ހައްމާދު: އޭނާގެ މައްޗަށް ދައުވާކޮށް، މިހާރު ވަނީ ކޯޓަށް ފޮނުވާފައި
25 ޑިސެމްބަރ 2019 - 17:55
ކައިވެނީގެ ނަމުގައި 13 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ އިސްމާއިލް ހައްމާދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ މިދިޔަ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ. އެ ހަމަނުޖެހުމުގައި ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، އޭނާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހައްމާދުގެ މައްޗަށްކޮށް، މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި ނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ދައުލަތުން ވަނީ 13 އަހަރުގެ އެ ކުއްޖާ އާއި އޭނާ ވިހެއި ތުއްތު ކުއްޖާގެ އިތުރުން އެ އާއިލާގައި ދެން ތިބި ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި 13 އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
26 December 2019
ތުބުޅި ކިތަންމެ ދިގުކުރިއަސް ދީނުގެ ގޮތްތަށް ކިތަންމެވަރަކަށް ކިޔެވިއަސް ކިތަންމެ މަތީ ފާސްތައް ނެގިއަސް މިއީ ބުއްދިފިލާ ގޮސްފަވާމީހުން. މިބައިގަނޑު މިގައުމުން ފޮހެލަންޖެހޭ. އެންމެ ބޮޑަށް ނަފްރަތުކުރާ މީހުން. މަވެސް ބޭރުން އިސްލާމީ ތައުލީމު ހާސިލުކުރިން. މިމީހުނަށް ފެނުނުކަންތަކެއް އެއްވެސް ފޮތަކުން ނުފެނުނު. ޙަނަފީ މަޛްހަބުގެ ދަރްސުގާހަކުން ބިންގާ އެޅުނީމަ ވިސްނުމުގެ ބޭނުން ހިފަން ދަސްވީ.
ޖައިސާމް
26 December 2019
ކުޑަކުދިންނަށް ގޯނާ ކުރާ އެންމެނަށް ފިޔަވަޅު އަޅައިދީ!
ލަތިއްޓޭ
25 December 2019
އެބަ ރަގަޅުވޭ!