ޚަބަރު / އެމްއޭސީއެލް

އެމްއޭސީއެލުން މިހާ ބޮޑު ދޮގެއް، ކީއްވެ؟

މަޖިލީހުގެ ކޮމިޓީގައި އެމްއޭސީއެލްގެ މެމްބަރުން ވާހަކަ ދައްކަވަނީ: އެމްއޭސީއެލުން އިއްޔެ ކޮމިޓީގައި ވަނީ ދޮގު ހަދާފައި. --ފޮޓޯ/މިހާރު

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭއަށް ދޫކޮށްލަން ސޮއިނުކުރި ނަމަވެސް ބޯޑުގެ މަޝްވަރާއާ އެކު އެއްބަސްވުމެއް ވެސް ލިޔެ ތައްޔާރުކުރި ކަމަށް ކަމާ ބެހޭ އިދާރާތަކުން ލިޔެކިޔުން ހޯދާފައި ވަނިކޮށް މާލިއްޔަތު ކޮމިޓީގައި ބޯޑު މެމްބަރުން ހެއްދެވި ދޮގާ އެކު، އިތުބާރާ މެދު ސުވާލު އުފެދިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ ރޭޓުތަކަށް ވުރެ އިންތިހާ އަށް ކުޑަ އަގެއްގައި އާ ޓާމިނަލުން ޖާގަ ދޫކުރަން އެމްއޭސީއެލުން ޓީއެމްއޭއާ އެކު ހިންގި މުއާމަލާތްތަކުގެ ތަފްސީލު އޮޑިޓަ ޖެނެރަލްގެ ހާއްސަ އޮޑިޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. ޖާގަ ދޫކުރާނެ އަގެއްގެ ގޮތުގައި ބޯޑުން ނިންމި ކަމަށް، އެމްއޭސީއެލްގެ ބައެއް ސިޓީތަކުގައި ހުރީ އަކަމީޓަރަކަށް 10:35 ޑޮލަރެވެ. ޓީއެމްއޭއިން ފޮނުވި އެއް ސިޓީން އެނގެނީ، އެ އަދަދު ހަތް ޑޮލަރަށް ކުޑަކުރަން ބޭނުންވާ ކަމެވެ. ނަމަވެސް އެއަށް ރައްދު ދީ އެމްއޭސީއެލުން ފޮނުވި ސިޓީގައި، ބޯޑު ދެމިއޮތީ، 10:35 ޑޮލަރުގެ ރޭޓުގައި ކަމަށް، ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.

ސިޓީތަކާ މެދު އެމްއޭސީއެލުން ސުވާލު އުފެއްދުމާއި ބޯޑުގައި ކުރި މަޝްވަރާތަކާ މިއީ މުޅިން ދެ ކަމެކެވެ. މިނިވަން ދެ މުއައްސަސާއިން ހޯދި މައުލޫމާތުތަކުން އެނގެނީ، މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޓީއެމްއޭއަށް އާ ޓާމިނަލުން ބޮޑު ބައެއް 15 އަހަރަށް، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުއްޔަށް ދޭން ބޯޑުގައި މަޝްވަރާކޮށް، ޓީއެމްއޭއަށް ހުށައަޅަން ނިންމާފައި ކަމެވެ. އަދި އެގޮތަށް މަޝްވަރާތައް ވެސް ކުރި ކަމެވެ.

އޭސީސީ އާއި އޮޑިޓް އޮފީހުން ބުނިގޮތުގައި ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ހިންގަން ދޭން މަޝްވަރާކޮށްފައިވާ ކަން ބޯޑުގެ 255 ވަނަ ބައްދަލުވުމުގެ މިނިޓްސްތަކުން އެނގެ އެވެ. އޭރުގެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު ވެސް ދެ ބޭފުޅަކު ބޯޑުގައި އިންނަވަ އެވެ. އެއީ މާލިއްޔަތު ކޮމިޓީ އަށް ޖަވާބުދާރީވާން ވަޑައިގަތް ޑރ. އިބްރާހިމް މަހްފޫޒްގެ އިތުރުން މުހައްމަދު އަބްދުއްސައްތާރު އެވެ.

