08 ޑިސެމްބަރ 2019 - 23:45
ސޯޝަލް މީޑިއާގައި އެކަކު އާންމުކުރި ވީޑިއޯއަކުން ފެންނަނީ މަގެއްގައި ޕާކްކޮށްފައި ހުރި ދެ ސައިކަލެއްގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރި މީހަކު ނިދިގެން ތާއްޔާ ޖެހޭ މަންޒަރެވެ. އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް ނޭނގެ އެވެ. ހަގީގަތަކީ އެއީ ނިދި ޖެހިގެން ވެއްޓެންދާ މީހެއް ނޫން ކަމެވެ. އެއީ މަސްތުވާތަކެތީގެ ޝިކާރަ އަކަށް ވެފައިވާ ޒުވާނެއްގެ ހާލެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، "ގުދުވެފައި" ތިބޭ ޒުވާނުން މާލޭގައި އަނެއްކާ ވެސް ގިނަވެއްޖެ އެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާ ގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ. އެހެންވެ، ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދިފައި އޮތް ސުވާލަކީ މަސްތުވާތަކެތީގެ ވަބާ ކުރިއަށް ވުރެ ރާއްޖޭ ގައި ބޮޑުވީތޯ އެވެ؟ ނޫނީ އެފަދަ މީހުންނަށް މާފު ދިނުމަށް ފަހު ޖަލުން މިނިވަން ކުރީތޯ އެވެ؟
މި ޒުވާނުންގެ ސަބަބުން މާލޭގެ މަގުމަތީގައި ހިނގާ މީހުންނަށް އޮތީ ބިރުވެރިކަމެވެ. އެގޮތަށް ތިބޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.
Masthuvaa thakethee ge massala akee mulhi raaje gai oi emme bodu ijuthimaaee museebaathah vaa iru mikamugai dhaulai hemey vumuge natheejaa mi fennanee. @ShimranAb @M_Hameedh https://t.co/M2KiiSu0dU
— Ali Nizar (@DhekunuNizar) December 8, 2019
އަލީ ނިޒާރު ކުރެއްވި ޓުވީޓު.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު، ޒުވާނުންގެ ބައެއް ވީޑިއޯތަކާ އެކު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މުސީބާތަށްވާ އިރު، މި ފެންނަނީ ދައުލަތް ހިމޭންވުމުގެ ނަތީޖާ ކަމަށެވެ.
މާލެ ތެރޭގައި ޒުވާނުން މަސްތުވެގެން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އިހްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު، އެހެން ބައެއް މީހުން ބުނީ މި ގައުމުގައި އިހްލާސްތެރި މަސައްކަތެއް ކުރާނެ ބަޔަކު ނެތް ކަމަށެވެ.
މި މައްސަލައިގައި ބައެއް މީހުން ކުރަނީ ވަރަށް ނުރައްކާތެރި ތުހުމަތެކެވެ.
ޒުވާނުން އެގޮތަށް ތިބެނީ މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ވައްތަރެއް ދައުރުވަމުން ދާތީ ކަމަށް އެމީހުން ބުނެ އެވެ. ބައެއް މީހުން އޮރިޔާންވާ އިރު، އަނެއް ބަޔަކު ވަނީ ޒޮމްބީތަކަކަށް ކަމަށް އެމީހުން ދެކެ އެވެ.
އެކަމަކު، އެ މައްސަލައިގައި ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވެގެން މާލޭގެ މަގުތަކުގައި ތިބޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރުމަށް ފަހު، ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަމުންދާ ކަމަށެވެ.
"މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ކޮންމެ ދުވަހަކު ޑްރަގް އޮޕަރޭޝަންތައް ހިންގައި މަސްތުވާތަކެތި އަތުލައިގަނޭ. މި އޮޕަރޭޝަންތަކަކީ ކޮންމެ ދުވަހަކު ވެސް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދާ އޮޕަރޭޝަންތައް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ. އަމިއްލަ ހާލާއިގެން ނޫޅެވޭ ޒުވާނުންގެ ވީޑިއޯތަކުން ހަގީގީ މަންޒަރު ސާފެވެ. އެކަމާ ބަޔަކު ކަންބޮޑުވެގެން އުޅޭ ހެނެއް ހިއެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްތު
21 December 2019
މަސްތުވެގެން މަގުމަތީގައި ތިބުމަށްފުރުޞަތު ލިބެނީ ފެންނަނީ ވަކިނުފޫޒުތަކެއް ޢާމުވެގެންހިނގާ ދުވަސްތަކުގައިކަންވަނީ ފާހަގަކުރެވިފައެވެ. މިގޮތުން 2010ގައިވެސް ރާއްޖެވަނީ މިފަދަ ޙާލަތަކަށްގޮސް ކެފޭތަކުގެ ބިއްދޮށުމޭޒުތައް /ކޮޓަރިތައް މިކަމަކަށް ޚާއްޞަކުރެވިފައި. މިގޮތުން މާލޭގައި އެތަކެއް ކެފޭރެސްޓޯރަންޓުގައި މިރުޞަތު ފުޅާވެގެންގޮސްފައިވޭ...ޙިމާޔަތްދީގެން ތިބެނިކޮށް އަމިއްލަ ނަފްސާއި އަނބިދަރިން މިކަމުގެތެރެއަށް ގެންދާނެކަމީ ޝައްކެތްއޮތްކަމެއްނޫން.
ކަރާ
09 December 2019
ޔޫރަޕުމީހުން އަގުބޮޑު ރިސޯޓުތަކަށް އައިސް އެތަކެތި ވިއްކާމެއް މަށެއް ނުދެނަހުރީމެވެ. އެމީހުންގެ ފޮށިތަންމައްޗަކީ ބެލުން މަނާ ތަކެއްޗެވެ. ޔައުނީ އެއަކަށް ފާރަލާނެ މީހަކު މިގައުމަކު ނެތޭ އެވެ. އެއީ، އެމީހުން ގެންނާނީ ބޯބުރިޖެހި ނޫޓާ ދެބައިވިއްޔާއެވެ. އޭރުން ދެބަޔަށްވެސް ބޮޑު ކުރިއެރުން ލިބޭކަމަށް މަނިޓަރީންނާ ދުނިޔޭގެ ބެންކުން ހިސާބު ޖަހާނެެއެވެ. ހައްޕު
ވަންނަ
09 December 2019
އެކަށީގެންވާ އަދަބު ނުދެވޭތީ ވާގޮތް އެއީ! ޖަލަށް ލުން އެއީ އަދަބެއް ނޫން! އެއީ މެންޓަލީ މީހާ ހަލާކު ކޮށްލުން! އެންމެ ބޮޑު މައްސަަލައަކީ މައިންބަފައިން! މާތްﷲ އެންގެވި ގޮތަށް ޙުކުމް ކުރާނަމަ ތިޔަކަހަލަ މައްސަލަ އެއް ނުޖެހޭނެ!
އެންދެރި
09 December 2019
ފުރިހަމަ ޕެރޯލް އެއްނެތި މިނިވަން ކުރުމުގެ ނަތިޖާ އެވެ.
ކޮތަރު
09 December 2019
މިޤައުމުގެ ޒުވާން ޖީލު ހާލާކުކޮށްލަނީ ދިވެހިންނާ ގުޅިގެން މަސްތުވާތަކެތިއެރެކުރާ ބޭރުމީނުން.
ކޮރަލް
09 December 2019
އެއީ ހައްދު ފަހަނަ އެޅި ބައެކެވެ.
ސަހަރޯ
09 December 2019
ބިއްޖެހިފައި ކީއްކުރަން ގިއްޖެހިފައި ތިއްބަސް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާނެ. ޒުވާން ޖީލެއް ފުނޑުފުނޑުވެގެން މިދަނީ. ކުރެވުނު އެއްކަމެއްވެސް ނެތް. ކާފަރު ބައެއް ޤައުމުތަކުގައިވެސް މިކަހަލަ ކަންތަކަށް ހަރުކަށި އަދަބު ދީގެންވިއަސް މީހާ ހަމަ މަގަށް އަޅުވާ. މިޤައުމުގައި އެކަހަލަ ކަމެއްގެ ކަންފުޅެއްވެސް ނެތް.
