ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރަނީ

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ގުޅޭ މައުލޫމާތު ދެއްވުމަށް މިރޭ އިރާކޮޅު ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ހިމަބިއްސާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ، ވަކި ރަށެއް އިސްތިސްނާ ނުކޮށް، ރާއްޖޭގައި ތިބި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ވެކްސިން ނުޖަހައި ތިބި ކުދިން ފާހަގަކޮށް، އެ ކުދިންނަށް ވެކްސިން ޖަހާނެ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި، މިހާތަނަށް ވަނީ 48 ރަށެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. އަދި މި ހަފުތާގެ ނިޔަލަށް ހުރިހާ ރަށަކުން މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގައި ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ؟ އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ. އުއްމީދު ކުރަނީ މާދަމާ އަޅުގަނޑުމެންނަށް ލިސްޓުގެ ބޮޑުބައެއް އެކުލަވައި ލެވޭނެ ކަމަށް،" ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

"މިހަފުތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްވެސް ރަށެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ކުދިންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލާފައި ދެން އެ ހިސާބުން ރަށްރަށުގައި ވެސް ވެކްސިން ނުޖަހާ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ."

ހެލްތު މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަލުން ފެންނަން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ވެކްސިން ޖެހުމަށް އެންމެންނަށް އިލްތިމާސް ކޮށްފަ އެވެ.

ހުމުގެ އަލާމާތްތަކާ ގުޅިގެން 15 މީހަކު މިއަދު ވެސް ހިމަބިއްސަށް ޓެސްޓުކުރި އެވެ. އެކަމަކު، އެ ހުރިހާ އެންމެން ވެސް އެ ބައްޔަށް ނެގެޓިވް އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގައި ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ؟ އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ. އުއްމީދު ކުރަނީ މާދަމާ އަޅުގަނޑުމެންނަށް ލިސްޓުގެ ބޮޑުބައެއް އެކުލަވައި ލެވޭނެ ކަމަށް،" އަމީން

އަމީން ވިދާޅުވީ އިއްޔެ އިން ފެށިގެން މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓުކުރި ތިން މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާދަޔާ ހިލާފަށް ހިމަބިހި ފެތުރިއްޖެ ހާލަތަކަށް ވިސްނައި، ސަރުކާރުގެ ހުރިހާ އިދާރާއަކުން ވަނީ ފުރިހަމަ އަށް ތައްޔާރުވެ، އެކަމަށް ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، ވަކިން ފަރުވާ ދޭން ޖެހިއްޖެ ނަމަ، އެކަމަށް ވެސް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ. ވެކްސިން ފޯރުކޮށްދިނުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ ކަމަށާއި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ހިމަބިއްސާ ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަނީ އެކަމާ ގުޅޭ ޓާސްކް ފޯހަކުންނެވެ. އެ ޓީމުގައި ކަމާބެހޭ ހުރިހާ އިދާރާއެއްގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

"ހިމަބިއްސަށް ޓެސްޓް ކުރުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ. ވެކްސިން ފޯރުކޮށްދިނުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ އަދި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ގާއިމްކުރެވިފައި މި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

16 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެހެންތަ ހީވަނީ

16 January 2020

އެގޭތަ !45 އަހަރުވެފަ ތިބޭމީހުންވެސްތިބޭނީ ވެކްސިން ޖަހައިގެން . އެއީ މީގެކުރިންފޮތްފޮތުގަ ނަށް ނޯޓްކޮއްގެން 18 އަހަރު ވުމުގެ ކުރިން ކުރަން ލާޒިމްކަމަކަށްވެފަ އޮންނަނީ . ހެލްތުވޯކަރުންނޭކިޔާބަޔަކު ރަށްރަށުގެ ސިއްހީމަރުކަޒުތަކުގަ ތިއްބަވާއިރު އެއީ އެންމެއިސްކަންދޭކަންތައް . ހިންނަވަރުރައްޔިތުން އެއްވާނީ ވެކްސިންޖަހަން ނޫރާނީގޭ ބޮނޑު ގަސްދޮށަށް . ގައުމު ތިވައްޓާކީ އަރާތިބެ ބޮނޑު އަދަވަޅަކަށްނުއް . ނުވާވަރަކު ޒިންމާނުއުފުކޭނަމަ ފައިބާ

The name is already taken The name is available. Register?

2020

16 January 2020

ޕޮރަޕެގަންޑާ 2020

The name is already taken The name is available. Register?

ނުރަބޯ

16 January 2020

ފުރަތަމަ ތި ހޮސްޕިޓަލްތަކުގެ ސްޓާފުން އިޚްލާސްތެރިވެގެންދޯ ކަމެއް ކުރެވޭނީ. ކ.ގުރައިދޫއަށް ނިސްބަތްވާ ވެކްސިން ނުޖަހާ އާއިލާއެއް ހުޅުމާލޭގަ ދިރިއުޅޭ، ތިމައްސަލަ ފެންމަތިވީމަ ހުޅުމާލޭ ހޮސްޕިޓަލުން ވެކްސިންކާޑުގަ ތައްގަނޑު ޖައްސައިފި އެއްވެސް ވެކްސިނެއް ނުޖަހާ.

The name is already taken The name is available. Register?

