ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭ އާއި އެންޑީއެމްއޭ ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި މި މަހުގެ ތިނެއްގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
18 މާޗް 2020 - 23:28
ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާދަމާ އިން ފެށިގެން މާލެ ލޮކްޑައުން ކުރަން އުޅޭ ކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.
ވެރިރަށް މާލެ މާދަމާ ބަންދުކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އަޑުފަތުރަމުންދާތާ 2-3 ދުވަސް ވެއްޖެ އެވެ. އެކަމަކު، ޚާއްސަކޮށް މާދަމާ މާލެ "ބަންދުކޮށް" ގެއިން ނުކުމެ އުޅުން މަނާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ މިއަދު ފެތުރުނު އަޑު މާ ގަދަ އެވެ.
ނަމަވެސް، ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ހާލަތު އާންމުންނާ ހަމައަށް ތިލަކޮށްދެއްވާ ސަރުކާރުގެ މަންދޫބު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިރޭ ބޭއްވި ނިއުސް ބްރީފިންގައި އެ ވާހަކަތައް ވަރަށް ޔަގީންކަމާ އެކު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމުގެ ވިސްނުމެއް ވެސް ސަރުކާރުގައި ނެތް ކަމަށެވެ.
މަބްރޫކް ނޫސްވެރިންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަނީ: މާލެ ބަންދުކޮށްފާނެ ކަމަށް ބަލަން ނުޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ވާހަކަ އެބަދެއްކޭ މާދަމާ އިން ފެށިގެން މުޅި މާލެ ލޮކްޑައުން އަކަށް ދަނީއޭ. ފިހާރަތައް ވެސް ބަންދުވެ، ގެއިން ނުނިކުމެވި، މާލެ އަށް އަރައި ވެސް ނުފޭބޭނެއޭ. އެއީ ހަމަ ސީދާ ދޮގެއް،" ދަރުބާރުގޭގައި ބޭއްވި ނިއުސް ބްރީފިންގައި މަބްރޫކް ވިދާޅުވި އެވެ.
"އެ ކަހަލަ ވާހަކައެއް ދެއްކިފައެއް ވެސް ނެތް. އެ ކަހަލަ ފިޔަވަޅެއް އެޅުމައް ރާވައިފައި ވެސް ނެތް."
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މާލެ ބަންދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެ އެއްކޮށް ބަންދުކޮށްފި ނަމަ، ރާއްޖޭގެ އިގްތިސޯދުގެ އިންޖީނު ނިވި، މުޅި ގައުމު ހުއްޓޭނެ ކަމަށެވެ. އެހެންވީމާ މި ވަގުތައް އޮތް ހައްލަކީ ރައްކާތެރި ގައުމުތަކުން ޓުއަރިސްޓުން ގެނެސް، ރަނގަޅަސް ހާލަތު މޮނިޓާ ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ވާހަކަ އެބަދެއްކޭ މާދަމާ އިން ފެށިގެން މުޅި މާލެ ލޮކްޑައުން އަކަށް ދަނީއޭ. އެއީ ހަމަ ސީދާ ދޮގެއް. އެ ކަހަލަ ވާހަކައެއް ދެއްކިފައެއް ވެސް ނެތް. އެ ކަހަލަ ފިޔަވަޅެއް އެޅުމަށް ރާވައިފައެއް ވެސް ނެތް: މަބްރޫކް
މާލެ ލޮކްޑައުންކުރަން އުޅޭ ކަމުގެ ވާހަކަތަކާ އެކު، އަނެއްކާ ވެސް ފިހާރަތަކަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ. އެގޮތުން، ގަނޑުކޮށް ކާޑުގެ ބާވަތްތައް ގަތުމާއި ގިނަ އަދަދަކަށް ދަޅުމަސް ކޭސްތައް ގޭގެ އަށް ގެންގޮސް ރައްކާކުރުން ހިމެނެ އެވެ.
މަބްރޫކް ވިދާޅުވީ، ގެ އަށް ބޭނުންވާ ތަކެތި މި ދުވަސްވަރު ގަނޑުކޮށް ގަންނަނީ މާލެ ބަންދުކޮށްފާނެ ކަމުގެ ބިރު ހީވެގެން ކަމަށް ވަނީ ނަމަ އެފަދަ ފިކުރެއް ކުރަން ނުޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނަށް ބޭނުންވާ ވަރަށް ކާބޯތަކެއްޗާއި މުދާ މިހާރު ވެސް އެބަހުއްޓެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް އެ ބާވަތްތައް ގެންނާނެ ކަމުގެ ޔަގީންކަން މަބްރޫކް ދެއްވި އެވެ.
