ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ. ލޯނުތައް ދެއްކުން ލަސްކޮށް، އިންޓަރެސްޓް ކުޑަ ލޯނުތަކެއް ދޫކުރަން އޭނާ ގޮވައިލެއްވި.
19 މާޗް 2020 - 15:49
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާތީ، ކުރިމަތިވެފައިވާ އިގުތިސޯދީ އަޑިގަނޑުން އަރައިގަނެވެންދެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލުއި ލޯނުތައް ދެއްކުން ލަސްކޮށްދިނުމަށާއި އިންޓަރެސްޓް ކުޑަ ލޯނުތަކެއް ތައާރަފްކޮށްދޭން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ގޮވާލައްވައިފި އެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދޭން އަވަސް ފިޔަވަޅުތަކެއް އަޅަންވީ ވަގުތު ކަމަށެވެ.
ބީއެމްއެލް އިން ދޫކޮށްފައިވާ ލުއި ލޯނުތައް ދެއްކުން މިވަގުތަށް މަޑުޖައްސައިލުމަށާއި އިންޓަރެސްޓް ކުޑަ ލޯނުތަކެއް ތައާރަފު ކޮށްދިނުމަށް ބީއެމްއެލް އަށް އަދުރޭ ގޮވައިލެއްވިއިރު، ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އިންޓަރެސްޓް ދެއްކުން ހަ މަހަށް ފަސްކޮށްދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.
އެސްޑީއެފްސީން ބުނެފައި ވަނީ، ކޮވިޑް-19 އާ އެކު، ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، މި މުއްދަތުގައި ލޯނުގެ އިިންޓަރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
BML in dhookoffaivaa lui loan thah mivaguthah dhakkan nujehey gothah hedhumah govaalan. Adhi mi dhandhivalhugai rayyithunah eheevaan interest kuda loan eh thaaraf kurumah govaalan.mi vaguthakee rayyithunnah lui goiy thakeh hoadhai dhinumah avas fiyavalhu thakeh alhanvee vaguthu.
— Abdul Raheem Abdulla (@Banafsaa) March 19, 2020
އަދުރޭގެ ޓުވީޓް
ކޮވިޑް-19 ފެތުރޭތީ ގިނަ ގައުމުތަކަކުން ރާއްޖެއަށް ދަތުރުކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. އެ ފިވަޅުތަކާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.
ސާކް ގައުމުތަކުގެ ވެރިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ޓޫރިޒަމަށް ކުރިމަތިވަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އިގުތިސާދީ ހީނަރުކަން އައުމުން ސަރުކާރުން ވަނީ ވިޔަފާރިތަކަށް ފިނަ ލުއިތަކެއް ދޭން ނިންމައިފަ އެވެ. އެގޮތުން، ރިސޯޓުތަކަށް ކުރިމަތިވި ދަތިކަން ހައްލުކުރަން 30 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
އަދި މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ދިމުމުގެ ގޮތުން ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
19 March 2020
މިދެންކާކުތަ ؟ފު ރަތަމަ ވަގައްނެގި ފައިސާތައް ދައްކަބަލަ
އަދީބު---
19 March 2020
ލުއި ލޯނަށް ޓިނު ޖަހާ ދެމެވެ
ނިޒާރު
19 March 2020
މިއީ އަދުރޭމެން ނެގި މަގުހަނި ޓިނުކޮޅާއި އައިނުގެ ދުނިގަޑު އަބުރާ ދޭންޖެހޭ ވަގުތު. މިފަދަ ވަގުތެއްގައި ދަބަރު ޓިނު ފޮއްޗެއްވެސް ދޫކޮށް ނުލެވޭނެ.
އިބްޝާ .
19 March 2020
ޢަދުރޭ ! ޠާމީނު ކާރީ ބުނޭ ވަގަށްނެގި ފައިސާތަކާ ޖޫރިމަނާ އަވަހަށް ދައްކާށޭ. ޢަދުރެއަށްވެސް ނުކިއްސަރު ގޮތަކަށް ެއްޗެއް ލިބިފައި ވާނަމައަވަހަށް ހަލާސްކޮށްލާ.. ޕރާޑާ އައިނުވެސް ރައްޔިތުން މިތިބީ ވަރަށް ހާލުގަ ..
ކަޅުކަޅު ދޮނޭ
19 March 2020
މިމީހުން އަބަދުވެސް ގޮވާނީ، ލޯނުތައް ދޫކުރޭ، ކަރަންޓުބިލާ ފެންބިލު ފުރީކުރޭލޯނުތަކުގެ އިންޓަރެސްޓު ކަޑާލާ، ޓެކްސްތަށް ކަޑާލަ.. އަނެއް ނޭވާގަ ގޮވާނީ އަންނަމަހު ސިވިލް ސާވިސް މީހުންގެ މުސާރަ ދޭވަރުވެސް މިސަރުކާރުގަ މިހާރު ނެތް ކަމަށް..
ޑެބީ
19 March 2020
އަދުރޭ ލުއި ލޯނެއް ނަގައިގެންތަ ތިޔައުޅެނީ؟ ސޭޓު ކައިރީ ބުނަނިކޮށް ސްޓާފުންގެ މުސާރައިން ކުޑަކުރި ބައިން ތިދައްކާލަދީފާނެ.
އިބްރާ
19 March 2020
ސަރުކާރުން ކަމެއް ކުރަން އުޅޭ އިރަށް މީނަގެ ޖާސޫސުން މެދުވެރިކޮށް ކުރީބައިގަ މައުލޫމާތު ހޯދައިގެން ކުރީބައިގަ ހާމަކުރަމުން މިދަނީ މީނަގެ މޮޅުކަން ދައްކަން.
އަހުމަދުބޭ
19 March 2020
އަދުރޭއެވެ، މަނިކުފާން ތިޔަބުނީ ރަގަނޅު ވާހަކައެކެވެ، އެކަމަކު ފޮރުވިފައިވާ ހަގީގަތަކީ މާލީގޮގުން ބޭންކުތަކަށާ ސަރުކާރަށް ބުރަބޮޑުކޮށް ދައުލަތް ފެއިލްކޮއްލުމެވެ، އަދުރޭމެން ކޮންމެ އެއްޗެއް ތިޔަޓުވީޓް ކޮއްލަނީ ސަރުކާރު އިނދަޖެހޭނީ ދެންކީޢްކޮއްގެން ބާވައޭ ހިތާހިތާ އިދެއެވެ މާނައަކީ ތިޔައިން އެއްވެސް ޓުވީޓެއް ތިޔަކުރަނީ ރައްޔިތުންނަށް ހެވެއް އޮވެގެނެއްނޫނެވެ.
ސީދީ 2
19 March 2020
ބަލަ އަދުރޭ، ސީދީ އަތްޕުޅުން ލިބިލެއްވިހާ ބައިވަރު ހުސްވެ ލޯނުނަގަންޖެހުނީތަ... އެއައްވުރެ މާރަގަޅުވާނެ ހަލާލުތަކެތިން ރިޒުގު ދެއްވުމަށްއެދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާދެއްނެވުން.
މަޓީ
19 March 2020
ޢޭގެ އިތުރުން 1 ގަޑު ޓިނު ކޮންމެ ބޭފުޅަކައް ލިބޭނެގޮއި ހަމަޖައްސާވެސް ދޭންވާނެ.