ހައްޖުވެރިން މިއަދު އަަރަފާތު ބިމުގައި. --ފޮޓޯ:އޭއެފްޕީ
13 ޖޫން 2019 - 13:05
ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 50 ޕަސެންޓުން 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވައިފި އެވެ.
ހައްޖަށް ދާން ޕެންޝަން ފައިސާ ދޫކުރުމުގައި އަމަލުކުރާ ގަވައިދުގައި ބުނަނީ ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ އަދަދުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރަށް ކަމަށެވެ. އެކަމަކު ބިލް ފާސްވެ ގާނޫގައި ހިމަނައިފި ނަމަ އެ ނިސްބަތް 80 ޕަސެންޓަށް ބޮޑުވާނެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޕެންޝަން ފަންޑުން ނެގޭނެ އަދަދު ބޮޑުކުރަން ނިންމައި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ފޮނުއްވާފައިވާ ކަމަށެވެ.
އެކަމަކު އެ ބިލާ ގުޅުން ހުރި އިތުރު ތަފްސީލެއް ހޫދު ނުދެއްވަ އެވެ.
ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލިހަށް ހުށަހެޅީ ސަރުކާރުންނެވެ. އޭގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އަދި ޕެންޝަން އޮފީހުން ހެދި ގަވައިދުގައި ޝަރުތުތަކެއް ހިމަނާފައިވެ އެވެ.
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާ ގެދޮރު ގަތުމަށް ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ، ކޮލެޓަރައިޒްކޮށްފައިވާ އަދަދު ނުހިމަނައި، އެ ގަވައިދުގައި ބުނާ އެންމެ މަދު މިންވަރަށް ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ފައިސާ ޖަމާވެފައި ހުންނަން ޖެހެ އެވެ.
ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ޖަމާވެފައިވާ މީހުންނަށް އެކަނި ހައްޖަށް ދާން ފައިސާ ނެގޭތީ ވެސް ބައެއް މީހުންގެ ކަންބޮޑުވުން އޮތެވެ. އެ މީހުން ބުނާ ގޮތުގައި އެވަރުގެ އަދަދެއް އަވަސް މުއްދަތެއްގައި ހަމަވާނީ ވަރަށް ބޮޑު މުސާރައެއް ލިބޭ ބަޔަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމަން
20 June 2019
އިބޫ ވީ ވައުދުތައް ލިޔާނެ ކަމެއްނެތް އެއި ނުވާ ވައުދުތަކެއް އޮޅުވައެއްވެސް ނުލާނެ މަކަރެއްވެސް ނުހަދާނެ. އިބޫ އަކީ ނަޒާހަތްތެރިއެއް 100 ދުވަސް ވެސް ވަރަށް ބަރާވަރަށް ހަމަކުރީ. މި ގައުމުގަ ހުޜީ އެންމެ ވަގެކޯ. ރައީސް ޔާމީނޯ
ނިކަމެތި
13 June 2019
އަހަރެންގެ ފިރިމީހާ އަށް ކެންސަރުބަލީގައި ފަރުވާ ކުރަމުން ގޮސް މަރުވެ ދިޔައީ. އެކަނި ދަރިންނަށް ބަލަމުން މިދަނީ. އެންމެ ރުފިޔާ އެއް ވެސް ވަރަށް މުހިންމުވި ދުވަސް ކޮޅެއް. ބޭނުންވި ދުވަހު ނުލިބުނު އެއްޗެއް، އެކަމަކު އެއީ އަހަރެން މަސައްކްތުން އަހަންންށް ހަލާލުވާ ލާރި---- ކޮން ކަހަލަ ޕެންޝަން ފަންޑެްއް ، މަސައްކަތެއް ނުކުރާ މީހާއްށް ވެސް 65ވީމަ އެބަ ލާރި ލިބެެޭ
އަލީ ސޯލިހު
13 June 2019
މިހާރު އިގިއްޖެ އިބޫވެސް ވައުދުވަނީ އިހްލާސް ތެރި ހިތަކުން ނޫންކަން، އެހެން ނޫންނަމަ ވައުދުވެފަ މިކަން ނުކުރެވޭނެ ހާ ގޮތްގޮތަށް އުޒުރު ދައްކާ ގަވައިދު ތިހަދަނީ ކީއްކުރަންބާ، ވައުދުގެ ބޭނުމަކީ ކޮބާ
އިސްމާއިޅް އަބުދުﷲ
13 June 2019
ފަންޑުގަ އެއްލައްްކަ ހުއްޓަސް އަދި އެވަރު ހަމަ ނުވިއަސް ހައްޖަށް ދެވޭ އަދަދަށް ފައުސާ ހުރިއްޔާ ހައްޖަށް ދާން އެފައިސާ ދޭން ނުޖެހޭ ސަބަބަބެއް ބުނެދީބަލަ. އެއީ ކާކުގެ ފައިސާ އެއްތޯ އެވެ. ވައުދުވީ ގޮތަށް އެކަން ކޮއްދެއްވާށެވެ، ކަމް ނުވާނެހާ ގޮތަކަށް ގާނޫނު ތަށް ނަހަދާށެވެ
ޢައިސްތު
13 June 2019
ރަށު އާދަނު މުސްކުޅިވާ ދުވަހު ދިރިއުޅެން ވިސްނަނީ ދަރިންގެ ފުށުން ދޯ. ދަރިން ތިމާ ބަލާނެ ކަމުގެ ކޮން ގެރެންޓީއެއް އޮތީ.
