ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާގެ އިންތިހާބާ ބެހޭ ކަންކަން ކުރަމުން އަންނަ ކޮމިޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދަނީ. --- ފޮޓޯ: އީސީ
15 ޑިސެމްބަރ 2019 - 14:32
ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އިންޑިއާއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި އެއްވެސް ކަމެއް ސިއްރެއްގެ ގޮތުގައި ބާއްވަން ހިމަނާފައި ނުވާނެ ކަމަށާއި އިންތިހާބުތައް ކުރިއަށް ގެންދާނީ އިންސާފުވެރިކޮށް، ދެ ފުށް ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި މިދިޔަ ހުކުރު ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ދާދި ފަހުން ވަނީ މި އެއްބަސްވުމާ މެދު ޝައްކު އުފައްދައި، އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާކުރަން ގޮވާލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އިންޑިއާއާ އެކު ރާއްޖެ އިން ހެދި އެއްބަސްވުމުގެ ބޭނުމަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލުމެވެ. އިންޑިއާގެ ވިސްނުމަކީ އިލެކްޝަންސް ކޮމިޝަންގެ ސާވާގެ ތެރެއަށް އިންޑިއާ ވަނުން ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ.
In regrds to sme ppl raising Qs on d MoU I signed w/India on behalf of ECM,I cn assure u tht thrs nthng tht requires secrecy in ths MoU. It mainly states 2 areas of cooperation betwn our commissions. Info of whch has been w/ u .I ll put sme links n info belw in ths thread(1/3)
— Ahmed Akram (@akram4535) December 15, 2019
އަކްރަމް ކުރެއްވި ޓުވީޓު.
ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އިންޑިއާއާ އެކު ގާއިމްކުރީ ސިއްރު އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ގާއިމުކުރީ ދެ ދާއިރާއަކުން ގުޅުން ބަދަހިކުރަން ކަމަށް ވިދާޅުވެ، އަކްރަމް ވަނީ ތަފްސީލް ދެއްވައިފަ އެވެ.
އެއް ކަމެއްގެ ގޮތުގައި އަކްރަމް ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް އިންތިހާބުތަކާ ބެހޭ ތަމްރީން ދިނުމެވެ. ދެ ވަނަ ކަމަކީ އިންތިހާބުތަކުގައި ދެ ގައުމުން ތަޖުރިބާ ހިއްސާކުރުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
1stly, Training of our staff in ECI’s institute tht specializes in Electoral studies -IIIDM, note that we have been collaborating with IIIDM since 2011.https://t.co/V20v4hr5Ad
— Ahmed Akram (@akram4535) December 15, 2019
2ndly, d MoU states sharing of electoral experience wd both commissionshttps://t.co/g2ybSatHKd
(2/3)
އަކްރަމް ކުރެއްވި ޓުވީޓު.
އަކްރަމް ވަނީ އިންތިހާބުތަކުގެ ކަންކަން ދެ ފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރޭ
16 December 2019
އަނެތް އިންތިހާބް މިޔޮއްގެން ވިއްކާލީ.ބުއްޅަބޭ ޑީލް ހެދީ
މަސަލަސް
16 December 2019
އެހެން ވިއްޔާ ތިޔަ އެއްބަސްވުމެއް ހާމަކޮށްލަންވީނު. ކެރޭނެ؟
ސަރަކަގުޑި
16 December 2019
ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ....ލިންކް ހާމަކުރާނެ ވާހަކަދޯ އެއިނީބުނެފަ
ލިންކް
16 December 2019
ސަރަކަގުޑިއަކަށް ގެޓެއް ނުވޭ. ލިންކެއް އެހެން ކަމެއް ވެސް އަދި ނެތް. މަޢުލޫމާތެއް ވެސް އެނގެނީއެއް ނޫން. ހުސް ހާސަރު. ހާމައެއް ވެސް ނުކުރާނެ.
