ޚަބަރު / ދިވެހި ސަރުކާރު

ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަތްކެއް ނުކުރަން: ތަރުޖަމާން

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން ވަޒީފާ އިން ވެސް މީހުން ވަކިކުރަމުން ދާ ކަމަށް ކުރާ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އިދިކޮޅު ޕާޓީ ޕީއެންސީން އިއްޔެ ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، "އެއްވެސް ހަމައެއް އުސޫލެއް ނެތި" ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އިން ވަކިކޮށް، ބައެއް މީހުން މަސައްކަތް ކުރާ ތަން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވަކި ފިކުރަކަށް ތާއީދުކުރާ މީހުން، ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީން ބުނެފައިވެ އެވެ.

Mi roadha mahu gina bayaku vazeefa in vaki koffi: PNC

Mi roadha mahu gina bayaku vazeefa in vaki koffi: PNC

The most trusted news source in the Maldives

Mihaaru

ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާ ކަމަށް ޕީއެންސީން ބުނުން---

ޕީއެންސީގެ ވާހަކަ އެ ގޮތަށް އައިއިރު ފެނަކަ ކޯޕަރޭޝަނުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ މުވައްޒަފުން މަދުކުރުމުގެ ގޮތުން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި ފިކުރަކަށް ބަލައި މި ސަރުކާރުން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ސަރުކާރުން މުވައްޒަފުން މަދުކުރުމުގެ އެއްވެސް ކަމެއް ނުހިންގާ،" ހޫދު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެއީ ވަކިވަކި ކުންފުނިތަކުގެ ނިންމުންތައް ކަމަށެވެ. ނަމަވެސް އެކަމަށް ވެސް ސަރުކާރުން އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގެ، ކޮންމެ ފިކުރެއްގެ މީހަކަށް ވެސް ވަޒީފާގެ ބިރެއް ނެތި މަސައްކަތް ކުރެވޭނެކަމުގެ ވައުދާ އެކުގަ އެވެ.

ޔާމީންގެ ވެރިކަމުގައި މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވުމާއި ގަދަކަމުން ޕީޕީއެމްގެ ޖަލްސާތަކަށް ގެންދިއުމާއި ސިޔާސީ ފިކުރު ތަފާތުވެގެން މުވައްޒަފުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމާއި ވަކިކުރުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފަ އެވެ.

60 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 1%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާދު

15 May 2019

އަޖައިބު މީހަކު ވަޒީފާ އަދާކުރަމުން ދަނީ ޢާމްދަނީ ހޯދުމަށް ކައިބޮއި އެހެނިހެން ޟަރޫރީ ބޭނުންތައް ފުއްދުމަށް މީހުންނާއި އިނދެ ދަރިންތިއްބާ އަދާކުރަމުންދާ ވަޒީފާއިން ކުއްލިއަކަށް ވަކިކުރުމުން ކުރެވޭ އިޙްސާސް ކުރެވޭނެ އެފަދަކަމެއް ތަޖުރިބާ ކުރެވިފައިވާ ބައަކަށް ސިޔާސީ ނުވެ ކޮންކަމެއް ވެގެން ވަޒީފާއިން ވަކި މިކުރީ

The name is already taken The name is available. Register?

ާއަފްލާ

15 May 2019

ވެރިމީހާަކީ މީހަކު ބުނާހާ ގޮތަކައް ވެރިކަންކުރަންޖއހޭ މީހެއްނޫން އަބދު ކަރުދާސްކޯޅު ބަލައިގެނ ްމިކަމެއްނުވާނެ

The name is already taken The name is available. Register?

ދޮންދީދީ

14 May 2019

އެއްގޮތަކަށްވެސް. މިހާރު ވެރިންނަށްވެސް ކިޔުނުއެއްޗެއް ކިޔަނީ ކުންފުނިތަކުގައި. ހާލަތު ވަރަށްދަށް.

The name is already taken The name is available. Register?

މުރާސިލް

13 May 2019

ތީދޮގު ހަމަ ކަނޑާ ފެނަކަ ޑީއެމްޑީ އިބްރާހިމްވަހީދު އެތަނައްލީވެސް މީހުން ކަޑަން މިޖަރީމާތައް ހިންގަން ނިމުނީމަ އޭނަ ދެން ދާން އޮތީ އެކޮނޮމިކް މިނިސްޓރީއައް މިކަން މިހެން ވެއްޖެއްޔާ މިކަން ޔަގީންވީ ނު

The name is already taken The name is available. Register?

ބުރަކިއިބުރާ

13 May 2019

މިއޮތްފަދަ ރޯދަމަހު ތިޔަވަރުގެ ބޮޑު ތެދެއް ނަހައްދަވާ މަޑުކުރިނަމަ އީދުޚުތުބާގައި ތިޔަވާހަކަ ހިމަނާލަން ރައްޔިތުން މާބޮޑަށް ބަލާގަތީސް

The name is already taken The name is available. Register?

