ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީ އާއި ނަޝީދު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 މެއި 2019 - 22:49
އިންޑިއާގައި ނިމުނު އިންތިހާބު ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދެއްކުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު، މޯދީ އަށް މިރޭ މަރުހަބާ ދަންނަވައިފި އެވެ.
އަވަށްޓެރި އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަވަމުން އަންނަ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން އިންޑިއާއާ އެކު ބޭއްވި ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ ކަމަށެވެ. އަދި ދިވެހިން ތިބީ މޯދީ އާއި ބީޖޭޕީ ކޯލިޝަންގެ ސަރުކާރާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.
As Indian polls close, congratulations are in order for @narendramodi and the BJP. I am sure the Maldives people and Govt will be delighted to continue their close cooperation with the PM and the BJP-led Govt.
— Mohamed Nasheed (@MohamedNasheed) May 19, 2019
ނަޝީދު ކުރެއްވި ޓުވީޓު.
އިންޑިއާގެ މީޑިއާތަކުން މިއަަދު އާއްމުކުރި އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ބީޖޭޕީ އަށް ބައެއް ގޮނޑި ގެއްލުނު ނަމަވެސް، ކޯލިޝަންގެ ބައިވެރިންގެ ތާއީދާ އެކު އެެ ޕާޓީ އަށް ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ އަޣުލަބިއްޔަތު ލިބޭނެ އެވެ.
ބީޖޭޕީ އިސްކޮށް ހަރަކާތްތެރިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ 287 އާއި 306 އާ ދެމެދުގެ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މަދުވެގެން ހަތަރު އެގްޒިޓް ޕޯލުން ދައްކަ އެވެ. އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީ އިސްކޮށް އޮވެ އުފައްދާފައިވާ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ) އަށް ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކަނީ 128-132 އާ ދެމެދުގެ އަދަދެއްގެ ގޮނޑި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެ ގުޅުން ބަދަހި ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ވެސް އިންޑިއާ އަށެވެ.
އިންޑިއާ އިން ރާއްޖެ އަށް ބޮޑެތި އެހީތަކެއް މިހާރު ވެސް ދޭ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރޭމިތުރު
20 May 2019
މިސްކިތަތައް ކާރީގައި މިހާރުވެސް ފުލުހުން އެތިބީ ގާޑުކޮށްފައި. ސަރުކާރުން އެބަލަނީ މުސްލިމުނަނަށް އެއްވެސް ބަޔަކު ގެއްލުމެއް ދީފާނެތީ އެކަމަށް. މޯދީއަށް ވޯޓުދީފައި އެވަނީ މުސްލިމުން ބުނާގޮތުގައި ގައުމުދެކެ ލޯބިވާތީ!
މަރޭމިތުރު
20 May 2019
އަހަރެން ދަންނަ މުސްލިމު ބަޔަކު އިންޑިއާގައި ސީދާ މޯދީއަށް ވޯޓުދިން. ސަބަބަކަށް އެމީހުންބުނީ ތިމަންމެން މީގެ ކުރިން ވޯޓު ދިނީ ތިމާމެންގެ އުފަލަށޭ! އެކަމަކު މިފަހަރު ވޯޓު ދިނީ ގައުމަށޭ! މޯދީއަށް މުސްލިމުން ވޯޓުދިނީ ގައުމުދެކެ ލޯބިވާތީ. ވަޒީފާތައް އަދާކުރުމަކަށް މުސްލިމުންނެއް ހިނދޫންނެއް، ކުރިސްޗިއަނުންނެއް އިންޑިޔާގައި ތަފާތުނުކުރޭ! މިވަގުތުވެސް މިސްކިތަތަށް ބަލަހައްޓަން ސަރުކާރުން އޮތީ ގާޑުކޮށްފައި، ބަޔަކު ހަމަލާއެއްދީފާނެކަމަށް.180މިލިއަން މީ.
6589
20 May 2019
އިންޑިޔާއަށް ހިޖުރަކޮށްގެންއުޅޭ މީހާގެ މައުލޫމާތު ނެތްކަން ވަރަށްބޮޑަށް ދޭހަވެއްޖެ. އެންމެ ފަހުގެ ރިސަރޗުން ދައްކާގޮތުން ދުނިޔޭގައި، އެންމެ އަވަހަށް ޖެނެސައިޑެއް (ނުވަތަ، މުސްލިމުން ކަތިލުމުގެ) ޚަރަކާތެއް ހިނގުން އެންމެ ގާތީ އިންޑިޔާގައިކަމަށް ގަބޫލުކުރަނީ، މުސްލިމުންނާމެދު ސަރުކަރުން ހިންގާ ޖަރީމާތަކުން. އާއިލާތައް އަންދާލުން، ގެދޮރުން ނެރެލުން، ވިޔަފާރި އަންދާލުމަކީ، ކޮންމެ ދުވަހެއްގައިވެސް މުސްލިމުން ކުރިމަތިލާ ކަންތައްކަމަށް ދިރާސާގައިވަނީ.
