ދަރިވަރުންތަކެއް ސާފު ކުރުމުގެ ޕްރޮގްރާމެއްގައި.
12 މެއި 2019 - 08:32
ދަރިވަރުން ސްކޫލް ތެރެއަށް ކުނިއަޅާ ނަމަ ޖޫރިމަނާ ކުރަން ސްކޮޓްލެންޑްގެ އޭރްޝާ ކައުންޓީގެ ސްކޫލްތަކުން ނިންމައިފި އެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، ވަނީ ޓެސްޓް ކުރުމުގެ ގޮތުން ލޯޑޯން އެކެޑެމީގައި ވަނީ ޓްރަޔަލް ޕްރޮގްރާމެއް ވެސް ހިންގައިފަ އެވެ. އޭގެ އަލީގައި މިހާރު ވަނީ އޭރްޝާ ކައުންޓީގައި ހިންގާ ހުރިހާ ހައި ސްކޫލެއްގައި އުސޫލަށް އަމަލުކުރަން ނިންމައިފަ އެވެ.
މި އުސޫލުގެ ދަށުން ދަރިވަރުން ސްކޫލްގެ އެއްވެސް ތަނަކަށް ކުނިއަޅާތަން ފެނިއްޖެ ނަމަ އެ ދަރިވަރަކު 80 ޕައުންޑް (103.9 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ އެވެ. އެކަމަކު ދަރިވަރަކު އަޅާ ކުނި ނަގައިފި ނަމަ ޖޫރިމަނާ ބާތިލުކުރާނެ އެވެ.
މިކަމަކީ ސްކޮޓްލެންޑްގްއި ކުންޏާ ދެކޮޅަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީ ދަ ރަބިޝް ޕާޓީން ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުން ކުރާ ކަމެކެވެ.
Good publicity about our approach to anti-littering this session.
— Loudoun Academy (@LoudounAcademy1) May 10, 2019
BBC News - School pupils face £80 fines for dropping litterhttps://t.co/lWzv5hUMcE
މިކަމާ ބެހޭ ގޮތުން، ޕާޓީގައި އިސްކޮށް ހުންނެވި ކައުންސިލަރު ސެލީ ކޮގްލީ ވިދާޅުވީ މިއީ އިނގިރޭސިވިލާތުގައި މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ މެދުގައި ކުންޏަށް ހޭލުންތެރިކަން އުފެދޭނެ ކަމަށް ވިދާޅުވި އެވެ.
"ލޯޑެންގައި ކުރިއަށް ގެންދިޔަ ޓްރެއިލް ޕްރޮގްރާމް ވަރަށް ވެސް ކާމިޔާބު،" ސެލީ ވިދާޅުވި އެވެ. "މީގައި އެންމެ މުހިއްމު ކަމަކީ ޖެހުނުހާ ތަނަކަށް ކުނި އުކުމުގެ އާދަ ހުއްޓުވައި، ބަހައްޓާފައި ހުންނަ ޑަސްބިންތަކަށް ކުނި އަޅަން ދަރިވަރުންނަށް ހިތްވަރުދީ، އެކަމަށް އާދަކުރުވުން."
ސްކޫލްތެރެއަށް ކުނި އަޅާ ދަރިވަރުން ޖޫރިމަނާ ކުރަން ނިންމި އިރު، ސްކޮޓްލެންޑަކީ ކުނިއަޅަން ޖެހޭ ތަންތަނަށް ނޫން ތަންތަނަށް ކުނި އެޅުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ގައުމެކެވެ. އެގޮތުން އެކަން ކުރާ ކޮންމެ މީހަކު 80 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ.
"އަދި މި އުސޫލު ސްކޫލްތަކުގައި ތަންފީޒު ކުރަން ފެށުމަކީ ތައުލީމީ ދާއިރާ އިން ކުންފުންޏަށް ދޭ ސަމާލުކަން ބޮޑުވެ، ކުނި މެނޭޖް ކުރަން މަގުފަހިވެގެން ދާނެ ކަމެއް،" ސެލީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނޑު
12 May 2019
މި ރާއްޖޭގެ ހުރިހާ މަދަރުސާތަކުގައި ކުރަން ވެއްޖެ ކަމެއް މިއީ. ޖެހުނު ތާކާކަށް ކުނިއެޅުމުގެ ސަގާފަތެއް އޮތް ޖީލުތަކެއް އުފެދުމުގެ ނަތީޖާ މާލެ ގޮނޑުވުމަކީ.