށްލަންވީނު ކައުންސިލް އިންތިހާބުވެސް ނިމެންދެން ކޮބާތަ ލަދު ހާދަ ކަރަޕްޓޭދޯ
ރީދޫ
29 April 2019
އެންމެން ހާދަ ވަރަކަށް ކަންބޮޑުވަނީ، ބަލާބަލަ ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ޕާޓީއަށް ފައިސާ ދިންގޮތް، މި މީހުންވިއްޔާ ދޭނަމޭވެސް ބުނެފިއެއްނު.