އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ކޮންފަރެންސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވަނީ.
15 ޖެނުއަރީ 2020 - 10:50
އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ ނިސްބަތް މާލެ އާއި އަތޮޅުތަކާ ދެމެދު ބޮޑު ފަރަގެއް އެބަަހުރި ކަމަށާއި އެ ފަރަގު ނައްތައި ނުލައި ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ބާއްވާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ފައްޓަވައިދެއްވައި، އެ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ވަޒީފާގައި އުޅޭ މީހުންނާއި ލިބޭ އާމްދަނީ އަށް ބެލިޔަސް އަތޮޅުތަކާއި މާލެއާ ދެމެދު ބޮޑު ފަރަގެއް އެބަހުރި ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ރިޕޯޓުން އާމްދަނީގެ ފަރަގު އޮތް މިންވަރު ފެނިވަޑައިގެންނެވި ކަމަށެވެ.
ރާއްޖޭގައި ބަލާ މިންގަނޑުން ފަގީރެއްގެ ގޮތުގައި ބަލަނީ އެންމެ މަދުވެގެން ދުވާލަކަށް 74 ރުފިޔާ ނުލިބޭ ނަމަ އެވެ.
"މާލޭގައި މިއަދަދު ނުލިބޭ މީހުންގެ ޕަސެންޓޭޖަކީ، ވަޒީފާ އަދާކުރާ މީހުންގެ ޕަސެންޓޭޖަކީ 1.7 ޕަސެންޓް. އެއާ ހިލާފަށް އަތޮޅުތަކުގައި އެބަ އުޅޭ 12.8 ޕަސެންޓް. މި ފަަރު ނައްތާލަން އަޅުގަނޑުމެން މިއުޅެނީ. މި ފަރަގު ނައްތާ ނުލެވިއެއް މި ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ކައިރީގައި އޮތް ތަނެއް ނުވަތަ ހަމަ އެކަނި މާލެ ތަރައްގީ ކުރުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވަނީ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ތިލަދުންމަތީގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއު ހިންގަން ހިމަނާފައިވާ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 200 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާ ކަމަށެވެ. އެއީ ވަޒީފާތަކެއް އުފެދިގެން ދާނެ މަޝްރޫއުތަކެއް ކަމަށާއި އެ ވަޒީފާތަކަށް މީހުން އުފެއްދުމުގައި ކައުންސިލްތަކުގެ ދައުރެއް އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި މައްސަައްކަތްތަކަށް ބޭނުންވާނެ މީހުން އުފެއްދުމަކީ ކައުންސިލްތަކުގެ ވަރަށް މުހިއްމު ދައުރެއް އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިއަދު ފެށި ބައްދަލުވުމުގައި އެކަންކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދުގެ ކޮންފަރެންސްގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރުންނާއި ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސާރަވެރިން
15 January 2020
ފަރަގުގެ ވާހަކަ ތިވިދާޅުވަނީ ސިވިލްސަރވަންޓުންގެ މުސާރައިގެ ވާހަކަ ނުދައްކަވާ ހަނު ތި ހުންނަވަނީ އެ ކަިއްވެތޯ؟
ގަމީރާ
15 January 2020
ރައީސް ނަޝީދުގެ ވިހަ ޕޮލިޓިކްސްގައި ރައީސް އިބޫ އަމިއްލައަށް ތާށިވެފަ ނަޝީދުގެ އެކްޓިވިސްޓުން ރައީސް އޮޕީގައި ގެންގުޅުނީމަ ހުންނާނީ 6 ތި ވެފަ!
ޝޮކްތެރަޕީ
15 January 2020
ކަލޭމެން މޮޅީ އަނގަތަޅަން. އެމްޑީޕީޔައް އެމްމެ ބޯޑު ކޮންޖެހުމަކީ ރައިސް ޔާމިންގެ ތަރައްގީޔާ އެއްވަރުގެ ތަރައްގީއެއް ނުގެނައުން. 7ހާސް ފުލެޓަ ސަރުކާރުގެ އޮފިސްތަކަ އަޅާދިން 4ހާސް ފުލެޓާ ލަންޒަރީ ފުލެޓުތާއް އެއްކޮއްލީމަ 18ހާސް ފުލެޓައް އަރާ. މިވަރަށް މި ސަރުކާރައް އެޅޭނެތަ އިންޑިޔާއާ ގުޅިގެން؟ ޤާއުމު ވާނީ އާޅުވެތި މިނުންކަމެ މި ދައުރުގަ ނުވާނެ.
