އޭސީޕީ ނަވީން މިރޭގެ މީޑިއާ ބްރފިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މާލެއަށް އައުމުގެ ހުއްދަ 185 މީހަކަށް މިހާތަނަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިހާރު
26 އެޕްރީލް 2020 - 23:17
މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަހުން ފެށިގެން މިހާތަނަށް މާލެ އައުމުގެ ހުއްދަ ދެނީ ވަކި ކަންތައްތަކެއް ބެލުމަށް ފަހު ކަމަށާއި މިހާތަނަށް 108 އަށް ވުރެ ގިނަ މީހުންނަށް އެ ހުއްދަ ދިން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ލޮކްޑައުންކުރީ މި މަހުގެ 15 ވަނަ ދުވަހެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު މާލެ ވަޑައިގެންނެވުމުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ރިޔާޒްގެ އިތުރުން ތ. ތިމަރަފުށިން އިތުރު ބަޔަކު ވެސް މިއަދު މާލެ އަ އެވެ.
ނޭޝަނަލް އިމަޖެންސީި އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މާލެ ސަރަހައްދަށް އެރުމުގެ ހުއްދަ ދެނީ އެ މީހަކީ ކަރަންޓީން ކޮށްފައިވާ ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އަންނަ މީހެއް ނޫން ކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. ވޭތުވެދިޔަ ހަތަރު ދުވަހު 185 މީހަކަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެއަށް 185 މީހުން އައިސްފައިވާނެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި އަދި ބައެއް ރަށްރަށުން ވެސް އައިސްފައި ހުންނާނެ. ސަބަބަކީ އެ ރަށްރަށަކީ ކަރަންޓީން ފުރިހަމަވެގެން ނުވަތަ ކަރަންޓީނެއް ނެތް ނުވަތަ އައިސޮލޭޝަންގައި ނެތް ރަށްރަށް." ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި މާލެ އަޔަސް، އެ މީހަކު މާލޭގައި ހުންނަ ގެއަކީ ކަރަންޓީން ކުރެވިފައި ހުރި އައިސޮލޭޝަންގައި ހުރި ތަނެއްގަައި ނޫން ކަން ފުލުހުން ކަށަވަރު ކުރާނެ އެވެ. އަދި މާލެ އައުމުގެ ހުއްދައަށް އެދޭ މީހާގެ މައުލޫމާތު ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފުލުހުން ބަލާނެ ކަމަށާއި އެކަންކަން ބެލުމަށް ވަގުތުތަކެއް ނަގާފާނެ ކަމަށް ނަވީން ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ބަލާތީވެ އަޅުގަނޑުމެންނަށް މި އަންނަ ހުރިހާ މެއިލްއަކަށް އެއްފަހަރާ ޖަވާބެއް ނުދެވޭ. ފަހަރަކު މެއިލްއަކަށް ޖަވާބު ދެމުން މިދަނީ." ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ޒަރޫރީ ބޭނުންތަކަށްޓަކައި ބޭރަށް ނިކުތުމަށް 23،000 އަށް ވުރެ ގިނަ މީހުންނަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިހާރު ދޫކުރަމުން ދަނީ ކޮންމެ ހަފުތާއަކު ވެސް ދެ ދުވަހެއްގެ ވަކި ގަޑިއެއްގައި ނިކުމެވޭ ގޮތަށް އޮންނަ އެންމެ ފާހެއް ކަމަށާއި އަދި އެގޮތަށް ހަމަޖެއްސީ ވެސް އާންމުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފާހުގައި އޮންނަ ވަގުތު ބަދަލު ކުރަން ބޭނުންވާ ނަމަ، އެކަމަށް އެދެވޭނެ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި ބޭރަށް ނިކުތުމުގެ ހުއްދަ ދިނުމުގައި 26 ޒޯނަށް މާލެ ބަހާލާފައި އޮތްއިރު، އެ ހުއްދަ ދެނީ ކޮންމެ ޒޯނެއްގައި 65 މީހުންނަށް ވުރެ ގިނައިން އެއް ވަގުތެއްގައި މަގުމައްޗަށް ނުނިކުމެވޭ ގޮތަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ހާލަތު ބަދަލުވަމުން އަންނާތީ ހުއްދަ ދިނުމުގެ ކުރިން ފުލުހުން ބަލާ ކަންކަން ވެސް ބަދަލުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮކްޑައުންއާ ޚިލާފްވެގެން މިއަދު އެކަނި ވެސް 122 މީހުން ޖޫރިމަނާ ކުރި އެވެ. މީގެއިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ނުވަ މީހަކު ހައްޔަރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
27 April 2020
ރިޔާޒް އާއި ޕޮލިސް އާއި އެތެރެއިން އޮންނަ ގުޅުން އަދިވެސް އޮތްވަރު މިއެގެނީ. ހަމީދު ވިސްނަންޖެހޭ އަނެއްކާެސް އަބުރާލަން އުޅެފާނެ. ތިޔަ ކުރި ކަމެއް ފަޅާ އެރުމުން މުޅި ގަވައިދު ތިޔޮތީ ބަދަލު ކޮށް ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަން ޖެހިފަ. ކޮންމެ ގޮތެއްވިޔަސް މާލޭގެ ހާލަތު ގޯސްވަމުން ދާއިރު ބޭރުން މީހުން އަރަން އެޗް ޕީއޭ އިން ހުއްދައެއް ނުދޭނެ. ތީތި ގޯސް.
