މަސްތުވާތަކެއްޗާއެކު އަތުލައިގެން އީރާނު ބޯޓު ފަރަށް އަރާފައި
07 މެއި 2019 - 16:47
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ރޭ އަތުލައިގެން އީރާނު ބޯޓު މާލެ ގެންނަނިކޮށް މިއަދު ވަނީ، ކ. ވިލިނގިލީ ކައިރީގައި އޮންނަ ފަރަކަށް އަރައިފަ އެވެ. އެހެންވެ، ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ފަރުމަތީގައި ބާއްވައިގެންނެވެ.
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ބޯޓުން ފެނިފައިވާއިރު، އަދިވެސް އަންނަނީ ބޯޓު ބަލައި ފާސްކުރަމުންނެވެ. އެހެންވެ، އެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތި ފޮރުވާފައި ހުރީ ބޯޓުގެ ކޮމްޕާޓްމެންޓްތަކުގައި އިތުރު ފައިބަރު ލޭޔަރެއް އަޅައިގެން ނުފެންނަ ގޮތަށް ފޮރުވައިގެން ކަމަށެވެ.
ފަރަށް އަރާފައިވާ އީރާނުގެ ބޯޓު ފުންކުރުމުގެ މަސައްކަތް ހިނގާގޮތް ބަލާލުމަށް ހޯމް މިނިސްޓަރު އިމްރާނާއި ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިން އެ ސަރަހައްދުގައި
މި މައްސަލައާ ގުޅިގެން ބޯޓުގެ ހަތް ފަޅުވެރިން ހައްޔަރުކޮށްފައިވާއިރު މިއަދު ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.
ފަރަށް އަރާފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ގޮތް ބަލާލުމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނާއި ސިފައިންގެ ކޯސްޓްގާޑުގެ ބައެއް އިސްވެރިން ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
08 May 2019
ޝަރުއީ ނިޒާމު އިސްލާހުކޮށްފަ ނޫނީ ތި މީހުންގެ މައްސަލަ ކޯޓުތަކަށް ނުލާތި. މި ރާއްޖޭގައި މަސްތުވާތަކެތި މައްސަލަވެސް ހައްލުވާނީ ޝަރުއީ ދާއިރާ އިސްލާހުވެގެން. އެހެން ނޫނީ ކުއްވެރިން އަބަދުވެސް ޖެހޭނީ ދޫކޮށްލަން
ކަތްދައްތަ
08 May 2019
އެބޯޓު ފަރަށް އެރިއޭ ބުނީމާ އަހަރެމެން ދިވެހިން މިތިބީ އެކަން ވަރަށް މަޖާކަމަކަށް ވެގެން ދަތްޕިލަ އަތަށް ލައިގެން ދިލިފަ. ދިވެހި ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އެރިއޭ ބުނީމާ އެއީ ބޮޑު ސުވާލެއް؟ އެސުވާލު އިތުރަށް ބޮޑުވަނީ އެއީ މަސްތުވާތަކެތި ޓްރެފިކްކުރާ ބޯޓެއްކަން އެގެން އޮތީމަ؟ އަދި އެއަށްވުރެ އެސުވާލު ބޮޑުވީ މީގެ ކުރިން ހޯރަފުށީ ބިއްދޮށުން ފެނުނު ބޯޓުވެސް ހަމަ މަސްތުވާ ތަކެއްޗާއެކު ފަރަށް އެރީމަ؟
ހަބޭސް2050
08 May 2019
ތިޔަ ކަމަކީ ރާއްޖޭގެ ބާރުހުރި ބަޔައެއްގެ ބައިވެރިވުމެއް އޮވެގެން ކުރާމަސައްކަތެއްހެންހީވަނީ ފަހަރުގައި ރީންދޫ ފުލުންގެ އަދި ސިފައިންގެ ބަޔަކުވެސް މިކަމުގައި ބައިވެރިވުން އޮވެދާނެ ރީދޫ ވެރިނަނަކީ މިކަމުގައި އަރާތިބިބައެއް
އަމާބުނީ ފަރަށް ދާށޭ
08 May 2019
ރަނގަޅަށް ވިއްޔާ ތިބޯޓު ތިފެނުނީ ފަރަށް އެރީމަ. ދެން މިކިޔަނީ ބޯޓު ހައްޔަރުކޮށްގެން ގެންނަނިކޮށް ފަރަށް އެރިއްޔޭ. ލަދުން ބޯހަލާކު.
