ޚަބަރު / ޓީއެމްއޭ

އެމްއޭސީއެލްގެ ސިޓީއަކީ އެއްބަސްވުމެއް: ޓީއެމްއޭ

ޓީއެމްއޭގެ ސީ ޕްލޭނެއް: އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލުން ޖާގަ ދޭން އުޅޭ ގޮތާ މެދު ވަނީ ކަންބޮޑުވުން އުފެދިފައި. --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން "އެއްބަސްވުމެއް" ކަމަށް ވެސް، ޓީއެމްއޭއިން މިއަދު ބުނެފި އެވެ.

ޓީއެމްއޭއިން އަމިއްލައަށް އެދިގެން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 17، 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އަތުން ގަތުމުގެ އެއް ހަފުތާ ކުރިން، އެމްއޭސީއެލުން ޓީއެމްއޭއަށް، އާ ޓާމިނަލާ ބެހޭ ގޮތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައި، އެ ޓާމިނަލުން ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10:35 ޑޮލަރަށް ދޭން، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް، ޓީއެމްއޭ އިން ބުންޏެވެ.

ބިމު ކުލީގެ އިތުރުން، ޓީއެމްއޭއިން ބުނީ ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ނަގަން ވެސް، ބޯޑުން ނިންމި ކަމަށް، އެ ސިޓީގައި އޮތް ކަމަށެވެ.

އެކަމަކު އެމްއޭސީއެލްގެ ބޯޑުން އެފަދަ ނިންމުމެއް ނިންމި ކަމަށް މިހާތަނަށް އެމްއޭސީއެލުން ބުނެފައެއް ނުވެ އެވެ. އަދި ޓީއެމްއޭއާ އެކު، އާ ޓާމިނަލްއާ ބެހޭ އެއްވެސް ކަހަލަ އެއްބަސްވުމެއްގައި އެމްއޭސީއެލުން ސޮއިކޮށްފައެއް ވެސް ނުވެ އެވެ.

ޓީއެމްއޭ އިން މާލިއްޔަތު ކޮމިޓީގަ އާއި އަދި ނެރުނު ބަޔާނުގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، "އެއްބަސްވުމެއް" ކަމަށް ބަޔާންކުރަނީ، ޑިސެމްބަރު 10، 2017 ގައި، އެމްއޭސީއެލްގެ ވެރިޔަކު ސޮއިކޮށް ފޮނުވާފައި އޮތް ސިޓީއަށް ނިސްބަތްކޮށެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ކަމަށް، މީޑިއާގައި ރިޕޯޓްކުރަން ފެށުމާ އެކު ކުރިމަތިވި ޕްރެޝަރުގައި އެމްއޭސީއެލްގެ ބޯޑުން ވަކި ގޮތެއް ރަސްމީކޮށް ނިންމަން ވަނީ ހުރަސްއެޅިފަ އެވެ. އެކަމަކު ސަރުކާރުން ވަނީ ވަކި ގޮތްތަކެއް ކަނޑައަޅައި، އެމްއޭސީއެލްގެ ބޯޑަށް އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާންކުރި ގޮތުގައި، ޓީއެމްއޭ އިން އަމިއްލައަށް ހަދައިގެން މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލުން އެމްއޭސީއެލަށް ދޭ ބިމު ކުއްޔާ އެއް އަގެއްގައި، ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ، އާ ޓާމިނަލުން ޓީއެމްއޭއަށް، ދެ އަހަރުގެ މުއްދަތަށް ދޭނެ އެވެ.

ދެ އަހަރު ފަހުން، މުޅި ޓާމިނަލް އޮޕަރޭޓްކުރާނީ އެމްއޭސީއެލުން ކަމަށް ވެސް، ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަމަކު މިއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ޓީއެމްއޭ އިން އަންނަނީ ބުނަމުންނެވެ. ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ ޓާމިނަލްގެ އެއް ބުރި އެއްކޮށް ޓީއެމްއޭއަށް ލިބުނަސް، އެ ކުންފުނީގެ ވާހަކަތަކުން އެނގެނީ، އެއީ އޮޕަރޭޝަނަށް އެކަށީގެންވާ މިންވަރު ނޫން ކަމެވެ.

ޓީއެމްއޭގެ ބަޔާނުން ދޭހަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް އެމްއޭސީއެލްގެ ބޯޑުން ނިންމި ކަމަށް ބުނެ ފޮނުވި ސިޓީގައި ބުނެފައިވާ 31،000 އަކަމީޓަރަކީ ޓާމިނަލްގެ ޖާގައަށް ވުރެ ވެސް ބޮޑު ސަރަހައްދެއް ކަމެވެ. ބެލެވޭ ގޮތުގައި އެއީ އިމާރާތްކޮށްފައިވާ ބިމުގެ އިތުރުން، ހުސް ބިންތަކެއް ވެސް ހިމެނޭ ގޮތަށް ދޭން ބުނި ސަރަހައްދެކެވެ.