އަލި

15 January 2020

އެކަން ކުރަން ތިކުރާ ކަމަކީ ކުދިންގެ ވެކްސިންގ ކާރޑްގެ ކޮޕީއެއް ސްކޫލުތަކުން މިނަގަނީ. އަހަރެން ދަރިފުޅު ސްކޫލަށް ވެއްދީ ތިޔަކާރޑްގެ އަސްލާއި ކޮޕީ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅައިގެން. މާދަމާ އަނެއްކާވެސް ކޮޕީއެއް ގެންދަންޖެހުމުން އުފެދޭ ސުވާލަކީ ކުރިން ހުރިހާ އެންމެން މިގެންދާ ކޮޕީތައް އުކާލަނީތޯ؟. ހަމަ ދިވެހި ދައުލަތުގެ ކަންކަން އެހާ ދޯދިޔާކޮށްތޯ ހުންނަނީ؟. ކުރިން އެއްވެސް ރެކޯޑެއްވެސް ބެލެހެއްޓިފަ ނެތީތޯ؟

The name is already taken The name is available. Register?

ސިމްޕަލް

15 January 2020

2019 ނޮވެމްބަރުން ފެށިގެން ރައްޔިތުން ހާސްކޮށްލި ކޮންމެ ބޮޑުގޮންޖެހުމެއް އައިސްފައިވަނީ ރައްޔިތުންގެ ސިއްހަތާ ގުޅޭ ކަންކަމުގައި. މިނިސްޓަރ އަމީން ވަރަށް ފުރިހަމައަށް އެކަމަށް ފިޔަވަޅުއަޅުއްވާ، އެފަދަ ކަންތައް ދެން ތަކުރާރު ނުވާ ގޮތަށް އަމަލު ކުރައްވާކަން އުފަލާއެކު ފާހަގަ ކުރަން. އަޅުގަޑަށް ހީވަނީ ކުރިއަށް އޮތް އަހަރުގައި، ސިއްހީ ހާލަތު ވަޒަންކޮށް، ދިމާވެދާނެ ގޮންޖެހުންތަކަށް ސިޔާސަތު އެކަށައަޅުވާލުމަކީ މުހިންމުކަމެއްހެން.

The name is already taken The name is available. Register?

ސަންޕަ

15 January 2020

ރައްޔިތުން ލޮލުގައި އަނދުން ނާޅުވާ ހަގީގީ މާނައިގައި މަސައްކަތްކުރާ މީހުން ތަފާތުވާނެ. އަމީންއަކީ ހީވާގި ހިންގުންތެރި ވެރިއެއް!

The name is already taken The name is available. Register?

ގެދާނޯމޮސް

15 January 2020

ވެކްސިން ކަންކަމުގަ މިދައުރު ގައި މާގަދަޔަށް ވާހަކަފެތުރެމުން ދާއިރު އެމްޑީއެން ގެ ވާހަކަ ދަންކަން ތިބިމީހުން ނަށް މިހާރު ޖެހެނީ އެވާހަކަ ބާއްވާފަ ވެކްސިނާއިގެން އުޅޭށެވެ. މީގެ ކުރިން ނިމިދިޔަ ދައުރުގައި ތިޔަވެކްސިނެއް ޖަހަން ބަޔަކު ނޫޅުނީ އެއިރު އެކަން އުފައްދާފަ އެވާހަކަ ދައްކާފަ އެކަން ކުރަން ބަޔަކު ނޫޅުނީމައެވެ.

The name is already taken The name is available. Register?

ހަންނާނު/ލ.އަތޮޅު

15 January 2020

ހިމަބިހި ރާއްޖެއިން އަލުން ފެނުނުކަން ޔާގީންކުރެވުނު ހިސާބުން މާ ލަސްތަކެއްނުވެ އެކަން އިއުލާންކޮށް ކޮންމެ ދުވަހަކު ޕްރެސް ކޮންފަރެންސް ބާއްވާ ރައްޔިތުންނާ މައުލޫމާތު ހިއްސާކޮށް ކެނޑިނޭޅި ރައްޔިތުންގެ ހާލު ތިހާ ގާތުން ބެެއްލެވުމުގައި އަޅުގަނޑުމެންގެ ހެލްތު މިނިސްޓަރު ތި ހޭދަކޮށްލާ އަގުހުރި ވަގުތަށް ޝުކުރުގެ ހާރުތައް ވެދުންކުރަން- މަނިކުފާނުގެ މަސައްކަތުގައި ﷲ ހެޔޮ ބަރަކާތް ލައްވާށި.

The name is already taken The name is available. Register?

މުއުމިނާ

15 January 2020

މިފަދަ ކަންކަމުގައި ސަރުކާރުން އަޅުއްވާ އަވަސް ފިޔަވަޅުތަކުން ސަރުކާރުގެ އިޚްލާސްތެރިކަން ހާމަވެގެންދޭ. ޚާއްސަކޮށް ހެލްތުގެެ ކަންކަމުގައި ފަހަކަށް އައިސް އަވަސް ރަގަޅު މޫވް ނަންގަވާ ކަން ފާހަގަކުރެވޭ. މިނިސްޓަރ އަމީންގެ ހިންގުންތެރިކަން ފާހަގަކުރެވޭ. ޝުކުރިއްޔާ ރައީސް އިބޫ.

The name is already taken The name is available. Register?

ހަސަންފުޅު، ދިއްދޫ

15 January 2020

މިފަދަ ބޮޑު ކްރައިސިސްއެއްވެސް ތި ހޭންޑުލް ކޮށްލީ ފެންފޮދެއް ބޯލާ ފަދައިން އެއްވެސް ދަތިކަމެއް ރައްޔިތުންނަށްވެސް އިހުސާސްނުވާ ގޮތަށް. ތިއީ ނޫންތޯ ރައްޔިތުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ހެވިދިލިފައި ތިބެންވީ ފަރާތްތަކަކީ، ތިއީ ނޫންތޯ ހަގީގީ ވެރިންނަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454