މަރޭމިތުރު
20 May 2019
އިންޑިއާގައި އެބަތިބި180މިލިއަނަށްވުރެ ގިން މުސްލިމުން އިނގޭ. އަދި މިހާރުވެސް ގިނައިން ވިހަނީވެސް މުސްލިމުންގެ ދަރިން. އެހެންވެ ކުރިއަށް އޮތްތަނުގައި އިންޑިއާގައި މުސްލިމުން ވެގެންދާނީ މުޅިދުނިޔޭގައި 2ވަނައަށް އެންމެ ގިނަ މުސްލިމުން ތިބޭނެ ގައުމަށް. މިހާރު އޮތީ 3ވަނާގައި. އިންޑިއާއަކު މުސްލިމުންނަށް އުނދަގޫކޮށް ދައްކާވާހަކަ އަހަރެން ގަބޫލުނުކުަން. އަހަރެން މިއުޅެނީ އިންޑިއާ މީހުންނާއެކު.އެހެންވީމަ ހުރިހާ މައުލޫމާތެއް އެބަހުރި އެނގޭ.
ކޖހގފ
21 May 2019
އިންޓާރނޭޝަނަލް ހިއުމަން ވޮޗް އަށްވުރެވެސް ވަސީލަތް ހުރި ބޭފުޅަކީ، މަރޭ މިތުރާ ކަމަށް ފެނޭ. ހިއުމަން ވޮޗްއިން ބުނަނީ، ޖެނޮސައިޑް އިންޑިޔާގައި ހިންގުން ގާތްކަމަށް. އަދި ކަޝްމީރަކީ މިކަމުގެ ހެތްކެއް. ކޮންސެންޓްރޭޓެޑް ކޭމްޕްތަކުގައި، މުސްލިމުންގެ އާއިލާތަށް ގެންގުޅޭކަމަށް ހިއުމަން ވޮޗްގެ ރިޕޯޓުގައި އެބައޮތް. މަރޭ އެތަނަށް މަރޭގެ ބޮޑު ޓީމާއި، ދިރާސީ އާލާތްތަކާއެކު ޒިޔާރަތް ކޮށްލަވާފަ އިންޓަރނޭޝަނަލް ހިއުމަން ވޮޗްއަށް ޗެލެންޖެއް ދީބަލަ.
ސޯބު
20 May 2019
ކާކުހޭ ނަޝީދުއަށް ދިވެހިންގެ ނަމުގައި ބަސްމުނުމުގެ ހަައްގުދިނީ. ހަމަ ހުރެލާފައެއް ނުބުނެވޭނެ ދޯ ދިވެހިން މިތިބީ މިވެނި ގޮތަކަށޭ. މިހާރު ވޯޓެއް ނެގިޔަސް ރާއްޖޭގައި މޯދީ ދެކެ ރުޅިއަރާ މީހުން އެތައް ގުނައަކުން އިތުރުވާނެކަމަށް ވަރަށް ޔަގީން ކުރެވޭ.
މަރުމޯލު
20 May 2019
ކޮބާތަ އިންޑިޔާއިން ދެޔޭ ތިބުނާ ބޮޑެތި އެހީތަކަކީ.. އަހަރެމެން ބޭނުންވަނީ ބޮޑެތި މަގުތަކާ ބުރިޖުތަކާ އެ ބުރިޖުތަށަ އެޅުމުން އިގްތިސާދު ހަބޭސް ވުން... ލޮލަށް ނުފެންނަށް އިހްސާސް ނުކުރެވޭ މަންފާތަކެއް ނޫން... ވެރިކަން ބަދަލުކުރަން ދޭ ނުވަތަ ދިން ބޮޑެތި ފައިސާގެ އަދަދުތަކާ އެފޫބައްދަންދޭ ލޯނުތަކެއްނޫން..
