ޚަބަރު / އަބްދުﷲ ލުތުފީ

ފުލުހުން ބުނިގޮތަށް 48 ގަޑިއިރު ތެރޭ ލުތުފީ ރާއްޖެއަކަށް ނުގެނެވުނު

ލުތުފީ: އަދިވެސް އޭނާ ހުރީ ލަންކާގައި

ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ގޮސް ހަވާލުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގައި އިސްކޮށް ހުރި، ލުތުފީ އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ގަ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އަށް ވިދާޅުވި ގޮތުގައި އެ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން އައީ ކުރަމުންނެވެ. އެކަމަކު އދ.ގެ ސިސްޓަމްގެ ތެރެއިން ލުތުފީ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން އޭނާ ރާއްޖެ ވަގުތުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ދިން ދެ ދުވަހުގެ މުއްދަތު މިއަދު ހަމަވުމާއެކު ފުލުސް އޮފީހުން ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް މިއަދާ ހަމައަށް ވެސް ފުރިހަމަ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު އެތަނުން އުއްމީދު ކުރަނީ، ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަށް އޭނާ ރާއްޖެ ގެނައުމަށް ކަމަށް ފުލުހުން ބުންޏެވެ.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ލަންކާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ނެތުމުން ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ހޯދަންވެގެން އިންޓަޕޮލް އިން ރެޑް ނޯޓިސް ނެރެފައިވާ ލުތުފީއަކީ ހުކުމެއްގައި ހުރެފައި ބޭސްފަރުވާ އަށް 2010 ގައި ފޮނުވުމުން ފިލައިގެން އުޅޭ މީހެއް ކަން ފާހަގަކުރައްވައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ހާލަތުގައި އޭނާ ލަންކާ އިން ގެނެވެން އޮތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އަސްލު ނަން އޮޅުވާލައިގެން ލަންކާގައި ދިރިއުޅުނު ލުތުފީ އެންމެ ފަހުން ސަރުކާރުގެ ބެލުމުގެ ދަށަށް މިދިޔައީ އެޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭރު މީހުން ބަލާފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑިޕޯޓްކުރަން، އެ ގައުމުން މަސައްކަތް ފެށުމުންނެވެ. އޭނާ އަށް އިތުރު ގޮތެއް ނެތީ އެވެ. ލުތުފީ އަށް ކުރިމަތިވީ، ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެއަށް ވަދެގެންނެވެ. ސްރީ ލަންކާއިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ އިސްކޮށް ހުރެ، ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި އަށް ސިފައިން ހިމެނެ އެވެ.

113 ކޮމެންޓް, 164 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 3%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރުކާނު

29 June 2019

48 ގަޑިއިރު އެކިޔަނީ ރަސްމީ މަސައްކަތްކުރާ 8 ގަޑިއިރު އޭގެ ތެރެއިން ބްރޭކަށް ލިބޭ އެއްގަޑިއިރުވެސް ކަނޑާފަ. އޭރުން 24 ގަޑިއިރުން ލިބޭނީ 7 ގަޑިއިރު ދެން އަދި އެ ހަތްގަޑިއިރުގެ ތެރެއިން 1ގަޑިއިރު ކަޑަންޖެހޭ ގާތުންދޭ މައިންނަށް. އެހެންވީމަ 6 ގަޑިއިރު. ވީމާ ފުލުހުން އެވިދާޅުވި 48 ގަޑިއިރު ހަމަވާނީ މި ފެށޭ ހަފްތާގެ އަންގާރަ ދުވަހުގެ ރަސްމީ ގަޑި ނިމުނީމަ .އަދިފަހަރެއްގަ ސްރީލަންކާގަ ލުޠުފީ ހުރީމަ އެތަނުގެ ރަސްމީ ބަންދުތައްވެސް ލާންޖެހިދާނެ. އެގިއްޖެ.؟

The name is already taken The name is available. Register?

ކަކުނި ފަރާޓާ

29 June 2019

ކޮބާ؟ އަދީބު އަންނާނެ ކަމަށްބުނި 26 ޖޫން ވެސް ހިނގައްޖެ މިއަދު މީ 29 ޖޫން އަދީބު ވީކޮންތާކު. އެސޮރު އަތުވެއްޖެތަ ؟

The name is already taken The name is available. Register?

ބޮޑުމީހާ

29 June 2019

ކަމެއް ނުކޮށްދޭތާ ކުޑަނަމަވެސް އިހްތިރާމެއް ދިވެހިންނަށް ބާއްވަބަލަ.....ތި ވާނުވާ އެންމެންނަށްވެސް އިގޭ

The name is already taken The name is available. Register?

ކޯޑިނޭޓަރ

28 June 2019

މިސަރުކާރު ވެއްޓޭނީ މިކަހަލަ ވަކި މީހުންގެ އިންޓަރަސްޓަށް މަސައްކަތް ކުރާތީ.. ފެބް 7 ކައިރިވަމުން ދިޔަ އިރު ރީކޯ މޫސަގެ ކާރުން ރާފުޅިތަކެއް ފެނި ސަރުކާރު ޖެހުނީ އެންމެ މީހަކަށްޓަކާ ކުޑަކަކޫ ޖަހަން..

The name is already taken The name is available. Register?

ރޫޔާ

28 June 2019

ކޮބާހޭ ބޯހިޔާވަހިކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި ވައުދު ތައް...

The name is already taken The name is available. Register?

ޕިންކީ

28 June 2019

ލޯލް.ގެނާނެކަމެއްނެތް.ބޭކާރުކަމެއް.

The name is already taken The name is available. Register?

ޙާމަ333

28 June 2019

ލުތުފީ ހައްޔަރުކުރޭ...ނޫނީ ސަރުކުާރު ފެއިލްވީ....

The name is already taken The name is available. Register?

ގޫގުލާ

28 June 2019

48ގަޑިއިރު ގުނަނީ ނިދާގަޑި ނުލާ.. ފުރަތަމަ 100ދުވަސް ގުނިހެން.. ދެން ބަލާ 12 ގަޑިއިރު ނިދާކަމަށް..

The name is already taken The name is available. Register?

އީލާ

28 June 2019

ނިދާ ގަޑި ނުހިމެނޭނެ...

The name is already taken The name is available. Register?

ނަފީސާ

28 June 2019

ގެންނާނެ ކަމެއް ނެތް. މިނިވަންކޮށްލާ. މިސަރުކާރުގަ ކުށްވެރިންނެއް ނުތިބޭނެ.

The name is already taken The name is available. Register?

މޫސަނނ

28 June 2019

ޓީވީ ޗެނަލްތަކުން ރިޕޯޓުތައް ގެނެސް ހަދާއިރު މިކަމަށް ރިޕޯޓެއް ހަދާލަން ކެރޭ ޗެނެލެއް ހަމަނެތީބާ

The name is already taken The name is available. Register?

އަލީޔ

28 June 2019

އެބަޔަކު އެބައެއްގެ އަމިއްލަ ވާހަކަ ދައްކާތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454