މަބްރޫކް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ތަކެތީގެ އަގުތައް އުފުލިޔަ ނުދީ ސަރުކާރުން ހިފަހައްޓާނެ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފަ އެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފަކާއި 11 ޓޫރިސްޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟޮހަ
21 March 2020
އަޅުގަނޑައް ވިސްނެނީ އެންމެން ﷲ ހަޒްރަތައް ސަލާމތައް އެދި ދުޢާކުރުމެވެ ތަންތަން ބަންދު ކުރުމަކީ ސަލާމަތެއް ކަމުގައި ދަންނަ ބޭފުޅުން ބުނުމަކުން އަސްލު ބަދަލު ނުކުރެވޭނެއެވެ އެންމެން މާސްކުއަޅާ ހަފޫޓު ދުރުގައަ ތިބެ ދުޢާ ކުރަމާތޯ މާތްﷲ ކިބަފުޅައް ސަލާމަތައް އެދި ދުޢާކުރަމާތޯއެވެ
ދޮންފުތާ
19 March 2020
މުޅި ރާއްޖެ އެއްކޮށް ބަންދުކުރަން އިޤްތިސޯދު ހުއްޓަން ގޮވާ ފިނޑިން މިހާރު އާ އެއްޗެއް ގޮވަން ފެށީ!. އެންމެން ގޭބަންދުކުރަން ދިރިއުޅުން ހުއްޓުވާލަން ނުގޮވާ މަޑުން ގޭގައި ތިބެބަލަ! ސަރުކާރުން އެވަނީ ގެއިން ނުކުންނާށާ އެއްވެއުޅެން މަޖްބޫރު ނުވާނެހައި ގޮތެއް ފަހިކޮށްދީފައި. މިހާތަނަށް ޗައިނާ ފިޔަވައި އެންމެ ކާމިޔާބީ މިތަން. ވައިރަސް ފެތުރުނު ދުވަހުން ފެށިގެން ލޮކްޑައުން ކުރިނަމައޯ؟ ޗައިނާގަވެސް އެތެރެވާމިހުން ފައްސިވޭ. ކޮންޓްރޯލްވެސް ވޭ.
ހުރސަ
19 March 2020
ލޮކް ޑައުންކުރަން އުޅެނީ. ވަރަށް ވާހަކަ މީ
ޣޣ
19 March 2020
އެހެން ގައުމްތަކުގަ އެކަކުގެ ގައިން އަނެއް ކަކުގެ ގަޔަށް ހަލުއިކަމާ އެކު ބަލި ފެތުރޭ ގޮތް ދިމާވީމަ ދިވެހި ޑޮކްޓަރުން އެވިދާޅުވަނީ ގޭގަ ތިއްބަވާށޭ.... ރަގަޅަށް ވިސްނައިފިއްޔާ އިންގޭނެ ބޭރުގަ މީހުންތައް އުޅުނީމަ އެކަކުގެ ގައިން އަނެއްކަކުގެ ގަޔަށް ބަލި ފެތުރުން އަވަސް ވާނެކަން.... ކެފޭ، ރެސްޓޯރަންޓް، ބޭކަރީތައް މިހާލަތުގަ ބަންދުކުރަން ޖެހޭ... އެހެން ގައުމްތަކުގަ ވެސް އާންމުންނަށް ކެފޭ، ރެސްޓޯރަންޓް، ބޭކަރީތައް ބަންދު... ކޮންޓެކްޓް ވީހާ ލެސް ކުރަނީ
ފުރަތަމަ
19 March 2020
ކިހިނެތް ލޮކްޑައުންއަކަށްދާނީ؟ މާދަމާ ލޮކްޑައުން ކުރާނަމޭ ބުނެފިއްޔާ އެންމެން މިއަދު މަގުތަކަށް ނިކުމެ ފިހާރަތައް ފުރާލާނެ އެއްޗެހި ގަންނަން. މިއޮތް ހުރިހާ ދުވަހު އެކަހެރިވެގެން ތިބި އެންމެން ކުރި ބުރަ މަސައްކަތް ފެނަށްގޮސް ވައިރަސް އުޅޭނަމަ އެ ފެތުރިގަންނަން ފުރުސަތެއް އޭރުން ލިބޭނީ.
