ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު--- ފޮޓޯ: މިހާރު
02 ޖޫން 2019 - 13:44
މުހިންމު ދެ މައްސަލައެއްގައި ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ބުދަ ދުވަހު ޖާބިރު ފޮނުއްވި ސިޓީއެއްގައި ފޮރިން މިނިސްޓަރު ޝާހިދާ ސުވާލު ކުރަން އެދިވަޑައިގެންފައި ވަނީ ގަތަރާއި ރާއްޖެއާ އޮތް ގުޅުމާ ގުޅޭގޮތުންނެވެ. އެގޮތުން އެ ގައުމާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ސުވާލު ކުރައްވަން ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ. އެކަމަކު، ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެކެވެ.
އަދި މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފޮރިން މިނިސްޓަރު ޝާހިދު ބޭއްވެވި ފުރަތަމަ ޕްރެސް ބްރީފިންގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު ގުޅުން ގާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެކަމަކު، މިހާ ދުވަސްވީއިރު ވެސް އެ ގުޅުން އަލުން ގާއިމް ނުކުރެވުނު ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ބަންޑާރަ ނައިބާ ސުވާލު ކުރަން ޖާބިރު އެދިވަޑައިގެންފައި ވަނީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް، ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން ބިގަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން އިސްތިއުނާފް ކޮށްފައިވޭތޯ އާއި އެ ކުންފުންޏަށް ފައިސާ ދިނުމަށް އެއްވެސް ފަރާތަކަށް ލަފާ ދެއްވާފައިވޭތޯ ސާފުކޮށްދިނުމަށް ޖާބިރު އެދިވަޑައިގެންފައިވެ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ދެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށްދޭން ވަނީ އެދިވަޑައިގެންފަ.--- ފޮޓޯ: މިހާރު
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބިގަށް ފައިސާ ދިނީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގާ އެކު ވެފައި އޮތް އެއްބަސްވުމަކާ ގުޅިގެންނެވެ.
ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްޑީޕީގެ ސަރުކާރުން އުފެއްދި އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އޭގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.
ޖާބިރު ވަނީ ގަރާރަކާއި ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ފޮނުއްވައިފަ އެވެ. އެއީ، ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ގަރާރެކެވެ. ސަބަބެއް ކަމަށް ޖާބިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ބެންކުތަކުން ފައިނޭންސް ލިބުމަށް ހުރި ދަތިތަކެވެ.
އެހެންކަމުން ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަށް ދިވެހިންނަށް ފަސޭހައިން އިންވެސްޓްމަންޓް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޖާބިރު އެދިވަޑައިގެންފައިވެ އެވެ.
ކުއްލި މައްސަލަ ޖާބިރު ހުށަހަޅުއްވާފައި ވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ބާރު އެޅުމަށެވެ. އެގޮތުން، ލިބުނު ގެއްލުންތަކުގެ ތަފްސީލު ބަލައި އެކަންކަން ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް ބާރުއެޅުމަށް ޖާބިރު އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުކުޑަ އަލީ
02 June 2019
މިހާރު ބިރުކުޑަ އަލީއެއް ނެތް.... މިހާރު މިހުރީ ބިރުކުޑަ ޖާބިރު.
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
02 June 2019
ތިތަނުގެ ހައިބަ ކަނޑާލުމުގެ ބަދަލުގައި އަދި މުޅި ގައުމުގެ ރައްޔަތުންނަށް ސުޓެންޓެއް ޖައްސައިގެން ތިމަންމި މަޖިލީހިގެ މެމްބަރެއްކަން ދެއްކުމުގެ ބަދަލުގައި މީޑިއާތައް އަޑުއަހާށެވެ. މަޖިލީހަށް ޝާހިދު ދާނެކަމެއްނެތް ވަގުތު ބޭކާރުކުރުމަކަށް، ސުވާލު ތިޔައީ ސައިބޯނި ބޮތްކެއްފަދަ ކަމެއްކަމަށް ފެންނާތީވެެއެވެ.
