01 އެޕްރީލް 2020 - 16:01
އިނގިރޭސި ވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު އަނެއްކާވެސް ކޮރޯނާވައިރަހަށް މިއަދު ޕޮޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެން ކުރި ޓްވީޓެއްގައި ބުނީ، އިނގިރޭސި ވިލާތުން އައުމުން ކަރަންޓީން ފެސިލިޓީ އއ. ވެލިދޫގައި ބަހައްޓާފައިވާ ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެ އިން ހަތަރު ދިވެއްސަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެންނަކީ ވެސް ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ އިނގިރޭސި ވިލާތުން އައި މީހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އެންމެ ފުރަތަމަ ފެނުނު ކަމަށް އެޗްޕީއޭ އިން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ އަދި މިއަދު ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ތިން ދިވެއްސަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Samples taken from a Maldivian national who returned from UK and placed in isolation at Velidhoo Isolation Facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) April 1, 2020
It is the fourth Maldivian to test positive for the disease.
މާޗު މަހުގެ 14-19 އާ ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ މީހުންނާ ބައްދަލުވީ ކޮން ބައެެއްތޯ ބެލުމުގެ މަސައްކަތް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ވަނީ ފަށައިފަ އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން، އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ދިވެހިން ކަރަންޓީނުކުރަން ފެށީ މާޗް 19 ގަ އެވެ.
އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 25،150 މީހުން ޕޮޒިޓިވްވެ 1،789 މީހުން މަރުވެފަ އެވެ.
މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން މިހާތަނަށް ވަނީ 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 ޓޫރިސްޓަކު/ބިދޭސީން ވަނީ ރަނގަޅުވެފަ އެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން ބިދޭސީ މުވައްޒަފެއް އަދި 11 ޓޫރިސްޓުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން އިޓަލީގެ ދެ ޓޫރިސްޓެއްގެ ނަތީޖާ ލިބުނީ އެ ދެ މީހުން މިދިޔަ ހުކުރު ދުވަހު މެންދުރު ފުރި ފަހުންނެވެ. އައިލެންޑް ސަފާރީ 1 ގައި ތިބި އެ ދެ ޓޫރިސްޓުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނަސް އެ ދެ މީހުން ޓެސްޓް ކުރީ އެޗްޕީއޭ އިން ކުރާ ދިރާސާ އަކަށެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ދެ ޓޫރިސްޓުން ކަރަންޓީންގެ މުއްދަތުގައި ތިބި 14 ދުވަހުގައި ވެސް ބަލީގެ އަލާމާތެއް ނުފެންނާތީ ކުރިން ޓެސްޓެއް ނުހަދަ އެވެ.
ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނަކީ އައިލެންޑް ސަފާރީ-1 ން ކުރިން އެ ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނާ "ކްލޯޒްޑް ކޮންޓެކްޓް" އެއް އޮތް ދެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުން ދ
02 April 2020
،ސަރުކާރު އޮތީ ފޭލް ވެފާ. އޭނާ މާލެ އައީމަ ކީއްވެ ދޫކޮށްލީ. 12 ދުވަސް ފަހުން ތި ކަރަންޓީން ކުރީ..އެހެން ވީމާ މިހާރު މާލެތެރެ އޮތް ހާލަތާ މެދު ސައްކު
ކޮކކ ކޮވެލި
02 April 2020
ކިހާބޮޑުމެއް ނުރައް ކާތެރި ބައްޔާއެއްޗެހި ހިފައިގެން ރާއްޖެއަންނަނީ!
ކކކކގެރީ
02 April 2020
ޢެގައުމެއްގައި ބަލި ފެތުރިއްޖެނަމަ ނުފެތުރޭ ގައުމަށް ނުދިއުން އިސްލާމް ދީނުގަ އޮންނަނީ!! މިއީ އިސްލާމީ ގައުމެއް! ޙެޔޮނުވާނެ އިނގިރޭސި ވިލާތުން އައިއްސަތިބި ހުރިޙާ އެންމެން ކަންޓީނު ކޮށްފަ ޓެސްޓު ކޮށް ނަތީޖާ ބޭނުން އެނގެން!
ނަޝީދު
02 April 2020
"އަނެއްކާވެސް"
ކަނބިލި
01 April 2020
މިއީ މުޅި އިންސާނިއްޔަތއް ކުރިމަތިވެފައިވާ މުސީބާތެއް. ބަދުނާމުގެ އިނގިލިި ދިއްނުކޮށް ގުޅިގެން ފަރުދީ ޒިންމާ ނަގަންވީ ވަގުތު. ޖަޒުބާތުގައި ޖެހިގެން މި މުސީބާތުން އަރައެއް ނުގަނެވޭނެ.
ސިއްރުހެކި
01 April 2020
ދޮގު ނުހައްދަވާތި ވަރަށް އަޑުތައް އެބައިވޭ.. އެމްޕީންގެ ދަރިން އިނގިރޭސި ވިލާތުން އައީމަ ދޫކޮށްލާފަ ވާކަމަށް.. ކޮބާ ހަގީގަތަކީ
ޢަހުމަދު ބެ ، ބޯގަންވިލާ
01 April 2020
ބަލަ ރާއްޖެ ކަމަކުނުދެއޭ ކިޔާފަ މިއޮއް ހުރިހ ހާދުވަ ހު އުޅޭނެ ހޭ ގޮތަކައް އުޅެފަ ، ކަމެއްވީމަ ދެންކީއްކުރަން ތަ ، ރާއްޖެއަންނަނީ
ޤައުމީ މަސްލަޙަތު
01 April 2020
އަސްލު މިހާރު މިއިނގެނީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެންވެސް އަލުން ކޮމަންވެލްތާ ގުޅެން ހިފިނުހުރެވުނު ސަބަބު. އެތާ މިބަޔަކަށް އުޅެން ފަސޭހަވަނީ މިހިރަ މިހިރަ ކަންތައްތައް ކޮށްގެން ހާއްސަ އިނާޔަތްތައް ހޯދައިގެން.
ސަންޕަ
01 April 2020
މިއީ އެލެކްސް އަށް ވަރަށް ރަނގަޅު ފުރުސަތެއް ޕްރިންސް ހެރީގެ ދެމަފިރިންނަށް ރައީސް އޮފީހުން ވަޒީފާދީ ރާއްޖޭގެ ރައްވެހިކަންދީ އަދި ސަރުކާރުން ސެކިއުރިޓީވެސް ދޭން. އެއީ ޓްރަމްޕް ވެސް އެމީހުނާ ހަވާލެއްނުވި. މެޑަލްޖަހާލަން އެލެކްސް އަށް ވަރަށް ރަނފަޅު ފުރުސަތެއްވީމަ ބުނެލީ.
ގުއިފުކު ފުރޭތަ
01 April 2020
ކޮބާ މާރޗް 19 ގެ ކުރިން އައި ދިވެހިންތަށް. އެމީހުން އުޅޭ ނޫލޭ ގޮތް ބަލަން ވެއްޖެދޯ؟