ދޮންވެލި
07 May 2019
ޑްރަގް ނޫނަސް ބޯޓުގަ އަގުބޮޑު ތަކެތި ހުރެދާނެއެވެ. ނޫސް ވެރީން ސުވާލުކުރުން ރަނގަޅެވެ.
އަޙުމަދު.
07 May 2019
ތީ ބޯއްޓަކީ ހުއްޓާނުލާ ތިކަމުގައި އުޅޭބޯއްޓެއް، ހަމަ ދޫކޮށްލާއިރަށް އެނބުރި މަސްތުވާތަކެތި ހިފައިގެން ރާއްޖެ އާންނާނެ، މިކަމުގައި އަޑީގަ ތިބޭ ބަޔަކު ޕޮލިހުންނަށް ހަމަ ނުހޯދެނީތަ، ނުވަތަ ނުހޯދަނީތަ ؟ ފަރުމަތީގައި ހަލާކުވަންދެން ބޯއްޓުގަނޑު ބާއްވަންވީ، އެއްގޮތަކަށްވެސް ދޫކުރާނެ ކަމެއްނެއް،
ޕީޖޭ
08 May 2019
އެއީ ކުރިން ހިފެހެއްޓި ބޯއްޓެއް ނޫން..ބްރޯ
ޢެޑްމުންޑޯ
07 May 2019
ބޯޓް ފަރަށް އެއްނޫން އަރުވާލީ ، ތިބޯޓަކީ ރާއްޖެއަށް އެތަކެއްފަހަރު ޑްރަގު އުފުލާފައިވާ ބޯޓެއް ، ތިފަރުމަތީގައި ތިބޯޓް ސުންނާފަތިވާތަން ދެކެން ބޭނުން
ހުތާ
07 May 2019
މިއަދަކީ މޫސުންރީތި ދުވަހެއް، ފުލުހުން ގެނައި ބޯޓެއް އެމީހުން އަތުން ފަރަށް އެރުމުން އެކަމުގައި އިހުމާލުވިފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހެއެވެ.
އަލީރާޖާ
07 May 2019
ތިއި މަރުގެ އަދަބު ދޭން ޖެހޭ ބައެއް. ޑްރަގު ގެ ވިޔަފާރިކޮށް އެތެރެކުރާ މީހުންނަކީ ވަރަށް ގިނަ ގައުމުތަކުގައި މަރުގެ އަދަބު ދޭ ބައެއް.
ބަކުރުބެގެ އާދަނު
07 May 2019
މި ރޯދަމަހު އެންޖޯއި ކުރާނެ އިތުރު ގޮތެއް ނުވިސްނުނީމަ އިމްރާން އެ ނައްޓާލީ ސީދާ ހަރަކާތަށް, ފަރުމައްޗަށް, ފުލުހުން އެމީހުންގެ ވާޖިބު އަދާކުރޭތޯ ބަލަން ހޯމް މިނިސްޓަރ ސީންތަކަށް ދާން ފެއްޓީ ތޯއްޗެއް
ބޮޑު ވާންޗޯ
08 May 2019
ލީޑަރޝިޕްގެ ފުކެއް ނޭގޭތާ ނަސީބު ކޮމެންޓެއް ލިޔަން އެގުނުކަން..އަދި ވެސް ސިޔާސީ ވާތި..ބީތާ