ކުރީގެ ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ގަޑީގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ކ-2) އަދި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ޖުލައި 2019 - 17:55
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އެމަނިކުފާނަކީ ވަރަށް ކެރޭ ސާބިތުކަން މަތީގައި ވަކާލާތު ކުރައްވާ ލީޑަރެއްކަން ހާމަވެފައިވާ އިދިކޮޅު އެންމެ ބޮޑު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ތަންތަނަށް ގެންދިއުމުން ތިއްބެވީ ހަނު ކަމަށެވެ. އެކަމަށް ބާރު ދެއްވައި އަބްދުއްރަހީމް މިސާލު ނެންގެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަނު ހުންނެވި ކަމަށް ވިދާޅުވެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ވަކީލުން ކޯޓުގައި ތިއްބަވަނިކޮށް، ތެދުވެވަޑައިގެން އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވުމުން ގެންދެވި މަންޒަރު ފެނުނު ކަމަށެވެ. އެހެންވެ، ޔާމީނަކީ ދިވެހިން ބޭނުންވާ ކަހަލަ ލީޑަރެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ އެމަނިކުފާނު ތައުރީފް ކުރައްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެންމެ ފަހުން، ކާނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގެން، ހަގީގަތް ހާމަކޮށްދިނުމުން ރައްޔިތުންނަށް އާ ރޫހެއް ލިބިފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ. އެމަނިކުފާނު ކްރިމިނަލް ކޯޓުގައި ދެ ގަޑިއިރާއި ތިރީސް މިނިޓް ހޭދަކުރެއްވި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ޔާމީން ދެއްކެވި ސާބިތު ހެކި، ރައްޔިތުން ބަލައިގަންނަ އެއްޗަކަށްވެއްޖެ. އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ އެކިއެކި ޕްރެޝަރުތަކާ އަޅުގަނޑުމެންނަށް ކުރިމަތިވޭ. ޕީޕީއެމް އާއި ޕީއެންސީ އޮތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު މާލޭގައި ރެލީއެއް ބާއްވާނެ ކަން އިއުލާންކޮށްފަ އެވެ. އެ ދެ ޕާޓީން ބުނި ގޮތުގައި ރެލީގައި ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް ފަށާ ހަރަކާތްތަކެއް ކަމަށް އެ ދެ ޕާޓީން ބުންޏެވެ.
އަބްދުއްރަހީމް ވިދާޅުވީ ކިތަންމެ ވަރުގަދަ ސިޔާސީ ފިއްތުންތަކެއް ކުރިމަތި ކުރުވިޔަސް، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުއްޓުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޔާމީނަށް އަމާޒުކޮށްގެން ހިނގަމުންދާ ކަންކަމަކީ ސިޔާސީ ކަންކަމުގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރެއްވި އެވެ.
ޔާމީނާ މެދު ދިވެހިންގެ މެދުގައި އޮތް ލޯތްބަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަމަށާއި އެމަނިކުފާނު ދައުލަތުގެ ފައިސާ އިން ވައްކަން ނުކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ސިޔާސީ ތުހުމަތުތަކެއްކޮށްގެން ޔާމީންގެ އަގު ވައްޓާ ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރު އައީ ވަރަށް ގިނަ ވައުދުތަކެއް ވެގެންނެވެ. އެކަމަކު، އެ ވައުދުތައް ފުއްދިފައި ނުވާ އިރު، ސަރުކާރުން އުޅެނީ އެހެން ކަންކަމަށް އަމާޒު ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއިން އެއްވެސް ވައުދެއް ނުފުއްދުނު. ތަރައްގީގެ މަޝްރޫއެއް ނުހިންގޭ. ދައުލަތަށް އާމްދަނީ ލިބޭނެ މަސައްކަތްތަކެއް ނުކުރެވޭ. ދައުލަތުގެ ރިޒާވް ދަނީ ދުވަހުން ދުވަހަށް ދަށަށް،" ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ފޮނަދޫ ދާއިރާގެ މެމްބަރު ކަން ކުރިން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
23 July 2019
ސާބިތުކަން އެގޭނީ އެހާވަރަށް! ޔާމީނުގެ 3 ވަކީލުންނާ ޕީޖީގެ އަންހެން ވަކީލު ނުބައްދަލު! އެންމެ ފަހުން ޔާމީނުވެސް ތެދުވެ ވާހަކަ ދައްކާ ހިސާބައް ދިޔައީ! ސާބިތުކަން އުންނާ ނީ އެވަރަށް!
ރށުމީހާ
22 July 2019
އަލްކަޕޯލް.