އެކަމަކު މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސުވާލު ކުރެއްވުމުން ޑރ. މަހްފޫޒް އާއި، މި ސަަރުކާރުން ބޯޑަށް އައްޔަންކުރި ފާތުމަތު މުއާޒާ ވެސް ވިދާޅުވީ އެކަން ބޯޑަށް ނޭނގޭ ކަމަކަށެވެ.

މުއާޒާ ވިދާޅުވި ގޮތުގައި 15 އަހަރަށް ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ނިންމަން ބޯޑުން އެއްވެސް އިރެއްގައި މަޝްވަރާއެއް ނުކުރެ އެވެ. އެކަމަކު މެނޭޖްމަންޓުން ޓީއެމްއޭއާ ވާހަކަ ދައްކަމުން ދިޔަ އިރު ބޯޑުން މެނޭޖްމަންޓަށް އެއްވެސް ކަމެއް ސާފުކޮށްނުދޭތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި އެވެ. އޭގެ ޖަވާބު ޑރ. މަހްފޫޒު ދެއްވި ގޮތުން، ދޭހަވަނީ ޓީއެމްއޭއާ ގުޅޭ މުއާމަލާތުގެ އެއްވެސް ކަމެއް ބޯޑަށް ނޭނގޭ ކަމެވެ.

"މިކަމާ ގުޅޭ ކޮމިއުނިކޭޝަން އަޅުގަނޑުމެންނަށް ފެނުނު މިންވަރަކަށް ބަލައިފިން. ފެންނަން ވެސް އެބަހުރި ވަރަަށް ސާފުކޮށް ބޯޑަށް މި މައުލޫމާތުތައް ނުގެންދެވި ކަން މިކަން ނިމިފައި މިއޮތީ،" ޑރ. މަހްފޫޒް ވިދާޅުވި އެވެ.

ޓީއެމްއޭއާ އެކު ކުރި މުއާމަލާތްތަކުގައި ހުރި މައުލޫމާތުތައް ހިމެނޭ ބޯޑު ބައްދަލުވުންތައް އޮތް އިރު، މުއާޒާއަކީ މެމްބަރެއް ނޫނެވެ. އެހެންކަމުން އޭނާއަށް އެ ބަައްދަލުވުންތަކުގެ މައުލޫމާތު، ފަހުން ހޯއްދަވާފައި ނުވާ ކަމަށް ވަންޏާ، އެނގިވަޑައިނުގެންފާނެ އެވެ. އެކަމަކު ޑރ. މަހްފޫޒަށް އެކަން އެނގިވަޑައިގަންނަވަން ޖެހޭނެ އެވެ. ނުވަތަ އެއިން އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ނަމަ، ކޮމިޓީއަށް ވަޑައިގަތުމުގެ ކުރިން، އެކަހަލަ އެއްވެސް މަޝްވަރާއެއް ކޮށްފައި އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރުކުރަން ޖެހެ އެވެ.

ކޮމިޓީގައި، ބޯޑުގެ އެއްވެސް ބައްދަވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަކަށް، ޑރ. މަހްފޫޒް ވިދާޅެއް ނުވެ އެވެ. ފުރަތަމަ ވެސް އޭނާ ޖަވާބު ދެއްވީ، ޓީއެމްއޭއަށް ޖާގަ ދިނުމާއި އަގާއި މުއްދަތާ ބެހޭ ގޮތުން އެއްވެސް ކަހަލަ މަޝްވަރާއެއް، ބޯޑުގައި ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ އެވެ.

އިއްޔެ، އެމްއޭސީއެލްގެ ވާހަކަތައް ހުރީ ސިޓީތަކުގައި ސޮއިކުރެއްވި، އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ފަޒީލް ކުށްވެރިވާ ގޮތަށެވެ. ބޯޑަށް މައުލޫމާތު ލިބުމުގެ ކުރިން ކުންފުނީގެ ތެރެއިން ފުރިހަމަވާން ޖެހޭ މުއާމާލާތްތައް ހިނގާފައިވާ ކަމަށް ޑރ. މަހްފޫޒް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ މުއާމަލާތުތައް ބޯޑާ ހިސާބަކަށް ނުދެ އެވެ.