ޜައްޔިތު މީހާ
02 June 2019
ސާބަހޭ ޖާބިރު. ވާންކޮށްފަ ބަހައްޓާ. ޖާބިރަކާ ނުކުޅެވޭނެ. ސަރުކާރުވެސް އެމް ޑީ ޕީ ވެސް ވަނީ ޖާބިރު ދަށުވެފަ. މަޖްލިސް ތެރޭގައި ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކޮށްދެއްވާ. ސާބިތުކަމާއި އެކު ރައްޔިތުންގެ މަޖްލީސް ވެސް ހަމަ މަގުގަ ހިފަހައްޓަ ދެއްވާ.
އަހްމަދު ޖަމްޝީދު
02 June 2019
ބިގް ވިޔަސް އެހެން ބައެއް ވިޔަސް ދައުލަތުން ދޭންޖެހޭ ފައިސާއެއް ދޭންޖެހޭނީ. މިކަމުގަ މައްސަލަޔަކަށް ވަނީ ދައުލަތުގެ ވަޒީރެއްގެ މަސްލަހަތު އޮތް ކުންފުންޏެއް ވީމަ ކަންކަން މާ އަވަސް އަރުވާލާފަ ދެންވެސް ސަރުކާރުން ދޭންޖެހިފަ ހުރި ބަދަލުތައް މާ ފަހަތަށް ޖެހޭތީ. މިސާލަކަށް ރައްޔިތުން ގެ އަތުން ބީވެފަ ހުރި ފްލެޓްތައް. ޓާޓާ ފްލެޓް ތަކުގެ މައްސަލަ. ހިޔާ އަދި ގެދޮރުވެރިކުރުމުގެ ޕްރޮޖެކްޓް ގަ ހުރި މަސްސަލަތައް އަވަހަށް ބަލަންޖެހޭ.
ރަދީފްސް ޑޭޑް
02 June 2019
ޝާހިދު މިދުވަސްކޮޅުތެރޭގައި ކުރި ދަތުރުތަކުގެ ތަފްސީލު މަޖުލީހުން ބަލަން. އެއްވެސް ލާރިއެއް މަޖަލަށް ހަރަދުކޮށްފައިވޭތޯ ބަލަން އަމުދުން ޖެހޭ.
އައްޑޫ ރަދުން
02 June 2019
ޖާބިރުމެން ތަފާތުވާނެ އެހެންވެސް މިހެންވެސް.
އީރާން
02 June 2019
ޖާބިރޫ ބަލަ މިސަރުކާރުން އީރާނާ ޑިޕޮލޮމެޓިކު ގުޅުން ޤާއިމްކުރަންވެސް ވަޢުދުވިޔެ. އިބޫ ސާލިހު ރައީސްއާ ސުވާލު ކޮށްބަލަ ޤައުމު އިންޑިޔާ އަށް އަޅުވެތިކުރީ ކީއްވެހޭ ކިޔާފަ. ޤައުމަށް ހެޔޮއެދޭބަޔަކު މަޖްލިސްގަ ތިބިނަމަ ރައީސް އިތުބާރުނެތްކަމުގެ ވޯޓްނަގާ. ވަކިކޮށް ޝަރީއަތަށް ފޮނުވަންޖެހޭނެ. ރައްޔަތުންގެ މުދާ ނުއަގުގަ އިންޑިޔާއަށް ވިއްކާނިންމަނީ. ޢަމިއްލައެދުމުގަ.
ރައްޔިތު ހަސަނު@
02 June 2019
ތިކިޔަނީ އެރައިސްގެ ވާހަކަ ދޯ؟
ރާބަޑޭ
02 June 2019
ޖައްބެއަކީ މޭންއެއް
ޖާބިރު
02 June 2019
ތި ހުރިހާ ކަމަކީވެސް އަޅުގަނޑުވެސް ސާފުކުރަން ބޭނުންވެފައި ހުރި ކަންތައްތަކެއް. ބުރޯ ޖާބިރު ތިކޮށްދެއްވި މަސައްކަތަށް ޝުކުރިއްޔާ!
ގޮރުނުދޯރު
02 June 2019
ތިޔަ ސުވާލު ތަކައް އެކަށޭނެ ޖަވާބެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް..ކ ކާށިދޫ ކާށިދޫވިލާ ޖާބިރު އަކީ ހަމައިގަ ހުންނަވާ ބޭފުޅެއް..