ޚަބަރު / ކަސްޓަމްސް

ވައިގެ މަގުން އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ ޑްރަގް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން މިއަދު ހިފެހެއްޓި ޑްރަގް

ރާއްޖެ އަށް ވައިގެ މަގުން އެތެރެކުރި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެެވެ.

އެ އިދާރާ އިން ބުނީ މަސްތުވާތަކެތި ފެނުނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އަށް އައި އުމުރުން 21 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ. އެ ލަގެޖް ބަލައި ފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްކަން ފުރަތަމަ މަރުހަލާގެ ތަހުގީގުން އެނގިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ބަރުދަނުގައި 1.096 ކިލޯ ހުރި އިރު އެތަކެތީގެ މަގުމަތީ އަގު 667،000 ރ. އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ މައްސަލައިގައި ހިފެހެއްޓި މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

8 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 29%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަރެ

29 June 2019

"މަސްތުވާތަކެތި"

The name is already taken The name is available. Register?

ކޮން ޤައުމެއް؟

29 June 2019

އެއީ ކޮން ޤައުމެއްގެ މީހެއްތަ؟

The name is already taken The name is available. Register?

ދޮންވެލި

29 June 2019

21 އަހަރުގެ ޗައިނާ މީހެކެވެ. ނޫނީ ބްރެޒިލް މީހެކެވެ.

The name is already taken The name is available. Register?

ހުސެން

29 June 2019

އަތުލާމީހުން ހާމަ ނުކުރަނީ ކީއްވެތޯއެވެ. އިންޑޔާގައި ހާމަ ކުރެއެވެ. ރާއްޖެއިން,އަތުލާމީހުނަށް ވާނުވާ އެއްނޭނގެއެވެ. ހީވަނީ މި އީ އެތެރެކުރަންގެންގުޅޭ އެގެންޓުން ހެންނެވެ. އެމީހުން ޑިއުޓިީ ނިމުނީމާ ދެއްވާކޮމިޝަނާއިއެކު އަނެއް ޝިޕްމަންޓަށް ތައްޔާރުވަނީއެވެ.

The name is already taken The name is available. Register?

ޙެހެހެ

29 June 2019

އޭނަ ދޫކޮށްލާފަ، ވަލު ދޮރާށިން އެތިކޮޅު ވިއްކާލާ، ތީ އެންޑީޕީ ކުއްޖެއް،

The name is already taken The name is available. Register?

ބޮޑުމީހާ

29 June 2019

މިގައުމުގައި ޑްރަގްސް ގެންނަ މީހާ އަތުނުލާނެ. ސާމާނު ކޮޅު އަތުލާފަ އޭނަ ދޫކޮށްލާފަ، ވަލު ދޮރާށިން އެތިކޮޅު ވިއްކާލާނެ

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

28 June 2019

ޑްރަޤަކީ ޤައުމީސަލާމަތާއިގުޅުންހުރިކަމަކަށްވެފައި ރާއްޖޭގެގޭޓްތައް ނުވަތަ ބައިނަލްއަޤުވާމީ ބަނދަރުބެލެހެއްޓުމުގެޤާނޫނީޒިންމާ ކަސްޓަމްސް އޮތޯރިޓީއާއި ހަވާލުވެ އެތަނުގެއިސްވެރިއަކަށް Comissiner General of Custom ހުންނަވާއިރު ރާއްޖޭގެސަރަހައްދުން ޑްރަޤުގެންގުޅެނިކޮށް، ވިއްކާބޭނުންކުރަނިކޮށް އަތުލައިގަންނަމީހުނާއި ގޭގޭގެއެޑްރެސްފަދަ ޒާތީމައުލޫމާތު ކަސްޓަމްސްއާއިހިއްސާކުރުމަށް ހޯމް މިނިސްޓަރަށް ދަންނަވާ އޭގެބޭނުންކުރުމަށް އޮފިސަރުންނަށް ބާރުއަޅުއްވާ.

The name is already taken The name is available. Register?

ހަކީމްބެއްޔާ

28 June 2019

އިސްލާމިކް އެއާޕޯޓެއް މިގައުމުގައި ނުހުންނާތީ ޑުރަގުސް އެތެރެކުރެވެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454