ނަރުދަމާ
09 December 2019
ކާފަ މިކަމާ ބުނާއެއްޗެއް ބަލާފަނޫނީ އެއްޗެކޭ ބުނެވޭކަށްނެތް.
ހޮޓްކިންގ
09 December 2019
މިފެންނަނީ ހާލަތު ބަދަލުކޮށްދޭން ވެރިކަމަށްއައި މީހުން ހާލަތު ބަދަލުކޮށްދިންތަން. ރައްޔިތުންނަށް މިހާރު މިގޮތްވެސް އޯކޭ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
09 December 2019
ފެއިލް ސްޓޭޓްސް ރަމްޒު ކޮށް ކޮށްދޭ އައިކަން ތަކެށް. - 1 ތަހުގީގުން ވީއްލި ޝަރީއަތުން ވީއްލުނު ބައި ބޮޑުވެ ކަންމަތިތަކަށް ތޮށް ޖެހުނީމާ ގޭންގް. - 2 މަސްތުވެ " ވާންޗޯ ބްރާންޗޯ " ވީމާ ރިހިބިލިޓޭޓް . - 3 އިންޓެލް ރިޕޯޓް ރައީސް ނުލިބި 3 މަސްވީމާ ރައީސް އިންނަވާލޯންޗް " ޕަކާސް " މިހިންގޮސް އެތަކެއް ކަމެއް. ނޯޓް : 1 ބަންގާޅީ = އެމެރިކާ 1000 ޑޮލަރު ނޫސްވެރިއަކު އަށްސަވާ ލައްވަބައްލަވަ 2015އިން އިދާރާތަކުގައި އިން އައުޓް ރެކޯޑް ސާފެއް ނުވި.
މަވިސްނާލު މަށް އެދެ މޭ
09 December 2019
ހޫ ކުރީސަރުކާރުގެ ފޯބިޔާޖެހުނީދޯ؟މިސަރުކާރުން ޒިން މާނަގަންޖެހޭ ކަ މެއް އަންނާނީ ކޮންދުވަހަކުންތަ؟2023ގަތަ؟ބަލަގަ ބިއްޖެހިފަ ގިނަވެވެފަތިބި އެތައްބައެއް ކުރީސަރުގެ މަސައްކަތުން މަދުކުރެވު މުންދޯ އަނެއްކާ މާލޭ މަގުތައް ބިއްޖެހިފަތިބި މީހުންނާހެދި ގިނަވެއްޖެކަ މަށް ފާހަގަކުރެވެނީ ރައްޔިތުންނަ.ކޮއް މެ ކަ މަކުންރެކޭ ސަރުކާރު މާފަރު އެއާރޕޯޓާ ހަވާލުވީ ކީއްވެ؟ވެލާނާއެއާރޕޯޓާ ހަވާލުވީ.ތަނެއްގަ ރިބަންކަޑަންވީ މަ މިސަރުކާރު..އަރުވާލިޔަސް ތެދު ދޮގުކުރ
ރާޢްޖެތެރޭ މީހާ
09 December 2019
ލިއުންތެރިޔާއަށް މިވަރަށް ލިޔަން ކެރުނީތީވެސް ޝުކުރު. މަސްތުވާތަކެތި ކޮންޓްރޯލް ކުރީމަ މީހުން މެރުމާއި ޓެކުމާއި ވައްކަމާއި މާރާމާރީއާއި ފޭރުމާއި މަގުމަތީގެ އަމާންކަން ޤާއިމް ކުރެވުނީ. ހުރިހާ ނުބައި ކަމެއްގެ މުޤޫ މަސްތުވާތަކެއްޗަކީ، ފާޅުގަ މަސްތުވާއެއްޗެހި ވިއްކާ ގެތައް ސަރުކާރަށްނެގުމަށް ގޮވާލަން. އަދި ވަލިއްޔުލް އަމްރުގެ ވާޖިބް އަދާކުރުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަން.