އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް: އެ މަޖިލިސް މިއަހަރަށް ވަނީ އެކުލަވާލާފައި -- ފޮޓޯ/ޑީޖޭއޭ
13 ޖެނުއަރީ 2020 - 14:45
ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވައިލައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ މައްސަލަ ކޯޓުތަކަށް ނުބެލޭ ގޮތް ހަދައި، އެފަދަ ނިންމުންތައް ކުރުމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހެއް އެކުލަވައިލަން ޖެހެ އެވެ. އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރަށް އެކުލަވައިލި އެ މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، އެ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ޑީޖޭއޭގައި މިހާރު ވަނީ ހަމަޖެހިފަ އެވެ.
ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭނީ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާ ނިންމުންތައް ފިޔަވައި އެހެން ނިންމުންތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟުފައިން
15 January 2020
ޢަބުދުއްލާ އަލީ އަކީ ވަރަށް ރަގަޅު ޤާޒީ އެއް
ރާޖު
13 January 2020
ޢަބްދުﷲ ޢަލީ އަދި ނިޔާޒު ރަނގަޅު
ވާގޮތް ވީގޮތް
13 January 2020
ހިސާނު ހުސޭނަށް ވުރެ ނުފޫޒް ގަދަ ބޭފުޅަކު ނިކަން ދައްކާ ބަލާށެވެ ތިމާއަށް ނުފޫޒެއް ބާރެއް ނެތަމަ އެހެން މީހުނަށް ލިބިފައިވާ ބާރާ ނުފޫޒްގެ ވާހަލަ ދައްކާނެއެވެ.އެކަމަކު ތިމާއަށް ކިތަށްމެ ބާރެއް ނުފޫޒެެއް ލިބުނަސް ދޫކޮށް ލާކަށް ހިތެއް ނުރުހޭނެއެވެ. އަމިއްލައަށް ޤާނޫނުތަށް ހަދާގެން އަމިއްލަ އަށް ބާރު ތަށް ނަގާ މީހުން ނެވެ.
ގޮތްނޭނގޭ
13 January 2020
ތިޔަ ބުނީ ހަމަ ހެޔޮކޮށް. ހަގީގަތުގަ މި ވޭތުވެދިޔަ އެއް އަހަރު ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު، ހިސާން ހުސައިން ވަރު މީހެއް މަދު. ކުރީގެ ޕާޓްނަރު އޭޖީއަކަށް ގެނައުމަށްފަހު، ހިސާންގެ ލޯފާމް މެދުވެރިކޮށް ކިތައް މައްސަލަ ނިންމީ؟ ކޮންމެވެސް ދުވަހަކުން މި މައްސަލަތައްވެސް ބެލޭނެ. މިއަދު މި ބޭފުޅުން ކުރިން ދެއްކި އެއްވެސް ވާހަކައެއް ހަނދާނެއްވެސް ނެތް.
ކަނަމަނަ
13 January 2020
ތިޔަދައްކަންބޭނުންވަނީ ތިޔަނިންމުން ވަރައް އިންސާފްވެރިކަން އެކަމަކްތީހަމަސުމެއްގެނިންމުމެއް މިނިވަން މުސްތަގިއްލު މަރުހަލާއެއްނެތި ފަޑިޔާރުންގެ މައްސަލަހައްލުނުވާނެ ހަމަބޭނުންވާއިރައްބޭރުކުރާނެ