ފޮރިން މިނިސްޓަރު ޝާހިދު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ: ރޯދަ މަސް ނިމުމާ އެކު ޗައިނާ އަށް ރަސްމީ ދަތުރެއް ކުރައްވާނެ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 މެއި 2019 - 11:42
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
"މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އަންނަ ހޯމަ ދުވަހު ފަށާ މި އަހަރުގެ ރޯދަ މަސް ނިމުމުން، ޝައްވާލު މަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޗައިނާ އަކީ މިހާތަނަށް ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެ ދީފައިވާ އަދި ބޮޑެތި ލޯނުތަކެއް ވެސް ފޯރުކޮށްދީފައިވާ ގައުމަކަށް ވާއިރު، މިދިޔަ އަހަރުގެ ނޮވެމްވަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޗައިނާ އަށް ވަޑައިގަތުން ލަސްވީ ކީއްވެތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ، އެންމެ ފުރަތަމަ ވެސް އެގައުމަށް ދަތުރެއް ކުރައްވަން ފަސޭހަ ތާރީޚެއް ދިނުމަށް ޗައިނާ ސަރުކާރުގައި އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެއީ އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ، ކޮމިއުނިސްޓު ޕާޓީގެ އެތެރޭގެ ޖަލްސާތަކެއް ބާއްވަމުން އައި އަދި ޗައިނާގެ ސްޕްރިންގް ފެސްޓިވަލްގެ ދުވަސްވަރަކަށް ވާތީ ދަތުރު ލަސްވީ ކަމަށް ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ނުވާނެ ގޮތަށް ކޮށްފައިވާ ކަންކަން ހަމަ މަގަށް އެޅުވުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" ޝާހިދު
"ޗައިނާ އިން އަދި ކިރިޔާ ބޭރު ގައުމުތަކާ އެކު އަލުން ބައްދަލުވުންތައް ފެށީ. ބައްދަލުވުންތައް ފެށިއިރު މި އޮތީ ރަމަޟާން މަސް އައިސް. ރަމަޟާން މަހުގެ ތެރޭގައި އަޅުގަނޑުގެ އެހެން ދަތުރުތައް އެބަހުރި. އެހެންވީމާ އެކޮޅަށް ވެސް [ޗައިނާ އަށް] އަދި އަޅުގަނޑަށް ވެސް ފަސޭހަ ތާރީޚެއް ގައި ދާނަން ޗައިނާ އަށް،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ރަނަގަޅެވެ. އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަރަށް ފަހުން އެ ގައުމަށް ވަޑައިގެންނެވިކަން ޝާހިދު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ޝާހިދު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ: ޗައިނާއާ އެކު ރާއްޖެ އިން ދައްކާ ވާހަކަތަކުން ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ރާއްޖެ އިން ގާތްގުޅުމެއް ބާއްވައި ބޮޑެތި ލޯނުތަކެއް ނަގާފައިވާއިރު، އެ ލޯނުތަކުގެ ދަރަނި ކުޑަކޮށް، ފައިސާ އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަން ޗައިނާ ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަން ލިޒޮން މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައި ވަނީ އަނބުރާ ދައްކަން ފަސޭހަ ލޯނުތަކެއް ކަމަށެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޗައިނާ އިން ލޯނުތައް ދީފައި ވަނީ އާމްދަނީ ލިބޭ މަޝްރޫއުތަކަށެވެ. ނަމަވެސް، ރާއްޖޭގެ ކަންބޮޑުވުމެއް އޮތް ނަމަ ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރައްވާ ދަތުރުގައި މަޝްވަރާ ކުރެވިދާނެ ކަމަށް ސަފީރު ވިދާޅުވެފައި ވެ އެވެ.
ޗައިނާގެ ލޯނުތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭނުންވާ ކަންކަމަށް މަރުހަބާ ކިޔާކަން ޗައިނާ ސަފީރުގެ ވާހަކައިން އެހާ ބޮޑަށް ދޭހަނުވާ ކަމަށާއި އެހެންވެ ކުރިއެރުމެއް ލިބިދާނެތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ، ހައްލެއް ފެންނާނެ ކަމަށެވެ. އަދި ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖެ އަށް ވަރަށް ބޮޑަށް ހެޔޮއެދޭ ގައުމެއް ކަމަށެވެ.
"ކުރީގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ނުވާނެ ގޮތަށް ކޮށްފައިވާ ކަންކަން ހަމަ މަގަށް އެޅުވުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމެއް ވެސް ވާން ޖެހޭނީ ދިވެހިރާއްޖެ އަށް އޭގެ ފައިދާ ކުރާނެ ކަމަކަށް. ޗައިނާ ސަރުކާރު ވިޔަސް އަދި އެހެން ގައުމެއްގެ ސަރުކާރަކުން ވިޔަސް އެ ފަރާތަކުން އަޅުގަނޑުގެ މޭޒުގެ ކުރިމަތީގައި އިންނަވާ ބޭފުޅަކު ވާހަކަ ދައްކަވާނީ އެ ގައުމަކަށް އެންމެ ފައިދާކުރާނެ ގޮތަށް. އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރާނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެ އަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ޗައިނާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ އިތުރު އެހީތަކާއި އިންވެސްޓުމަންޓުތައް ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެެން
04 May 2019
ވިސަ ނަގަން ނުޖެހޭ ގޮތް ހަދަން ވާހަކަ ދައްކައްޗެ
ފަރާ
04 May 2019
"ކުރީގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ނުވާނެ ގޮތަށް ކޮށްފައިވާ ކަންކަން ހަމަ މަގަށް އެޅުވުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" ޝާހިދު މި އަށްވެސް އަހަރުމެން ދިވެހިން އަތްޖަހާ.
ދުމައިން
04 May 2019
ބުހުތާން ދޮގު. ފިނޭންސް މިނިސްޓަރު އިންޑިއާއަށް ގޮސް ކޮސްގޮވުމުގެސަބަބުން ޗައިނާއިން އެންގީ އިބޫ ސޯލިހްއަށާ ޝާހިދުއައް އެވާހަކަތަށް ޖަސްޓިފައި ކޮށްދޭން. ނުދެވޭހާ ދުވަހަކު ޗައިނާއަށް މަރުޙަބާ ކިޔެން ނެތްކަމަށް. ކޮންހަ ދޮގެއްހދާކަށް.
ގަނޭޝް
03 May 2019
މީނަ މީ ހާދަ ދަތުރު ކުރާ ހިތް ވާ މީހެކޭދޯ.
އަސޮކު
04 May 2019
2 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދަތުރު ތަކަށް މިހާރުވެސް ހަރަދު ކޮށްފި
ނޫން
03 May 2019
ވާ ފައިދާއެއް ނެތެއްނު
ޮޮޮޮޮޮޮުުރރރރރރރރރރ
03 May 2019
މި ޕައިލެޓެއް ތަ ؟ އިރު އިރު ކޮޅަށް ކޮންމެވެސް ގައުމަކަށް ، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ވެސް މީނަ މިކުރާވަރަކަށް ދަތުރެއްނުކުރޭ ،
ބެލްޓް އެންޑް ރޯޑް
03 May 2019
މިއީ އަސްލު ގުޅުން ބަދަހި ކުރަން ޖެހޭ ގައުމަކީ. ޔޫރަޕް ގައުމުތައްވެސް ގޮތްދޫކޮށް އެދަނީ ޗައިނާއާ ގުޅެމުން. ޗައިނާ އެދަނީ މުޅި އެފްރިކާވެސް އާރާސްތުކުރަމުން. ހުޅަނގަށް ކުރެވޭ ކަމަކީ ތަންތަނަށް ބޮންއެޅުމާ ހަތިޔާރު ވިއްކާ ހަމަނުޖެހުން ހިންގުން. ބެލްޓް އެންޑް ރޯޑް ފޯރަމްގަ ރާއްޖެ ނެތުމަކީ ރާއްޖެއަށް ލިބުނު ބޮޑު ގެއްލުމެއް.
ވިސްނާ
03 May 2019
މިހާރު ދެން ފުލެޓް ވާހަކައެއް ނުދައްކާނެ. ކުރަން ބޭނުންވި ކަންތައް ވެއްޖެ. ދެން ރައްޔިތު މީހާގެ ބޭނުމެއ ނޮއޮންނާނެ.
އާރީ
03 May 2019
ސާހިދު ގެ ދަތުރުތަކަށް ހާދަ ބައިވަރު ރުފިޔާއެކޭ ދޯ ތި ހަރަދު ކުރަނި. ތި ވަރަށް ދަތުރު ނުކޮށް ތި ކުރަށް އުޅޭ ކަންކަން ނުވަނީތަ. ގައިމް މިގައުމްގެ ހުރެއެއްނު އެ ގައުމް ތަކުގެ އެމްސީތައް. އެތަންތަނަަށް މެދު ވެރިކޮށް ތިކަން ނުވޭތަ.
ޝޮކްތެރަޕީ
03 May 2019
މި ޤައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމައްކުރަންޖެހޭ. އިންޑިޔާހެ ބޭނުމަކީ އެމީހުންގެ މުށުތެރޭ މި ރާއްޖެ ބޭއްވުން. މި ޤައުމުގެ މުސްސަދިކަން ފޭރުން.
ޝަރީފް ވޯޓް
04 May 2019
ދެން ސަލާމަތެއްނުކުރެވޭނެ! މާލަސްވެއްޖެ!