ދިހޮއްކޮ
20 May 2019
މޯދީޖީ ގެ ކުރިމަތީ ކުޑަކަކޫ ޖަހަންޖެހޭނެއެވެ. އެއީ މިގައުމު ދިމޮކްރަސީ އަށް އެނބުރި ބާނީއެވެ. ކަލާ ނުވިނަމަ މަށެއްވާ ނެތީހެވެ. އޯހްއޯހް
މާދުރު ތަރި
20 May 2019
މޯދީ އަކީ އިންޑިޔާގެ ހަރުކަށި ހިންދޫ ލީޑަރެއް. އަދި މުސްލިމުންނަށް ނުހަނު ގެއްލުން ދިން ލީޑަރެއް. ނަޝީދު މީނަ އަށް މަތިން ބައިންނޖެހިގެން ވޯޓުގެ ރަަސްމީ ނަތީޖާ ނުނެރެނީސް މަރުހަބާ ކީމަ ވަރަށް ސާފު މަންޒަރެއް ފެނޭ!
މަރޭމިތުރު
20 May 2019
އިންޑިއާގައި ދިރިއުޅޭ 180 މުސްލިމުމީހުން އިނގޭ. މޯދީއަށް ވޯޓުދީފައިވޭ އޭގެ ތެރެއިން ވަރަށް ގިނަބަޔަކު. މީހަކު ރަނގަޅުވެ ގޯސްވަނީ އެމީހަކު ވަކި ދީނެއް ވެގެނެއްނޫން. އޭގެ މިސާލު މަރާލި ބައެއް އިހުގެ ލީޑަރުން. އިންޑިއާގައި މުސްލިމުންނަކަށް އުޅެން އުނދަގޫނޫން. ވަޒީފާދިނުމުގައި އެއްވެސް ތަފާތެއްނުކުރޭ! އހަރެން މިކޮމެންޓް ކުރަނީ އިންޑިއާގަ ހުރެގެން. އިންޑިއާއަކީ މުސްލިމުން 3ވަނަ އެއްމެ ގިނަގައުމުވެސްމެ.
މިތުރުގެމަރު
20 May 2019
ހަމަ އެންމެ 180 މުސްލިމުން؟؟؟ ގައިމުތަ؟
55456
21 May 2019
ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެއްސަކަށް 1ބިލިއަން މީހުންގެ އާބާދީއަކުން 170 މިލިއަން މުސްލިމުންގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދެއްކޭނެ ކަމަކަށް ހަމަބުއްދިހުރި މީހަކު ގަބޫލެއް ނުކުރާނެ. މޯދީއަކީ، ޗީފް މިނިސްޓަރަށްހުރިއިރު، އަހަމްދް އާބާދުގެ މުސްލިމުން އެންދި މީހެއް. 1980 ގެ ޓައިމްސް އޮފް އިންޑިޔާގައި އެވާހަކަތައް ެބަހުރި. އިހަށްދުވަހު މުސްލިމް ޑޮކްޓަރަކަށް އަނިޔާދިން ކަމަށް ނޫސްތަކުގައޮތް. އިންޑިޔާގެ ސަރުކާރުގެ މަތީމަގާމުގައިގައި މުސްލިމްވެރިންނެތް
ޕޮކަންޑިމޭން
20 May 2019
ދިވެހިން މިހަބަރު ކިޔާފަ އުފަލުން ފޮޅިގެން އުޅޭކަން ރިއެކްޓްކޮށްފައި ހުރިގޮތުން އެބަ އިނގޭ. ޓައިމްސް މެގަޒިންއިންގެ ކަވަރގައި އިހަށްދުވަހު މޯދީގެ ފޮޓޯއާއެކު ލިޔެފައިވަނީ “އިންޑިއަރސް ޑިވައިޑާ އިން ޗީފް” އޭ. މިއީ ދުނިޔެ މޯދީ ދެކޭގޮތް. މޯދީއަކީ މުސްލިމުންގެ ކަނޑައެޅިގެން ހުރި އަދުއްވެއް، އެހެންކަމުން ނަޝީދު އޭނާއަށް ތާއީދުކުރުމުން ހައިރާނެއްނުވޭ
ފޫބި
20 May 2019
އެންމެހާ ދިވެހިން މިތިބީ އިންޑިއާއާއެކުއެއްނޫން. ނަޝީދު އަކަށް ނޭންގޭނެ އަހަރެމެން ތިބިގޮތެއް.
މޯދީ
20 May 2019
މުސްލިމުން އަންދާ ޕާޓީއަށް އަދި ނަތީޖާ ނުލިބެނީސް ތާއީދު ކުރުމުން މިހާރުގެ ހާލަތު ވަރަށް ސާފު
ފާނަބޮކޭ
20 May 2019
ކޮންމެ ބަޔަކު ކުރިހޯދިޔަސް ނަށީދު ބޭނުން ގޮތެއް ހަދަން އަހަރުމެން ބަލަން ނުތިބޭނަން މަގުތަކައް ނިކުމެ ކަލޭމެން ސައިޒުކުރާނަން މީވަރައް ވާހަކަ