ގީބާ ރިޔާޒް
27 April 2020
މޮޅު ގޮތްގޮތަށް އޮޅުވާލަން ތިޔައުޅެނީ. އެތަށް ބަޔަކު މާލޭގައި ބަންދުވެފައި ތިއްބާ ތިޔަ ރިޔާޒަށް ހުއްދަ ދިނީ ފުލުހުން. ދަށުން ދަމާ ތިކަމުން ވެސް ތިޔަ ކުޅެންފެށީ. ކަލޭމެނަށް އޭރުވެސް މިހާރުވެސް އަހަރެމެނެށް އިތުބާރެއް ނުކުރަން.
އަސްލު
27 April 2020
ރައްރަށުން ޒަރޫރީބޭނުމަށް މާލެ އައިސްތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށަށްދިއުމުގެ ހުއްދަނުދެވެނީ ކީއްވެތަ؟؟
އައިމާ
27 April 2020
ފުލުހުންނަށް ކުރެވުން އިހް ތިރާމް ތިޔަގެއްލުވާލީ ނަވީން. ވ ސަލާމް ނަވީނަށް
އަޅުކަލޭގެ
28 April 2020
ތިވަރުކަމަކާ އިހުތިރާމް ގެއްލެންޏާ ކުރިން ކުރީ ވަރަށް ކުޑަ އިހުތިރާމެއްތާ؟
ހައްސާ222
27 April 2020
އޮޅުވާލައްވަން ނޫޅުއްވަވާ. އެއްވެސް ރަށަކުން މާލެއަންނަން ބަޔަކަށް ހުއްދައެއް ނުދެއްވާ. ހަމަ އެކަނި ރިސޯޓް ތަކުންނާއި ސަފާރީ ތަކުން ނީހުން އައުމަށް ހުއްދަ ދެއްވީ. ތިއީ ވަކި މީހަކަަށް ވެގެން ދިން ހާއްސަ ހުއްދައެއް.
ހޯރަބޭ
27 April 2020
ވަކިބަޔަކަށް ތި ދެނީ. ކަލޭމެން އަގައިން ނާރާނެ ފަރެއްގެ މަތިން އެރިޔަސް
ރާނާ
27 April 2020
ކޮންމެ ދުވަހަކު ޕޮލިހަށް ގުޅި މީހުންގެ އަދަދާއި ފޯނުގަ ހުރި މިނެޓާއި ބޭރަށްދާން ހުއްދަދިން އަދަދާއި ބޭރަށް ނުކުތް އަދަދާއި ޖޫރިމަނާގެ އަދަދު ފަދަ ތަފާސްހިސާބު ކިޔާ ނަގާއިރު ކީއްވެތޯ ރައްރަށުން މާލެއަރަން ހުއްދަދިން އަދަދު ނުކިޔަނީ. އަދި ރަށްރަށުން މާލެއަރަން މެއިލްކުރަންވީ އެޑްރެހަކާއި މެއިލްގަ ލިޔަންޖެހޭ އެއްޗެއް ރައްޔިތުންނަށް ތަފްސީލުނުދޭންވީ ސަބަބަކީކޮބާ؟ ތިޔަ ވެގެން އުޅޭގޮތަކީ ރިޔާޒުގުޅާލުމުން ހުއްދަދިނީ. މިއި ކޮރަޕްޝަން
ނިރު
26 April 2020
އެއްދޮގު އަހާފިތަ އެދޮގުފޮރުވަން އެތައް ހާސްދޮގެއް ހަދަން އެބަޖެހޭ...