"ބޯޑުން ވިދާޅުވަނީ ބޯޑަކަށް ނޭނގެއޭ މެނޭޖްމަންޓުން ބޮޑެތި ޑެސިޝަންތައް ނަންގަވާ އިރު ވެސް، ދެން އެކަމަކު އަޅުގަނޑަށް އެނގޭ އެއީ އިތުރުފުޅެއް ކަން ވެސް. އޭގެ އެއް ހެކި އަޅުގަނޑު މިހާރު ވެސް ދައްކާލައިފާނަން،" މެމްބަރު ޔައުގޫބް

ބޯޑު މެމްބަރުން ދިފާއުކުރައްވައި ވާހަކަ ދެއްކެވި މުނާޒާ ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ފަށައިގަތީ ވެސް ސީޕްލޭން އޮޕަރޭޓްކުރާ އެކި އޮޕަރޭޓަރުންނަށް ޖަގާ ދޫކުރުމުގެ ވިސްނުމުގައި ކަމަށެވެ.

އެކަމަކު އެ ވިސްނުމުގައި ކުރިއަށް ދިޔަ ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ކޮންޓްރޯލްކުރެވޭ ގޮތަށް އެއްބަސްވުމެއް ޑްރާފްޓްކޮށް އެ ކުންފުންޏަށް ފޮނުވި ސަބަބާ މެދު އޭސީސީން ވެސް އޮތީ ސުވާލު އުފައްދައިފަ އެވެ. އަދި އެއީ، ޓީއެމްއޭ އަށް ނާޖާއިޒު މަންފާއެއް ހޯދައިދޭން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ޖިނާއީ ތަހުގީގެއް ވެސް ފަށައިފަ އެވެ.

އެމްއޭސީއެލުން ކޮމިޓީގައި ދޮގު ހެދި ކަމަށް، ބޯޑު ބައްދަލުވުންތަކުގެ މައުލޫމާތު ހުރި ބޭފުޅުން ވިދާޅުވެ އެވެ. އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފަ އެވެ.

"ބޯޑުން ވިދާޅުވަނީ ބޯޑަކަށް ނޭނގެއޭ މެނޭޖްމަންޓުން ބޮޑެތި ޑެސިޝަންތައް ނަންގަވާ އިރު ވެސް، ދެން އެކަމަކު އަޅުގަނޑަށް އެނގޭ އެއީ އިތުރުފުޅެއް ކަން ވެސް. އޭގެ އެއް ހެކި އަޅުގަނޑު މިހާރު ވެސް ދައްކާލައިފާނަން،" ރޭގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

"އެއީ އޭރު ކޮންމެވެސް ސިޓީއެއްގައި ހިމެނޭ ރޭޓްތަކާ ކަންތައްތަކެއްގެ ވާހަކަ ވެސް ދެކެވުނު. އެ ސިޓީގެ މައުލޫމާތު ވެސް ނޭނގޭ ކަމަށް ވަނީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓް އައުމުގެ ކުރިން. އެކަަމަކު ބޯޑުގައި، އެއާ ގުޅޭ މިނިޓްސްތައް ވެސް އެބަހުރި."

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ޔައުގޫބް ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކަން ޖެހޭނީ ތެދު ބަހުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު ވެސް މަޖިލީހުގައި ދޮގުހަދާ ބޯޑަކުން، ސަރުކާރުގެ ނިިންމުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އެހެންވެ، މާލިއްޔަތު ކޮމިޓީގައި ސަރުކާރުގެ ނިންމުމާ އެއްގޮތަށް ސީޕްލޭން ޓާމިނަލް ދޫކުރަން މިއަދު ފާސްކުރި އިރު އޭނާ ވޯޓެއް ވެސް ނުދެއްވަ އެވެ.