ހޮޅިސަރުކާރު
19 March 2020
ފަރީދާ އަށް ބުނެލަން ބޭނުން. ސަރުކާރައް ގަދަކަމުން މީހުން ގޭގަ ނުބޭތިއްބެ. ޢެކަމް ރިސޯޓް މުއައްޒަފުން ގަދަކަމުން ރިސޯޓްގަ ބަންދު ކުރެވެ. ރިސޯޓްތަކަށް ވައިރަސް ގެންނަ ގޮތަށް ގެންނަނީ. ޢެވެސް ދިވެހިން . މަލޭގަ އެކަންޏެއް ނޫން މުއައްޒަފުން އުޅެނީ. ސަރުކާރު މިއައްޒަފުން އެކަނިތޯ ގެއަށް ވަންނަން ޖެހެނީ. ރިސޯޓް މުއައްޒަފުންނާ އެއާޕޯޓް މުއައްޒަފުން ގެއަށް ވައްދަން ސަރުކާރަށް ގޮވާލަން .
ގައުމީ ލޯބީގާ
19 March 2020
މިޓޫރިސްޓުންތަށް ޖެހޭތަ ކޮވިޑް ޖެހުނީމަ އެއްގައުމުންއަނެއް ގައުމަށް ދަތުރުކުރަން . ބައްޔެއް ޖެހިފަ ހުރެ ދަތުރު ކުރާނީ މީގެ ނުރައްކާ އެހެން ގައުމަކަށް ވެސް ފޯރުކޮއްދޭން މިބަޔަކު ޖެހޭ ޖޫރިމަނާއެއް ކުރަން .
ކެރިއަރުންނޯ
19 March 2020
ބަލި ޖެހިފަ ތިބިކަން ނޭނގޭ މީހުންގެ ކިބައިންވެސް މިބަލި ފެތުރޭ. އެވަރެޖް ކޮން އަލާމާތް ނުފެނި 5 ދުވަސްވޭ. އަދި ބައެއް މީހުންގެ ކިބައިން އަލާމާތް ނުފެނި 14 ދުވަސްވެސް ވޭ. ލޮކްޑައުންއެއް މުހިއްމުވަނީ ބަލި ޖެހިފައި ތިބި ޓެސްޓު ނުކުރެވިތިބި މީހުންގެ ކިބައިންވެސް އެހެން މީހުންނަށް ބަލި ޖެހުނަ ނުދޭން
މަރޭ
19 March 2020
ވެރިމީހާ އުޅެނީ އަމިއްލައަށް ގޭބަންދުވެގެން ، ދެން ކިހިނެއް މީޑިޔާ ކުރިމައްޗަށް އެރޭނީ ،
މާކަރީނާ
19 March 2020
ތިޔަ ނިއުސްކޮންފަރެންސްގަ ދައްކާވާހަކަ ގަބޫލުކުރަން ވަރަށް ދަތި. ފުރަތަމަކަމަކަށް މަބުރޫކް މީޑިއާ ކޯންޓްރޯލް ކުރުން ހުއްޓާލަންފެނޭ! 3 ސުވާލު ނޯޓްކޮއްގެން ޖަވާބުދޭ ނިއުސްކޮންފަރެންސެއް މަށެއްނުދެކެން! ކޮބާ ކޮންސްޓްރަކްޓިވް ސުވާލެއްކޮއްލުމުގެ ފުރުސަތު؟ މި ދިވެހިރާއްޖޭގަނޫނީ ދުނިޔޭގެ ހުރިހާގައުމުތަކުގެ ރައީސުން ނުކައިނުބޮއެ ރެޔާދުވާލު މީޑިއާގެ ސުވާލުތަކަށް ލައިވްކޮށް ޖަވާބުދެނީ!؟ ކޮބާތޯ މިގައުމުގެ ވެރިމީހާ؟ މީޑިއާ ކުރިމައްޗަށް ނާރަނީ ކީއްވެތޯ!؟
ކަރީނާމާ
19 March 2020