އާ ޓާމިނަލްގެ ބޮޑުމިނަކީ 28،000 އަކަމީޓަރެވެ. ލައުންޖްތައް ހަދަން ގާތްގަނޑަކަށް 15،242 އަކަމީޓަރުގެ ޖާގަ، ތިން ބުރީގައި ހިމެނެ އެވެ.

ބޮޑު ގެއްލުމަކަށް ވާނެ

ޓީއެމްއޭ އިން ބުނީ ބެއިން ހިމެނޭ ކޮންސޯޓިއަމުން އިންވެސްޓްމަންޓް ގަތީ އެމްއޭސީއެލުން ދިން ސިޓީގައި އޮތް ޔަގީންކަމުގެ މައްޗަށް އިތުބާރުކޮށް ކަމަށް، އޭރުގެ ސަރުކާރަށް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

"ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު އާ ޓާމިނަލުން ޓީއެމްއޭ އަށް ދެވޭނެ ޖާގަ އާއި ކުއްޔާއި ކޮންޓްރެކްޓްގެ މުއްދަތާއި ގުޅޭ ގޮތުން ލިއުމުން ވެވިފައިވާ އެއްބަސްވުމެއް އޮތް އޮތުމަކީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަތުމުގެ މުއާމަލާތް ފުރިހަމަކުރުމަށްޓަކައި އެންމެ ބޮޑު ބުރަދަނެއް ދެވުނު ކަން ކަމުގައި ބެއިން ކެޕިޓަލް އިން ދިވެހި ސަރުކާރަށް އޭރުގައި ސާފުކޮށް ބަޔާންކޮށްދެވިފައިވާނެ އެވެ،" ޓީއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެ "އެއްބަސްވުން" ދޫކޮށްލަން ސަރުކާރުން ނިންމައިފި ނަމަ، ޓީއެމްއޭ އިން ބުނީ، ބޮޑު ގެއްލުމެއް ލިބި، ރާއްޖޭގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ކަންބޮޑުވާނެ ކަމަށެވެ.

"އެހެނީ މި އެއްބަސްވުމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތް ކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަންސްގެ ޚަރަދުތައް ސާފުކޮށް އެނގިގެން ދިޔައީތީ އެވެ. ލިޔުމުން ވެވިފައިވާ މި އެއްބަސްވުން ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމައިފި ނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ،" ބަޔާނުގައިވެ އެވެ.

ލައުންޖްތަކުން ލިބެނީ 2.8 މިލިއަން ޑޮލަރު

އާ ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅެނީ މާކެޓް ރޭޓަށް ވުރެ ކުޑަކޮށް ކަމަށާއި މާކެޓް އަގުގައި އާ ޓާމިނަލުން ޖާގަ ދޫކޮށްފި ނަމަ އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ ކަމަށް، އޮޑިޓަ ޖެނެރަލްގެ ހާއްސަ އޮޑިޓްގައި ބުނެފައިވެ އެވެ. އެކަމަކު ޓީއެމްއޭ އިން ބުނީ އެއީ ރަނގަޅު ހިސާބެއް ނޫން ކަމަށެވެ.

ލައުންޖްތަކުން މިދިޔަ އަހަރު ލިބުނީ 2.8 މިލިއަން ޑޮލަރު ކަން، އާންސްޓް އެންޑް ޔަންގްގެ އޮޑިޓުން ދައްކާ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ، އެމްއޭސީއެލުން ކުޑަ އަގެއްގައި ބިން ނަގައިގެން، ލައުންޖްތައް ހަދަން ރިސޯޓްތަކަށް ޓީއެމްއޭ އިން ވަރަށް ބޮޑު އަގެއްގައި ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓީއެމްއޭ އިން ބުނި ގޮތުގައި އިތުބާރު ހިފޭ ބައިނަލްއަގުވާމީ އޮޑިޓް ކުންފުންޏަކުން ހެދި ރިޕޯޓުގައި، ލައުންޖް ހިންގައިގެން ލިބުނު އާމްދަނީ ސާފެވެ.