ހަގީ

13 May 2019

ތަރުޖަމާނަކީ އަމިއްލަ އިޚްތިޔާރެއް އޮންނަ މީހެއް ނޫން. އޭނަ ބުނާނީ މީހަކު ބުނާށޭ ބުނި ވާހަކައެއް. ނިކަމެތި ތަރުޖަމާނު

The name is already taken The name is available. Register?

usmaan

13 May 2019

ފެނަކަ ގައި ތިބީ މިސަރުކާރާއި އިދިކޮޅު މީހުން. އެމީހުން ވަޒީފައިން ވަކިކުރުމަކީ ހަމަ އެންމެ ރަނގަޅުކަމެއް.

The name is already taken The name is available. Register?

އަޑަފި

13 May 2019

މިއޮއް ހުރިހާދުވަހު ދެން ކީކޭ ތިޔަކީ، ބާރެއް ލިބުނީމަ ހަމަ ކޮންމެ މީހަކަށްވެސް ޖެހޭ ހާލު ތިހުރީ ޖެހިފައެވެެ. ބާރު ލިބުނީމަ އިންސާ ނާއިންސާފަށް ބަދަލުވެއެވެ.

The name is already taken The name is available. Register?

ޖުމްމާ

15 May 2019

އެއީ ދިވެހި ރައްޔިތުންނޭނޫންތަ އެހެންވިއްޔާ މިޤައުމުގައި ކޮންމެ ޕާޓީ އެއްގެ ވެރިއެއް ހުންނަންޖެހޭނެ. ތިހާ ގަމާރު އަރައިގެން ކަންކަން ނުވާނެ. ދިވެހިންނަކީ ދިވެހި ރައްޔިތުން ކޮންމެ ސަަރުކާރެއް އޮތަސް ރައްޔިތުން ބަލައިގަންނަންޖެހޭނެ. އެހެން ނޫނީ ބަދު ދުއާއިންވެސް ތި ވެރިކަން ވެއްޓިނިމިގެންދާނެ.

The name is already taken The name is available. Register?

ޢިބްރާހީމް

13 May 2019

ތެދުހެދުމަކީ ރަގަޅު ސިފައެއް. ޢެކަމަކު ތިޔަ ތަރުޖަމާނުއަށް ވެސް އެގޭނެ އެހެއްދެވެނީ ދޮގުކަން. މިސަރުކާރު އައިފަުން ގިނަބަޔަކު ވަޒީފާވަނީ ގެއްލިފަ. އެހަގީގަތް ދޮގެން ނުކުރެވޭނެ.

The name is already taken The name is available. Register?

ބޯށިމަނިކު

13 May 2019

ތެޅިތެޅި ތިބެންޖެހޭނީ. ރާއްޖޭގައި މިއޮތީ އެމްޑީޕީ ވެރިކަން. އެމްޑީޕީގެ ލީޑަރަކީ އަންނި. އަންނިގެ ބުނާގޮތަށް މި5 އަހަރު ތިބެލާ.... ދެންލަލާ

The name is already taken The name is available. Register?

ގނފހ

13 May 2019

ކުރީގެ ސަރުކާރުން ހާވާފަ ހުރި ހަޑި މި ސަރުކާރުން ބަލަޔގަތީމަ ވެސް ކަމަކު ނުދިޔަ ދޯ.. ތީ ހަމަ ތެދެއް. ކުރީގެ ސަރުކާރުން އެބަތިބި ހަމަ ރޯނުއެދުރުން ލާފަ ތަންތަނުގެ މެނޭޖަރުންނަށް،. މި ސަރުކާރުގަ ވެސް އެމީހުން އެތިބެނީ ހަމަ އެގޮތަށް. ކުޑަކޮށް ރީނދޫ ކުލަކޮޅެއްގަ ޖެހިލައިން އެތިބެނީ މަތި މަތިން. އެއަކަށް ނޫން އިންސާފު ކިޔަނީކީ. އަނިޔާވެރި ވި މީހުން ވަޒީފާ އިން ކަނޑަން ޖެހޭނެ. އެހެން ނޫނި އިބޫ އަށް ތާއީދު ކުރުން މިހިސާބުން މި ނިމުނީ...

The name is already taken The name is available. Register?

ގނފހ

13 May 2019

ކަނޑަން ޖެހޭނެ..

The name is already taken The name is available. Register?

ފިހި

13 May 2019

އާނ އޭރުން ނިމިދިޔަ ސަރުކާރާ މި ސަރުކާރާ ތަފާތުނުވާނީ. ކިތަންމެ ރީތި ލަވައެއް ކިޔައިގެން އަޔަސް ބަހާ އަމަލާ ދިމާނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454