މާކަރީނާ މަޑިސީލަ ބަލާލާ ހިންހަމަ ޖައްސާލާ. ހުޅުވާލެވިގެން ބޭނުން ސުވާލެއް ކުރަން ދޫކޮއްލީމާ މަބްރޫކް އަދި ދެން އިންނަ ޑޮކްޓަރު އިންނަން ޖެހޭނީ ޕްރެސް ކޮންފަރެންސްގަ މުޅި ހަތަރުދަމު. މިހާރުވެސް 3 ސުވާލު ކޮއްލަން ދިނީމާ އޭގެން ކިތައް ސުވާލުގަ އޮއްޓަރެއް ހުންނަނީ؟ ހަމަޖެހޭވާހަކަ ދައްކަބަލަ، ކޮންގައުމެއްގެ ރައީސްއެއް ދުވާލު ދެދަޅައަށް ޓީވީއައް އަރާ އިންޓަވިއުދެނީ؟. ސިކުނޑިން ވިސްނާ އުޅޭބަޔަކަށް ގަބޫލު ކުރެވޭ އެޗްޕީއޭގެ ވާހަކަ. ދެން ދޭ އަތްދޮންނައް
ބީތާވެދާނެ
19 March 2020
ވާނުވާގަތިއްބަވައިގެން ކޮމަންޓެއް ކޮއްލަން ކޮމަންޓު ކުރިޔަކަސް ކަމަކު ނުދާނެ މިޅެނީ ރައީސުލް ޖުމުހުރިއްޔާ ކަމެއްކޮއްގެންތޯ؟ ރައީސުލްޖުމްހުރިއްޔާ އެގެންދަވަނީ ރައީސްގެ ޒިންމާ ފުރިހަމަޔައް އަދާކުރައްވަމުން. ނެންގޭމީހުންނަކައް (އެގެންބޭނުންނުވާ ފިތުނަފަސާދަ އުފައްދަން ބޭނުންވާ) ނެންގޭނެ މާފައްޗެއްހެން ކަރުގަ އެޅުވިއަސް
ގައުމީ ލޯބީގާ
19 March 2020
ރައިސްމީހާއަށް އެގޭވަރަށްވުރެ ބޮޑަށް މިނައަށް އެގޭތީ . ރައިސަކަށް ނޭގޭނެދޯ ސުވާލަށް ޖަވާބު ދޭކަށް ރިޔާސީ ބަހުސްގަ ބައިވެރިނުވަންވެސް ރައިސްފިލިދޯ އެހެން ގައުމުތަކުގަ ރިޔާސީ ކެޑިޓޭޓުން ބަހުސްތަކުގަވެސް ބައިވެރިވޭ .އެހެންވެ މައަބަދު މިލިޔަނީ ރައިސްކަމަށް ކުފޫ ހަމަނުވަނިއްޔޭ .މަގޭ ވާހަކައަޑު އެހިނަމަ ވޯޓްވެސް ނުލީސް . މިއަދު އެވާހަކަ ނުދައްކަބަލަ ބޮލުފޮށާއަޅަން .
ދޫނިރާއްޖެ
19 March 2020
“ކަރީނާމާ” އަދި “ބީތާވެދާނެ” މިދެބޭފުޅުންނަށް ބުނެލަންބޭނުންވަނީ ރައީސްއާއި އެއްކޮށް ތިވަރަށް ނުނިދާ މެރާކީ ހުޅުވައިގެން ހާޑު ޑަބަލް އެސްޕްރެސޯއެއް ބޯލައިގެން ހޭވެރިކަންވެބަލާށޭ.
ޢެޑްމުންޑޯ
19 March 2020
މުޅިރާއްޖެ ބަރޯސާވެފައި މިއޮންނަނީ މާލެއަށް ، މިގައުމުގެ އެއްވެސް ޚިދްމަތެއް މާލެ އިންނޫނީ އެހެންރައްތަކަށް ދެވޭކަށް ނޯވޭ ، ވީއިރު މާލެ އެއްކޮށް ބަންދު ކުރީމާ ، ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅޭނެގޮތެއް ބުނެބަލާށެވެ. ދުނިޔޭގެ ގައުމުތަކުގެ ސިޓީތަށް ބަންދުކުރިއަސް ، މިރާއްޖޭގައި މާލެނޫން ހަގީގީސިޓީ އެއް އެބައޮތްހެއްޔެވެ. ސިޓީއެއްގެ ނަންބޯޑް އެޅުވިއަސް ޚިދްމަތެއްނެތްކަން މިހާރު އެގޭނެއެވެ.ލޮކްޑައުން ކުރަން ގޮވަނީ ގަމާރުންނެވެ.