ލައުންޖްތަކުން ޓީއެމްއޭ އިން ލިބުނު ކަމަށް ބުނާ އާމްދަނީ

2017: އާމްދަނީ 2.1 މިލިއަން ޑޮލަރު

2018: އާމްދަނީ 2.4 މިލިއަން ޑޮލަރު

2019: އާމްދަނީ 2.8 މިލިއަން ޑޮލަރު

"މި އަދަދުތަކަކީ އޮޑިޓަ ޖެނެރަލްގެ އިތުރުން ގުޅުން ހުރި ސަރުކާރުގެ ޑިޕާޓްމެންޓްތަކާއި ހިއްސާކޮށްފައިވާ އަދަދުތަކެކެވެ. މި އަދަދުތަކުން ސާފުވާ ކަމަކީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި އާ ސީޕްލޭން ޓާމިނަލްގެ ލައުންޖްތަކުން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކަކީ ވަރަށް ބޮޑަށް އޯވަ އެސްޓިމޭޓްކުރެވިފައިވާ އަދަދެއް ކަމެވެ،" ބަޔާނުގައިވެ އެވެ.

އެކަމަކު ޓީއެމްއޭގެ ބަޔާނުގައި އެމްއޭސީއެލުން ޓާމިނަލް ހަދަން ކުރި ހޭދަ ކަމަށް ބުނެފައި އޮތީ ރަނގަޅު އަދަދެއް ނޫނެވެ. ޓީއެމްއޭއިން ބުނަނީ އާ ޓާމިނަލް ހަދަން ހޭދަކުރީ 26 މިލިއަން ޑޮލަރު ކަމަށެވެ. މިއީ މުޅި ޕްރޮޖެކްޓްގެ އެއް ބަ އެވެ. ޓާމިނަލް ހަދާފައި ވަނީ ބޮޑު ބައެއް ހިއްކައިގެންނެވެ. އޭގެ އިތުރުން ޓާމިނަލާ ގުޅޭ އެހެން ކަންކަމަށް ކުރި ހޭދައާ އެކު ޕްރޮޖެކްޓްގެ އަގު 55 މިލިއަން ޑޮލަރަށް އަރަ އެވެ.

60 ކޮމެންޓް, 84 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 1%
icon angry icon angry 98%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޖޭ

14 February 2020

އަކަފޫޓެއް 110ޑޮލަރުގެ ޜޭޓުން ބެލިޔަސް ޓަރމިނަލް ގެ 28000 އަކަމީޓަރ 301،840 އަކަފޫޓް + ފަުންޑޭޝަން އާއިއ ކު، ޖުމްލަ 41މިލިއަނ ްޑޮަލރ ހަރަދު ވާނެ. އަދި ކޮބާ ހިއްކުމާއި ޑިޒައިން ކޮންަސަލްޓަންސީ، ޕީއެމް++++ ޓީއެމްއޭ އެދައކަނީ ކޮސްވާހަކަ

The name is already taken The name is available. Register?

ބެއްޔަހުއްތުދީދީ

14 February 2020

މިހެންވެގެންތާއޭ މީނާގެ ވެރިކަމުގާވެސް އެދިގުރާސްތާ 30 އަހަރުގެ ކަންކަން ނުބެލިީ މީނާޔާމީނާގެ މީހުންވެސް ހަމަ މިމަގުންހިނގާ ރައްޔަތުންގެ މުދާ ނަހަމަގޮތުގައި ބޭރުގެ ފަރާއްތަކައް ދޭން 1978 ވަނަ އަހަރު އޮއްކަމައް ބުނާ އެމްއެސްއެލްގެ 98 އާގްބޯޓާއި އެދިގުރާސްތާ 30 އަހަރުހޯދި މަދިންދާބޯޓް ތަކުގެ ކަންކަން ނުބެލީ ހަމަ މިބިސްމަޅިޖަހަން ރައްޔަތުންގެ ލޮލުގައި އަދުން އަޅުވާފައި މީނާގެ ދުވަސްވަރު އެޖީއެމް އާރއައް އެއަރ ޕޯޓްދީ ޓާޓާ މީހުންނައް ފުލެޓް އެޅުމުގެ

The name is already taken The name is available. Register?

އައްލާ

14 February 2020

ގެއްލުން ވާނެ ކަން އެބައެނގޭ 4 ބޯޓް ކުއްޔައްގެނައިބަޔެއް މިހާރު މުޅިދުނިޔޭގައި އޮއްކަމައްބުނާ އެންމެ ބިޔަ ބޮޑު ފުލީޓް ތިޔަ ކިޔާއެއްޗެއް ދިމައެއް ނުވޭ ހީވާގޮތުން ކެންޕޭނައް ކުރި ދަތުރުތަކުގެ ހަގީގީ އަގުތައް ތިޔައުޅެނީ ގެއްލުން ވެޔޭ ކިޔާފައި ބާތް ކަރުތާހޭ ބަލަ ކާކުތޯބުނީ މިގައުމައް ދުރުވެ ސީޕުލޭން ހިންގާށޭ ހަމަ ރުފިޔާގެ ބޭނުމުގައި މިތަނައް ވެރިވީ ދެންތިކިޔަނީ އެޓާމިނަލުން ފައިދާއެއް ނުވާނޭ ފައިދާނުވާތަނެއް އެވަރުން ހޯދަން ތިޔަ އުޅެނީ އެވަރުން

The name is already taken The name is available. Register?

