މުއިއްޒު: އޭނާ ކުރެއްވި ތުހުމަތު ބަލަން އިދިކޮޅުން ވަނީ ގޮވާލާފައި. --ފޮޓޯ/އެމްޑީޕީ
23 ސެޕްޓެމްބަރ 2019 - 20:26
މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ކުރެއްވި ތުހުމަތު ބަލަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.
މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި ކަމެކެވެ. އެކަމަކު އެ ތުހުމަތާ ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް އޭނާ މިހާތަނަކަށް ނުދައްކަވަ އެވެ.
ފުލުހުން ވަނީ މި ތުހުމަތު ދޮގުކޮށްފަ އެވެ. އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް އެފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު އިދިކޮޅުން ބުނިގޮތުގައި، މުއިއްޒުގެ ތުހުމަތު ސީރިއަސް އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު އެފަދަ ވާހަކައެއް ދައްކަވާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމަށެވެ. މުއިއްޒަކީ މަޖިލީހުގައި ވެސް ބަސް މަދު ބޭފުޅަކަށް ވާ އިރު، އެހާ ބޮޑު ތުހުމަތެއް އޭނާ ކުރައްވާނީ ކޮންމެވެސް ކަމަކާ ގުޅިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ދައުލަތުގެ މުއައްސަސާތަކުން އެމަނިކުފާނާ ސުވާލުކުރައްވައި އެކަމުގެ ހަގީގަތް ސާފުކުރައްވަން ޖެހިވަޑައިގަންނަވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ތުހުމަތާ ގުޅޭ މައުލޫމާތު ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ލިބިފައިވާ ނަމަ ތަހުގީގަށް ދަތިނުވާނެ އަދި ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެ މިންވަރަކަށް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަން ވެސް ޕީޕީއެމާއި ޕީއެންސީން ގޮވާލި އެވެ.
ފުލުހުން ބުނިގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް އެ މުއައްސަސާ އިން ބަލާނެ އެވެ. ތަހުގީގުގެ ކުރީކޮޅަށް ވުމާ އެކު އެކި އިމާރާތްތަކަށް ވަދެ ބަލަން ޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ރޯވި ސަބަބެއް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވި އިރު ގިނަ ބަޔަކު މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
24 September 2019
ބުނާމީހާ ގޯސްވާނީ، ތަން ސާފުކޮ އް ނިންމަ އިފި، ކޮބާތޯ ތަހުގީގު ރިޕޯޓު
ނުހާދު
24 September 2019
ވަރަށް ހެއްވާ މީހެއް
900 ޑިގުރީ
24 September 2019
މި މުއީޒު އަކީވެސް މޮޔައެއް އެ މްޑީޕީން މިފަހަރު މަޖިލީހަށް ގިނައިން ހޮވުނީ ރޯނު އެދުރުން
ރަދީފް
24 September 2019
މަޖްލިހުގަ ގޮނޑި ހޫނުކުރުން ނޫންކަމެއް ނުކުރާ މީހަކު ކޮސްގޮވީމަ އެކަން ހަބަރަކަށް ނުހެދުން ބުއްދިވެރި.
ދދދދ
24 September 2019
ގުދޯ ގުދޯ ނުގޮވާ ތިބެވޭތޯ ބަލާބަލަ..... ޝަރީފޫ
އަނިލް މަނިކު
24 September 2019
މިމީހުން ގޮވާ ކޮހާ ގުޅިގެން އަހަރެމެންގެ ޓެކްސް ފައިސާ އިސްރާފްކުރަން ނަހައްދަވާ
އަލީރާޖާ
24 September 2019
ތިޔަ ބުނާ އިދިކޮޅޭމެން ރައީސް ވައްކަންކޮށްފިޔޭ ކިޔާފައި ވާހަކަ ދެއްކީމާ އޭސީސީއިން އެކަން ބަލަން ގެންދިޔައިމާ ބުނީ އެއީ ސިޔާސީ ގޮތުން ދެއްކި ވާހަކައެކޭ! އެހެންވީމާ މިއީވެސް ވެދާނެ ސިޔާސީ ގޮތުން ދެއްކި ވާހަކައަކަށް ދޯ އަދުރޭޓިނުމީނޫ؟
އިސްމާލި
24 September 2019
މިއީ ހަގީގެއް ނަމަ މިއީ ވަރަށް ބޮޑު ހާމަކުރުމެއް. އަަދި މިކަން ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަން ޖެހޭ. ޕޮލިހުން އެއްވެސް ވަރަކަށް މީނައާއި ސުވާލު ކޮށްފިބާ؟ މިއީ ދޮގެއްނަމަ ދުނިޔޭގައި ރާއްޖޭގެ ނަން ޚަރާބުވެދާނެ ފަދަ، އަދި ޓުއަރިޒަމް އަށާއި އިގްތިސޯދަށް ނުރައްކާވާފަދާ ވާހަކަ ދެއްކުމުގެ ސަބަބުން މީނައަށް އަދަބު ލިބެންޖެހޭ، މިއީ ދޮގެއްނަމަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލަކަށް ބެލެވޭނެ. ކޮބާ ޓެރަރިޒަމް ގާނޫނު؟؟
އިހުސާނާ
24 September 2019
ޕޮލިހުގެ ތަހްޤީޤުން ކޮން ގޮތަކަށް ހިނގި ކަމެއްކަން ނުނިންމާހާ ހިނދަކު، މި ފަދަ ޒިންމާދާރު ވަޒީފާ ތަކުގަ ތިއްބަވާ ބޭފުޅުން މި ކަހަލަ ޒިންމާދާރުކަން ކުޑަ ވާހަކަ ދެެއްކުމަކީ ވަރަށް ދެރަ ކަމެއް! އަނެއްހެން ނުވާނެޔެކޭ ނުބުނާނަން، މި ބުނީ ނިރުބައިގެ ކަމެކޭ! އެކަމަކު އަދި ނެތް ދޯ ކޮންކްލޫސިވް އެވިޑަންސެއް އެއީ ނިރުބައިގެ ކަމެކޭ ބުނެވޭ ވަރަކަށް!
ބެއްޔާބެ
24 September 2019
އެކަށީގެން ވާ ހެކި ނެތި މި ޒާތުގެ ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. މިވަރުގެ މީހުންވެސް މަޖިލީހުގައި ތިބޭތީވެސް އަހަރުމެން ލަދުގަނޭ