ރީތި މޫސަ
15 December 2019
ހިޔެއްނުވޭ ސިއްރު ފާޅުކުރަންކެރޭނެހެނެއް ސަބަބަކީ މިސަރުކާރު އިންޑިޔާގެ އަތްދަށުވެފާއޮތުން
ސަރަކަގުޑި
16 December 2019
އާނ ޗައިނާ ސަޕޯޓަރުންނަށް ވަރަށްވެސް އަސަރު ކުރޭދޯ....ތިބޭ ދެން ފިތިފަ
ކޮންގުޑިއެކޭ
16 December 2019
ގައުމުގެ ހުރިހާ ކަމަކާ އިންޑިއާ މީހުން ބަސްކިޔާ ބެހެން ހުއްދަދޭއިރު އިންޑިއާ ސަޕޯޓަރުންނަށް ވާނުވާ ނޭނގުން އެއީ ހަމަ އިންޑިއާ މީހުންގެ މަކަރުވެރި މޮޅުކަން.
ވަހީދު
15 December 2019
ރައީސް ނަޝީދު ވިދާޅުވެފައި އެބައޮތް އިންތިޚާބު ކާމިޔާބުވީ އިންޑިއާގެ އެޖެންޓުންގެ މަސައްކަތުން ކަމަށް.
ފތއސ
16 December 2019
މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެން ސިރިއަސް ވާހަކައެއް. މިހާރުވެސް އެމެރިކާގެ ބަލަމުން އެގެންދަނީ ޓްރަންޕު ވެރިކަމަށް ގެނައުމަށް އެގައުމުގައި ބޭއްވި އިންތިޚާބަށް ރަޝިޔާމިހުން ނުފޫޒުފޯރުވި މައްސަލައެއް. ވީމާ މިމައްސަލަ ނުބަލާ ދޫކޮށްގެން ނުވާނެ.
އިހުސާނާ
15 December 2019
މީ ތަހުޤީޤު ކުރެވެންޖެހޭ ކަންކަން ... އަނގައިގައި އަތް އަޅައިގެން ތިއްބަސް ހަޤީޤަތް ފާޅުވާނެ..ވަގުތު ޖެހުމުން
ބޮސްގެ ބޮސް
15 December 2019
ސިއްރެއްނެތް.....ހުސް ހުރީ މަ ކަރު
ނިއޯ ކޮލޮނޮލިޒަމް
15 December 2019
އަތްނުބާނާ އެއްވެސް ތަނެއް ނޯންނާނެ. ސީޝެލްސް މިސާލަކަށް ނަގާ.
ހައްގުބަސް
15 December 2019
ރައްޖެއަ ހުރި ނުރައްކަލެ އިންޑިޔާ އަކީ. ވިހަގަދަ ހަރުފައެއް.
ސަރަކަގުޑި
16 December 2019
އާންވާ ތެދެއްތީ...ޗައިނާއަކީމިހާރު ހުދުފޮތިކޮޅެއް......ލޮލް
ޝޮކްތެރަޕީ
15 December 2019
ރާއްޖެ މިދަނީ ހަތަރެސްފައި ބަދެލަމުން. ޤައުމަ ކުރާނެ ފައިދައެއް އިންޑިޔާއާ ގުޅިގެން ނުކުރާނެ.
އަލީ ރާޖާ
15 December 2019
ޖީއެމްއާރަށް އެއާޕޯޓް ދިން އެއްބަސްވުމުގަވެސް ފޮރުވަންޖެހޭ އެއްޗެއް ނެތީމަ ބޯޑު މެމްބަރުންނަށް ކިޔާލަންވެސް ފުރުސަތު ނުދީ ސޮއިކޮށް މަޖިލީހަށްވެސް އޭގެ ކޮޕީއެއް ނުލިބި ބޮޑުފޮއްޓަށް ލާފަ ތަޅުލީ. އާޙިރުގަ ސަރުކާރަށް ޖެހުނީ އެމެންނަށް ލާރި ދޭން.