ނައިފަރާއި ވޭމަންޑޫގެ ނަރުދަމާގެ އެެއްބަސްވުން، އޭރުގެ އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގާއި ލަކީ އެކްސްޕޯޓްސް އެންޑް ޓްރިވެނީއާގެ އިސްވެރިއަކު ބަދަލުކުރައްވަނީ.--- ފައިލް ފޮޓޯ
20 ފެބުރުއަރީ 2020 - 14:22
ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ތ. ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކުރި އެއްބަސްވުން މި ސަރުކާރުން ބާތިލްކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑިޔާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ އެކްސްޕޯޓްސް އެންޑް ޓްރިވެނިއާ (އެލްއީ ޓްރިވެނީއާ) އާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ، އޭގައި ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ކަމަށެވެ.
ދިވެހި ސަރުކާރުގެ މި ފިޔަވަޅާ ގުޅިގެން، އެލްއީ ޓްރިވެނިއާ އިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން މަސައްކަތް ކުރާ ކަަމަށް ވެ އެވެ. އެކަމަކު، އެކަން އަދި ޔަގީނެއް ނުވެ އެވެ.
އެ ކުންފުންޏާ ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން، ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ފެނުގެ ސްޓޯރޭޖް ޓޭންކް ހެދުން ހިމެނެ އެވެ. އަދި ވޭމަންޑޫގައި ނަރުދަމާގެ ނިޒާމާއި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުުރާނެ އިމާރާތެއް އަޅަން ޖެހެ އެވެ.
ޖޫން، 2017 ގައި ހަވާލުކުރި މި ޕްރޮޖެކްޓްގެ އަގަކީ 149 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ 18 މަސް ދުވަހެވެ.
ނައިފަރާއި ވޭމަންޑޫގައި އެ ދެ މަޝްރޫއު ވެސް ހިންގަން ނިންމާފައި އޮތީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުއްލާދުލި
20 February 2020
މުއިއްޒު އަތުން ތި ބަދަލު ހޯދަންވާނީ
ފެމުނު ސިންގު
20 February 2020
ތިމަޅީގައި މުޅި އައްޑޫ ޖައްސާފަ އޮތީ، ވާނެގޮތެއް ހިޔާލަށްވެސް ގެންނާން ނުކެރިފަ މިތިބީ.
ލަކީ އެކްސްޕޯޓްސް
20 February 2020
އެއީ ވަގު ކުންފުންޏެއް.
ރައްޔިތު
20 February 2020
ފިއްކަނޑައިގެންދާވަރުގެ އަދަދު. ޕަބުލިކު ކުންފުންޔެއް ހަދައިގެންތިކަންކޮށްފިނަމަ ތިކަމަށްހޭދަވާނީ 50މިލުއަން. ބައެއްގެ އަމިއްލަފައިދާއަށް ޤައުމު ހަލާކު ތިކޮށްލަނީ. ކުރާހުރިހާކަމެއްކުރަނީ ލޯނުނަގައިގެން ޤައުމަށްލިބޭހުރިހާފައިސާއިން ކުރާކަމެއްނުފެނޭ.
މަޝްރޫ
20 February 2020
ޗައިނާހެން ޕްރޮޖެކްޓް ހިނގޭނެ ފެންވަރު ބައެއް ނޫން ހަގީގަތުގަވެސް. އެއަށްވުރެ މަސައްކަތް ނުކޮށް ބަދަލުގެ ގޮތުގަ ފައިސާ ހޯދުން ކަހަލަ ވިސްނުން ބޮޑުވާނެ.
falcon_autho
20 February 2020
ބަދަލުގެ ގޮތުގައި ކިހާވަރެއް ރައްޔިތުންގެ މާލިއްޔަތުން ދައްކަން ޖެހޭނެބާ؟
ޝޮކްތެރަޕީ
20 February 2020
މަކަރުވެރި ރޭވުމެއްގެ ދަށުން. ރާއްޖެ ދަރުވާލަން ވެގެން މިސަރުކަރު ޖަހާ މަޅިތަކެއްމީ.
ބޮޑުމީހާ
20 February 2020
ދެން އަންނަ ސަރުކާރަކުން ތި ކުންފުންޏަށް 2 ބިލިއަނުން ބަދަލު ދޭން ނުޖެހޭނެބާ! ނޫނީ ހަމަ މިސަރުކާރުގައި ތި ކުންފުންޏަށް ބަދަލުދޭން ކުޅޭ ޑްރާމާ އެއްބާ!
މާބޭބެ ނޭފަރު
20 February 2020
ކިހޭ ދެރަކަމެއްޗޭދެން. އަހަރެމެން މީ މިސަރުކާރު ގެންނަން އެންމެ މަސައްކަތްކުރި މީހުން. މިހާރު ޗަހަދާއެއްޗަކުން ލަދުން ދެފޭ ކޭރިނުވޭ. އަނެއްކާވެސް އެތައް ލަސްތަކެއް ޗަކަމުން ވާނީ.
ވިސްނާލު މަށް އެދެ މޭ
20 February 2020
ބާތިލްކުރި މައްސަލަސާފްވެއްޖެ ކަ މަށްހީކުރަން...މިއަހަރުގެ ބަޖެޓްގެ މަޝްރޫތައް ފެށިގެން ކުރިޔަށްދަނީ..އިންތިހާބު ނި މު މުން ބާކީ ކުރިޔަށްއޮތީ..ބަދަލު ބަދަލު ބަދަލު.. މިއީ ރައްޔިތުން އެދޭގޮތްކަ މަށްވަންޏާ ބޯކޮށް ވޯޓުދީ ތިލަފަތް ބަރުކޮއްލާ.. މީދަލެ ރީދޫކުލައިގަ ނެރަފައޮތަސް ވޯޓުދޭތި..ވޯޓަށްފަހު ހޫނުވެގެން ކަރަންޓްނެތިގެން ނަރުދަ މާނެތިގެން ފެންނުސާފުވެގެން މަގުތައް އަޑިގުޑަންވެގެން ފާ މަސީގަ ބޭސްނެތިގެން ސްކޫލުގަ ޓީޗަރެނެގިން ފަތިވަރުގޮވާނީ..