ނާސިރު

13 February 2020

މިދިޔަ އެއް އަހަރު ރާއްޖެ އަދި ބޭރުގެ ނޫސް ތަކުން މެލޭޝިއާ ކުންފުންޏަކަށް ފައިސާ ނުދީގެން އުޅޭ ވާހަކަ ފެނުނެވެ. އެއީ ފިނޭންސް މިނިސްޓަރ ސޮއިކޮށްފަ ދައުލަތުގެ ސިއްކަ ޖެހި އެގްރީމެންޓަކަށް ކޮށްފައިވާ މަސައްކަތަށް އެ ކުންފުންޏަށް ދޭން ޖެހޭ އަގެވެ. ބަދަލެއް ދޭންޖެހިދާނެތީ މަޖިލީސް ރައީސް ތެޅި ފޮޅޭ ތަނެއް ނުފެނެއެވެ. ވީމާ ސިޓީ އަކަށް ބަދަލު ދޭ ހިސާބަށް ދިޔައީ ކިހިނެއް ބާއެވެ؟

The name is already taken The name is available. Register?

ޠަންވީި

13 February 2020

މަށަކީވެސް ފިނޭންސް މިނިސްޓްރީގެ ވެރިއެއް މަސޮއިކޮށް ސިޓީއެއް ދިބާޔަށް ދީފާނަން ވެލާނާގޭ އިމާރާތް ތިޔަ ކުންފުއްޔަށް ދެލައްކަ ރުފިޔާއަށް ދެން އެވީބަޖާއަށް ބަދަލުދޭން

The name is already taken The name is available. Register?

ކޮރަލް

13 February 2020

ޓީއެމްއޭއިން ދަތުރުތައް ކޮށްގެން ފައިދާ ގެ ގޮތުގަ ލިބުނު ވަރު ހާމަ ކޮށްދީބަލާށެވެ. ޓީއެމްއޭ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުންޔަށްވީ ފައިދާ ވާތީ އެވެ.

The name is already taken The name is available. Register?

މުޙުއްމާ

13 February 2020

ޓީ.އެމް.އޭ. އަށް އަންގާދީބަލަ ސިޓީއާއި އެގްރީމެންޓްގެ ތަފާތު.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

13 February 2020

ކޮން ބިޒްނަސް ސްކޫލްއަކުންތޯ ތިޔަ ޑޮކްޓްރެއޭން ނެރުއްވީ ކޮންޓްރެކްޓްކީ ސިޓީކަމާއި ސިޓީއަކީ ކޮންޓްރެކްޓްކަމަށް

The name is already taken The name is available. Register?

ވަހީދު

13 February 2020

ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތަށް ތިތާ ތިބެވޭނެ. އޭގެ ފަހުން ޖެހޭނީ އަލުން އެއްބަސްވާން. ދިވެހިން ވިސްނާނީ އާ އެއްބަސްވުމުގައި ދިވެހިންނަށް ފައިދާ ހުރިގޮތް ހަދަން. ކަލޭމެން ބޭނުންވާނީ 2 ރުފިޔާ ސަރުކާރަށް ދީފައި ވިޔަފާރި ކުރަން.

The name is already taken The name is available. Register?

އިސްމާލި

13 February 2020

ހަގީގަތަކީ ކުރިންވެސް މިހާރުވެސް ބޯޑުގައި ތިބި މީހުން ތިބީ. ތަފާތަކީ ރައްޔިތުން މިހާރު ތަންކޮޅެއް އަނގަ ގަދައީ. އެހެންވެ ސަރުކާރާއި،މަޖްލިސް ރައީސް އާއި އެމް.އޭ.ސީ.އެލް އާއި ޓީ. އެމް.އޭ އެކައްޗެއް ކިޔައިގެން ރައްޔިތުން ރުއްސަން ކުޅޭ ކުޅިގަނޑެއްތިއީ. އެހެން ނޫނީ ކިހިނެއްތޯ ހަމަ އަމިއްލަ ވިޔަފާރި ކުންފުންޏެއް ބޭނުންވާއިރަށް އެއޮތް ހައިބަތު ބޮޑު މަޖިލީހުގެ ކޮމިޓީއެއް ބޭއްވޭނީ. ތިޔަ ޑްރާމާ ކުޅުވަން މަޖްލިސް ރައީސް ދިން ޕްލެޓްފޯމެއް އެެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454