ނިޔަތް
22 July 2019
ފުރަންޓް ލައިނަށް ނުނިކުމެ ގޭހަރުގައި އޮތް މީހަކަށް ކޮން ސާބިތު ކަމެއްތޯ ދެއްކޭނީ އެކަމަކު އެއްކަމެއްވަނީ ސާބިތުކޮށްދީފަ އެއީ ރާއްޖޭގެ އަލްޗަބޯ ކަން ސުވާލަކީ މާފަންނު ސަހަރާން ނެގި ގަބުރު ކަށިތަކަށް ހެދީ ކިހިނެތްބާ؟
ކެއުން
22 July 2019
ކައިފަ ޕްރޮޖެކްޓް ނުހިންގުން ކައިފަ ޕްރޮޖެކްޓް ހިންގުމަށްވުރެ ކަޑަ .. ކައިފަ ޕްރޮޖެކްޓް ހިންގުން ނުކައި ޕްރޮޖެކްޓް ހިންގުމަށްވުރެ ކަޑަ ... އަހަރެން ބޭނުމީ ނުކައި ޕްރޮޖެކްޓް ހިންގަދޭނެ ވެރިއެއް ... އެފަދަ ވެރިއެއް މަގޭ 40 އެތަކެއް ވީ ހަޔާތަކު އަދި ނުފެނޭ
ބާތުމަ
22 July 2019
ޝަރީއަތުން ފެނުނީ އެންމެ ކަމެއް. އެއީ ރައީސް ޔާމީން ސަލަމާތްކުރެވޭނެވަރުގެ ވަކީލެއް ނޫންކަން ގިނަ ވާހަކަތައް ދެއްކީ. ވަކީލަށްވުރެ ޔާމީންވެސް މާ މޮޅު. ވަކީލު ބަދަލުނުކޮށް ތިޔަކަން ނުވުމާ ގާތީ.
އަލްޖިބްރާ
22 July 2019
ކޮބާ ސާބިތު ކަމަކީ ؟ ވައްކަން ކޮށްފަ މިބުނަނީ ނުކުރަމޭ ! ވައްކަން ކޮށްފަ ވައްކަން ކުރީމޭ ބުނާމީހާގެ ސާބިތުކަން މާފުރިހަމަ ! ކެރޭ ސާބިތުކަންމަތީ ދެމިތިބޭމީހުން ކަންތަށްތައް ފަޅާ އެރީމަ ކަންތައްތައް ފޮރުވަން ނޫޅެ ސީދާތެދުބަހުން ވާހަކަ ދައްކާނެ ! ( އެއީ ވަގެއް ކަމުގައި ވިއަސް ) ތިޔައީ މަކަރުވެރި ހިޔަޅަކަށް ވުރެވެސް ނުލަފާ މީހެއް ! ތިޔަމީހާ ހުރިހާ ކަމެއްވެސް ނިންމަން އުޅޭނީ މަކަރުވެރިކަމާއި ދޮގުހަދައިގެން !
ޓިނު
22 July 2019
ސާބިތުކަން އެގޭނީ ކޯޓުން ޙުކުމް ކުރީމާ ؟
faathuma
22 July 2019
އަހަރުމެންނަށް ފެނުނީ ލަދުހަޔާތް ކުޑަކަން، ސާބިތުކަމެއްނޫން.
ޕޮިުޔ
22 July 2019
ހުތުރު އެއްޗެއް ބުނިތަ؟ މީހެއްގެ އަބުރާ ބެހުނުތަ؟ ވަގަށް ގޮވިތަ؟ ދިވެހި ގައުމަށް ދެރަބަހެއް ބުނިތަ؟ ކޮއްކޯ، ލަދުހަޔާތް ކިޔަންއެނގޭނީ އެހުރި މީހަކަށް. އަހަރެމެންނަށް ފެނުނީ، ހިތްވަރުގަދަ، ތެދުބަހުންވާހަކަދައްކި ދިވެހި ގައުމުގެ ފަހުރުވެރި ކުރީގެ ރައީސް. ދިވެހި ދަރިންގެ ދިރިއުޅުން ފަސޭހަކޮށްދިން ހިތްވަރުގަދަ ކެތްތެރި ރައީސް.
ދޮން ބުޅާ
22 July 2019
ހުސް ދޮގު ހެދީ. ރީއްޗެއްނު ވަރަށް.
ހަސަދު
22 July 2019
ފޮޓޯއިން ފެންނަނީ ވަރަށް ފުއްޕާފަ ތިބި ބައެއް މާޔޫސްވެ އެލިފައަ ތިއްބައި. އޭރު މިބޭފުޅުންނަކަށް އެގިވަދައިއެއް ނުގަތް މިދުވަސް ވަރަށް ކައިރީގައި އޮތް ކަމެއް.
ވެދުން
22 July 2019
މަސައްކަތް ކުރާ ސަރުކާރުގެ އޮފީހުގެ ތިޖޫރީގަ ހުންނަ ފައިސާވެސް އެހެން މީހަކު ބޭނުން ކޮށްފާނެތީ ވަރަށް ބިރުގަނޭ. އެހެން ވިމާ އެފައިސާ ގެންގޮސް ވިޔަފާރިކޮށްފައި، އެއިން ނެރެވެން އޮތްހާ ފައިދާއެއް ނެރެފަ ގެނެސް އަނެއްކާ އޮފީހުގެ ތިޖޫރީއަށް ލާނީ. ހަމަ ފައިސާ އަކީ ފައިސާ، އެންމެ ސެންޓެއްހާ ހިސާބުވެސް މަދެއް ނުކުރާނަން. ދައުލަތަށް ދައްކަން ޖެހޭނީވެސް އެ ޢަދަދަށް ފައިސާތާ، އެ ވިދާޅުވާގޮތުން. އަދި %އެއް އިތުރަށްވެސް ޖަމާކުރެވިދާނެ އެސްކްރޯއެއްގެ ދަށުން.