އާ ސީޕްލޭން ޓާމިނަލް މައްސަލައިގައި ސަރުކާރުގެ ނިންމުމަކީ ޓީއެމްއޭ އާއި މަންޓާއަށް ލައުންޖް ހަދަން މިހާރު ދީފައިވާ ޖާގައަށް ވާ ވަރުގެ ސަރަހައްދެއް، މިހާރުގެ އަގުގައި، ދެ އަހަރަށް ދިނުމެވެ. ބާކީ ޖާގަ ދޫކުރާނީ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގަ އެވެ.

އެއީ މި ވަގުތަށް ރަނގަޅު ނިންމުމެއް ކަމަށް، އޮޑިޓަ ޖެނެރަލް ވެސް ވިދާޅުވެ އެވެ.

އަނެއްކޮޅުން ކޮމިޓީގައި ބޯޑު ދެ މެމްބަރަކު ދެއްކެވި ވާހަކަތަކުގެ ތެދުދޮގު ތަހުގީގުކޮށް، ރައްޔިތުންނަށް އޭގެ ހުރިހާ މައުލޫމާތެއް ސާފުކޮށްދިނުމުގެ ޒިންމާ، ކަމާ ބެހޭ މުއައްސަސާތަކުގެ ބޮލުގައި މިހާރު މި އޮތީ އެޅިފަ އެވެ.

52 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 61%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

20 February 2020

އެމްއޭސީއެލްގެ ބޯޑު ގަ ތިބޭ، އިބްރާހިމް ނޫރައްދީނާ، މުހައްމަދު އަބްދުއްސައްތާރާ، ފާތުމަތު މުއާޒާވެސް! މި މީސްމީހުންނާ ޓީއެމްއޭ އާ ގުޅުމެއް އޮވޭބާވެއޭ ހިތަށް އަރާ! ނުވިތާކަށް އެކްޓިންގ އެމްޑީއަކަށް ވެސް އެ ހުންނަވަނީ ކޮންމެވެސް ބޭފުޅެއްގެ ބޮޑު ބޭބޭފުޅެއް ކަމަށް އަޑު އިވެނީ!

The name is already taken The name is available. Register?

ބައިސަލް

19 February 2020

މޫސާ ސޯލިހު ހުންނަވައިގެން ހައްދަވަނީ ދޮގު، ދެން މޫސާ ސޯލިހުގެ ހައިސިއްޔަތެއްނެއް ތިޔަ ބޯޑުގައި ހުރުމުގެ

The name is already taken The name is available. Register?

އުމަރުބެ

19 February 2020

އެމްއޭސީއެލްގެ އެކްޓިންގް އެމްޑީ ބަހައްޓައިގެން ހިންގަނީ ޤާނޫނާއި އަދި ކުންފުނީގެ އަސާސީގަވާދާއި ހިންގާ ގަވައިދާއި ހިލާފަތް، ރައީސް އިބުރާހިމް ސޯލިހުގެ ބޭބެ ވީމަ ހުރިހައި ދިމާލަކުންވެސް މިމައްސަލަ ނުބަލައި މޫސާ ސޯލިހު ލައްވައި އެމްއޭސީއެލްގެ ކަންކަން ނިންމަނީ، އަދި އެމްއޭސީއެލްގެ ބޯޑުގައި މަންތާގެ އަދި ޓީއެމްއޭގެ މީހުން ތިބެގެން ހެދޭނީ ދޮގު އަދި އޮޅުވާލުންތަށް، އެހެންކަމުން މިހާރު ފިޔަވަޅު ނެއެޅިޔަސް ރިކޯޑްތަކަށް ބަލައި ފިޔަވަޅު ފަހުން އަޅާނެ

The name is already taken The name is available. Register?

މުފައްކިރު

19 February 2020

މައްސަލަ އަކީ މުޅި ގައުމުކޮރަޕްޓަށް މަގު ފަހިވަމުން އައުން ދޮގެއްތޯ.

The name is already taken The name is available. Register?

މަރޭ

19 February 2020

ތިޔަ ބޯޑު އުވާލަން ކެރޭނެ ބާ؟ މަހުފޫޒް މެން ދޮގު ހެދިޔަސް އޯކޭ! މަހުފޫޒުގެ ބޭބެ އެއީ ޔާމީނު އާއި ގުޅިގެ އެސްޓީއޯ ސިންގަޕޯ ދަވާލި މީހާ. އެލްސިޔޯން އާއިލާ އެއީ ސަރުކާރާއި އަބަދުވެސް ބާޔަތު ހިފައިގެން ފިނިކޮޓަރީގަ ވައްކަން ކުރާ ބަޔެއް! އެސްޓީއޯގެ އޮޑިޓަރަކަށް މަހުފޫޒު ހުންނަތާ 15 އަހަރު، އެކަކު އެހާ ގިނަދުވަހު އެއްތާކު ހުރުން އެހާ ރަނގަޅެއް ނޫން. މީ ވަރަށް ވާހަކަ. ކޮންމެ އެމްޑީ އަކާއި ޑީލު ހަދައިގެން ފަސޭހާއިގަ އުޅޭ މޮޅޫ މީހެއް މަހުފޫޒަކީ.

The name is already taken The name is available. Register?

ބޮޑު މުހައްމަދު

19 February 2020

ކެރަފާ ނަޝީދު ގައުމު ދަވާލަނީ. ސެލްފީ ރައީސް ކޮނޑުކެނޑި ލައިގެން ކޯޓުގަ ދެމިޔަކަނުން ހީލައިގެން. ވެރިކަމެކޯ މީނަ މިކުރަނީ

The name is already taken The name is available. Register?

ޕަބްލޯ

19 February 2020

ސަރުކާރުން ނިންމިގޮތް ރަގަޅެއްނޫން. ޓާމިނަލް ހިންގަން ޖެހޭނީ އެމްއޭސީއެލްއިން. ޓީއެމްއޭ ޖެހެނީ ޖިނާއީ ތަހުގީގަކަށްފަހު އުވާލަން. އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށް މޫސާ ސޯލިހު ވަކިކުރަން ޖެހޭ. ނަޝީދު ނުފޫޒު ފޯރުވަން އުޅުނު މައްސަލާގައި މަޖިލިސް ރައީސްކަމުން އިސްތިއުފާދޭން ޖެހޭ. ޝައުނާ އިސްތިއުފާ ދޭން ޖެހޭ. މިކަންތައް މިހާރު ފޯކަސް ގެއްލުވާލާ ހުރިހާކަމެއް ރަގަޅަށް ނިމިއްޖެކަމަށް ދައްކަނީ.

The name is already taken The name is available. Register?

އައިސް

19 February 2020

ރައީސް ޔާމީނު ހޯއްދެވި ރަންބިސް އަޅާ ކުކުޅެއް ވިއްކާނެ އަގެއްނޭގި ސަރުކާރެއް ލާ ހޫރެނީ...ހެހެހެ

The name is already taken The name is available. Register?

އާރީ

19 February 2020

ފުރަތަމަ ކަމަކަށް އެމްއޭސިލު ޓޮފް މެނޭޖްމަންޓް ރަގަޅު ނުކޮށް ރަގަޅު ނުވާނެ އެއްކަމެއް ވެސް. ކޮރަފްސަނާ އަމިންލަ އެދުމުން ފޯވެފަރ ތިބި ބަޔަކު ތިބީ. އެއިގެން މީހުން ކޮންކޮ މެންނާއި ބޭބެ މެންނަށް ވަޒީފާ ދީފަ ދެން ނޯވޭ އެހެންބަޔަކަށް ދޭނެ ވަޒީފާއެއް. މީހަގީގަތް މިހާރުވެސް ބަލާ.

The name is already taken The name is available. Register?

މޯޑް

19 February 2020

ތި ޖަރީމައިގަ ބައިވެރިވި އެއްމެންނަށް ފިޔަވަޅު ނާޅައިފި ނަމަ މިސަރުކާރާއި ދޭތެރޭ ކުރެވޭ އިތުބާރު ގެންލޭނެ.

The name is already taken The name is available. Register?

އިއްބެނަގޫ

19 February 2020

އަދި ނުގެއްލޭތަ؟ ކިހާވަރެއްވީމަ ގެއްލޭނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454