މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒާއި އަފްޝަން އަދި އަލްހާން. --ފޮޓޯ/މިހާރު
16 ޑިސެމްބަރ 2019 - 10:38
މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަ ކުރައްވަން ނިންމަވައިފި އެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މި ތިން ބޭފުޅުން ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް އަދި ރަސްމީކޮށް ހުޅުވައެއް ނުލަ އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، މުއިއްޒު މޭޔަރަކަށް ކުރިމަތިލައްވާ ކަން ރޭ އިއުލާން ކުރެއްވީ އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ އަށް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ. އެ ބަދަލު ގެނެވެން އޮތީ "މާލެ މުއިއްޒު"ކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ހަދައިގެން ވެސް މި އަންނަ އިންތިޚާބުގައި އެބަޖެހޭ މާލެ މުއިއްޒު ކުރަން. އަޅުގަނޑު މިރޭ އިއުލާންކުރަން ޑރ. މުހައްމަދު މުއިއްޒު އަންނަ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަ ކުރައްވާނެ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
"މުއިއްޒު ކުރުމަކީ" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން މުއިއްޒަށް އަމާޒުކޮށް ބޭންކުރަން ފެށި ބަހެކެވެ. އެއީ އެ ސަރުކާރުން ހިންގާ ބައެއް މަސައްކަތްތައް ދޯދިޔާވުމާއި ނިންމާ ބައެއް ކަންކަން ދެވަނަ ފަހަރަށް ކުރަން ޖެހުމުން މުއިއްޒު އަށް އަމާޒުކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކިޔަން ފެށި ބަހެކެވެ.
ކައުންސިލްތައް ބާރުވެރި ކުރުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރެއްވި އިސްލާހުތަކަށް ތާއީދުކުރައްވައި އަފްޝަން ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
Alhuganduge ummeedhaky Male Cityga dhiriulhey hurihaa rayyithunnah hiyfaseyhakamaa, hiyhamajehumaa, rakkaatherikamaa eku dhiriulheveyne maahauleh yageenkohdhy, #JazeeraRaajje aa #Agenda19 ge siyaasathuthakuge therein, dhururaasthaa ah amaazukoh dhemehettenivi tharaggy haasilkurun
— Afshan Latheef 🎈 (@AfshanLatheef) December 15, 2019
އަފްޝަންގެ ޓުވީޓް.
"އަޅުގަނޑުގެ އުއްމީދަކީ މާލޭ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި ހިތްހަމަޖެހުމާއި ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދީ ޖަޒީރާ ރާއްޖެ އާއި އެޖެންޑާ 19ގެ ސިޔާސަތުގެ ތެރެއިން ދުރު ރާސްތާ އަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުން،" އަފްޝަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
#LocalCouncil2020 ކުރިޔަށް އަތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭަޔަރު ކަމަށް ކުރިމަތިލާން، މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ނިޔަތްގަނެފިން!
— A L H A N F A H M Y (@AlhanFahmy) December 16, 2019
މާލޭ ސިޓީގެ ރައްޔިތު އެންމެންގެ އިޚްލާޞްތެރި އެއްބާރުލުމަށް އެދި ދަންނަވަން! pic.twitter.com/sVOuvNUn45
އަލްހާންގެ ޓުވީޓް.
މޭޔަރު ކަމަށް ނުކުންނަވާ ކަން އިއުލާން ކުރައްވައި އަލްހާން ވަނީ އޭނާ އަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރެއްގެ ގޮތުގައި މިހާރު ހުންނެވީ ކުރީގެ ޕްރިންސިޕަލް އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ޝިފާ މުހައްމަދެވެ. އޭނާ ކުރިމަތިލައްވާ ކަން ނުވަތަ ނޫން ކަމެއް އަދި އިއުލާން ނުކުރައްވަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
06 January 2020
ނުހޮވޭނެ ހަނދާން ނައްތާލާ!
އެކްސްޕާޓް
18 December 2019
މި އޮތް ސަރުކާރުގަ މާލެ ތަރައްގީ ކުރެވޭނީ މުއިއްޒު އަށް.
އަހުމަދު
17 December 2019
މަގޭ ވޯޓް އަފްޝަން އަށް
ހަބޭސް2050
17 December 2019
މިތިންމީހުންވެސް ކުރިމަތިލާކަށް ނުފެނޭ މީގެތެރޭނެތް އުރައްޕަތެއް ހުރި އެކަކުވެސް
ހަނުހުންނަ މީހާ1
16 December 2019
އަލްހާން ޕުލީޒް ކުރިމަތި ނުލާބަލަ ފަހަތުން އެއްވަނަލިބޭތީ މަ ދެރަވޭ
ޚަރަދު
16 December 2019
ކަޑަ ބައެއް
ދަތްނެތްކުއްޖާ
16 December 2019
މިފަހަރު މޭޔަރު ކަމަށް ރައްޔިތުން ހޮވަންވީ މުލިންވެސް އައު މޫނެއް. އެއްވެސް އިރެއްގައި ސަރުކާރުގައި މަސައްކަތް ކޮއްފައި ނުވާ މަޖުލިސް ތަމްސީލު ކޮއްފައި ނުވާ ކިޔަވައިގެންހުރި ޤާބިލު ރައްޔިތުން ލޯބިވާ އަދި އެބޭފުލަކަށް ރައްޔިތުން އިތުބާރުކުރާ އަޙުލާގު ރަގަލު ބޭފުލެއް.
ހަސޭ
17 December 2019
ތި ޝަރުޠުތައް ހަމަވާ މީހަކުނެތޭ. ހުއްޓަސް މީހުން ގޯސްވީމަ ހޮވާނީ ގޯސްމީހުންނޭ.
އައިންތު
16 December 2019
އަފްޝަން ކުރާ މަސްއްކަތް ކާމިޔާބު ވާނެ إنشاء الله
ލަދުކޮބައިތަ؟
16 December 2019
ކަރުދާސް ކުންފުންޏަކަށް ބައި ބިލިޔަން ހޯދައިދިނުމަށް ވަކާލާތުކޮށް އޭގެ ދެބައިކުޅަ އެއްބަައި ޖީބައްލައި ދައުލަތް ދަރުވާލަން މަސައްކަތް ކުރިމީހެއް، ދެންހުރީ ނުހައްޤުން ރައްޔިތުންގެ ފުލެޓްތައް ބަހާލިމިހާ. އާރބިޓްރޭޝަނަށް ދިން ބަޔާން ޙަވާލުކުރެވުނު ފަރާތެއް ވެސް ނޭގުނު، މިކަހަލަ ޒިންމާދާރުކަމެއް ނެތް ރައްޔިތުންނަށް ބޮޑެތި ގެއްކުން ދީފަތިބި މީހުން ހޮވާނީ ކިހެނެއް، ލަދެއް ނުގަނޭދޯ
ގާޒީ
16 December 2019
އަލްހާން އަށް ތިކަންވެދާނެ އﷲ