ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ސެޕްޓެމްބަރ 2019 - 08:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ، އެމްޑީޕީން ކުރަމުންދަނީ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމުގެ މަސައްކަތް ކަމަށް ޕީއެންސީގެ ރައީސް، އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުނޑާލުން ކަމަށެވެ. އެމްޑީޕީން އެ މަސައްކަތް ކުރަމުން ދަނީ ގަސްތުގައި ރާވައިގެން ކަމަށާއި ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާ ކާމިޔާބު ކުރުމަށް މަގުފަހިކުރުން ކަމަށް ވިދާޅުވި އެވެ.
Gaumehge salaamathee baaru thakuge agu vattaalumakee mulhi Gaumuge nizaam fudaalun.mi’adhu RN isve hure MDP in kuramun egendhanee mikan thah.mi’ee gasdhugai raavaigen kuramun gendhaa kameh. beynumakee MDP ge foruvifaivaa sirru agenda kaamiyaab kurumah magu fahi kurun
— Abdul Raheem Abdulla (@Banafsaa) September 11, 2019
"ދިވެހި ސިފައިންނާއި ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވުން ލާޒިމް ހިދުމަތްތަކެއް ކޮށްދެމުންދާ ބައެއް. ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާންވުމަށް ތައްޔާރަށް ތިބޭ ބައެއް. މި ކަމަށް ދިވެހި ތާރީހު ހެކިދޭ،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދުރޭގެ ޓްވީޓުގައިވެ އެވެ.
Dhivehi sifainnaai fuluhun nakee ebayakahtakai mulhi dhivehi Gaumu fakh’uruveri vun laazim kh’idhumaiy thakeh koh dhemun dhaa ba’eh. Gaumah dhimaavaa konme bodu kamehgai Gaumaa rayyithunge haggugai gurubaan vumah thayyaarugai thibey ba’eh.mi kamah dhivehi thaareekh’u hekidhey.
— Abdul Raheem Abdulla (@Banafsaa) September 11, 2019
ސަލާމަތީ ބާރުތަކަށް އިދިކޮޅު ކޯލިޝަންގެ އެންމެ އިސް އެއް ލީޑަރު ތައުރީފްކުރެއްވިއިރު، ނަޝީދު ވަނީ އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަމަށް ސިފައިން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސިފައިންނާއި ފުލުހުން ވެސް އެ ވާހަކަ ވަނީ ދޮގުކޮށްފަ އެވެ.
އެކަމާ ގުޅިގެން ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދަށް ފުލުހުން ފާރަލާކަމަށް ބުނެފައިނުވާނެ ކަމަށެވެ. ނަމަވެސް ސެކިއުރިޓީ ބަލަހައްޓުން ގާނޫނުން ލާޒިމްކޮށްފައިވާ ބޭފުޅުންނާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި ފުލުހުންނާއި އެމްއެންޑީއެެފުން ގުޅިގެން މަސައްކަތްކުރާ ކަމަށާއި އެގޮތަށް ކުރަނީ އެ އިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކާ ވަޒަންކުރުމަށް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
12 September 2019
ނަޝީދަކާ ނުކުޅެވޭނެ. ނަޝީދު ހިނގި މަގަކުންވެސް ހިނގާލެވޭނެ ފެންވަރުގެ މީހަކު މިފަސްގަނޑަކު ނުހުންނާނެ. ޢަދުރޭމެންގެ ކުރިމަގު ވަރަށް ބަނަކޮށް އޮތީ.
ޓިނުއަންދުރޭ
12 September 2019
ކުޓުވަން ތި ކުރާ މަސައްކަތް އަދުރޭއަށް ކާމިޔާބު ނުވާނެ
ޮއޮނަރަބަލް ގާސިމްބެ
12 September 2019
ނަޝީދު އާއި ކުޅެވޭނެ ގާބިލުކަން ހުރި މީހަކު އަދުރޭމެންގެ ތެރެއަކު ނެތް؟ މިމީހުންގެ ވެރިކަމުގައި ވެސް އެކަން ނުކުރެވުނު؟ވަރަށް ވާހަކަ
އަބްދުއްالله
12 September 2019
އަގެއް ނެތް އެއްޗެއްގެ އަގު ވައްޓައެއް ނުލެވޭން.
އަމާތަ
12 September 2019
ހަމަ އަސްލުތަ އަދުރޭ
އަނބިމީހާގެފިރިމީހާގެއަނބިމީހާ
12 September 2019
ޖަލުގޮޅިއެއްގާ ޓިނުޖަހަން އުޅޭ.
ލުކްހޫސްޓޯކިންގް
12 September 2019
ނެތޭ. ނެތޭ. ތިބުނާ އެއްޗެއް ނެތްތާ ކިތަންމެއަހަރެއް. ނެތް އެއްޗެއް ނުވެއްޓޭނެ. ތިބޭފުޅުން ވިދާޅުވިހާ ގޮތަކަށް އެ ދެ މުއައްސަސާ ކަންކަންކުރަން މަޖްބޫރު ކުރުވި ދުވަހުން ފެށިގެން ތިބުނާ އިތުބާރެއް ނެތް. އެމީހުން އެއީ ވަހުތާނެއްހެން އެނބުރޭ ބައެއް
ގހގހގހ
12 September 2019
ދިވެހި "ޓެރަރިސްޓަކަށް" އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އަސްލު
12 September 2019
ނަޝީދަކަސް އަދުރޭ އަކަސް ދައްކާ ވަހަކަ ތަކުން ކަމެއް އިސްލާހުވާނެހެނެއް ހިޔެއްނުވެ. ގޯސްވާތަން ފެންނަނީ. މީގާ ރަނގަޅު ގޮތަކީ ރައްޔިތުމީހާ ވިސްނުން އިސްކުރުން. ދޭތެރެ ޖައްސާ މޭހުންގެ ވިސްނުން ތަކާ ހިޔާލު ތަކުން ދުރުވެ ސީދާ މަގަށް ރުޖޫއުވުން.
އަލީ މީހާ
12 September 2019
މި އަދުރޭމެން ކުއްލިޔަކައް މުއްސަދިވި ސަބަބު ހޯދާދީބަލަ ގައިމު މިނިމި ދިޔަ 5 އަހަރަކު އަދުރޭޔެއް މާވަހަރެއް ނުހޮވާ ކަން ޔަގީން