އިދިކޮޅުން ކުރި މުޒާހަރާއަކުން މީހަކު ހައްޔަރު ކުރަނީ: ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ވަނީ ދޫކޮށްލާފައި -- ފޮޓޯ/މިހާރު
02 ޑިސެމްބަރ 2019 - 22:06
ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމާ އެކު، އެމަނިކުފާނު މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިހާރު ދަނީ މާލޭގައި ކޮންމެ ރެއަކުން ހެން މުޒާހަރާ ކުރަމުންނެވެ. އަދި އެ ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިއަދު އެކަމާ ދެކޮޅަށް އިހްތިޖާޖް ކޮށްފަ އެވެ.
ފުލުހުން ބުނީ ރޭގެ މުޒާހަރާގައި ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން ފަސް މީހަކު ރޭ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ހަތަރު މީހުން ވެސް މިއަދު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ހުކުމާ އެކު، އެމަނިކުފާނު މާފުށީ ޖަލަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
03 December 2019
އުއްމީދު ކުރަނީ ކޮންމެ ރެއަކުވެސް މުޒާހަރާ ތެރޭން ބަޔަކު ހައްޔަރުކޮށް ގިނަ އިރުތަކެއް ވަންދެން ދޫކޮށްނުލާ ބައިތިއްބާފަ އަނެއް ދުވަހު ދޫކޮށްލާނެ ކަމަށް، މީ މަޖާ ކަމެއް.
ފަރޭ
03 December 2019
ހުއްދަނުނަގައި ހުއްދަނުއޮންނަ ތަންތަނުގަ މުޒާހަރާކުރާނަމަ، އެކަންވާނީ ޤާނޫނާއި ޚިލާފުކަމަކަށް. މިމީސްމީހުން ޤާނޫނާއި ޚިލާފުވީމަ ފިޔަވަޅުނާޅައި، ތިގޮތަށްދޫކުރާނަމަ، ޕާކިންގާއި ޓްރެފިކާއި ޚިލާފުވާމީހުންވެސް ޤާނޫނީގޮޅިޔަށްނުފައްތައި ތިގޮތަށް ދޫކޮށްލަންޖެހޭނެ. އެމީހުންވެސް ހަމަޚިލާފުވަނީ އޮންނަޤަވާޢިދާ އޮންނަޤާނޫނާ. އެމީހުން ޖޫރިމަނާކޮށްފަ މިމީހުންދޫނުކުރޭ! މިމީހުންވެސް ޖޫރިމަނާކުރެވޭގޮތެއްހަދައި، ޖޫރިމަނާދެއްކީމަނޫނީ ދޫނުކުރާގޮތެއް ހަދަންއެބަޖެހޭ.
މުޒާހަރާ
03 December 2019
ޢާމުރައްޔިތުންނާއި ގުޅުންހުރި ކަމެއްގައި އެއްވެ އުޅެވޭނީ މަދުވެގެން ކިތައްމީހުން ހަމަވެގެންތޯ ޤާނޫނުގައި ކަނޑައެޅިފައި ނެތްނަމަ ، ޤައުމީ އަދި އިޖްތިމާޢީ ކަންކަމުގައި އެއްވެ އުޅުމާއި ތެދުމަޢުލޫމާތާއެކު ހޭލުންތެރިކަން ދިނުމަށް ހުރަހެއްނެތި މަދުވެގެން 2 މީހުންނަށް މުޒާހަރާކުރުމުގެ ޤާނޫނީ މިނިވަންކަން ލިބުމުގެ ޖާގަ އޮންނަންޖެހޭ
ޢާޒީ
03 December 2019
ކީކުރަން ދޫކުރަނީ...15 ދުަވަސް ޖަހާލަބަލަ..
ރަންނަ
03 December 2019
ހައްޖުވަނީ. މުޒާހަރާއެއްނޫން
ޑަމީ
03 December 2019
ޕީޕީއެމް ގެ އެށްވުން ތަކުން ގިނަވާނީ ޒުވާން އެކްޓިވިސްޓުން. ޕޕމ ގަ ޒުވާނުން އެހާ ގިނަޢީ އަޅުގަންޑު މެންގެ ލީޑާސިޕް ގަ ތިށްބެވި ބޭފުޅުން ގެ މޮޑަން ވިސްނުން ފުޅާ ހެދި. މީ އުފާވެރި ކަމެށް. ޕިޕިއެން ހޮޕް ހޮޕް. ބެން އެންޑި އެން!
ރަންނަ
03 December 2019
މަހީހީ
އޭނަ
03 December 2019
ތިޔަ މުޒާހަރާޔަށް ކިތައް މީހުން ދިޔަތަ؟ ގައިމު ބިބައިގަނޑު ބުނި މުޒާހަރާގެ ބަދަލުގައި ހައްޖަށް ދާންވީނޫންހޭ. ހައްތަހާވެސް ރޯނުއެދުރުން.
ސިދާ
02 December 2019
ކޮންމެރެއަކު ފަންސާސް މީހުން ނުކުމެ މިކުރަނީ މުޒާހިރާތޯ؟
މަގުފުޅާޓިނު
02 December 2019
ގޯހެއް ނޫން، ކޮންމެ ރެއަކުވެސް ތިގޮތަށް ހައެއްކަ އަށެއްކަ މީހުން ހައްޔަރުކުރާތި، ދޫކޮށްނުލާ ބޭތިއްބޭނެ އެންމެ ގިނައިރަކު ބައިތިއްބާފަ ދޫކޮށްލުމަކީ ވަރަށް އޯގާތެރިކަމެއް.
އަނބިމީހާގެފިރިމީހާގެކާފަ
02 December 2019
ޔޫ.އޭ.އީ.އިން ޕުރެޝަރުކުރީތަ؟
ލޮނުމެދުފަޓާސް
02 December 2019
އެއްވެސް ޔޫއޭއީ އެއް ނޯންނާނެ، "ދިވެހިންގެ ކަންތައް ދިވެހިން އަމިއްލައަށް ނިންމާނެ" މަނިއްޕުޅު އެހެންވެސް ބުނި އުތަ.