ރަށު އާދަނު
13 June 2019
ދަލޭކާ... ދަލޭކަޔަކަށް ނޭންގޭތަ އަހަރެމެންގެ މުސާރައިންކަނޑާފަ އެފަންޑަށް ލާކަމެއް؟ އަހަރެމެންގެ، މުސާރައިން ކަނޑާ ފައިސާ އަހަރެމެންނަށްދޭށޭ އަހަރެމެން ޤަބޫލެއްނޫން އެފައިސާ ކަނޑާކަށް އެއީ އަހަރެމެންގެ ނުރުހުމުގަ ފޭރިގަންނަ ފައިސާތަކެއް،
ރަންނަ
13 June 2019
ދުނިޔޭގެ އާއްޖުފާއްޖު ނޭގެ މީހުން މިކަހަލަ ވާހަދައްކާނެ. ރަށު އާދަނުވެސް ޕެންޝަން ފަންޑު އެއީ ކިހިނެތް މަސައްކަތް ކުރާ ކޯއްޗެއްކަން އެގޭ މީހުންކައިރިން ދަސްކުރުން އެއީ ތި ރުޅިވެރިކަން ފިލާދާނޭ ކަމެއްކަމަށް ބެލެވޭ. ގޫގްލް ކޮއްލިޔަސް ފެންނާނެ
ނައީމު
13 June 2019
ތިޔަށް ޕެންޝަން ފަންޑޭ ނުކިޔާ ހައިރާތު ފަންޑު ކިޔަން ފެންނަނީ، ފަހަށް ރައްކާކުރުން މި ދުވަހަކުވެސް ދިވެހިންނަށް ދަސްވާނެ ކަމެއްނޫން.
ހައްސާ222
13 June 2019
ބަލަގަ ޕެންޝަނޭ ކިޔާފަ އަހަރެމެން އަތުން ގަދަކަމުން ފޭރިފަ ހުރިފައިސާ އަހަރެން ގެ ބޭނުން ތަކަށް ދީފާނެތީ ހައިރާތޭ ތިކިޔަނީ.
ހައްސާ222
13 June 2019
ހައްޖައްދާްން ޕެންޝަން ފަންޑުގަ 336،000 ހުރެގެން ހައްޖައްދެވޭނަމަ ތިޔަފަންޑުގަ މިއަދަދު ހަމަވާނީ %1 އަށްވުރެ މަދު މީހުންގެ. 5000 ރުފިޔާގެ މުސާރަ ލިބޭ މީހަކަށް ވެސް މެދުނުކެނޑި 40 އަހަރު މަސައްކަތް ކޮށްގެން ނޫނީ އެކައުންޓް ގަ 336،000 ހަމަނުވާނެ. މިއީވެސް މިނިސްޓަރުންނާއި މިޖިލީސް މެންބަރުންނަށް ލިބޭ ގޮތަށް ކުރިކަމެއް. ނިކަމެތިންނަށް ރަނގަޅު ވާނެގޮތަށް އެއްވެސް ކަމެއް މިސަރުކާރުން އަދިނުކުރޭ.
އަޔޫ
13 June 2019
ދެން ރައްޔިތުން މޮޔަ ޕޮލިޓީޝަންސް ގެ ކިބައިން އެދޭނެ، ދަރަނިވެރިވެފައިވާ ނަމަ އެބައިވެސް ޕެންޝަން ސްކީމުން ކްލިއަރ ކޮށް ދިނުމަށް. މިތިބަ މޮޔަ ޕޮލިޓީޝަނުންނެވެ. ކަލޭމެން ގެ އަމިއްލް އެދުން ފުއްދުމަށް މިޤައުމު ރޭޕް ނުކޮށް މިޤައުމަށްވެސް ހަމަ ޖެހިލައިގެން އެހެން ޤައުމުތަކުގަވެސް އޮންނަ އުޞޫލުތަކާ ހަމަ ތަކާ ތަޢުލީމާއި ރީސަރޗް ގެ އަލީގައި ކަންތައްކުރުމުގެ މާހައުލެއް ކްރިއޭޓް ކޮށް ދީ ބަލަ.
ރަންނަ
13 June 2019
ރައްޔިތުން އަމިއްލައަށް ވާނުވާ ދަސްކޮށް ހޭލިންތެރިވި ވަރަކަށް މެނުވީ ރައްޔިތުންނަށް ހެޔޮބަދަލެއް ނާއްނާނެ. ކޮންމެ ކަމަކަށް އިނގިލި ދިއްކޮށް އެކަކު އަނެކަކު ކުއްވެރި ކުރާއި ތިމާގެ އަމިއްލަ ހާލާ އުޅޭ ގޮތެއްފޮތެއް ނެތްކަން ހިތައް އެރީ ކިތައްމީހުންބާ؟
ތުއްތުނާ
13 June 2019
"ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ."....... މިއީ މުއްސަދިން ހައްޖަށް ދިއުމަށް ހަމަޖައްސާފައިވާ ސްކީމެއް....... މިވަރުގެ ބޮޑު އަދަދެއް ޕެންޝަން ސޭވިން ގައި ހުންނާނީ ވަރަށް ބޮޑު މުސާރަ ލިބޭ މީހުން އެކަނި........ މިއީ ކަނޑައެޅިގެން މުއްސަދިން ހައްޖަށް ދިއުމަށް ކުރާ ކަމެއް.......
ރަންނަ
13 June 2019
ހައްޖަކީ ފަރުލެއްނޫން. ކެރި ކުޅަދާނަވެގެންވާ މީހާ އަށް އޮންނަކަމެއް. ޕެންޝަން ސްކީމައް އެވަރަށް ލާރި އެއްވީމަ ދެވޭނެ. އެހެންނޫނީ އަމިއްލައަށް ލާރި އެއްކޮއްގެންވެސް ދެވޭނެ.
ޢައިސްތު
13 June 2019
ޙައްޖު ވާޖިބުވަނީ ކެރިކުޅަދާނަ ވެގެންވާ މީހާއަށް