ނޫސް ބަލާމީހާ
15 January 2020
ތިޔަހުރީ ނައްތާ ނުލެވޭނެ ކަންކަން. ވެރިކަމަށް އާދެވެނީ އެތައް ސަތޭކަ މީހުން ކައިރިކޮށްގެން . ބޮޑެތި ފައިދާތަށް ހޯދަދޭނޭކަމަށް ބުނެގެން. ވެރިކަން ލިބުނީމާ އެމީހުންނަަށް ދޭންބޭނުންވާވަރަށްވެސް ދައުލަތަށް ފައިސާއެއް ނުލިބޭ. މިހާލަތުގައި ވަނިކޮށްވެސް މިފެންނަނީ އަމިއްލަ ފައިދާއަށް ޓަކައި ޝަރީއަތް މެދުވެރިކޮށްގެންވެސް އެއްރުފިޔާގެ ބަދަލުގައި އެއް ހާސް ރުފިޔާ ދޭތަން. ދައުލަތް ލޫޓުވާތަން. އިޚްލާޞްތެރިކަމެއް ނުހުންނަކަން. މަކަރާ ޖަހާގެން ދައުލަތްކާތަން.
ާއުނިމާ
15 January 2020
ވީހާވެސް އަވަހަކަށް ތިޔަ ފަރަގު ނައްތާލައިދޭށޭ! ވެރިކަންދީ، މަޖްލިސްދީ، ކޯޓުތައްވެސް ހިތަކަށް ލިބިއްޖެ! މިހާރު ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދެއްވެންވާނެ، ކާކުތޯ ތިކަން ވުން ހުއްޓުވަނީ؟
މާޖީ
15 January 2020
އާމްދަނީގެ ފަރަގު ނައްތާލެވޭނީ ޅަދަރިމައިންގެ ވަޒީފާ ގެއްލުވާލައިގެން. އަނިޔާވެރިން އެޑިޔުކޭޝަނުން ބޭރުކުރޭ.
ހަޖަމީ
15 January 2020
ވެރިކަމަށް އައިރުވެސް ހަމަމިހެންކީ...ވެރިއަކަށް ހުންނަތާ 1އަހަރުވެއްޖެ..މިއަދު ވޯޓަކާއި ދިމާކޮށް ތިހެންބުނުމުގެ މަގްސަދު ވަރަށްސާފް..ފުރަތަމަ ކަންކުރޭ އޭގެ ފަހުން ވޯޓް..
އޮނަރަބްލް އަފީފު ދީދީ
15 January 2020
މުޖުތަމައުއްްގެތަރައްޤީއާއި ހާލަތުބަދަލުކުރުމަށް ހަމައެކަނި އާދައިގެރައްޔިތުމީހެއްގެޖީބަށްވަންނަފައިސާފޮއްޗެއްނުފުދޭނެކަން ރައީސަށް އެގިވަޑައިނުގަންނަވަނީތޯ؟! # އިޤްތިސޯދީހާލަތުބަދަލުކުރުމަށްޓަކާ މާލޭއެއަރޕޯޓަށް ނުކަތައިގެންއުޅޭއިރުވެސް ހަނިމާދޫ އަދި ގޭންއެއަރޕޯޓްތަރައްޤީކޮށްހުޅުވާލާ އުތުރުން 20 ރަށާއި ހުވަދޫން 80 ރަށް ބައިނަލްއަޤުވާމީބިޑަށް ހުޅުވާލާ ދިވެހިންނަށް ލާމް ގުޅިފައިވާރަށްތަށުގައި "ގެސްޓްހައުސް ވިލެޖް" ހެދުމަށް ފުރުސަތު ފަހިކޮށްދެއްވާ.
ނުރަބޯ
15 January 2020
އެހެންވެތަ ކައުންސިލަރުންގެ މުސާރައިގެ އެހާ ބޮޑި ފަރަގެއް ތި ހަދާލީ
6985
15 January 2020
ޅ، ހިތްނަވަރު އިބްރާހީމް ސޯލިހު އައް އިނގޭ ބާއޭ މި މިދެއް ކޭ ވާހަކަތަކާ ކުރެވޭކަމެއް،